-

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-57) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-39)

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-57) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙު ކުރުން. 

އިންޓެލިޖެންސް މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ  ގޮތް ބަލައި  މޮނިޓަރކުރުން 14.

(ހ) އިންޓެލިޖެންސް މަޢުލޫމާތު ބަދަލުކުރުމަށް ޤާއިމުކުރާ ނިޒާމު މެދުވެރިކޮށް  އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މަޢުލޫމާތާބެހޭ ތަފާސްހިސާބު ހިމެނޭ  ރިޕޯޓެއް، ދިވެހި ފުލުހުންގެ ޚިދުމަތުން، ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު، ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު