ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-96)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި ހިދުމަތްތަކުގައި ބޭނުންކުރުމަށް ހަދާ، ހެލްތު އިންފޮމޭށަން ސިސްޓަމުގައި ރައްކައު ކުރަންޖެހޭ އަސާސީ މައުލޫމާތާއި، އެ ފަދަ މައުލޫމާތު ބެލެހެއްޓުމާއި ހިއްސާކުރުމާއި ރިޕޯޓުކުރުމުގެ އުސޫލުތައް ބަޔާންކޮށްދިނުމަށާއި، އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިއްހީ ހިދުމަތްތައް މޮނިޓަރކުރުމާއި، ތަފާސްހިސާބުގެ ބޭނުމަށް ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލަހައްޓާ މައުލޫމާތުތައް މިނިސްޓްރީއަށް ފޮނުވުމުގައި އަމަލުކުރަންވީ ގޮތާއި، އެ ތަފާސްހިސާބުތައް އާންމުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި އެ ގާނޫނުގެ 72 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3( ތިނެއް( މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މިނިސްޓްރީގައި ހެލްތު އިންފޮމޭށަން ސިސްޓަމެއް އުފައްދައި، އެ ސިސްޓަމް ބަލަހައްޓަން ހަވާލުވާ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން.
(ށ) ހެލްތު އިންފޮމޭށަން ސިސްޓަމަށް މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަކީ ކޮބައިކަން ބަޔާންކުރުން.
(ނ) ހެލްތު އިންފޮމޭށަން ސިސްޓަމަށް އެއްކުރާ މައުލޫމާތުތައް މުރާޖާ ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ރ) ހެލްތު އިންފޮމޭށަން ސިސްޓަމަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ދޭންޖެހޭނެކަން ބަޔާންކުރުން.
(ބ) ހެލްތު އިންފޮމޭށަން ސިސްޓަމުގައި ރައްކައު ކުރަންޖެހޭ އަސާސީ މައުލޫމާތު ބަޔާންކުރުން.
(ޅ) ހެލްތު އިންފޮމޭށަން ސިސްޓަމު ގައި ރައްކައު ކުރަންޖެހޭ މައުލޫމާތު އުފެއްދުމާއި، އެއްކުރުމާއި، ބޭނުންކުރުމާއި، ހާމަކުރުމާއި، ބެލެހެއްޓުމާއި، ހިއްސާކުރުމާއި، ރިޕޯޓުކުރުމުގެ އާންމު އުސޫލުތައް ބަޔާންކުރުން.
(ކ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމުކުރެވެންދެން އަމަލުކުރަންވީ އިންތިގާލީ އުސޫލު ބަޔާންކުރުން.
(އ) ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމުގެ އުސޫލުތައް ބަޔާންކުރުން.
4 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ
ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމޭނޭ ސިއްހީ ހިދުމަތްދޭ އެންމެހައި ތަންތަނުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.
ދެވަނަ ބާބު
ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމުކުރުމާއި، މަސްއޫލިއްޔަތުތައް ބަޔާ ންކުރުން
5 ވަނަ މާއްދާ - ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމުކުރުން
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6( ހައެއް( މަސްދުވަހުގެ ތެރޭގައި، މިނިސްޓްރީގައި ގައުމީ ފެންވަރުގައި ސިއްހީމައުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމަށް، ހެލްތު އިންފޮމޭށަން ސިސްޓަމެއް ގާއިމްކުރަން ވާނެއެވެ.
6 ވަނަ މާއްދާ - ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމުކުރުމުގެ މަގުސަދު
މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ހެލްތު އިންފޮމޭށަން ސިސްޓަމް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން އުފައްދައި، އެއްކޮށް، ތަހުލީލުކޮށް، އާންމުކުރާމައުލޫމާތުގެ އެހީގައި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި ހަރުދަނާކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންނަނިވި ގޮތުގެ މަތީން އެހީތެރިވެދިނުމެވެ.
(ހ) ސިއްހީ ދާއިރާގެ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޛުކުރެވޭ މިންވަރު ބެލުމާއި، ދާއިރާތަކަށް ބޭނުންވާ އިންސާނީވަސީލަތްތަކާއި، މާލީ ވަސީލަތްތަކާއި، ތައުލީމީ ވަސީލަތްތަކާއި،ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތައް ދެނެގަތުމާއި، އެފަދަ ވަސީލަތްތައް ހޯދުމަށް މަގުފަހިކޮށްދިނުން.
(ށ) ސިއްހީ ހިދުމަތް އިހްތިޔާރުކުރުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން.
(ނ) ސިއްހަތާ ގުޅުންހުރި ގައުމީ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޛުކުރުމަށާއި، އެ ކަންކަން ތަންފީޛު ކުރެވެމުންދާ މިންވަރާއި އޭގެ ތަފުސީލު ދެނެގަތުމަށް އެހީތެރިވެދިނުން.
7 ވަނަ މާއްދާ - ހެލްތު އިންފޮމޭށަން ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތުތައް
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ހެލްތު އިންފޮމޭށަން ސިސްޓަމް ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތުތައް،ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ސިއްހީ ދާއިރާގެ ދުރުރާސްތާގެ މާސްޓަރ ޕްލޭނާއި،މިނިސްޓްރީގެ ސިޔާސަތުތަކާއި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް، މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު އެއްކުރުން.
- ސިއްހީ މައުލޫމާތު އެއްކުރުމުގައި ގައުމީ ސިއްހީ ސިޔާސަތުތައް ހާސިލުކުރުމަށް މަގުފަހިވާނެ މައުލޫމާތުއެއްކުރުމަށް އިސްކަންދިނުން؛ މިގޮތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގައުމީ ސިއްހީ ނިޒާމުގައި އިންސާނީ ވަސީލަތްތަކާއި، ހިދުމަތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ދާއިރާތައް ދެނެގަނެ، އެފަދަ ދާއިރާތަކަށް ވަސީލަތްތައް އެކަށައަޅާނެ ގޮތްތައް ދެނެގަތުން؛
- ހެލްތް އިންފޮމޭށަން ސިސްޓަމަށް ބޭނުންވާ އަސާސީ މައުލޫމާތު އެއްކުރުމާއި ރިޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ސައިންޓިފިކް މިންގަނޑުން ބަލައިގަނެވޭ އަސާސްތަކަށް ބިނާކޮށްފައިވާ އާންމު އިޖުރާތުތައް ކަނޑައެޅުން؛
- ހެލްތް އިންފޮމޭށަން ސިސްޓަމަށް އެއްކުރާ އަސާސީ މައުލޫމާތުތަކާއި، ހިދުމަތް ލިބިގަންނަ މީހުންނާއި، ހިދުމަތް ދޭ ފަރާތްތަކުގެ ސިއްރު ހިފެހެ އްޓުމަށާއި ޒާތީ މައުލޫމާތު ހާމަނުކުރުމަށް ރައްކައުތެރިކަމުގެ ފިޔަވަޅުއެޅުން؛
- ބޭސްފަރުވާއާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ގައުމީ މިންގަނޑުތަކާއި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރާ މިންގަނޑުތަކާ އަޅައިކިޔާއިރު ބޭސްފަރުވާއާއި ހިދުމަތުގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް އެއްކުރުން؛
- ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމުކުރާ ހެލްތު އިންފޮމޭށަން ސިސްޓަމުގައި ރައްކައުކޮށް ބަލަހައްޓާ އަދި ރިޕޯޓުކުރާސިއްހަތާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ފަންނީ ލިޔެކިޔުންތައް ދަފުތަރުކުރާ ގޮތް ބަލައި މޮނިޓަރ ކުރުން؛
- ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމުކުރާ ހެލްތު އިންފޮމޭށަން ސިސްޓަމުގައި ހިމެނޭ މައުލޫމާތުތައް ހިމަނައިގެން ކޮންމެ އަހަރަކު އެއްފަހަރު އާންމުންނަށް ފެންނާނޭހެން ސިއްހީ ތަފާސްހިސާބުގެ ރިޕޯޓެއް އެކުލަވައިލައި ތައްޔާރުކޮށް އާންމުކުރުން؛
- ހެލްތު އިންފޮމޭށަން ސިސްޓަމް ހަރުދަނާ ކުރުމުގެ ގޮތުން ބޭނުންވާ އިންސާނީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ހެލްތު އިންފޮމޭށަންގެ ދަށުން މިނިސްޓްރީން ހޯދުމަށް ބޭނުންވާ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންނާ ގުޅުންހުރި މައުލޫމާތުތައް އެއްކުރުން.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އުސޫލުތައް، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އާ ންމު ކުރަންވާނެއެވެ.
8 ވަނަ މާއްދާ - ސިއްހީ ހިދުމަތްދޭ ތަންތަނު ގައި ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމްކުރުން
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހެލްތު އިންފޮމޭށަން ސިސްޓަމެއް ގާއިމް ކުރަންވާނެއެވެ.
(ށ) އެ ސިޓީއެއްގެ ނުވަތަ އެ އަތޮޅެއްގެ ސަރުކާރުގެ މައި ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތުން އެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހެލްތު އިންފޮމޭށަން ސިސްޓަމުގެ އެންމެހައި ކަންކަން ބަލަހައްޓަންވާނެއެވެ.
(ނ) މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމްކުރާ ހެލްތުއިންފޮމޭށަން ސިސްޓަމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ އެ ތަނެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއެވެ.
(ރ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ދޭ ސިއްހީ ހިދުމަތުގެ މައުލޫމާތާއި، އެއްކުރާ މައުލޫމާތާއި، ބޭނުންކުރާ މައުލޫމާތާއި، ހާމަކުރާ ސިއްހީ މައުލޫމާތައް މިނިސްޓްރީގެ ހެލްތު އިންފޮމޭށަން ސިސްޓަމަށް ފޮނުވުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ، އެ މުއައްސަސާއެއް، ނުވަތަ އެ ޖަމުއިއްޔާއެއް ނުވަތަ އެ ޖަމާއަތެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްފަރާތް ނުވަތަ ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތެވެ.
(ބ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ މައުލޫމާތު ތަކާއި،ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭންޖެހޭ އެންމެހައި މައުލޫމާތުތައް (އިލެކްޓްރޯނިކް ކޮށް ނުވަތަ މެނުއަލްކޮށް ވިޔަސް) މިނިސްޓްރީއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ހިދުމަތެއް ދޭ ތަނެއްގެ ޒިންމާއެކެވެ. މިގޮތުން، މި މައުލޫމާތުތައް ފޯރުކޮށްދިނުގެ ނިޒާމެއް ގާއި މުކުރުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރާ މެނުއަލްތަކާއި ފޯމެޓްތަކާއި އުސޫލުތަކާއެއްގޮތަށް މައުލޫމާތުތައް އެކުލަވައިލުމާއި، މި ކަމާ ގުޅޭ ތަމްރީނުޕްރޮގްރާމްތައް އެ ތަނެއްގެ މުވައްޒަފުންނަށް ދިނުމާއި، މި ގަވާއިދު ތަންފީޛުކުރަން ބޭނުންވާ މުވައްޒަފުން އައްޔަނުކުރުމަކީ އެ ސިއްހީ ހިދުމަތެއް ދޭ ތަނެއްގެ ޒިންމާއެކެވެ.
9 ވަނަ މާއްދާ - ހެލްތު އިންފޮމޭށަން ސިސްޓަ މުގައި ރައްކައުކުރަންޖެހޭ އަސާސީ މައުލޫމާތުތައް
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ތަންތާނގައި ބޭނުންކުރުމަށް ހަދާ ހެލްތު އިންފޮމޭށަން ސިސްޓަމުގައި، އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ރައްކައުކުރެވެން ވާނެއެވެ.
- ހެލްތު ޑިޓަރމިނަންޓްސް؛
- ސިއްހީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތުތައް؛ މީގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އޮނިގަނޑާއި، ސިޔާސަތުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކު ރާ އާލަތްތަކާއި، އިންސާނީ ވަސީލަތްތަކުގެ ތަފާސްހިސާބުގެ މައުލޫމާތާއި، ނޭށަލް ހެލްތު އެކައުންޓްސްއަށް ބޭނުންވާ މައުލޫމާތު ހިމެނެއެވެ.
- ސިއްހީ ނިޒާމުގެ ނަތިޖާ ހާސިލުކުރެވޭ މިންވަރު ބެލުމަށް އެކަށައަޅާ މިނިމަމް ޑޭޓާސެޓެއް މިސްޓްރީން ކަޑައަޅައި އާންމުކޮށް ބެލެހެއްޓުން؛
- ހާސިލުކުރަން ބޭނުންވާ ސިއްހީ ލަނޑުދަނޑިތަކާއި ނަތީޖާތައް؛ މީގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.
- ވިހައިމަރުވާ ނިސްބަތާއި، މިކަމާ ގުޅުންހުރި ސިއްހީ މައުލޫމާތުތައް.
- ބަލިތައް ހުން ނަ މިންވަރާއި، ބައްޔަށް އަންނަ ބަދަލުތަކާއި، ބަލި ފެތުރޭ މިންވަރު.
- ސިއްހީ އާދަކާދަ ނުވަތަ ވައްޓަފާޅީގެ މައުލޫމާތު.
- ސިއްހީ ހިދުމަތްދޭ ތަނުން ލިބެންހުންނަ ހިދުމަތްތަކުގެ މައުލޫމާތު.
- ނޭށަނަލް ހެލްތު އެކައުންޓްސްއަށް ބޭނުންވާ މައުލޫމާތު.
- ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންގެ މައުލޫމާތު.
- އާބާދީގެ ސިއްހަތާ ގުޅުންހުރި މައުލޫމާތު.
- ސިއްހީ ހިދުމަތް ދިނުމުގައި ކުރެވޭ ތަފާތުތައް ؛ މީގެ ތެރޭގައި، ސިއްހީ ހިދުމަތް ދިނުމުގައި ނުވަތަބޭނުންކުރުމުގައި ނުވަތަ ސިއްހީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މީހުން ދިރިއުޅޭ އަތޮޅަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ މިނޫންވެސް މިފަދަ ކަންތައްތަކަށް ބިނާކޮށްގެން ކުރާ ތަފާތުތައް ހިމެނެއެވެ.
(ށ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކުން މިނިސްޓްރީގައި ގާއިމުކުރާ ހެލްތުގެ އިންފޮމޭށަން ސިސްޓަމަށް،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ސިއްހީ ހާލަތްތަކާއި އަސާސްތަކުގެ މައްޗަށް ބިނާކޮށް، ފުރިހަމަ މައުލޫމާތު،ކަނޑައެޅިފައިވާ މުއްދަތުތަކަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
10 ވަނަ މާއްދާ - ހެލްތު މިނިސްޓްރީގެ އިންފޮމޭށަން ސިސްޓަމަށް ރިޕޯޓުކުރުމުގެ އުސޫލުތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން،ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގައި ހިމެ ނޭ ސިއްހީ ހިދުމަތްދޭ ތަންތަނުން މިނިސްޓްރީއަށް ސިއްހީ މައުލޫމާތުތައް ފޮނުވުމުގައި އަމަލުކުރަންވާނީ، ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) ނޭށަނަލް ރިފަރަލް ހޮސްޕިޓަލާއި މާލެ ސިޓީގައި ގާއިމްކޮށްފައިވާ އެންމެހައި ސިއްހީ ހިދުމަތްދޭ ތަންތަނުން، މި ގަވާއިދާއި އުސޫލުގެ ދަށުން އެއްކުރާ އެންމެހައި މައުލޫމާތުތައް ސީދާ މިނިސްޓްރީއަށް ފޮނުވުން.
(ށ) މާލެ ސިޓީއާއި ކ. އަތޮޅު ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތަކުގައި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އެއްކުރާ މައުލޫމާތުތައް،އެ ސިޓީއެއް ނުވަތަ އެ އަތޮޅެއްގެ އަތޮޅުގެ މައި ހޮސްޕިޓަލް މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުން.
(ނ) މާލެ ސިޓީ ފިޔަވައި ކ. އަތޮޅުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އެއްކުރާ މައުލޫމާތުތައް،މިނިސްޓްރީން ކަނޑައަޅާ ސިއްހީ ހިދުމަތްދޭ ތަނެއް މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުން.
(ރ) ސިޓީތަކާއި އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އެއްކުރާ މައުލޫމާތުތައް، ސީދާ މިނިސްޓްރީއަށް ފޮނުވުން.
(ބ) މި ނޫންވެސް މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކުން އެއްކުރާ ސިއްހަތާ ގުޅުންހުރި މައުލޫމާތުތައް، ސީދާ މިނިސްޓްރީއަށް ފޮނުވުން.
11 ވަނަ މާއްދާ - މިނިސްޓްރީއަށް އެއްބާރުލުން ދިނުން
(ހ) މި ގަވާއިދުގައި ބުނެފައިވާ މަގުސަދުތައް ހާސިލުކުރުމަށާއި، ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ގާއިމުކުރާ ހެލްތު އިންފޮމޭށަން ސިސްޓަމުގައި ރައްކައުކުރަންޖެހޭ އަސާސީ މައުލޫމާތުތައް ބަލަހައްޓަންޖެހޭ ފަރާތުގެ ގޮތުގައި މި ގަވާއިދުގެ ދަށުން ހެލްތު އިންފޮމޭށަން ސިސްޓަމަށް މައުލޫމާތު ފޯރުކޮށްދޭންޖެހޭ އެންމެހައި ފަރާތްތަކުން މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މިނިސްޓްރީއަށް އެއްބާރުލުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ކުރަމުންނުދާނަމަ، އެ ފަރާތަކާމެދު، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
ތިންވަނަ ބާބު
އަސާސީ އުސޫލުތައް ބަޔާންކުރުން
12 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ސިއްހީ ހިދުމަތްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކުން، ހެލްތު އިންފޮމޭށަން ސިސްޓަމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
- ސިއްހީ މައުލޫމާތު ގޮތުގައި އެއްކުރާ އެއްވެސް މައުލޫމާތެއް، ޖުމުލަ ހިސާބުގެ ގޮތުގައި މެނުވީ އާންމު ނުކުރުން؛
- ސިއްހީ މައުލޫމާތުތައް އާންމުކުރާއިރު، އެ މައުލޫމާތެއް ދިން ފަރާތެއް އެނގޭގޮތަށް އާންމު ނުކުރުން؛
- ހުއްދަކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ސިއްހީ މައުލޫމާތަށް ވާސިލުވުމާއި، މައުލޫމާތު ބޭނުންކުރުމާއި، މައުލޫމާތަށް ބަދަލުގެނައުމާއި، މައުލޫމާތު ހާމަކުރުންފަދަ ކަންކަން ނުކުރެވޭކަން ކަށަވަރުކުރުން؛
- ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކޮށްފައިވާ ސިއްހީ އެއްވެސް މައުލޫމާތެއް ނުވަތަ މައުލޫމާތެއްގެ ބައެއް ވިޔަސް، ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކޮށްފައިވާ ފަރާތަކަށް މެނުވީ ވާސިލު ނުވާނެ ގޮތް ހެދުން؛
- ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭ ނުރައްކާތަކުންނާއި، ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭ ވައްކަމުގެ ހާދިސާތަކުން، ސިއްހީ ޒާތީ މައުލޫމާތާއި މި ގަވާއިދުގެ ދަށުން އެއްކޮށް ބަލަހައްޓާ ސިއްހީ ކަންކަމުގެ މައުލޫމާތާއި، ސިއްހަތާ ގުޅުންހުރި މައުލޫމާތުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ނުވަތަ އިންޓަގްރިޓީ ހިފެހެއްޓިގެންވާކަން ކަށަވަރުކުރުން؛
- ސިއްހީ ތަފާސްހިސާބުގެ މަސައްކަތް ކުރުމުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެކުވެރި ދައުލަތްތަކުގެ (އ.ދ. ގެ) ތަފާސްހިސާބުގެ އަސާސްތައް ނުވަތަ "ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮފިށަލް ސްޓެޓިސްޓިކްސް" އާއި، މި ގަވާއިދުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރާ އުސޫލުތަކާއި މިންގަނޑުތަކުގައިވާ ގޮތުގެ މަ ތީން ސައްހަ މައުލޫމާތު ފޯރުވައިދިނުމަށާއި، ފެންވަރު ރަނގަޅު ކުރުމަށާއި، އެކަށީގެންވާ ހުދޫދުގެ ތެރެއިން އެންމެންނަށް އެއްފަހަރާ ލިބޭނެފަދަ ގޮތަކަށް މައުލޫމާތު ހާމަކުރުމާއި، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ވަކިއަތަކަށް ބުރަނުވުމާއި،ހަމަހަމަކަމާއި، ދެފުށްފެންނަ ހަރުދަނާ އުސޫލުތަކުގެ މަތިން އަމަލުކުރުމާއި، ސަރުކާރުގެ ތަފާސްހިސާބުގެ މަސައްކަތްކުރާ އެހެން ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު މަސައްކަތް ވިލަރެސްކުރުމާއި، މައުލޫމާތު ފުރިހަމަގޮތުގައި ބޭނުންކުރަން މަގުފަހިކޮށް ހަރަދު ކުޑަކުރުމާއި، އާންމުންގެ އިތުބާރު ލިބޭ ގޮތަށް ތަފާސްހިސާބުގެ ނިޒާމު ބައްޓަންކުރެވޭކަން ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމްކުރުމަށް މި ގަވާއިދުގެ ދަށުން ލާޒިމުކުރާ ކޮންމެ ފަރާތަކުން ވެސް ކަށަވަރު ކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކަށަވަރު ކުރުމުގެ ގޮތުން ހަދަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަކީ، މި ގަވާއިދުގެ ދަށުން ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމްކޮށް ބަލަހައްޓާ ފަރާތްތަކުގެ ޒިންމާއެކެވެ.
13 ވަނަ މާއްދާ - ސިއްހީ މައުލޫމާތު ކޯޑުކުރުމާއި ބޭނުންކުރުމާއި ހާމަކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްކުރާ ސިއްހީ މައުލޫމާތުތައް ކޯޑުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ކްލެސިފިކޭށަން ކޯޑިންގ ސިސްޓަމެއް ނުވަތަ ސިސްޓަމްތަކެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޑިންގ ސިސްޓަމް ނުވަތަ ސިސްޓަމްތައް ވާންޖެހޭނީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތް ކޮށްގެން ތައްޔާރުކޮށްފައިވާ، ގައުމީ ފެންވަރެއްގައި ބޭނުންކުރެވޭ ކްލެސިފިކޭށަން ސިސްޓަމްތަކަށެވެ.
(ނ) މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އެއްކޮށްފައިވާ ސިއްހީ މައުލޫމާތުތައް ބޭނުންކުރުމުގައި ފުރަތަމަ އަމާޒުކުރަންވާނީ،އެ މައުލޫމާތެއް އެއްކުރި މަގުސަދު ފުރިހަމަކުރުމަށެވެ. އަދި ނޭނގޭ މައުލޫމާތުގެ މައްޗަށް އިތުރު ދިރާސާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން އެއްކުރާ ސިއްހީ އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ، މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
14 ވަނަ މާއްދާ - ޖޫރިމަ ނާކުރުމާއި ފިޔަވަޅު އެޅުން
(ހ) އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 10،000 (ދިހަހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
- މައުލޫމާތު ރިޕޯޓު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިޕޯޓު ނުކުރުން؛
- މިނިސްޓްރީން އަންގާ އެންގުމާ އެއްގޮތަށް މައުލޫމާތު ދިނުމަށް އިންކާރުކުރުން؛
- ފުރިހަމަނޫން މައުލޫމާތު، ނުވަތަ ހަގީގަތް އޮޅޭގޮތަށް ހުންނަ މައުލޫމަތު، ނުވަތަ ނުރަގަޅު މައުލޫމަތު ފޯރުކޮށްދިނުން.
- މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތެއް ނައްތައިލުން؛
- މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އަމަލު ނުކުރުމުގެ ސަބަބުން މައުލޫމާތުތައް ގެއްލުން؛
- ސިއްހީ ހިދުމަތްދޭ ތަނެއް ގައި ހުރި މައުލޫމާތު،ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް އޮޅުވައިލުން ނުވަތަ މައުލޫމާތަށް ބަދަލު ގެނައުން.
ހަތަރުވަނަ ބާބު
އިންތިގާލީ މަރުހަލާއާ ގުޅޭ އުސޫލުތައް
15 ވަނަ މާއްދާ - މުދަލާއި މައުލޫމާތާ ގުޅޭ ރިކޯޑުތަކާއި އެއްބަސްވުންތައް ބަދަލުވުން
މި ގަވާއިދަށް އަމަލުކުރަން ފެ ށުމާއެކު، ސަރުކާރުން ނުވަތަ ދައުލަތުން ނުވަތަ އަމިއްލަ ފަރާތްތަކުން އެއްކޮށްފައިވާ ސިއްހީ މައުލޫމާތުތައް،މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން، މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
16 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު ނުވަތަ އުސޫލު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މިހާރު އަމަލުކުރަމުން އަންނަ "ސިއްހީ ސިޔާސަތުތަކާއި ޕްލޭނިންގ މަސައްކަތްތަކަށް ބޭނުންވާ ސިއްހީ ތަފާސްހިސާބާ ގުޅޭ އުސޫލު" އުވުނީއެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހެލްތު އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި ދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރާ ނިޒާމަށެވެ. މި ނިޒާމުގައި، ސިއްހީ ހިދުމަތްދޭ ތަނަކުން މުޖުތަމައާއެކު ދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތް ފަދަ ހިދުމަތްތަކުގައި ދޭ ނުވަތަ އެއްކުރާ ސިއްހީ މައުލޫމާތު ވެސް ހިމެނޭނެއެވެ.
(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ރ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) އަށެވެ.
(ބ) "ހެލްތު ޑިޓަރމިނަންޓްސް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ މާހަ އުލާއި، ސިއްހަތަށް އަސަރުކުރާގޮތަށް މުޖުތަމައުގައި ހުންނަ ކަންތައްތަކަށެވެ. މީގެ ތެރޭގައި، މީހެއްގެ ސިއްހީ ހާލަތަށް އަސަރުކުރާ އިޖުތިމާއީ ކަންތައްތަކާއި، އިގްތިސާދީ ކަންތައްތަކާއި، ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް ހިމެނެއެވެ.
ޖަދުވަލު 1
އަސާސް 1:
ރަސްމީ ތަފާސްހިސާބަކީ، ޑިމޮކްރެޓިކް މުޖުތަމައެއްގެ މައުލޫމާތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަގުނުކުރެވޭހައި މުހިންމު ވަސީލަތެކެވެ. އެގޮތުން، އިގްތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި، ސަރުކާރާއި އާންމު ފަރުދުންނަށް ގައުމުގެ ހާލަތު ވަޒަންކުރުމަށް އެހީއަކަށް ވެއެވެ. އެހެންކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާންމު މައުލޫމާތުގެ ގޮތުގައި ސަރުކާރުގެ ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އެކުލަވައިލައި އެންމެހައި ފަރުދުންނަށް އެއް ހަމައެއްގައި ފޯރުކޮށްދޭންވާނެއެވެ.
އަސާސް 2:
ރަސްމީ ތަފާސްހިސާބަކީ، ރައްޔިތުންގެ އިތުބާރު ލިބިގެންވާ އެއްޗެއްގެ ގޮތުގައި ހަދައި، އެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބު އެކުލަވައިލުމާއި ރައްކައުކުރުމާއި، ހާމަކުރުމުގައި، ސައިންޓިފިކް އުސޫލުތަކާއި ހަމަތަކުގެ މަތީން، ޕްރޮފެށަނަލް އެތިކްސްއާ އެއްގޮތަށް އަމަލުކުރުންމަތީ ދެމިތިބެންވާނެއެވެ.
އަސާސް 3:
ޑޭޓާ ރަނގަޅަށް މާނަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ތަފާސްހިސާބު ނަގައި ބަލަހައްޓާ އިދާރާތަކުން ސައިންޓިފިކް އުސޫލުތަކާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަފާސްހިސާބު އެކުލަވައިލައި ހާމަކުރަންވާނެއެވެ.
އަސާސް 4:
ތަފާސްހިސާބު ނަހަމަގޮތުގައި ބޭނުންކުރުމާއި އޭގެ މާނަ އޮޅޭގޮތަށް ނުބައިކޮށް މާނަކޮށް ބޭނުންކުރާ ހާލަތްތަކުގައި، ތަފާސްހިސާބު ނަގައި ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެ ކަންކަމުގެ ރަނގަޅުގޮތް އަންގައިދީ، އެ ކަންކަން އޮޅުންފިލުވައިދީ، ރަނގަޅަށް މާނަކޮށްދިނުމުގެ ޒިންމާ އުފުލަންވާނެއެވެ.
އަސާސް 5:
ތަފާސްހިސާބު އެކުލަވައިލުމަށް ހޯދާ ޑޭޓާ ސަރވޭކޮށްގެންނާއި، ސަރުކާރުގެ އިދާރީ ރިކޯޑުތަކުގެ ތެރެއިންނާއި، އެނޫންވެސް ގޮތްގޮތަށް އެއްކުރެވިދާނެއެވެ. އެގޮތުން، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ޑޭޓާ ހޯދާނެ ގޮތްތައް ކަނޑައެޅުމުގައި، ޑޭޓާގެ ފެންވަރަށާއި، ލިބޭ އަވަސްމިނަށާއި، ހިނގާނެ ހަރަދަށާއި، މައުލޫމާތުދޭ ފަރާތްތަކުން އުފުލަންޖެހޭ ބުރަޔަށް ރިއާޔަތް ކުރަންވާނެއެވެ.
އަސާސް 6:
ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި، ވަކިވަކި ފަރުދުންނާއި ވިޔަފާރިކުރާ ތަންތަން ފަދަ ތަންތަނުން އެއްކުރާ ފަރުދީ ފެންވަރުގެ ޑޭޓާއަކީ، ތަފާސްހިސާބު އެކުލަވައިލުމުގައި މެނުވީ އެހެން އެއްވެސް ގޮތަކަށް ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމުން، ތަފާސްހިސާބު ނަގައި ބަލަހައްޓާ އިދާރާތަކުން، އެފަދަ ފަރުދީ ޑޭޓާގެ ސިއްރު ހިފެހެއްޓުން ކޮންމެހެން ލާޒިމުވެގެންވެއެވެ.
އަސާސް 7:
ތަފާސްހިސާބުގެ ގައުމީ ނިޒާމު ހިންގުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް އާންމުކޮށްފައި ހުންނަންވާނެއެވެ.
އަސާސް 8:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމަޔަށް ހިންގުމާއި، މަސައްކަތްތައް އެއް އުސޫލެއްގެ މަތީން ގެންދިއުމަށް ޓަކައި، ތަފާސްހިސާބު އެއްކޮށް ބަލަހައްޓާ އިދާރާތަކުގެ މެދުގައި ފުރިހަމަޔަށް ކަންކަން ވިލަރެސްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަސާސް 9:
ތަފާސްހިސާބު އެއްކޮށް ބަލަހައްޓާ އިދާރާތަކުން ބައިނަލްއަގްވާމީ ކޮންސެޕްޓްތަކާއި، ކްލެސިފިކޭށަންތަކާއި، އުސޫލުތައް ގެންގުޅުމަކީ، ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމަޔަށް ހިންގުމާއި މަސައްކަތްތައް އެއް އުސޫލެއްގެ މަތީން ގެންދިއުމަށް މަގުފަހިކުރުވާނެ ކަމެކެވެ.
އަސާސް 10:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައްޔާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރަންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު