މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަށްރޫއުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-90)
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ޔ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމާ ގުޅޭ ގަވާއިދެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަށްރޫއުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަށްރޫއުތަކުގެ ދަށުން، ފީއަކާ ނުލައި ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް، އިމާރާތްތަކަށް ގުޅައިދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް އެގޮތުގެ މަތީން ތަންފީރުކުރުމުވެ.
4 ވަނަ މާއްދާ - ގަވާއިދު ތަންފީރުކުރުން
މި ގަވާއިދު ތަންފީޒު ކުރާނީ، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީންނެވެ.
5 ވަނަ މާއްދާ - ރަށްރަށުގައި ހިންގާ، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން، ފީއަކާ ނުލައި ފެން މީޓަރު ގުޅައިދިނުން
ރަށްރަށުގައި ހިންގާ، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން، ފީއަކާ ނުލައި ފެން މީޓަރު ގުޅައިދެވޭނީ، އަންނަނިވި ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.
(ހ) ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްށަން.
(ށ) ރަޖިސްޓަރީ ކޮށްފައިވާ، އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ނ) ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ރ) ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ބ) ރަށުގެ ބަނދަރު ސަރަހައްދަށް 1 (އެކެއް) ކަނެކްށަން.
(ޅ) އާންމު ފާހާނާތައް ސަރވޭކޮށް، އެ ފާހާނާތަކަށް އެދިޔާރު އައްޔަނުކޮށްފައިވާ އިންޖިނިއަރު ކަނޑައަޅާ އަދަދަކަށް.
(ކ) މީހުން ދިރިއުޅުނަސް، ނުވަތަ ދިރިނޫޅުނަސް، ގޯތީގައި އިމާރާތްކޮށް،ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް) ކަނެކްށަން.
(އ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން ސާރވޭކޮށް، އެ ތަންތަނަށް އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
6 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއު ތަކުގެ ދަށުން، ފީއަކާ ނުލައި ނަރުދަމާގެ ޖަންކްށަން (ކެޗްޕިޓް) ގުޅައިދެވޭނެ ތަންތަން
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފީއަކާ ނުލައި ނަރުދަމާގެ ޖަންކްށަން (ކެޗްޕިޓް) ގުޅައިދެވޭނީ، ތިރީގައިވާ ގިންތިތަ ކުގައި ހިމެނޭ ތަންތަނަށެވެ.
(ހ) ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްށަން.
(ށ) ރަޖިސްޓަރީ ކޮށްފައިވާ އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ނ) ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ރ) ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.
(ބ) އާންމު ފާހާނާތައް ސަރވޭކޮށް، އެ ފާހާނާތަކަށް އެދިޔާރު އައްޔަނުކޮށްފައިވާ އިންޖިނިއަރު ކަނޑައަޅާ އަދަދަކަށް.
(ޅ) މީހުން ދިރިއުޅުނަސް، ނުވަތަ ދިރިނޫޅުނަސް، ގޯތީގައި ގެއެއް އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް) ކަނެކްށަން.
(ކ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން ސާރވޭކޮށް، އެ ތަންތަނަށް އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
7 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ފީއާކާ އެކު ފެން މީޓަރު ގުޅައިދިނުމާއި ނަރުދަމާގެ ޖަންކްށަން (ކެޗްފިޓް) ގުޅައިދެވޭނެ ގޮތް
މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ހިމެނޭ ގިންތިކޮށްފައިވާ ތަންތަނުގެ ތެރެއިން 1 (އެކެއް) ކަނެކްށަން ގުޅައިދެވޭގޮތަށް ހުރި ގިންތިތަކުގައި، 1 (އެކެއް) ކަނެކްށަނަށް ވުރެ އިތުރު ކަނެކްށަނެއް ގުޅަން ބޭނުންވެއްޖެނަމަ، މަށްރޫއުގެ އެދިޔާރާއި މަށްރޫއުގެ ކޮންޓްރެކްޓަރު އެއްބަސްވާ ގޮތެއްގެ މަތީން، އަގަކާއެކު، އިތުރު ކަނެކްށަނެއް ގުޅައިދިނުމަށް މި ގަވައިދު ހުރަހެއް ނާޅައެވެ.
8 ވަނަ މާއްދާ - މަގުގެ ދެފަރާތަށް ހުންނަ އިމާރާތްކާއި، އެއް މަގަށް ވުރެ ގިނަ މަގުތަކަށް ވާ ގޮތަށް ހުންނަ އިމާރާތްތަކަށް ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައިދިނުން
މީހުން ދިރިއުޅޭ އިމާރާތެއްގެ ދެފަރާތުގައި މަގު އޮތް ނަމަވެސް، އެ އިމާރާތަށް ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގައި ބަލާނީ، އެއީ 1 (އެކެއް) އިމާރާތެއް ކަމުގައެވެ.
9 ވަނަ މާއްދާ - ފެނާއި ނަރުދާމާގެ ކަނެކްށަނަށް އެދުން
(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކާ ގުޅިގެން، ފެނާއި ނަރުދަމާގެ ކަނެކްށަން ގުޅައިދިނުމަށް އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.
(ށ) ފެނާއި ނަރުދަމާގެ މަށްރޫއުގެ ދަށުން، ފެނާއި ނަރުދަމާގެ ކަނެކްށަން ގުޅައިދިނުމަށް އެދޭ ފޯމު ފުރިހަމަކޮށް، އަންނަނިވި ލިޔެކިޔުންތަކާއެކު، އެ ރަށެއްގެ ރަށު ކައުންސިލަށް، ސިޓީއެއް ނަމަ ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ށަރުއީގޮތުން ކަނޑައަޅައިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.
- އެއްވެސް ސަބަބަކާހުރެ ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ށަރުއީ ކޯޓެއްގެ ލިޔުން.
- މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާނަމަ، އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.
- މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި، 6 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
10 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ކަނެކްށަން ގުޅައިދިނުމުގައި ގެންގުޅޭނެ މިންގަނޑު
ފެނާއި ނަރުދަމާގެ ކަނެކްށަން ގުޅައިދޭނެ އެންމެ ދުރުމިނަކީ، ގޯތީގެ އިންފާރުން ފެށިގެން 1 (އެކެއް) މީޓަރު އެތެރެއެވެ.
11 ވަނަ މާއްދާ - ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ގެ ދަށުން އިމާރާތްތަކަށް ފެނުގެ ކަނެކްށަން ގުޅައިދިނުމަށް ސަރވޭކުރުން
ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން އިމާރާތަށް ފެނުގެ ކަނެކްށަން ގުޅައިދިނުމަށް ސާރވޭ ކުރުމުގައި އަންނަނިވި ގޮތްތަކަށް އަމަލު ކުރަންވާނެއެވެ.
(ހ) ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ޑިޒައިން މަރުހަލާގައި، ޑިޒައިން ކޮންސަލްޓެންޓުން ހަދާ ސާރވޭގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ފާހަގަކުރުން.
(ށ) ކޮންސަލްޓެންޓުން ސާރވޭ ކުރާއިރު ކައުންސިލުން ކަނޑައަޅާ އިސް ފަރާތަކާއެކު އިމާރާތްތަކަށް ރިޔާރަތްކޮށް، އިމާރާތުގެ ވެރިފަރާތުގެ ލަފަޔާއެކު ފެން މީޓަރު ބަހައްޓަން ބޭނުންވާ ތަން ފާހަގަކުރުން.
(ނ) ފެން މީޓަރު ބަހައްޓާ ތަން އެނގޭނޭހެން ސާރވޭ ފޯމުގައި ފާހަގަކުރުމަށްފަހު، އެ ތަނަކީ، އިމާރާތުގެ ވެރިފަރާތުން ކަނޑައެޅި ތަނެއްކަން ކަށަވަރު ކުރުމަށް ޓަކައި އިމާރާތުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް ކަނޑައަޅާ ފަރާތަކުން ސާރވޭ ފޯމުގައި ސޮއިކުރުވުން.
(ރ) އިމާރާތުގެ ވެރިފަރާތުން ފެން މީޓަރު ހަރުކުރަން ބޭނުންވާ އިންފާރުގެ އުސްމިނުގައި 3 (ތިނެއް) ފޫޓު، ފުޅާމިނުގައި 1 (އެކެއް) ފޫޓު ހުންނަ ޖާގައެއްގައި ސިމެންތި ޖަހައި އޮމާންކޮށްފައި ހުރުން.
12 ވަނަ މާއްދާ - ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއު ގެދަށުން އިމާރާތްތަކަށް ނަރުދަމާގެ ކަނެކްށަން ގުޅަ އިދިނުމަށް ސާރވޭކުރުން
ނަރުދަމާގެ މަށްރޫއުގެ ދަށުން އިމާރާތަށް ކަނެކްށަން ދިނުމަށް ސަރވޭ ކުރުމުގައި އަންނަނިވި ގޮތްތަކަށް އަމަލު ކުރަންވާނެއެވެ.
(ހ) ނަރުދަމާ މަށްރޫއުގެ ޑިޒައިން މަރުހަލާގައި، ޑިޒައިން ކޮންސަލްޓެންޓުން ހަދާ ސަރވޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ފާހަގަކުރުން.
(ށ) ކޮންސަލްޓެންޓުން ސާރވޭ ކުރާއިރު ކައުންސިލުން ކަނޑައަޅާ ފަރާތަކާއެކު އިމާރާތްތަކަށް ރިޔާރަތްކޮށް، ނަރުދަމާ ޖަންކްށަން (ކެޗްފިޓް) ބަހައްޓަން ބޭނުންވާ ތަން، އިމާރާތުގެ ވެރިފަރާތުގެ ލަފަޔާއެކު ފާހަގަކުރުން.
(ނ) ކެޗްޕިޓް ބަހައްޓާތަން އެނގޭ ނޭހެން ސާރވޭ ފޯމުގައި ފާހަގަކުރުމަށްފަހު،އެ ތަނަކީ، އިމާރާތުގެ ވެރިފަރާތުން ކަނޑައެޅި ތަނެއްކަން ކަށަވަރު ކުރުމަށް ޓަކައި ސަރވޭ ފޯމުގައި އިމާރާތުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް ކަނޑައަޅާ ފަރާތަކުން ސޮއިކުރުވުން.
(ރ) ނަރުދަމާ ނިރާމުގެ ލޭއައުޓް ޕްލޭނުގައި، އިމާރާތުގައި ބަހައްޓާ ކެޗްޕިޓް ބަހައްޓާ ތަން ފާހަގަކުރުން. އަދި ކެޗްޕިޓް ބަހައްޓާ ތަނަކީ ހުރަހެއްނެތި މަސައްކަތް ކުރެވޭނެ ތަނަކަށް ވުން.
13 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްށަނަށް އެދޭ ފޯމު ހުށަހެޅުމާއި،މުއްދަތު އިތުރުކުރުން
(ހ) ފެނާއި ނަރުދަމާގެ މަށްރޫއުގެ ދަށުން ކަނެކްށަން ގުޅައިދިނުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު، މަށްރޫއުގެ ކޮންޓްރެކްޓަރުގެ އޮފީހުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނަންވާނެއެވެ. ކަނެކްށަނަށް އެދޭ ފޯމު ހުށަހެޅުމަށް، މަދުވެގެން 60 (ފަސްދޮޅަސް)
ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު، މި މުއްދަތުގެ ތެރޭގައި ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް،
ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ. ފޯމު ހުށަހެޅުމުން، ފޯމު ބަލައިގަތްކަމުގެ ރަސްމީ ލިޔުމެއް، ކައުންސިލް އިދާރާއިން، ފޯމު ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމާއެކު، ފެނާއި ނަރުދަމާގެ މަށްރޫއުގެ ދަށުން ކަނެކްށަން ގުޅައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ލިސްޓެއް، މަށްރޫއުގެ އެދިޔާރާއި ކައުންސިލާ ގުޅިގެން ތައްޔާރުކޮށް، ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި 2( ދޭއް( ހަފުތާގެ މުއްދަތަށް އާންމުކޮށް ބަހައްޓަންވާނެއެވެ. އަދި އެ މުއްދަތުގައި ލިސްޓަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ހުޅުވައިލަންވާނެއެވެ.ށަކުވާ ހުށަހަޅަންވާނީ، ލިޔުމަކުން ކައުންސިލް އިދާރާއަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމާއެކު، ލިބިފައިވާ ށަކުވާތަކުގެ ތަފުސީލު، ކައުންސިލް އިދާރާއިން މަށްރޫއުގެ އެދިޔާރަށްސިޓީއަކުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން ހުށަހަޅާ ށަކުވާތަކުގެ ތަފުސީލު ލިސްޓުގައި ހިމެނޭ ތަންތަން، އެދިޔާރު ކަށަވަރުކުރުމަށްފަހު، އެ ފަރާތްތަކަށް އަލުން ފޯމު ހުށަހަޅަން މަދުވެގެން 1 (އެކެއް) ހަފުތާގެ މުއްދެއް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހަޅާ ފޯމުތައް ކައުންސިލާއި ކޮންޓްރެކްޓަރު ކަށަވަރުކުރުމަށްފަހު، ފައިނަލް ލިސްޓުގެ ހުރިހާ ސަފުހާއެއްގައި ކައުންސިލް އިދާރާގެ އިސްވެރިޔަކު ސޮއިކޮށް، ނަން ލިޔެ، ކައުންސިލް އިދާރާގެ ތައްގަނޑު ޖެހުމަށްފަހު، ސިޓީއަކާއެކު މަށްރޫއުގެ އެދިޔާރަށް 1 (އެކެއް) ހަފުތާގެ ތެރޭގައި ރަސްމީކޮށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލުން ހުށަހަޅާ ލިސްޓު، އެދިޔާރު ބެލުމަށްފަހު، ކައުންސިލް އިދާރާއަށާއި މަށްރޫއުގެ ކޮންޓްރެކްޓަރަށް ރަސްމީކޮށް ހިއްސާކުރަންވާނެއެވެ.
(ކ) މަށްރޫއުގެ މުއްދަތުގެ ތެރޭގައި އެ ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ސަރުކާރުން ހަމަޖައްސައިފައިވާނަމަ، ތާރުއަޅާ މަގުތައް ހިމެނޭ ބްލޮކްތަކުގައިވާ ހުސްގޯތި ނުވަތަ އިމާރާތެއް ކުރަމުންދާ ތަންތަނަށް ކައިރި މުސްތަގުބަލެއްގައި ކަނެކްށަން ގުޅަންޖެހޭނެތޯ ބަލައި ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި މި ތަންތަން ސާރވޭކޮށް، މަށްރޫއުގެ އެދިޔާރުގެ އިންޖީނިޔަރު ކަނޑައަޅާ އަދަދަކަށް މަގު ހުރަސްކޮށް ކަނެކްށަން ޕޮއިންޓްތައް ބްލޮކްތަކަށް (ގޯތިތައް ހިމެނޭ ކޮށިތަކަށް) އަޅަންވާނެއެވެ. މިގޮތުން ތާރުއެޅުމަށް ކަނޑައަޅައި ފާސްކޮށްފައިވާ ޗާޓު،ރަސްމީކޮށް ލިޔުމަކުން، އެ މަށްރޫއެއް ހިންގާ ސަރުކާރުގެ އިދާރާއިން
އެދިޔާރު ހޯދަންވާނެއެވެ.
14 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއު ނިމުމުން ހިދުމަތަށް އެދުން
(ހ) ފެނާއި ނަރުދާމާގެ މަށްރޫއުގެ މަސައްކަތްތައް ނިންމައި، އެ ނިރާމުތައް ހިންގައި ބެލެހެއްޓުމަށް އޮޕަރޭޓިންގ ލައިސެންސެއްގެ ދަށުން ހިދުމަތްދޭ ފަރާތާ ހަވާލުކުރުމަށްފަހު، ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ހޯދަން އެދޭނީ، އެ ރަށެއްގައި ޔުޓިލިޓީ ހިދުމަތް ދޭ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފެނުގެ ހިދުމަތަށް އެދުމުން، ހިދުމަތަށް އެދޭތާ 2 (ދޭއް) ހަފުތާގެ ތެރޭގައި އެ ހިދުމަތް ޔުޓިލިޓީ ކުންފުނިން ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބާޔާންކޮށްފައި އޮތް ނަމަވެސް، ނަރުދަމާގެ ހިދުމަތަށް އެދޭ ފަރާތުން ގެއެއްގެ ނުވަތަ އިމާރާތުގެ ފާ ހާނާތައްޖަންކުށަނާ ގުޅައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު، ހިދުމަތަށް އެދުމުން، ހިދުމަތަށް އެދޭތާ 2 (ދޭއް) ހަފުތާގެ ތެރޭގައި ޔުޓިލިޓީ ކުންފުނިން އެ ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.
15 ވަނަ މާއްދާ - އިމާރާތެއް ނުކޮށް ހުންނަ ހުސް ގޯތިތަކަށް ފެނާއި ނަރުދާނާގެ ކަނެކްށަން ގުޅައިދެވޭނެގޮތް ހަމަޖެއްސުން
(ހ) މީހުން ދިރިއުޅުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ދޫކޮށްފައިވާ ހުސްބިން ނުވަތަ ގޯތިތަކަށް ނަރުދަމާގެ ހިދުމަތް ބޭނުންޖެހޭ ހާލަތުގައި އެ ހިދުމަތް ފަސޭހައިން ދެވޭނެގޮތަށް، މައިހޮޅި ވަޅުލައި ވައި-ކަނެކްށަން ނުވަތަ ލެޓެރަލް-ކަނެކްށަންގެ މަށްރޫއުގެ ތެރެއިން ގުޅައިދޭންވާނެއެވެ.
(ށ) މީހުން ދިރުއުޅުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ދޫކޮށްފައިވާ ހުސްބިން ނުވަތަ ގޯތިތަކަށް ފެނުގެ ހިދުމަތް ބޭނުންވާ ހާލަތުގައި އެ ހިދުމަތް ފަސޭހައިން ދެވޭނެގޮތަށް، މައިހޮޅި ވަޅުލައި، ފެން ގުޅައިދެވޭނެ ގޮތް، މަށްރޫއުގެ ތެރެއިން ހަދަންވާނެއެވެ.
16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެރެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވައިދު ނަންބަރު 2020-10 (މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަށްރޫއުތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފެނުގެ ހިދުމަތްތައް ނުވަތަ ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އުވުނީއެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް އޮތްގޮތުން އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހައި ހިނދަކު، އަންނަނިވި ލަފުރުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުރުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "އެދިޔާރު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ އަމަލީ މަސައްކަތް ތަންފީރުކުރާ ސަރުކާރުގެ ވުރާރާއަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީރުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުރާރާއަށެވެ.
(ނ) "ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، މަށްރޫއުގެ ދަށުން ގޭތެރޭގައި ބަހައްޓާ ފެން މީޓަރާއި ނަރުދަމާގެ ކެޗްޕިޓަށެވެ.
(ރ) "ކެޗްޕިޓް" ކަމުގައި ބުނެފައި އެވަނީ، ނަރުދަމާގެ ނިރާމާއި ފާހާނާތަކާ ގުޅުމަށް އިމާރާތުގެ އިމުގެ ތެރޭގައި ބަހައްޓާ ޖަންކުށަން ވަޅަށެވެ.
(ބ) "ވައި-ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، ނަރުދަމާގެ މައިލައިނުން ކޮންމެ ގެއަކާ ދިމާއަށް ހުންނަ، "ވައި-ޖޮއިންޓައް" ގުޅައިފައި ހުންނަ ލައިނަށެވެ.
(ޅ) "ލެޓަރަލް-ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، ފެނުގެ މައި ލައިނުން ނުވަތަ ނަރުދަމާގެ މައި ލައިނުން އިމާރާތަށް ނަގައިފައި ހުންނަ ކަނެކްށަން ލައިންތަކަށެވެ.
(ކ) "ހިދުމަތް" ކަމުގައި ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ކަނެކްށަން ގުޅައިދީ، އެ ކަނެކްށަން މެދުވެރިކޮށް ބޭނުންކުރުމަށް އެދުމާއި، ބޭނުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
(އ) "އިމާރާތް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ގިންތިތަކަށް ހިމެނޭ ތަންތަނަށެވެ.
- މީހުން ދިރިއުޅުމަށް އިމާރާތްކޮށްފައިވާ ކޮންމެ ގެއެއް؛
- އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް؛
- ވިޔަފާރިތަކަށާއި، ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނެއް؛
- ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނެއް؛
- ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން.
(ވ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަރީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
(މ) "އިންފާރު" ކަމުގައި ބުނެފައި އެވަނީ، އިމާރާތުގެ ވަށާފާރު ނުވަތަ އިމާރާތުގެ އިން ވަކިކުރަން ރާނައިފައިވާ ފާރަށެވެ.
(މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
ކިޔުންތެރިންގެ ހިޔާލު