-

ފޮތް ފާސްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1983)

ރާއްޖޭގައި ހަދާ ދީނީފޮތް އެހެން ފޮތްފޮތް ފާސްކުރެވޭނީ، ތިރީގައިމިވާ ށަރުތުތައް ހަމަވާނަމައެވެ. 

 

1 ވަނަ މާއްދާ -

އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާހަކައެއް ނެތުން.

 

2 ވަނަ މާއްދާ -

އިސްލާމްދީން ފިޔަވައި، އެހެންދީނެއްގެ އަސްލުތަކަށް، މީހުންގެ ހިތްތައް ލަންބުވާފަދަ ގޮތެއް ނެތުން.

 

3 ވަނަ މާއްދާ -

ނަސްލީއިމްތިޔާޒާއި ޒަޔަނިޒަމްފަދަ، ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެގިނަ ގައުމުތައް ނަފްރަތުކުރާ އުސޫލުތައް ދިފާއުކުރާ ގޮތާއި، ކޮމިއުނިޒަމް ފަދަ އިސްލާމްދީނާއި، ރާއްޖޭގެ އާދަކާދައާ ނުގުޅޭ އުސޫލުތަކާއި މެދު، މީހުންގެހިތްތަކުގައި ށައުގުވެރިކަން އުފައްދާގޮތް ނުހުރުން.

 

4 ވަނަ މާއްދާ -

އަހްލާގީގޮތުންނާއި ޖިންސީގޮތުން، އާދައިގެ ދިރިއުޅުމުގައި ދިވެހިންގެތެރޭގައި ހާމަކުރުން އެކަށީގެންނުވާފަދަ ކަންކަން ސިފަކޮށްފައިނެތުން.

 

5 ވަނަ މާއްދާ -

ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބަލައި، އާއްމު މަސްލަހަތު ގެއްލިދާނެފަދަ ލިޔުމެއް ލިޔެފައިނުވުން.

 

6 ވަނަ މާއްދާ -

ހަގީގަތެއްގެ މައްޗަށް ލިޔާލިޔުމެއްނަމަ، އެއްވެސްކަހަލަ ހަގީގަތަކާ ހިލާފު ވާހަކައެއް ނެތުމާއި އޮޅުވާލުމެއްނެތުން، އަދި އެއްވެސް މީހެއްގެ އަބުރާބެހި، އެއްވެސް ފަރާތެއް ބަދުނާމުވާ ކަހަލަ ވާހަކައެއް ލިޔެފައިނެތުން.

 

މައި ގާނޫނު

ނެތް

 

ނޯޓް:

މި ގަވާއިދަކީ 6 ޖުލައި 1983 ގައި މިނިސްޓްރީ އޮފް އެޑިއުކޭށަނުގެ ނަންބަރު 22/88/398/އޭ-1 ސިޓީއިން   398/83/22/އޭ-1) ސިޓީއިން ނެރުނު ގަވާއިދެއް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު