-

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2017-15)

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގައި މިހާރު އޮތް ޕެރެގްރާފަކީ، އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހާ ހަމައަށް މިނިސްޓްރީން ހުއްދަ ލިބިގެން ހިންގަމުން ގެންދިޔަ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން، މަދުވެގެން 10 (ދިހައެއް) ކޮޓަރިއާއި، 30 (ތިރީސް) އެނދު ހުރި އުޅަނދުތަކުގައި، މި ގަވާއިދުގައި ބަޔާންކުރާ އެހެން ކަންކަން ފުރިހަމަވާނަމަ، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އުޅަނދުތަކަށް ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު