ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2022-103)
ފުރަތަމަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުއަސާސީ އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލު ވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން މި ގަވާއިދު ފާސްކޮށްފައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ދެވަނަ ބާބު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑު
4 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުން
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑު އެކުލެވިގެންވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށެވެ.
5 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސާއި ނާއިބު ރައީސް
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަކީ، ގާނޫނުއަސާސީ ގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާ ގުޅޭގޮތުން ޖަވާބުދާރީީ ވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސަކީ، ބޯޑުގެ ރައީސާއި އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފިޔަވައި ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެކެވެ.
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަކީ، ބޯޑުގެ ރައީސްގެ ޒިންމާއެކެވެ.
(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ، ބޯޑުގެ ނާއިބު ރައީސެވެ.ލޯކަލް ގަވަރމަންޓް
6 ވަނަ މާއްދާ - އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް އިންތިހާބުކުރާނީ، އެކަމަށް އެޖެންޑާކޮށްފައިވާ ބޯޑުގެ ބައްދަލުވުމެއްގައި، ބޯޑުގެ މެންބަރުންގެ ހާޒިރުގައެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމުގައި އަމަލުކުރާނީ ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސަކީީ، ބޯޑުގެ ރައީސާއި، އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފިޔަވައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެކެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެޖެންޑާކޮށްފައިވާ ބައްދަލުވުމުގައި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން، ބޭނުންވާ މެންބަރުން ކުރިމަތިލާންވާނެއެވެ. މިގޮތުން ކުރިމަތިލާ މެންބަރުންގެ ނަމަށް، އެހެން މެންބަރެއްގެ ތާއީދު ލިބެންވާނެއެވެ. ކޮންމެ މެންބަރަކަށް ވެސް ތާއީދު ކުރެވޭނީ، ގިނަވެގެން 1 (އެކެއް) މެންބަރަށެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްކަމަށް މެންބަރަކު އިންތިހާބުކުރުމަށް ނަގާ ވޯޓުގައި ވާދަކުރެވޭނީ، މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެހެން މެންބަރެއްގެ ތާއީދު ލިބުނު މެންބަރުންނަށް އެކަންޏެވެ.
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް ހޮވުމަށް އެޖެންޑާކޮށްފައިވާ ބައްދަލުވުމުގައި ބޯޑުގެ ރައީސް ބައިވެރިވުމަށް އުޒުރުވެރިވާ ހާލަތުގައި، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ބާއްވާ އިންތިހާބެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތު އެ މެންބަރަކަށް ލިބިގެންނެވެ.
(ބ) މި މައްދާގައި ބަޔާންކޮށްފައިވާ ބޯޑުގެ ނާއިބު ރައީސް އިންތިހާބު ކުރުމުގައި ނަގާނީ، ސިއްރު ވޯޓެކެވެ.
7 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނާއިބު ރައީސް މަގާމުން ދުރުކުރުން
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް އެ އޮތޯރިޓީ ގެ ބޯޑުގެ އާންމު ބައްދަލުވުމެއްގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ މީހަކު މަގާމުން ވަކިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓުގައި، ނާއިބު ރައީސްގެ މަގާމުގައި ހުރި ފަރާތަށް ބައިވެރިއެއް ނުވެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނާއިބު ރައީސްކަމުގެ މަގާމުން ދުރުކުރެވޭ މެންބަރަކަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެވަނަ ފަހަރަށް ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.
8 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަގާމުތަކުން އިސްތިއުފާ ދިނުން
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރަކު، ބޯޑުގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީ އަކުން އިސްތިއުފާ ދެވިދާނެއެވެ. އިސްތިއުފާ ދިންކަމުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މެންބަރުކަމުން އޭނާ ވަކިވ އެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް، ނުވަތަ ރައީސަކު ނެތްނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ސިޓީ އަކުން އެކަން ހުށަހަޅައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް، ނުވަތަ ރައީސަކީު ނެތް ހާލަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އެ ސިޓީ ލިބުމުން، އެ މެންބަރަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނާއިބު ރައީސްކަމުން ވަކިވ އެވެ. މިގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިންކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
9 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ޒިންމާތައް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ޒިންމާކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި، އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމެވެ.
10 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ ވާޖިބުތައް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުން.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމަށް ބޯޑުގެ ފަރާތުން ދޭން ބޭނުންވާ ލަފަޔާއި އިރުށާދު، ޗީފް އެގްޒެކެޓިވް އޮފިސަރަށް ދިނުން
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާނޭ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.
(ބ) އެއްވެސް ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭނީަމަ، ނުވަތަ އިހުމާލުވާނަމަ، ނުވަތަ ކައުންސިލުގެ ބާރުތަކާއި ބޭނުން ނަހަމަގޮތުގައި ހިފާނަމަ، ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެކަމުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށް ޓަކައި ކަން އޮތްގޮތް ދިރާސާކޮށް ބެލުމަށް "އިންކުއަރީ" އެއް ހެދުމަށް، ޗީފް އެގްޒެކެޓިވް އޮފިސަރަށް އެންގުން.
11 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްގެ ވާޖިބުތައް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަސައްކަތާ ބެހޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް އެހ ތެރިވެދިނުން.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރުން.
(ނ) އޮތޯރިޓީ ގެ ބޯޑުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
12 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ބޯޑު ބައްދަލުވުންތަކަށް ހާޒިރުވުން.
(ށ) ބޯޑުގެ ބޭނުމަށް ބޯޑުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
13 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓަރީީ
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ އިދާރީ މަސައްކަތް ބަލަހައްޓާނީ، ބޯޑުގެ ސެކްރެޓަރީީ އެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މުވައްޒަފުންގެ ތެރެއިން ބޯޑުގެ ސެކްރެޓަރީ ގެ ޒިންމާ އުފުލާ ފަރާތް ކަނޑައަޅާނީ، ބޯޑުގެ ލަފާގެ މަތީން، ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ސެކްރެޓަރީ ގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަށްވަރާގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑު ބައްދަލުވުންތައް، ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
- އޮތޯރިޓީ ގެ ބޯޑު ބައްދަލުވުމުގެ އެޖެންޑާއާއި ހާޒިރީ އާއި ޔައުމިއްޔާއާއި އެންމެހައި ލިޔެކިޔުންތައް ވަކި ތަރުތ ބަކުން ބެލެހެއްޓުން؛
- ބޯޑު ބައްދަލުވުމަށް މާލެއަށް ދަތުރުކުރަންޖެހޭ މެންބަރުންގެ ދަތުރުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުން؛
- ބޯޑު ބައްދަލުވުމަށް މާލެއަށް ދަތުރުކުރަންޖެހޭ މެންބަރުންގެ ހުރުމާއި ކެއުމުގެ އެލަވަންސްގެ ކަންކަން އިންތިޒާމު ކުރުން؛
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަށްވަރާގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑު މެންބަރުން އައްޔަނުކުރުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން؛
- ބޯޑުން ނިންމާ ނިންމުންތައް ތަންފީ ޒުކުރުމަށް ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކަނޑައަޅާ ގޮތެއްގެ މަތީން ސެކްށަންތަކާ ހިއްސާކޮށް، ހަވާލުކުރެވޭ މަސައްކަތް އެއްތަނަކުން ބެލޭނެ ނިޒާމެއް ގާއިމްކޮށް ބެލެހެއްޓުން.
- ބޯޑުން ނިންމާ ނިންމުންތަކުގެ އަސްލު ލިޔެކިޔުން ބަލަހައްޓައި، ނިންމާ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކުގެ ތަރުތީބު ބަލަހައްޓައި ށާއިއުކުރުމުގެ މަސައްކަތްކޮށް، ލިޔެކިޔުން ފުރިހަމަކޮށް ފައިލުކުރުން.
- ބޯޑުގެ މެންބަރުންނާއި ޗީފް އެގްޒެކެޓިވް އޮފިސަރު ކުރަންޖެހޭ ދަތުރުތަކުގެ އެންމެހައި ކަންކަން ހަމަޖައްސުން؛
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި،އޮތޯރިޓީ ގެ ބޯޑު މެންބަރުންނާއި ޗީފް އެގްޒެކެޓިވް އޮފިސަރާއި އޮތޯރިޓީ ގެ ޑިވިޒަންތަކުގެ އިސްވެރީންގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުމާއި، އިސްވެރީން ބައިވެރިވާ ބައްދަލުވުންތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
- ބޯޑުގެ މެންބަރުންނާއި ޗީފް އެގްޒެކެޓިވް އޮފިސަރ ށަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވާ ޖަލްސާތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް، އެކި މުނާސަބަތުތަކާ ގުޅިގެން އޮތޯރިޓީން ފޮނުވަންޖެހޭ ތަހުނިޔާ، ކާޑު، ލިޔުންފަދަ ތަކެތި ފޮނުވުނީް؛
- އޮތޯރިޓީ ގެ ސްޓްރެޓަޖިކް ޕްލޭނިންގ ކޮމިޓީ އާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި، ސުޕަވައިޒަރުންގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ޔައުމިއްޔާތައް ލިޔެ ބަލަހައްޓައި، މި ބައްދަލުވުމުގައި މަށްވަރާކުރާ ކަންތައްތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުން.
14 ވަނަ މާއްދާ - ހާޒިރީ ރިކޯޑު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުން ބައްދަލުވުމަށް ހާޒިރުވުމަށްފަހު، އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.
15 ވަނަ މާއްދާ - ސަލާމް ބުނުން
(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުމަކީަށް ނުވަތަ ކޮމިޓީ އެއްގެ ބައްދަލުވުމަކީަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީއެންމެ އަވަސް ފުރުސަތެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް އެކަން އެންގުމާއެކު، ބޯޑުގެ ސެކްރެޓަރީ އަށް ލިޔުމުން އެކަން އަންގަންވާނެއެވެ. މިގޮތުން އެ މެންބަރެއްގެ ރަސްމީ އީމެއިލް އެޑްރެހުން ނުވަތަ މެންބަރުގެ ރަސްމީ މޯބައިލް ފޯނު ނަންބަރުން އެސް.އެމް.އެސް. ކުރުމުންބެލެވޭނީ، އެ މައުލޫމާތު ލިޔުމުން ފޮނުވުނީ ކަމުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުމަކީަށް ނުވަތަ ކޮމިޓީ އެއްގެ ބައްދަލުވުމަކީަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި ނުވަތަ އެ ކޮމިޓީ ބައްދަލުވުމުގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރުންގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮތޯރިޓީ ގެ ބޯޑުގެ ސެކްރެޓަރީ އަށް ނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން އޮތޯރިޓީ ގެ ބައްދަލުވުމަކީަށް ނުވަތަ ކޮމިޓީ އެއްގެ ބައްދަލުވުމަކީަށް މެންބަރަކު ހާޒިރުނުވާނަމަ، އެ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި ހާޒިރީ ގައި އެ މެންބަރަކު ފާހަގަކުރާނީ ހާޒިރުނުވާ މެންބަރެއްގެ ގޮތުގައެވެ.
ތިންވަނަ ބާބު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުން
16 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުން
ބޯޑުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.
(ހ) ބޯޑުގެ އާންމު ބައްދަލުވުން.
(ށ) ބޯޑުގެ ކުއްލި ބައްދަލުވުން.
17 ވަނަ މާއްދާ - ބޯޑުގެ އާންމު ބައްދަލުވުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މީލާދީ މަހަކު، ބޯޑުގެ ތާވަލުކުރެވިފައިވާ 1 (އެކެއް) އާންމު ބައްދަލުވުން ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް، އެ އަކުރުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް، ބޯޑުގެ އާންމު ބައްދަލުވުން ބާއްވަން އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
18 ވަނަ މާއްދާ - ބޯޑުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތީާއި، އެޖެންޑާ
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ބާއްވާ އާންމު ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަށްވަރާގެ މަތީން، ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ބޯޑުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ޗީފް އެގްޒެކެޓިވް އޮފިސަރ، ލިޔުމުން ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބައްދަލުވުމަކީ ހުރިހާ މެންބަރުން ހާޒިރުވެގެން ބާއްވާންޖެހޭ ބައްދަލުމެއް ކަމުގައި ވާނަމަ، އެ ބައްދަލުވުމަކީަށް މެންބަރުންނަށް ހާޒިރުވެވޭފަދަ ވަގުތެއްގައި ޖަލްސާގެ އެޖެންޑާ ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ބޯޑުގެ މެންބަރުންގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމުން ބެލެވޭނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މައުލޫމާތު ލިޔުމުން ފޮނުވުނީ ކަމުގައެވެ.
19 ވަނަ މާއްދާ - ބޯޑުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ އެކުލަވައިލުން
(ހ) ބޯޑުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ އެކުލަވައިލާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަށްވަރާގެ މަތީން ޗީފް އެގްޒެކެޓިވް އޮފިސަރެވެ. މިގޮތުން އެޖެންޑާ އެކުލަވައިލުމުގައި، ބޯޑަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން އެޖެންޑާގައި ހިމަނަންވާނެއެވެ. އަދި، ބޯޑުގެ ވަކި އާންމު ބައްދަލުވުމަކީަށް ވަކި މައްސަލައެއް ހުށަހެޅުމަށް ބޯޑުން ނިންމައިފިނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލައެއްވެސް އެޖެންޑާގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ބޯޑަށް ހުށެހެޅޭ މައްސަލަތަކުގެ ކުޑަބޮޑުމިނަށާއި މުހިންމުކަމަށް ބަލައި، ބޯޑުގެ މެންބަރުންގެ ލަފާ ހޯދުމަށްފަހު، ބޯޑަށް ހުށަހެޅޭ މައްސަލަތައް އިސްފަސްކުރުމުގެ އިހްތިޔާރު ބޯޑުގެ ރައީސަށް ލިބިގެންވެއެވެ.
(ނ) ބޯޑުގެ ބައްދަލުވުމެއްގެ އެޖެންޑާގައި ވަކި ކަމެއް ހިމަނަން ބޯޑުގެ މެންބަރަކު ބޭނުންވެއްޖެނަމަ، އެ ކަމެއް ހިމަނަން ބޭނުންވާ ދުވަހުގެ މަދުވެގެން މަސައްކަތު 3 (ތިނެއް) ދުވަހުގެ ކުރިން، އެ ކަމެއްގެ ތަފުސީލާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ސެކްރެޓަރީ މެދުވެރިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން އެއްވެސް މެންބަރަކު ރައީސަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ މެންބަރަކު އެދިފައިވާ ގޮތެއްގެ މަތީން ބޯޑުގެ އާންމު ބައްދަލުވުމަކީަށް އެ ކަމެއް އެޖެންޑާ ކުރަންވާނީެއެވެ.
(ރ) ބޯޑުގެ ބައްދަލުވުމެއްގެ އެޖެންޑާގައި ވަކި ކަމެއް ހިމަނަން ކައުންސިލަކުން ބޭނުންވެއްޖެނަމަ، އެ ކަމެއް ހިމަނަން ބޭނުންވާ ދުވަހުގެ މަދުވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ކުރިން، އެޖެންޑާގައި ހިމަނަން ބޭނުންވާ ކަމެއް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް، ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މި ގޮތުގެ މަތީން ކައުންސިލަކުން ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ކައުންސިލަކުން އެދިފައިވާ ގޮތެއްގެ މައްޗަށް ރިއާޔަތްކުރުމަށްފަހު، ބޯޑުގެ ރައީސްގެ ހުއްދަޔާއެކު ޗީފް އެގްޒެކެޓިވް އޮފިސަރ، ބޯޑުގެ އާންމު ބައްދަލުވުމަކީަށް އެ ކަމެއް އެޖެންޑާ ކުރަންވާނީެއެވެ. އަދި ބޯޑުން ނިންމާ ނިންމުން ކައުންސިލަށް އަންގަންވާނެއެވެ.
(ބ) މި މައްދާގެ (ނ) އާއި (ރ) ގައިވާ ގޮތުގެ މަތީން ބޯޑުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ގާނޫނުއަސާސީ އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ބޯޑަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.
20 ވަނަ މާއްދާ - އާންމު ބައްދަލުވުމުގެ ގާނޫނީ އަދަދު
(ހ) ބޯޑުގެ އާންމު ބައްދަލުވުމެއް ބޭއްވޭނީ، ބޯޑުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރިޔާސަތަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ބޯޑުގެ ކުއްލި ބައްދަލުވުން
އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށް ޓަކައި، ބޯޑުގެ ކުއްލި ބައްދަލުވުމެއް ބޭއްވިދާނެއެވެ.
(ހ) ބޯޑުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް، ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، ބޯޑުގެ ތިންބައިކުޅައެއްބައި މެންބަރުންނަށް ވުރެ މަދުނޫން އަދަދެއްގެ މެންބަރުން، ބޯޑުގެ ސެކްރެޓަރީ މެދުވެރިކޮށް، ލިޔުމުން އެދުން. ނުވަތަ،
(ށ) މިފަދަ ބައްދަލުވުމެއް ބޭއްވުމަށް، އެކަށީގެންވާ ސަބަބަކާހުރެ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް ފެނުން.
22 ވަނަ މާއްދާ - ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން
މި ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވަން، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ބޯޑުގެ ސެކްރެޓަރީ މެދުވެރިކޮށް ލިޔުމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށް ހުށަހަޅަންވާނެއެވެ.
23 ވަނަ މާއްދާ - ބޯޑުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތީާއި، އެޖެންޑާ
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ބޯޑުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތީާއި އެޖެންޑާ ކަނޑައަޅާނީ ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ބޯޑުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ބައްދަލުވުން ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސް، ލިޔުމުން ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ބޯޑުގެ މެންބަރުންގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލްކޮށް އެ އީމެއިލް ކުރިކަން މެންބަރުންގެ ރަސްމީ މޯބައިލް ފޯނަށް އެސް.އެމް.އެސް. ކުރުމުން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މައުލޫމާތު ލިޔުމުން ފޮނުވުނީ ކަމުގައި ބެލެވޭނީެއެވެ.
24 ވަނަ މާއްދާ - ކުއްލި ބައްދަލުވުގެ ގާނޫނ އަދަދު
(ހ) ބޯޑުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނީ، ބޯޑުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތީަކަށް ފަސްކުރުމުގެ އިހްތިޔާރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރިޔާސަތަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސް ޖަލްސާއަށް ހާޒިރުވެނެތް ހާލަތުގައި ބޯޑުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސެވެ.
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސާއި ނާއިބުރައީސް ހާޒިރުވެވެންނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް އެ ޖަލްސާއަކަށް ހާޒިރުވެތިބި މެންބަރުންގެ ތެރެއިން ޗީފް އެގްޒެކެޓިވް އޮފިސަރު ފިޔަވައި ބޯޑު މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް ކަނޑައަޅަންވާނެއެވެ.
ހަތަރުވަނަ ބާބު
ބައްދަލުވުން ކުރިޔަށް ގެންދިއުން
26 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ބޯޑުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިއުލާނުކުރަންވާނީެއެވެ. މިގޮތުން ބައްދަލުވުން ފަށަމުން "ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުން ފެށުނީ" މިގޮތަށް އަދި ބައްދަލުވުން ނިންމަމުން "ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ބައްދަލުވުން ނިމުނީ" މިގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނީެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބައްދަލުވުމުގެ ފެށުން އިއުލާނުކުރުމުގެ ކުރިން، އެ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑި ޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނ އަދަދު ހަމަވޭތޯ، ބައްދަލުވުމުގެ ރިޔާސަތުން ބެލުމަށްފަހު، ބައްދަލުވުމަށް ހާޒިރުވެތިބި މެންބަރުންގެ އަދަދު އިއުލާނުކޮށް، ގާނޫނ އަދަދު ހަމަވާކަން ނުވަތަ ނޫންކަން ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނީެއެވެ.
27 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ތަރުތީބު ބަދަލުކުރުން
ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކީަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ގޮތެއްގެ މަތީން، އެ ބައްދަލުވުމުގެ އެޖެންޑާގައި ހުރި ކަންކަން އިސްފަސްކުރެވިދާނެއެވެ.
28 އެޖެންޑާއާ އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން
(ހ) އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ބައްދަލުވުމުގެ ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި،މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތީާއި، ކޮންމެ މެންބަރަކަށް ދެވޭނެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މެންބަރުންނަށް ދޭ ފުރުސަތު،ފުސަތަށް މެންބަރުން އެދޭ ތަރުތީބުން ހަމަހަމަކަމާއެކު ރިޔާސަތުން ދޭންވާނެއެވެ.
29 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން
(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކީަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތުގެ އިށާރާތުން، ރިޔާސަތުގައި އެކަމަށް އެދޭނީ އެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތީު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުސަތަށް މެންބަރުން އެދުނު ތަރުތީބުން، ފުރުސަތު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މެންބަރުންނަށް ދޭ ފުރުސަތުގައި މެންބަރުން ވާހަކަދައްކަންވާނީ، ބައްދަލުވުމުގެ ބައިވެރިންނަށް އަޑުއިވޭ ވަރަށް، ސާފު އިބާރާތުން، އެ މެންބަރަކަށް ކަނޑައެޅިފައިވާ ގޮނޑީގައި އިށީނދެ ތިބެގެންނެވެ.
30 ވަނަ މާއްދާ - ބަހުސްގައި ވާހަކަދެއްކުމުގެ އަދަބު
ބޯޑުގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، އަންނަނިވި އުސޫލުތަކަށް، ކޮންމެ މެންބަރަކު ވެސް ތަބާވާންވާނެއެވެ.
(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތީު އޭނާއާއި ބައްދަލުވުމުގެ ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.
(ށ) ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.
(ނ) އިސްލާމްދ ނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ބޯޑުގެ އެއްވެސް މެން ބަރެއްގެ ނުވަތަ އޮތޯރިޓީ ގެ މުވައްޒަފެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތީން، ބައްދަލުވުމުގެ ރިޔާސަތާ މުހާތަބުކޮށް ވާހަކަދެއްކުން.
31 ވަނަ މާއްދާ - ބަހުސް ނިންމުން
ހުރިހާ މެންބަރުން ބަހުސްކޮށް ނިމުމާއެކު، ނުވަތަ އެ މައްސަލައާމެދު ބަހުސްކުރުމަށް ރިޔާސަތުން ކަނޑައަޅައިފައިވާ ވަގުތު ހަމަވުމުން، އެ މައްސަލައެއްގެ ބަހުސް ނިމުނީ އެވެ.
32 ވަނަ މާއްދާ - ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.
(ހ) މެންބަރަކު ދައްކާ ވާހަކައަކ އިސްލާމްދ ނުގެ އަސްލަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
(ށ) މެންބަރަކު ވާހަކަދައްކަނ ، ބޯޑުގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތައާރުޒުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
(ނ) މެންބަރަކު ދައްކާ ވާހަކައަކ އެޖެންޑާގައި ހިމެނި، އެ ވަގުތީު މަށްވަރާކުރެވެމުންދާ މައްސަލައާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
(ރ) އެހެން މެންބަރަކު ނިޒާމާބެހޭ މައްސަލައެއް ނެގުން.
(ބ) ބައްދަލުވުމުގެ ރިޔާސަތުގައި އިންނަ މީހަކު ރިޔާސަތު ދޫކޮށް ދިޔުން.
33 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން
މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އާއި ، (ށ) ނުވަތަ (ނ) ގެ ދަށުން، މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނީެއެވެ.
34 ވަނަ މާއްދާ - ނިޒާމީ މައްސަލަ
(ހ) ބޯޑުގެ ބައްދަލުވުމެއްގައި ކޮށްގެން ނުވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް، ބޯޑުގެ ބައްދަލުވުމެއްގައި ބޯޑުގެ މެންބަރަކު ކޮށްފިނަމަ، ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެކަން އެ މެންބަރަކަށް ރިޔާސަތުން އަންގަންވާނެއެވެ. އަދި އެކަން ރިޔާސަތުން އެންގުމާއެކު، މި ގަވާއިދާ ހިލާފަށް އެ މެންބަރަކު ކުރަމުން ދިޔަކަމެއް ވަގުތީުން ހުއްޓައިލަންވާނެއެވެ.
(ށ) ބޯޑުގެ ބައްދަލުވުމެއްގައި، ބައްދަލުވުމުގެ ރިޔާސަތުން ނުވަތަ ބޯޑުގެ އެއްވެސް މެންބަރަކު މި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފިކަމަށް ބޯޑުގެ މެންބަރަކަށް ފެނިއްޖެނަމަ، ބައްދަލުވުމުގެ ރިޔާސަތުގެ ސަމާލުކަމަށް އެ މެންބަރަކު އެ ކަމެއް ގެންނަވާނެއެވެ. މިގޮތުން އެ މެންބަރެއްގެ އަތް އުފުލައިލައި "ނިޒާމީ މައްސަލައެއް" މިހެން ބުނެ ރިޔާސަތުގެ ސަމާލުކަމަށް އެ ކަމެއް ގެންނަންވާނެއެވެ.
(ނ) ނިޒާމީ މައްސަލައެއް މެދުވެރިވެއްޖެކަމަށް ބައްދަލުވުމުގެ ރިޔާސަތުގެ ސަމާލުކަމަށް މެންބަރަކު ގެނެސްފިނަމަ، އެ ކަމެއް ބަޔާންކޮށްދިނުމުގެ ފުރުސަތު އެ މެންބަރަކަށް ރިޔާސަތުން ވަގުތީުން ދޭންވާނެއެވެ. އަދި އެ މެންބަރަކު އެ މައްސަލައެއް ހުށަހަޅައި ނިމުމުން، އެކަމާމެދު ވަގުތީުން ގޮތެއް ނިންމަންވާނެއެވެ.
(ރ) ބޯޑުގެ ބައްދަލުވުމެއްގައި، އަންނަނިވި ކަމުންކުރެ ކަމަކަށް ނިޒާމީ މައްސަލައެއް ނުނެގޭނެއެވެ. އަދި ބައްދަލުވުމެއްގައި ތަކުރާރުކޮށް މެންބަރުން ނިޒާމީ މައްސަލަ ނަގަނ އެފަދަ ކަމަކަށް ކަމަށް ރިޔާސަތަށް ފެނިއްޖެނަމަ، އެކަމަށް ސަމާލުކަން ނުދިނުމާއި، އެ މެންބަރުންނަށް ފުރުސަތު ނުދިނުމުގެ އިހްތިޔާރު ރިޔާސަތަށް ލިބިގެންވެއެވެ.
- ސުވާލުކުރުމަށް؛
- މެންބަރަކު ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށް؛
- ބައްދަލުވުމުގެ މަސައްކަތް ހުއްޓުވުމުކަށް ގެނައުމަށް؛
- ބައްދަލުވުމުން ބޭރުގައި ހިނގައިފައިވާ ކަމެއް ސަމާލުކަމަށް ގެނައުމަށް؛
- އިދާރީ މައުލޫމާތެއް ސާފުކުރުމަށް؛
- ގޮތެއް ކަނޑައަޅައި ނިމިފައިވާ ނިޒާމީ މައްސަލައެއް ތަކުރާރުކުރުމަށް؛ ނުވަތަ،
- ބައްދަލުވުމުގެ ރިޔާސަތުގެ ވާހަކަ މެދުކަނޑައިލުމަށް.
35 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންތައް
ބޯޑުގެ އެއްވެސް ބައްދަލުވުމެއްގައި، ބޯޑުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކުރުން.
(ށ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދަށް ހުރަސްއެޅުން.
36 ވަނަ މާއްދާ - މެންބަރުންގެ މަސްލަހަތު ފުށުއަރާފަދަ މައްސަލައެއްގެ މަށްވަރާގައި ނުވަތަ ވޯޓުގައި ބައިވެރިނުވުން
(ހ) ބޯޑުގެ އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުއަރާ މައްސަލައަކާ ގުޅޭގޮތުން މަށްވަރާކުރުމުގައްޔާއި އެފަދަ މައްސަލައަކާ ގުޅިގެން ނެގޭ ވޯޓެއްގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސްލަހަތު ފުށުއަރާކަމަށް މެންބަރަކަށް އެނގިއްޖެނަމަ، ބޯޑުގެ ސެކްރެޓޭރިއެޓް މެދުވެރިކޮށް ރިޔާސަތަށް އެކަން އަންގަންވާނެއެވެ.
(ނ) ބޯޑުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރައިފިކަމަށް ބަލާނީ، އެ މެންބަރެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ މަންމަ، ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާ ގުޅޭގޮތުން މަށްވަރާކުރެވޭ ހާލަތްތަކުގައްޔާއި އެ މެންބަރަކު ނިސްބަތްވާ ކައުންސިލަކާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައެވެ.
37 ވަނަ މާއްދާ - ޒަމާނީ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބޯޑުގެ ބައްދަލުވުންތައް ބޭއްވުން
(ހ) ބޯޑުގެ މެންބަރުން އެއްތަނަކަށް ހާޒިރުކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު އޮތޯރިޓީ ގެ ރައީސަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑުގެ ބައްދަލުވުންތައް ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމެއް ބޭއްވުމަށްޓަކައި މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބޯޑު ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި،ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި، ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
- ބައްދަލުވުމުގައި ކޮންމެ މެންބަރަކު ވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމަނ މުއާސަލާތ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށްގެން އޮތޯރިޓީ ގެ އިދާރީާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީ އެއް މެދުވެރިކޮށްގެންނެވެ.
- އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވަނީ ކޮން މެންބަރެއްކަމާއި، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނެޗަރ" ނުވަތަ ވޯޓު ދޭ ގޮތުގެ ތަފުސީލާއި އެހެނިހެން މައުލޫމާތު އެ ލޮގިންއަކުން ފެންނަން ހުންނަ ގޮތަށް އިންތިޒާމު ކުރެވިދާނެއެވެ.
- ޒަމާނީ މުއާސަލާތ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ވޯޓުދޭއިރު، ބަހުސްކޮށް ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ ، އަތް މައްޗަށް އުފުލުމާއެކު، އަނގަބަހުން އޯޑިއޯ/ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓުދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރާ ޒަމާނީ މުއާސަލާތ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއްކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ.
- ބޯޑު ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިއުމެއް އޮތްނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިއުމެއްގައި ކުރެވިދާނެއެވެ.
ފަސްވަނަ ބާބު
ބޯޑުން ކަންކަން ނިންމުން
38 ވަނަ މާއްދާ - ބޯޑުން ކަމެއް ނިންމުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ބޯޑުން އެއްވެސް ކަމެއް ނިންމޭނީ، ބޯޑުގެ ބައްދަލުވުމަކީަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ބޯޑުގެ ޖުމުލަމެންބަރުންގެ އަގުލަބިއްޔަތުންނެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް މަގާމުން ދުރުކުރުން؛
- ކައުންސިލަރަކު ސަސްޕެންޑުކުރުމާމެދު ނިންމާ ނިންމުންތައް؛
- ސިޓީ ގެ ދަރަޖަ ދިނުމާބެހޭގޮތުން ނިންމާ ނިންމުންތައް؛
މިހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ބަލާނެ އެންމެ ކުޑަ އާބާދ އެއް ކަނޑައެޅުމާ ބެހޭގޮތުން ނިންމާ ނިންމުންތައް؛ - އަހަރ ބަޖެޓު ފާސްކުރުން؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ލޯގޯ ފާސްކުރުން؛
- މި ގަވާއިދަށް އިސްލާހު ގެނައުން.
39 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން
ބަޖެޓް ކަނޑައެޅުމުގައްޔާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 58 ވަނަ މާއްދާއިން އޮތޯރިޓީ އަށް ލިބިދޭ ބާރުގެ ތެރެއިން މާލީ އެންމެހައި ކަންކަން ނިންމުމުގައި، ގާނޫނުއަސާސީ އަށާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުންއެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި އުސޫލުތަކަށް ފުރިހަމައަށް ރިއާޔަތް ކުރަންވާނީެއެވެ.
40 ވަނަ މާއްދާ - ވޯޓު ދިނުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ބޯޑުން ކަންކަން ނިންމުމުގައި ވޯޓުދޭނީ، އަތް އުފުލައިގެންނެވެ.
(ށ) ބޯޑުގެ ކޮންމެ މެންބަރަކަށް ދެވޭނ ، ވޯޓުނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.
41 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިއުލާނުކުރުން
ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑުކުރާނީ، ބޯޑުގެ ސެކްރެޓަރީ އެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.
42 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން
(ހ) ބޯޑުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ، ބަހުސްކުރެވޭ މައްސަލައެއްގައި ދެކޮޅަށް ވޯޓު ހަމަހަމަވާ ހާލަތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮތޯރިޓީ ގެ ބޯޑުގެ ނާއިބުރައީސްކަމަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ހަމަހަމަނުވިޔަސް، އެ ވޯޓުގައި ރިޔާސަތަށް ބައިވެރިވެވޭނެއެވެ.
43 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން
(ހ) ބޯޑުން ސިއްރުކުރުމަށް ކަނޑަނާޅާހައި ހިނދަކު، ބޯޑުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނީެއެވެ.
(ށ) އެޖެންޑާގައިވާ ކޮންމެ ކަމެއް މަށްވަރާކޮށް ނިމުމުން، އެ ނިމުނު ގޮތް ރިޔާސަތުން އިއުލާނު ކުރަންވާނީެއެވެ. މިގޮތުން، ބޯޑުން ނިންމި ގޮތް ބަޔާންކޮށްފައި އޮތޯރިޓީ ގެ ތައްގަނޑު ޖެހުމަށްފަހު، ޗީފް އެގްޒެކެޓިވް އޮފިސަރ ސޮއިކޮށްފައި އޮތޯރިޓީ ގެ ވެބްސައިޓުގައި ށާއިއުކުރުމުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބޯޑުގެ ނިންމުން އާންމުކޮށް ހާމަކުރެވުނ ކަމުގައި ބެލެވޭނީެއެވެ.
(ނ) ބޯޑުގެ ނިންމުންތައް ތަންފީ ޒުކުރުމަށް ލަސްނުކޮށް ޗީފް އެގްޒެކެޓިވް އޮފިސަރ ލިޔުމުން ކަމާ ގުޅޭ ސެކްށަނަށް އަންގަންވާނެއެވެ.
44 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމާއި، ބޯޑުން ނިންމާ ކަންކަމުގެ ދަފުތަރާއި ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާތައް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ، ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފާގެ މަތީން، ބޯޑުގެ ސެކްރެޓަރީ ގެ މަސްއޫލިއްޔަތެކެވެ. މިގޮތުން ބެލެހެއްޓޭ ރިކޯޑުތައް، މަދުވެގެން 25 (ފަންސަވީސް) އަހަރު ވަންދެން ބަލަހައްޓަންވާނެއެވެ.
45 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރުން
(ހ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ޖެހިގެން އަންނަ ބޯޑުގެ ބައްދަލުވުމުގައި، ކުރީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް ޔައުމިއްޔާގައި ސޮއިކުރަންވާނީެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާއަށް މެންބަރަކު އިސްލާހެއް ހުށަހަޅައިފިނަމަ ޔައުމިއްޔާ ފާސްކުރަންވާނީ އިސްލާހާ އެކުގައެވެ.
ހަވަނަ ބާބު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުން
46 ވަނަ މާއްދާ - އޮތޯރިޓީ ގެ ހިންގުން
(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީން، އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސްވެރިޔަކ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ، އޮތޯރިޓީ ގެ ހިންގާ ގަވާއިދާއި މުވައްޒަފުންގެ ގަވާއިދާއި އަދި މިނޫންވެސް އޮތޯރިޓީ ހިންގުމަށް އެކުލަވައިލައިފައި ހުންނަ އެހެނިހެން ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ސިޔާސަތެއް ނުވަތަ ގަވާއިދެއް އެކުލަވައިލައިފައި ނެތް ހާލަތެއްގައި އެ ކަމެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ ލަފާގެ މަތީންނެވެ. މިގޮތުން ނިންމި ނިންމުމަކ މުސްތަގްބަލުގައި ސިޔާސަތެއް އެކުލަވައިލަންޖެހޭ ބާވަތުގެ ކަމެއްނަމަ، އެ ސިޔާސަތެއް އެކުލަވައިލުމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީ ގެ ބޯޑަށް ހުށަހަޅަންވާނެއެވެ.
47 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތައް
އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) އޮތޯރިޓީ ގެ އިދާރީ އެންމެހައި މަސައްކަތްތަކާއި، ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
(ށ) އޮތޯރިޓީ ގެ މަސައްކަތްތައް ހިނގަމުންދަނ ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.
(ނ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރުން.
(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސްގެ މަށްވަރާގެ މަތީން ބައްދަލުވުންތަކަށް އެޖެންޑާކުރާނޭ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.
(ބ) ލާމަރުކަޒީ ނިޒާމް ތަރައްގީ ކޮށް ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ވިލަރެސްކުރުން.
(ޅ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ނިންމާ ކަންކަން ތަންފީ ޒުވަމުންދާ މިންވަރު ބަލައި، އެ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުން.
(ކ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ލަފަޔާއި އިރުށާދުގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ދުވަހުން ދުވަހުގެ ކަންކަން ރާވައި ހިންގުން.
(އ) އޮތޯރިޓީ ގެ ބޯޑު ބައްދަލުވުންތަކުގައި ބައިވެރިވުން.
(ވ) އޮތޯރިޓީ ގެ ބޯޑުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.
48 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ އިދާރާ
(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށާއި، އޮތޯރިޓީ ގެ ބޯޑުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޓަކައި އޮތޯރިޓީ ގެ އިދާރާ އުފައްދައި، އެ އިދާރީއަށް މުވައްޒަފުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީ ގެ ބޯޑަށް ލިބިގެންވެއެވެ.
(ށ) އޮތޯރިޓީ ގެ މަސައްކަތް ކުރާނީ ، ސަރުކާރުން ރަސްމީ ދުވަސްތައްކަމުގައި ކަނޑައަޅައިފައިވާ ދުވަސްތަކުގައެވެ. ނަމަވެސް މުހިންމު މަސައްކަތަކާ ގުޅިގެން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތީން، ޗީފް އެގްޒެކެޓިވް އޮފިސަރ ހަމަޖައްސާ ދުވަސްތަކެއްގައި މުވައްޒަފުން އޮތޯރިޓީ ގެ މަސައްކަތަށް ނެރެވިދާނެއެވެ.
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަސައްކަތުގެ ރަސްމީ ގަޑިއަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ކަނޑައަޅާ ރަސްމީ ގަޑިއެވެ.
49 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ އިދާރީ މުވައްޒަފުން
(ހ) އޮތޯރިޓީ އަށް ލާޒިމްކުރާ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި، އޮތޯރިޓީ ހިންގާނޭ އިދާރީ އޮނިގަނޑު، ޗީފް އެގްޒެކެޓިވް އޮފިސަރު އެކުލަވައިލައިފައި، ބޯޑުން އެ އޮނިގަނޑު ފާސްކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮނިގަނޑުގައި ހިމެނޭ މަގާމްތަކަށް މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އޮތޯރިޓީ ގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ރައީސްގެ ލަފާގެ މަތީން، ޗީފް އެގްޒެކެޓިވް އޮފިސަރެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، މުވައްޒަފުންގެ ކަންކަމާ ބެހޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ހަދާ ގަވާއިދުތަކެވެ.
(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަގާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ޕެނަލްތައް އެކުލަވައިލާނީ، ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފާސްކުރާ އިދާރީ އޮނިގަނޑުގައި، އޮތޯރިޓީ ގައި ހިމެނޭ ބައިތަކާއި، މަސައްކަތާއި، މަގުސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަންވާނެއެވެ.
50 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ އިދާރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް
އޮތޯރިޓީ ގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) އާ އެއްގޮތަށް، އޮތޯރިޓީ ގެ ބޯޑުންނެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރައާއި މާލީ އިނާޔަތްތައް، އެ މުވައްޒަފަކަށް ވަޒީފާ ދޭ ޗިޓުގައި ލިޔެފައި އޮންނަންވާނެއެވެ.
ހަތްވަނަ ބާބު
ފައިސާއާއި މުދަލާބެހޭ ބައި
51 ވަނަ މާއްދާ - ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދު ކުރުން
(ހ) އޮތޯރިޓީ އަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއާއި އާމްދަނީ ގެ ގޮތުގައި ލިބޭ ފައިސާއާއި އޭގެ ހިސާބުތައް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) އާއި އުސޫލުތަކާއި ސަރކިއުލާތަކާ އެއްގޮތްވާ ގޮތުގެ މަތީން، އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
(ށ) އޮތޯރިޓީ ގެ ފައިސާއާއި ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން އެ ތަކެއްޗަށް ރައްކައުތެރި ވާންވާނެއެވެ. އެ މީހެއްގެ ހަވާލުގައިހުރި ފައިސާ ނުވަތަ ތަކެތި ގެންގުޅެ ބަލަހައްޓަންވާނީ، މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
(ނ) ދައުލަތުގެ ބަޖެޓުން އޮތޯރިޓީ އަށް ދޫކުރާ ފައިސާ ހަރަދުކުރަންވާނީ، އޮތޯރިޓީ ގެ ބަޖެޓުގައި ހިމަނައިފައިވާ ކަންކަމަށް އޮތޯރިޓީން ކަނޑައަޅާ ސިޔާސަތުތަކާއި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) އޮތޯރިޓީ އަށް ހޯދާ ތަކެތީގެ އިންވެންޓްރ އާއި ސްޓޮކް ބަލަހައްޓަންވާނެއެވެ. އިންވެންޓްރީ ގައި ލިޔެފައިވާ އޮތޯރިޓީ ގެ މުދަލުގެ ގޮތުގައި ހިމެނޭ އެއްޗެއް އިންވެންޓްރީން އުނިކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.
52 ވަނަ މާއްދާ - ބަޖެޓް އެކުލަ ވައިލުން
(ހ) ބަޖެޓް އެކުލަވައިލައި ތައްޔާރުކުރަންވާނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ގާނޫނުން އޮތޯރިޓީ އަށް ލާޒިމުކުރާ މަސައްކަތްތައް ކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އޮތޯރިޓީ ގެ ސްޓެރެޓެޖިކް ޕްލޭނުގައި ކަނޑައަޅާ ލަނޑުދަނޑިތަކެއް ހާސިލުކުރަން ހިންގާ ހަރަކާތްތަކަށް (ޕްރޮގްރާމްތަކަށް) ބިނާކޮށެވެ.
(ށ) ބަޖެޓް އެކުލަވައިލަންވާނީ، އެކަން ކުރުމުގައި ފަންނީ ގޮތުން ގެންގުޅޭ ހަރުދަނާ އުސޫލުތައް (ބެސްޓް ޕްރެކްޓިސަސް) ބިންގަލަކަށް ބަލައިގެންނެވެ. މިގޮތުން މައިގަނޑުގޮތެއްގައި ބަލަންވާނީ، ސަރުކާރުން ގެންގުޅޭ އުސޫލުތަކަށެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
53 ވަނަ މާއްދާ - މެންބަރުންގެ ސުލޫކ މިންގަނޑު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުން، އެ މެންބަރުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައްޔާއި، އާންމު ދިރިއުޅުމުގައި ވެސް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވާން ވާނެއެވެ.
54 ވަނަ މާއްދާ - މެންބަރުން ރަށުން ބޭރަށް ދިއުން
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރަކު ބޯޑުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ހާލަތުގައި ހުރިނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސަށާއި ބޯޑުގެ ސެކްރެޓަރީ އަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ. މިގޮތުން އެސް.އެމް.އެސް އަކުން ނުވަތަ އ މެއިލަކުން އެންގުމުން ވެސް ލިޔުމުން އެންގުނ ކަމުގައި ބެލެވޭނީެއެވެ.
55 ވަނަ މާއްދާ - މި ގަވާއިދަށް އިސްލާހު ގެނައުން
(ހ) މި ގަވާއިދަށް އެއްވެސް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ގެނައުމަށް ނުވަތަ ބަދަލެއް ގެނައުމަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުން ނިންމުމުންނެވެ. މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެނެވޭނީީ، އެ އިސްލާހެއް ބޯޑުން ފާސްކުރުމަށްފަހު، އެ އިސްލާހެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މި ގަވާއިދަށް އެއްވެސް އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ބޯޑުގެ އެއްވެސް މެންބަރަކު ބޭނުންވާނަމަ، އެ އިސްލާހަކާއި، އެ އިސްލާހެއް ގެންނަން ބޭނުންވާ ސަބަބު ބަޔާންކޮށްފައި ލިޔުމުން ހުށަހެޅޭނެއެވެ.
56 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުންނެވެ.
57 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.
(ހ) "ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، 7 އޮގަސްޓު 2008 ގައި ދިވެހިރާއްޖޭގައި އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، އެ ގާނޫނުއަސާސީ އަށް ގެންނަ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ށ) "ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ނުވަތަ "އެލް.ޖީ.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށެވެ.
(ނ) "ޗީފް އެގްޒެކެޓިވް އޮފިސަރ" ނުވަތަ "ސީ.އީ.އޯ" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ.
(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑަށެވެ.
(ބ) "ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ރައީސް ނުވަތަ ރައީސް" ކަމަށް ބުނެފައި އެވަނީ ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނުއަސާސީ ގެ 140 ވަނަ މާއްދާގެ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒ ރަށެވެ.
(ޅ) "ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އިންތިހާބުކުރާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ ނާއިބު ރައީސަށެވެ.
(ކ) "ރަސްމީ އީމެއިލް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގެ މެންބަރުންނަށް އެ މެންބަރުންގެ ރަސްމީ އީމެއިލްގެ ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ޑޮމެއިންގައި ހަދައިދޭ އީ-މެއިލް އެޑްރެހަށެވެ.
(އ) "މެންބަރުންގެ ރަސްމީ މޯބައިލް ފޯނު" ކަމަށް ބުނެފައި އެވަނީ ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑު މެންބަރުން އެ މެންބަރެއްގެ އަސާސީ މޯބައިލް ފޯނު ނަންބަރު ކަމުގައި އޮތޯރިޓީ އަށް ލިޔުމުން ހުށަހަޅައިފައިވާ މޯބައިލް ފޯނު ނަންބަރަށެވެ.
ޖަދުވަލު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑު މެންބަރުންގެ ސުލޫކީ މިންގަނޑު
- ބޯޑުގެ މެންބަރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އޮތޯރިޓީ ގެ ބޯޑުގެ ގަދަރާއި ށަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭ ގޮތެއްގެ މަތީންނެވެ.
- ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ނުހައްގު ފައިދާއެއް ނުވަތަ މާލީ މަސްލަހަތެއް، ނުވަތަ އުޖޫރައެއް، ނުވަތަ ހަދިޔާއެއް، ބޯޑުގެ އެއްވެސް މެންބަރަކު، އެއްވެސް ފަރާތަކުން ހޯދައިގެން ނުވަތަ ލިބިގަނެގެން ނުވާނެއެވެ.
- ބޯޑުގެ ރަސްމީ ލިޔުމެއްކަން ދޭހަވާގޮތަށް އެއްޗެއްގައި ސޮއިކޮށްގެން ނުވާނެއެވެ. އަދި އެފަދަ ނިށާނެއް ވެސް ފަރުދ ގޮތުން އެއްވެސް މެންބަރަކު ބޭނުންކޮށްގެން ނުވާނެއެވެ.
4 .ބޯޑުގައި ބަހުސްކުރެވޭ ކަންކަމުގެ ތެރެއިން "ސިއްރު" މައުލޫމާތެއްކަމަށް ބޯޑުން ކަނޑައަޅާ މައުލޫމާތެއް އެއްވެސް މެންބަރަކު ހާމަކޮށްގެން ނުވާނެއެވެ. - ބޯޑުގެ ރަސްމީ މަސައްކަތުގައި އުޅޭއިރު ބޯޑުގެ މެންބަރުންގެ ހެދުން ހުންނަންވާނީ، އަދި އުޅުމާއި ގުޅުން ހުންނަންވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އޮތޯރިޓީ ގެ ބޯޑުގެ އަބުރާއި އިއްޒަތާއި ށަރަފާއި ގަދަރު ހިފެހެއްޓޭނޭ ގޮތަކަށެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ވަސީލަތެއް މެންބަރެއްގެ އަމިއްލަ ކަންކަމަށާއި އަމިއްލަ މަސައްކަތް ކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
- ބޯޑުގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ މަންމަ، ނުވަތަ ބައްޕަ ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްގައި ގޮތް ނިންމުމުގައްޔާއި ބަހުސްގެ އެއްވެސް މަރުހަލާއެއްގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އެ ޖަލްސާއިން އެ މެންބަރަކު ނުކުންނަވަންވާނެއެވެ.
- އެއް މުވައްޒަފަކު އަނެއް މުވައްޒަފާއި، އަދި އެއް މެންބަރަކު އަނެއް މެންބަރަކާ މުއާމަލާތު ކުރަންވާނީ، މުއާމަލާތު ކުރުމުގައި ގެންގުޅޭ އާންމު މިންގަނޑުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަންވާނީެއެވެ.
- ބޯޑުގެ ބައްދަލުވުންތަކަށް ގަވާއިދުން އަދި ވަގުތީަށް ހާޒިރުވެ، ބޯޑުގެ މަސައްކަތްތަކުގައި އެ މެންބަރެއްގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދޭންވާނެއެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު