-

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ނަންބަރު 2016-15) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-147)

ގަވާއިދު ނަންބަރު 2016-15 (ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

19.(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދެއްގައި ހުރި ފަޅުވެރިއަކު އެ އުޅަނދެއް ފުރުމުގެ ކުރިން އުޅަނދުން ފައިބާނަމަ، ސައިން އޯފް ކުރަންވާނެއެވެ. އަދި އެއްވެސް އުޅަނދެއް ލޯކަލައިޒް ކުރެވޭނީ އެ އުޅަނދެއްގައި ތިބި ފަޅުވެރިން ސައިން އޯފް ކުރުމުންނެވެ. ބިދޭސީ ފަޅުވެރިއަކު ސައިން އޯފް ކުރުމަށްފަހު އެ މީހަކަށް ރާއްޖޭގައި ހުރެވޭނީ، 30 (ތިރީސް) ދުވަހުގެ މުއްދަތަކަށެވެ. ސައިން އޯފް ވެވޭނީ، އެ އުޅަނދެއް އޮންނަ ބަނދަރެއްގައި ހުރި އިމިގްރޭށަން އޮފީހަށް ހުށަހަޅައިގެންނެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ފުރައިގެން ނުދެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، މުއްދަތު ހަމަވުމުގެ ކުރިން ވީޒާ ނަގަންވާނެއެވެ. މި ވީޒާއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ދެވޭ ހުއްދައެއް ނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

19(ށ) 3 .30 (ތިރީސް) ދުވަހުގެ ތެރޭގައި އެމީހެއްގެ ޤައުމަށް އެނބުރި ދިޔުމަށް ކޮންފާރމު ކޮށްފައިވާ އެއަރ ޓިކެޓު.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-15)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު