އެއްވެ އުޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2006)
މި ގަވާއިދު ވަނީ ގާނޫނު ނަންބަރު 01/2013 ގެ 60 ވަނަ މާއްދާއިން އުވާލެވިފައި
އެއްވަނަ ބައި
ތައާރުފާއި މާނަ
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ލިބިދޭ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ރައްކާތެރިކުރުމާއި، މި މިނިވަންކަން ލިބިދިނުމުގައި އާއްމު ދިރިއުޅުމާއި، ވިޔަފާރިއާއި އެހެނިހެން އިގްތިސާދީ ހަރަކާތްތަކާއި ތައުލީމާއި ސިއްހީ ހިދުމަތާއި، އެހެނިހެން އިޖްތިމާއީ ހަރަކާތްތަކާއި، ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމާއި، މުވާސަލާތާއި
ފެނާއި ކަރަންޓުފަދަ ޒަރޫރީ ބޭނުންތަކުގެ ހިދުމަތްތަކާއި ދިވެހިންގެ ޖަމާއީ އަދި ފަރުދީ ހައްގުތައް ރައްކާތެރިކުރެވޭނެގޮތެއްގެ މަތިން، އެއްވެ އުޅުމުގައި އަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "އެއްވެ އުޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އެއްވެއުޅުމުގެ މާނަ
މިގަވާއިދުގައި އެއްވެއުޅުންކަމަށް ބުނެފައިއެވަނީ އާއްމުންނާބެހޭ ކަމަކާ ނުވަތަ އަންމުންނާބެހޭ މައްސަލައަކާ ގުޅޭގޮތުން ހިޔާލެއް، ނުވަތަ ށުއޫރެއް އާއްމުކޮށް ފާޅުކުރުމުގެ ގޮތުން، ތިންމީހަކު ނުވަތަ އެއަށްވުރެ ގިނަބަޔަކު އެއްވާއެއްވުމަށެވެ. އަދި އެއެއްވުމުގެ ތެރޭގައި، މަތީގައި ބަޔާންކޮށްފައިވާފަދަ މަގްސަދެއްގައި 3 (ތިނެއް) މީހަކު، ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ބާއްވާ ހިނގާލުން ވެސް ހިމެނެއެވެ.
ދެވަނަބައި
އެއްބުން ބާއްވާކަމުގެ ނޯޓިސް ދިނުން
3 ވަނަ މާއްދާ - ކޮންމެ އެއްވުމެއްވެސް ބާއްވަންވާނީ، އެ އެއްވުމަކަށް
ޒިންމާވާ 3 (ތިނެއް) މީހަކު އެ އެއްވުމެއް ބާއްވާކަމުގެ ނޯޓިސް، އެ އެއްވުމެއް ބާއްވާކަމުގެ ނޯތިސް، އެ އެއްވުމެއް ބޭއްވުމަށް ގަސްދުކުރާ ތާރީހުން މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "އެއްވުން ބާއްވާކަން އަންގާ ފޯމް" ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހެޅުމަށްފަހު މިގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
4 ވަނަ މާއްދާ - އެއްވުމަށް ޒިންމާވާ ފަރާތް
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޒިންމާވާ 3 (ތިނެއް) މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ކިބައިގައި، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހިރައްޔިތަކު ކަމުގައިވުން.
- އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ މީހަކު ކަމުގައިވުން.
- ބުއްދިހަމައަށް ހުރިމީހަކު ކަމުގައިވުން.
- ށަރުއީ ނުވަތަ ގާނޫނީ ބަންދެއްގައި ހުރި މީހަކު ކަމުގައިނުވުން.
- ވައްކަން، މާރާމާރީ، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އެފަދަ އެއްޗަކުން ވިޔަފާރިކުރުން، އަދި ގާނޫނުލް އުގޫބާތުގެ 46 ވަނަ މާއްދާއިން ފެށިގެން 61 ވަނަ މާއްދާއާއި ދެމެދު ބުނެފައިވާ ކުށެއްކުރިކަން، ވޭތުވެދިޔަ 5 އަހަރުގެ ތެރޭ ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
5 ވަނަ މާއްދާ - އެއްވުން ބޭއްވުން ހުއްދަނޫން މަގްސަދު
ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގުމަށް ނުވަތަ މިފަދަ އަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ މަގްސަދުގައި އެއްވެސް އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވު ަމކީ ހުއްދަކަމެއްނޫނެވެ.
6 ވަނަ މާއްދާ - އެއްވުމެއް ނުބޭއްވުމަށް އެންގުން
މިގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްވުމެއް ބާއްވާކަން އަންގާ އެއްވެސް ފަރާތަކުން ނޯޓިސް ހުށަހަޅައިފިނަމަ، ތިރީގައިވާ ކަންތައްތައްކަށް ރިއާޔަތްކުރުމަށްފަހު އެ އެއްވުމެއް ނުބޭއްވުމަށް އެންގުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި މިގަވާއިދުގައި ކަނޑައަޅާފައިވާ ކަންތައްތަކާ އެއްގޮތަށް ބައްވާ އެއްވުމެއްކަމަށްނުވުން.
- އެ އެއްވުމަކަށް ޒިންމާވެ ހުށަހަޅާފައިވާ 3 (ތިނެއް) މީހުންކުރެ މީހެއްގެ ކިބައިގައި، މިގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަނުވުން.
- އެ އެއްވުމަކަށް ޒިންމާވެ ހުށަހަޅާފައިވާ ފަރާތަކުން، ކުރިން މިފަދަ އެއްވުމެއް ބާއްވާފައިވާނަމަ އެ އެއްވުމަކާ ގުޅޭގޮތުން އެފަރާތަކުން މިގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް އުފުލާފައި ނުވުން.
7 ވަނަ މާއްދާ - އެއްވުމަށް ނުބޭއްވުމަށް ކަނޑައެޅި ސަބަބު
(ހ) މިގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އެއްވުމެއް ނުބޭއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅައިފިނަމަ، އެ އެއްވުމެއް ބޭއްވުމަށް ނޯޓިސް ދިން ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެކަން ލިޔުމަކުން އެ އެއްވުމެއް ބޭއްވުމަށް ނޯޓިސް ހުށަހަޅާފައިވާ ފަރާތަށް އަންގަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި، އެ އެއްވުމެއް ބާއްވައިގެން ނުވާނެކަމަށް ކަނޑައެޅި ސަބަބު ބަޔާންކުރަންވާނެއެވެ.
8 ވަނަ މާއްދާ - ށަރުތުތަކާ އެކު އެއްވުން ބޭއްވުމަށް އެންގުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްވުމެއް ބާއްވާކަން އަންގާ އެއްވެސް ފަރާތަކުން ނޯޓިސް ހުށަހަޅައިފިނަމަ، އާއްމު ދިރިއުޅުމަށާއި، ވިޔަފާރިއާއި އެހެނިހެން އިގްތިސާދީ ހަރަކާތްތަކަށާއި، ތައުލީމާއި ސިއްހީ ހިދުމަތާއި އެހެނިހެން އިޖްތިމާއީ ހަރަކާތްތަކާއި، ހިނގާބިނގާވެ އުޅުމަށާއި، ދަތުރުފަތުރުކުރުމަށާއި، މުވާސަލާތާއި ފެނާއި ކަރަންޓުފަދަ ޒަރޫރީ ބޭނުންތަކުގެ ހިދުމަތް ރައްކާތެރިކުރުމަށްޓަކައި ނުވަތަ އަމަން އާންމަށާއި އާއްމު މަސްލަހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ އެކަމެއް ހުއްޓުވުމަށްޓަކައި، ށަރުތުތަކާއި އެކު އެ އެއްވުން ބޭއްވުމަށް އެންގުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިހްތިޔާރުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ ތާރީހާއި ގަޑިއާއި ތަން ބަދަލުކުރުމުގެ އިހްތިޔާރު ހިމެނެއެވެ.
(ނ) މިމާއްދާގެ (ހ) ގެ ދަށުން ށަރުތަކަކާއެކު އެއްވުމެއް ބޭއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅައިފިނަމަ، އެ އެއްވުމެއް ބޭއްވުމަށް ނޯޓިސް ދިން ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ށަރުތުތައް ބަޔާންކޮށް، އެކަންލިޔުމަކުން އެއްވުމެއް ބޭއްވުމަށް ނޯޓިސް ހުށަހަޅާފައިވާ ފަރާތަށް އަންގަންވާނެއެވެ.
9 ވަނަ މާއްދާ - އެއްވުމެއް ނުބޭއްވުމަށް ނުވަތަ ކަނޑައަޅާފައިވާ ށަރުތުތަކާމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ ށަރީއަތަށް ހުށަހެޅުން
މިގަވާއިދުގެ ދަށުން އެއްވުމެއް ނުބޭއްވުމަށް އެންގުމުގެ ސަބަބުން، ނުވަތަ ށަރުތުތަކާއެކު އެއްވުމެއް ބޭއްވުމަށް އަންގާފައިވާ ހާލަތެއްގައި ކަނޑައަޅާފައިވާ ށަރުތުތަކާ މެދު އެ އެއްވުމެއް ބޭއްވުމަށް ނޯޓިސް ހުށަހަޅާފައިވާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެމައްސަލައެއް ދިވެހިރާއްޖޭގެ ކަމާބެހޭ ށަރުއީކޯޓަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.
ތިންވަނަބަ ބައި
އެއްވުން ބޭއްވޭނޭ ތަންތަނާއި ގަޑިތައް އަދި އެއްވުމުގައި ކުރުން ހުއްދަނޫން ކަންތައްތައް
10 ވަނަ މާއްދާ - އެއްވުން ނުބޭއްވޭނެ ސަރަހައްދު
ތިރީގައި ބަޔާންކޮށްފައިވާ ތަންތަނގާ ވަށައިގެން ސަރަހައްދުގައި އެއްވެސް އެއްވުމެއް ބޭއްވުމަކީ ހުއްދަކަމެއް ނޫނެވެ.
- ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް.
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒުތައް.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
- ރިޔާސީ ގަނޑުވަރު.
- ރައްޔިތުންގެ މަޖިލީސް ކުރާގެ.
- ށަރުއީ ކޯޓުތައް.
- ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް.
- ޖުމްހޫރީ މައިދާން.
11 ވަނަ މާއްދާ - އެއްވުން ބޭއްވޭނެ ސަރަހައްދު
މިގަވާއިދުގެ ދަށުން މާލޭގައި އެއްވެސް އެއްވުމެއް ބޭއްވޭނީ މިގަވާއިދުގެ 12 ވަނަ މާއްދާގައި ބުނެފައިވާ ކޮމިޓީގެ ލަފަޔާއެކު މާލޭ މުނިސިޕަލްޓީން އިއުލާނުކުރާ ސަރަހައްދެއްގައެވެ. ރާއްޖޭގެ އެހެން ރަށެއްގައި ނަމަ އެކޮމިޓީގެ ލަފަޔާއެކު އެރަށެއްގެ ރަށު އޮފީހުން އިއުލާނުކުރާ ސަރަހައްދުތަކުގައެވެ.
12 ވަނަ މާއްދާ - އެއްވުން ބޭއްވޭނެ ސަރަހައްދު ކަނޑައެޅުން
(ހ) މި ގަވާއިދުގެ ދަށުން އެއްވުން ބާއްވާނޭ ސަރަހައްދު ކަނޑައަޅާނީ ތިރީގައި ބުނެފައިވާ ވުޒާރާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވަޒީރުންގެ ކޮމިޓީއަކުންނެވެ.
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރީޓީ
- މިނިސްޓްރީ އޮފް ހޯމްއެފެއާރޒް
- މިނިސްޓްރީ އޮފް އެޓޯލްސް ޑިވޮލޮޕްމަންޓް
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވޮލޮޕްމަންޓް
- މިނިސްޓްރީ އޮފް ޓޫރިޒަމް
- މިނިސްޓްރީ އޮފް އެޑިޔުކޭށަން
- މިނިސްޓްރީ އޮފް ހެލްތް
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑް
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަން
(ށ) މިގަވާއިދުގެ ދަށުން އެއްވެ އުޅެވޭނެ ސަރަހައްދުތައް ކަނޑައަޅުމުގައި، ގާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ލިބިދޭ، ސުލްހަވެރިކަމާއެކު އެއްވެ އެޅުމުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، އާއްމު ދިރިއުޅުމާއި، ވިޔަފާރިއާއި އެހެނިހެން އިގްތިސާދީ ހަރަކާތްތަކަށާއި ތައުލީމާއި ސިއްހީ ހިދުމަތާއި އެހެނިހެން އިޖްތިމާއީ ހަރާކާތްތަކަށާއި، ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރުކޮށް އުޅުމުގެ ިމނިވަންކަމަށާއި، މުވާސަލާތާއި ފެނާއި ކަރަންޓުފަދަ ޒަރޫރީ ބޭނުންތަކުގެ ހިދުމަތްތަކަށާއި ދިވެހިންގެ ޖަމާއީ އަދި ފަރުދީ ހައްގުތައް ރައްކާތެރިކުރުމުގެ މައްޗަށް ރިއާޔަތްކުރަންވާނެއެވެ.
ހަތަރުވަނަބައި
ގާނޫނީ ރައްކާތެރިކަން
15 ވަނަ މާއްދާ - އެއްވުމަށް ލިބިދޭ ރައްކާތެރިކަން
ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބާއްވާ އަދި ހިނގަމުންދާ އެއްވުމަކަށް ގަސްދުގައި ހުރަސްއެޅުމާއި، އެ އެއްވުމެއް ގަސްދުގައި ރޫޅާލުމަށް މަސައްކަތްކުރުމާއި، އެއްވުމެއްގައި ހަމަނުޖެހުން އުފެއްދުމަކީ މަނާކަމެކެވެ.
ފަސްވަނަބައި
ގާނޫނީ ޒިންމާ
16 ވަނަ މާއްދާ - އެއްވުމަށް ޒިންމާވާ ފަރާތުގެ ޒިންމާ
މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެއްވުމަށް ޒިންމާވާ 3 (ތިނެއް) މީހުން އެއެއްވުން ހިނގަމުންދާ
ވަގުތު އެތާނގައި ހާޒިރުވެ ތިބެންވާނެއެވެ. މިގޮތުގެ މަތިން އެ ފަރާތްތަކުން ތިބެންވާނީ، މިގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެއްވުމުގެ އަމަން ބަލަހައްޓަން ދާ ފަރާތްތަކާ، ފޯނުގެ ޒަރީއާއިން އަބަދުވެސް ގުޅޭނެގޮތަށެވެ. އަދި އެއްވުމަށް ޒިންމާވާ 3 (ތިނެއް) ފަރާތުން ތިރީގައިމިވާ ކަންތައްތަކަށް ޒިންމާވާން ޖެހޭނެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާގޮތުގެ މަތިން އެއްވުން ރާވައި، ކުރިއަށް ގެންދިއުން.
- މިގަވާއިދުގައި ކަނޑައަޅާފައިވާގޮތުގެ މަތިން، އެ އެއްވުން ބޭއްވުން.
- އެއްވުން ކޮންޓްރޯލްކުރުން
ހަވަނަބައި
އާންމު މަސްލަހަތާއި އަމަންއާއްމު ދެމެހެއްޓުން
20 ވަނަ މާއްދާ - އަމަން ބެލެހެއްޓުން
މި ގަވާއިދުގެ ދަށުން ބާއްވާ އެއްވުމެއް ހިނގަމުންދާ ވަގުތު، އެ އެއްވުން އަމާންކަމާއެކު ބޭއްވުމަށް މަގުފަހިކުރުމަށާއި، ޓްރެފިކް ބެލެހެއްޓުމަށާއި، އާއްމު މަސްލަހަތާއި، އަމަންއާއްމު ދެމެހެއްޓުމަށް ފުލުހުން ނުވަތަ މިކަމަށް ކަނޑައެޅޭ ބަޔަކު ފޮނުވުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ފުލުހުން ނެތް ރަށެއްގައިނަމަ، އެރަށެއްގެ ރަށުއޮފީހަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ސެކިއުރިޓީލައިން ގާއިމްކުރުން
އެއްވުމެއް ހިނގަމުންދާ ވަގުތު އަމަން އާންމަށާއި އާއްމު މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީ ލައިން ގާއިމުކުރުމުގެ އިހްތިޔާރު، އެ އެއްވުމުގެ އަމަން ބެލެހެއްޓުމަށް މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފޮނުވާ ބަޔަކަށް ލިބިގެންވެއެވެ. މިގޮތުން ގާއިމުކުރެވޭ ސެކިއުރިޓީ ލައިން، އެފަރާތުގެ ހުއްދައެއް އެފަރާތުގެ ހުއްދަނެތި ހުރަސްކޮށްގެން ނުވާނެއެވެ.
22 ވަނަ މާއްދާ - އެއްވުން ބާއްވާތަން ބަދަލުކުރުން
މިގަވާއިދުގެ ދަށުން ބާއްވާ އެއްވުމެއްގެ އަމަން ބަލަހައްޓަމުންދާ ދިޔުމުގައި ދިމާވާ ހާލަތަކާހުރެ، އެ އެއްވުން ބާއްވާ ތަން ބަދަލުކުރުމަށް އެވަގުތު އެތަނުގައި އަމަން ބެލެހެއްޓުމަށް، މިގަވާއިދުގެ20 ވަނަ މާއްދާގެ ދަށުން ފޮނުވާ މީހުންގެ ތެރޭގައި ހުރި އެންމެ އިސްމީހާއަށް ފެނިއްޖެ ހިނދެއްގައި، އެ އެއްވުން ބާއްވާތަން ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު އެމީހާއަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - އެއްވުން ހުއްޓުވުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެއްވުމެއް ހުއްޓުވުމުގެ ބާރު، ނުވަތަ ރޫޅާލުމުގެ ބާރު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަތަ މިގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެ އެއްވުމުގެ އަމަން ބަލެހައްޓަން ފޮނުވާބަޔަކަށް ލިބިގެންވެއެވެ.
- އެއްވުމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުން.
- އެއްވުމެއް މިގަވާއިދުގައި ކަނޑައަޅާފައިވާގޮތާ ހިލާފަށް ކުރިއަށް ގެންދިއުން.
- އެއްވުމެއް ކުރިޔަށް ދަނިކޮށް، އާންމު މަސްލަހަތަށް، ނުވަތަ އަމަންއާންމަށް ބުރޫއަރާފަދަ ހާލަތެއް މެދުވެރިވުން.
24 ވަނަ މާއްދާ - އެއްވުމެއް ހުއްޓުވުމުގައި އަމަލު ބަހައްޓަންވާ ގޮތް
މިގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން އެއްވުމެއް ހުއްޓުވުމުގައި، ނުވަތަ ރޫޅާލުމުގައި އަމަލުކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
- އެއްވުން ހުއްޓާލައި، އެނބުރި ދިޔުމަށް ނަސޭހަތްތެރިވެ، އެނބުރި ދިޔުމަށް ކަނޑައެޅިފައިވާ ވަކި ވަގުތެއް ދިނުން.
- ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި، އަނބުރާ ނުގޮސްފިނަމަ، އެ އެއްވުމެއް ހުއްޓުވުމަށް ނުވަތަ ރޫޅާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެކަމަށް އަންގައި، އިންޒާރުކުރުން.
- އިންޒާރު ކުރުމަށްފަހު، އެ އިންޒާރާ އެއްގޮތްވާގޮތުގެމަތިން އަމަލުނުކޮށްފިނަމަ، އެ އެއްވުމެއް ހުއްޓުވުމަށް ނުވަތަ ރޫޅާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން.
25 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ބާރު
ހިނގަމުންދާ އެއްވުމެއްގެ ސަބަބުން މުޖުތަމައަށް ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެނަމަ، އަދި އެކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށްޓަކައި މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބުނެފައިވާ މަރުހަލާތަކަށް ދިއުމަށްއެކަށީގެންވާ ވަގުތު ނެތްކަމަށް ފެނިއްޖެނަމަ، އެހާލަތަކާ ގުޅޭގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު، މިގަވާއިދުގެ 24 ވަނަ މާއްާދގައި ބުނެފައިވާ މަރުހަލާތަކަށް ނުގޮސް އެޅުމުގެ ބާރު، ދިވެހިރާއްޖެގެ ސަލާމަތީ ބާރުތަކަށް ނުވަތަ މިގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެ އެއްވުމެއްގެ އަމަން ބަލަހައްޓަން ފޮނުވާބަޔަކަށް ލިބިގެންވެއެވެ.
ހަތްވަނަބައި
އާއްމު މާއްދާތަކެއް
26 ވަނަ މާއްދާ - އިސްތިސްނާ
އާއްމު ދިރިއުޅުމުގައި އާދައިގެ މަތިން ބާއްވާ އެއްވުންތަކާއި، އިޖްތިމާއީ ބައްދަލުވުންތައް މިގަވާއިދުން އިސްތިސްނާވެއެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ އެއްވުންތައް ހިމެނެއެވެ.
- ސަރުކާރުގެ ފަރާތުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތައް.
- ޕާޓީ، މިއުޒިކްށޯ، ބައިސްކޯފް، ކުޅިވަރުފަދަ، އިޖްތިމާއީ ހަރަކާތްތައް.
- އާދަކާދައާއި، ޘަގާފަތާ އެއްގޮތްވާގޮތުގެމަތިން ބާއްވާ ބައްދަލުވުންތައް.
- ރަށްކުރިއަރުވާ ކޮމިޓީތަކާއި، އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ ޖަލްސާތަކާއި ބައްދަލުވުންތަކާއި، އެކިއެކި ހަރަކާތްތައް.
- ކްލަބް، ޖަމްއިއްޔާ، ޖަމާއަތްފަދަ ތަންތަނުން ބާއްވާ އިޖްތިމާއީ ހަރަކާތްތައް.
- ސްކޫލު، މަދަރުސާ، ކްލާސްފަދަ ކިޔަވާދޭ ތަންތަނުގެ ފަރާތުން ބާއްވާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، އެކިއެކި ހަރަކާތްތައް.
27 ވަނަ މާއްދާ - އެހެނިހެން ހުއްދަ ހޯދުން
މިގަވާއިދުގެ ދަށުން އެއްވުމެއް ބޭއްވުމަށް ނޯޓިސް ދިނުމަކުން، ކަމާގުޅޭގޮތުން ހޯދަންޖެހޭ އެހެނިހެން ހުއްދަތައް ހޯއްދުމަކުން އިސްތިސްނާ އެއްނުވާނެއެވެ.
28 ވަނަ މާއްދާ - މާނަ
މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު:
- މިގަވާއިދުގެ ދަށުން ދުވަސް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.
- މިގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާ އެންގުންތައް ރައްދުކުރެވުނީކަމަށް ބެލޭނީ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް އެ އެންގުން ރައްދުކުރުމުން ނުވަތަ އެފޯމުގައި ދީފައިވާ ފެކްސް ނަންބަރަށް އެ އެންގުން ފެކްސްކުރުމުންނެވެ. އަދި މިގޮތުގެ މަތިން އަންގާ އެންގުން ރައްދުކުރުމަށް ދެފަހަރުމަތިންގޮސް، ޖަދުވަލު 1 ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ އެންގުން ބަލައިގަންނާނެ މީހަކު ނެތުމުގެ ސަބަބުން، ނުވަތަ ޖަދުވަލު 1 ގައިވާ ފޯމުގައި ދީފައިވާ ފެކްސް ނަންބަރަށް ފެކްސް ނުކުރެވުމުގެ ސަބަބުން، އެ އެންގުން ރައްދުނުކުރެވިއްޖެނަމަ، ޖަދުވަލު 1 ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް އެ އެންގުން ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ޕޯސްޓްކުރުމުން، އެ އެންގުން ރައްދުކުރެވުނީކަމަށް ބެލޭނެއެވެ.
- "ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިީޓއިން ކަނޑައަޅައި އިއުލާނުކުރާ ތަންތަނަށެވެ.
- "މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒުތައް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި އާއްމުކޮށް އިއްލާނުކުރާ ތަންތަނަށެވެ.
- "ވަށައިގެންވާ ސަރަހައްދު" ކަމށް ބުނެފައި އެވަނީ މިގަވާއިދުގެ ދަށުން އެއްވުމާއި ހިނގާލުން ބޭއްވުން މަނާކަމަށް ބުނެފައިވާ ތަންތަނުގެ އިންވެގެން ވަށައިގެންވާ ަމގުތަކުގެ ސަރަހައްދުތަކަށެވެ.
- މިގަވާއިދުގައި އެކަހެރިނަން ބޭނުންކޮށްފައިވާ ތަންތާނގައި ގިނަނަމުގެ ގޮތުގައި އަދި ގިނަނަން ބޭނުންކޮށްފައިވާ ތަންތާނގައި އެކަހެރިނަން ދޭހަވާގޮތަށް މާނަކުރެވިދާނެއެވެ.
29 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް
މިގަވާއިދަށް އަމަލުކުރަންފަށާނީ 15 މެއި 2006 އިން ފެށިގެންނެވެ.
މައި ގާނޫނު
ގާނޫނު އަސާސީ - 1998 ގެ 26 ވަނަ މާއްދާ
އުވާލި ގާނޫނު
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 01/2013)
ކިޔުންތެރިންގެ ހިޔާލު