-

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-21)

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

10.(ށ)

މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، އެ އުޅަނދު ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތް ނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު