-

ކްރިމިނަލް ކޯޓުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-100)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 156 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 96 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކްރިމިނަލް ކޯޓުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ކޯޓުގެ ވިޜަން

މި ކޯޓުގެ ވިޜަންއަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި މި ކޯޓަށް ލިބިދޭ އިހްތިސާސްގެ ދާއިރާގެ ތެރެއިން އަދުލު އިންސާފު ގާއިމްކުރުމެވެ.

 

3 ވަނަ މާއްދާ - ކޯޓުގެ މިށަން

މި ކޯޓުގެ މިށަންއަކީ، އިސްލާމީ ށަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވާ ގޮތުގެ މަތީން ކޯޓަށް ހުށަހެޅޭ މައްސަލަތައް، ހަމަހަމަކަމާއި، ހާމަކަމާއި، ވަކި ފަރާތަކަށް ބުރަވުމެއްނެތި އަވަސްކަމާއެކު ނިންމުމެވެ.

 

4 ވަނަ މާއްދާ - އިދާރީ އޮނިގަނޑު

ކޯޓުގެ އިދާރީ އޮނިގަނޑު ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 78 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުގެ މަށްވަރާގެ މަތީން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

5 ވަނަ މާއްދާ - ރަސްމީ މަސައްކަތު ގަޑި

(ހ) ކޯޓުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ށަރުއީ ދާއިރާއިން ކަނޑައަޅާ ރަސްމީ މަސައްކަތު ގަޑިއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެހެން ގަޑިތަކުގައި ވެސް، ކޯޓު ހުޅުވައިގެން މަސައްކަތް ކުރުވުމުގެ އިހުތިޔާރު، އިސްގާޒީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ކޯޓަށް ލިޔެކިޔުމާއި ތަކެތި ބަލައިގަންނަ ގަޑި

(ހ) ކޯޓަށް ލިޔެކިޔުމާއި ތަކެތި ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން ފެށިގެން 13:30 އަށެވެ. އަދި ރަމަޒާން މަހުގައި ލިޔެކިޔުމާއި ތަކެތި ބަލައިގަންނާނީ، ށަރުއީ ދާއިރާއިން ކަނޑައަޅާ ރަސްމީ މަސައްކަތު ގަޑީގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކްރިމިނަލް ކޯޓަށް ފައިސާ ބަލައިގަންނާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 11:30 އަށެވެ. އަދި ރަމަޒާން މަހުގައި ފައިސާ ބަލައިގަންނާނެ ގަޑި ކޯޓުން ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ބުނެވިދިޔަ ގަޑިތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ގަޑިތަކަށް ބަދަލު ގެނެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޯޓުގެ ސިއްކަ

(ހ) މި ކޯޓަށް ހާއްސަ ވަކި ސިއްކައެއް އޮންނަންވާނެއެވެ.

(ށ) މި ކޯޓުގެ ރަސްމީ ކޮންމެ ލިޔުމެއް ސައްހަވާނީ، ކޯޓުގެ ސިއްކަ ޖެހުމުންނެވެ.

(ނ) ކްރިމިނަލް ކޯޓުގެ އިސްގާޒީ ނުވަތަ ރަޖިސްޓްރާރ، ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، އެއްވެސް ލިޔުމެއްގައި ކޯޓުގެ ސިއްކަ ޖަހައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުއްދަ ދޭއިރު، ހުއްދަދޭ ދާއިރާ ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

8 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަސް

(ހ) ކްރިމިނަލް ކޯޓުގައި ހިންގާ ށަރީއަތުގެ އެންމެހައި މަރުހަލާތައް ކުރިޔަށް ގެންދަންވާނީ، އަދި އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑުތައް ބަލަހައްޓަންވާނީ، ދިވެހިބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިނގިރޭސިބަހާއި އަރަބިބަހުން ހުންނަ ލިޔެކިޔުންތައް، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅުނު ކަމުގައި ވިޔަސް، ކޯޓުން ބަލައިގަނެ، މައްސަލަތައް ކުރިޔަށް ގެންދަންވާނެއެވެ. އަދި އިނގިރޭސިބަހާއި އަރަބިބަސް ނޫން ބަސްބަހުން ލިޔެފައިވާ ލިޔެކިޔުންތައް، މަތީގައި ބަޔާންކޮށްފައިވާ ދެ ބަހުންކުރެ ބަހަކުން އޭގެ ތަރުޖަމާ ހުށަހަޅައިފިނަމަ، ކޯޓުން އެފަދަ ލިޔެކިޔުންތައް ބަލައިގަނެ، އޭގެ މައްޗަށް ބިނާކޮށް މައްސަލަތައް ކުރިޔަށް ގެންދަންވާނެއެވެ.

 

9 ވަނަ މާއްދާ - ކޯޓުގެ ރިސެސް

(ހ) ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އަހަރަކު ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް، ކްރިމިނަލް ކޯޓުގެ ރިސެސްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.

(ށ) ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން، ރިސެސްގެ މުއްދަތުގައި ކުރާނެ މަސައްކަތްތައް، ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ކޯޓުގެ ލިޔެކިޔުންތައް ކޯޓުން ބޭރަށް ގެންދިއުން

(ހ) ކޯޓުގެ އެއްވެސް ލިޔެކިޔުމެއް، ހުއްދަނެތި ކޯޓުން ބޭރަށް ގެންދިއުމަކީ މަނާ ކަމެކެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ށަރީއަތް ނިންމައި، އެ މައްސަލައަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކުރުމަށްފަހު، ރަސްމީ ބޭނުމަކަށް ނޫންގޮތެއްގައި އެއިން އެއްވެސް ލިޔުމެއްގެ އަސްލު ފައިލުން އުނިކޮށް އިތުރުކޮށް ހެދުމަކީ މަނާ ކަމެކެވެ.

(ށ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކޯޓުން ކަނޑައަޅައިފައިވާ އިންތިޒާމުތަކުގެ ތެރެއިން، ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ދުރުން ކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ރިކޯޑު ފުރިހަމައަށް ބަލަހައްޓަންވާނެއެވެ. އޭގެ ތެރޭގައި ކޯޓުން އެކުލަވައިލާ ލިޔެކިޔުމާއި، ކޯޓަށް ލިބޭ ނުވަތަ ހުށަހެޅޭ އެންމެހައި ލިޔެކިޔުމެއް ހިމެނެއެވެ.

 

 

ދެވަނަ ބާބު

ކްރިމިނަލް ކޯޓުގެ އިހްތިސާސް

 

12 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސް

(ހ) ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުން ކުރާ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގެ ތެރެއިން އެހެން ގާނޫނަކުން އިސްތިސްނާ ކޮށްފައި ނުވާ މައްސަލަތައް ބެލުމުގެ އިހްތިސާސް މި ކޯޓަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކާއި، އެހެން ގާނޫނަކުން ކްރިމިނަލް ކޯޓަށް ބެލޭނެކަމަށް ކަނޑައަޅައިފައިވާ ކޮންމެ މައްސަލައެއް ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ހަމައެކަނި ކްރިމިނަލް ކޯޓަށް ލިބިފައިވާ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތައް ބަލައިގަނެ ކުރިޔަށް ގެންދަންވާނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 69 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އެ މައްސަލައެއް ބެލުމުގެ ސަރަހައްދީ އިހްތިސާސް ކްރިމިނަލް ކޯޓަށް ލިބޭނަމައެވެ.

 

 

ތިންވަނަ ބާބު

ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލިސް

 

13 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލިސް

(ހ) ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކްރިމިނަލް ކޯޓުގެ ހުރިހާ ގާޒީން ހިމެނޭހެން، ގާޒީންގެ އާންމު މަޖިލީހެއް އޮންނަންވާނެއެވެ.

(ށ) ގާޒީންގެ އާންމު މަޖިލީހުގެ ބައްދަލުވުން ބާއްވާނީ، ކޮންމެ އަންގާރަ ދުވަހެއްގެ 13:00 ން 14:00 އަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާޒީންގެ އާންމު މަޖިލީހުގެ ބައްދަލުވުން ބާއްވާ ގަޑިއަށް ބަދަލު ގެނައުމުގެ އިހްތިޔާރު އެ މަޖިލީހަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތު

(ހ) ގާޒީންގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން؛
  2. ކޯޓުގައި ވަކި ދާއިރާތަކެއް ކަނޑައެޅިފައިވާނަމަ، އެ ދާއިރާތަކަށް ކަނޑައެޅިފައިވާ މަސައްކަތްތައް އިންތިޒާމުކޮށްދިނުން؛
  3. ކޮންމެ އަހަރެއްގެ އަހަރީ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން، ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ކަންކަމާމެދު މަށްވަރާކޮށް ގޮތެއް ނިންމުން؛
  4. ކޯޓުގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުން؛
  5. ކޯޓުގެ ރިސެސް ކަނޑައެޅުމާއި، ރިސެސްގެ ތެރޭގައި ހިނގަމުންދާނެ މަސައްކަތްތައް އިންތިޒާމުކުރުން؛
  6. ގާނޫނަކުން ކަނޑައެޅޭ ކަމެއް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަކުން ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛
  7. ކޯޓުގެ ދާހިލީ ކަންކަމުގެ ތެރެއިން ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުގެ މަށްވަރާއަށް އެދި އިސްގާޒީ ނުވަތަ ގާޒީއަކު ހުށަހަޅާ ކަންކަމުގައި މަށްވަރާކޮށް ލަފާދިނުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކުރަންޖެހޭ ކޯޓުގެ ދާހިލީ ކަންކަން ކުރުން.

 

15 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ ރިޔާސަތު

ގާޒީންގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ، ކޯޓުގެ އިސްގާޒީ ނުވަތަ ކޯޓު ހިންގުމާ ހަވާލުވެހުރި ގާޒީ ނުވަތަ ކޯޓުގެ ގާޒީންގެ ތެރެއިން އިސްގާޒީ ކަނޑައަޅާ ގާޒީއެކެވެ.

 

16 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް

ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އިސްގާޒީގެ ބިއުރޯއިންނެވެ.

 

17 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތު

(ހ) ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ޖަލްސާ ބާއްވާނެ ތަނެއް ކަނޑައަޅައި، އެ ތަނެއްގައި ޖަލްސާ ބޭއްވުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
  2. ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށް، ޖަލްސާއަށް އެންގުމާއި، ހާޒިރީ ބެލެހެއްޓުން؛
  3. ގާޒީންގެ އާންމު މަޖިލީހަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެހެނިހެން ލިޔެކިޔުންތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެއްސުން؛
  4. ގާޒީންގެ އާންމު މަޖިލީހުގެ ޖަލްސާތައް ރިކޯޑުކޮށް، އެ ރިކޯޑިންގ ރައްކައުކުރުން؛
  5. ގާޒީންގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ނިންމުންތައް، ޖަލްސާ ބާއްވާތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔެ، ޖަލްސާގައި ބައިވެރިވި ގާޒީން ސޮއިކުރުވުން؛
  6. ގާޒީންގެ އާންމު މަޖިލީހުން ފާސްކުރާ ނިންމުންތައް އެކަމަށް ކަނޑައަޅައިފައިވާ ފައިލުގައި ރައްކައުކުރުން؛
  7. ނިންމުންތަކުގެ ޑިޖިޓަލް ކޮޕީ، އެކަމަށް ކަނޑައަޅައިފައިވާ ފޯލްޑަރުގައި ރައްކައުކުރުން؛
  8. ގާޒީންގެ އާންމު މަޖިލީހުން ފާސްކުރާ ކަންތައްތައް، އިސްގާޒީގެ ލަފާގެ މަތީން އަންގަންޖެހޭ ފަރާތްތަކަށް އެންގުން؛
  9. ގާޒީންގެ އާންމު މަޖިލީހުން އެއްވެސް ފަރާތަކަށް މައުލޫމާތެއް ދޭން ޖެހިއްޖެނަމަ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތެއް އެ ފަރާތަކަށް ފޯރުކޮށްދިނުން؛
  10. ގާޒީންގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ކަންކަމުގެ ސިއްރު ހިފެހެއްޓުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ އިދާރީ އެންމެހައި ކަންތައްތައް ކުރުން.

 

18 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅުން

(ހ) ގާޒީންގެ އާންމު މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅަން ގާޒީއަކު ނުވަތަ ރެޖިސްޓަރާރ ނުވަތަ ށަރީއަތްކުރާ ސެކްށަނަކުން، ނުވަތަ އިދާރީ ސެކްށަނަކުން ބޭނުންވެއްޖެނަމަ، ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އެ ހުށަހެޅުމެއް ލިޔުމުން ހުށަހެޅިދާނެއެވެ.

(ށ) ގާޒީންގެ އާންމު މަޖިލީހަށް ހުށަހެޅުމަށް ހުށަހެޅޭ އެންމެހައި ހުށަހެޅުންތަކުގެ ރިކޯޑު، ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ހުށަހެޅުންތައް ތާވަލުކުރުން

(ހ) ގާޒީންގެ އާންމު މަޖިލީހަށް ހުށަހެޅުމަށް ޓަކައި ހުށަހެޅޭ އެންމެހައި ހުށަހެޅުންތައް އެޖެންޑާގައި ތާވަލުކުރަންވާނީ ހުށަހެޅޭ ތަރުތީބުން އިސްކަން ދީގެންނެވެ.

(ށ) ގާޒީންގެ އާންމު މަޖިލީހަށް ހުށަހެޅި ގޮތެއް ނިމިފައިނުވާ އަދި/ނުވަތަ އަނބުރާ ގެންގޮސްފައިނުވާ، އެންމެހައި ހުށަހެޅުންތައް އެޖެންޑާއިން ފެންނަން އޮންނަންވާނެއެވެ. އަދި ކޮންމެ ހުށަހެޅުމަކީ، ކޮން ފަރާތަކުން ހުށަހެޅި ހުށަހެޅުމެއްކަން އެނގޭ ގޮތަށް އެޖެންޑާގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ފަހުން ހުށަހެޅޭ ހުށަހެޅުމަކީ އަވަހަށް ތާވަލުކުރުމުގެ ޒަރޫރަތްތެރިކަމާއި މުހިންމުކަން އޮތް ހުށަހެޅުމެއް ކަމުގައި ވާނަމަ، ހުށަހެޅުންތަކުގެ ތަރުތީބަށް ބަދަލުގެނެސް، ތާވަލުގެ ކުރިޔަށް އެފަދަ ހުށަހެޅުންތައް ލުމަށް އެންގުމުގެ ބާރު އިސްގާޒީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހިނގަމުންދާ ގާޒީންގެ އާންމު މަޖިލިހެއްގައި ގާޒީއަކު އިތުރު ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާނަމަ، އަދި އެފަދަ ހުށަހެޅުމަކަށް މަށްވަރާކުރުމަށާއި ގޮތެއް ނިންމުމަށް ވަގުތު އޮތްނަމަ، އެފަދަ ހުށަހެޅުމަކާމެދު މަށްވަރާކޮށްގެން ގޮތެއް ނިންމިދާނެއެވެ.

 

20 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ ނިންމުން

(ހ) ގާޒީންގެ އާންމު މަޖިލީހެއް ބާއްވައިގެން ނިންމާ ނިންމުންތައް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) ގާޒީންގެ އާންމު މަޖިލީހުގެ ނިންމުންތައް އެކުލަވައިލާނީ، ވަކިވަކި މަޖިލިސްތަކުގައި ނިންމި ނިންމުންތައް ވަކިވާނެގޮތަށް އެ މަޖިލިހެއްގެ ހުރިހާ ނިންމުންތައް އެ ޑޮކިއުމެންޓަކުން ފެންނާނެ ގޮތަށެވެ.

(ނ) ގާޒިންގެ އާންމު މަޖިލީހުގެ ނިންމުންތައް، އެ ނިންމުމެއް ނިންމި މަޖިލިސް ބޭއްވޭތާ ގިނަވެގެން މަސައްކަތު 2 (ދޭއް) ދުވަހުގެ ތެރޭގައި އެކުލަވައިލަން ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގާޒީން ސޮއިކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ގާޒީންގެ އާންމު މަޖިލީހުގެ ނިންމުންތައް ށާއިއުކުރުން

(ހ) ގާޒީންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުން، ގާޒީންގެ އާންމު މަޖިލީހުގެ ނިންމުންތައް، ކޯޓުގެ އެންމެހައި ސެކްށަންތަކަށް ފޮނުވަންވާނެއެވެ. އަދި ހުރިހާ މުވައްޒަފުންނަށް ފެންނާނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ނޯޓިސް ބޯޑުގައި ބަހައްޓަންވާނެއެވެ.

(ށ) ގާޒީންގެ އާންމު މަޖިލިހުން ނިންމާ ނިންމުމަކީ އާންމުންނާ ގުޅުންހުރި ކަމަކަށް ވާނަމަ، ނުވަތަ ވަކީލުންނާ ގުޅުންހުރި ކަމަކަށް ވާނަމަ، އެ ނިންމުމެއް ނިންމި ގޮތާއި، އަމަލުކުރާނެ ގޮތް، ކޯޓުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

(ނ) ގާޒީންގެ އާންމު މަޖިލިހުން ނިންމާ ނިންމުމަކީ ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ މުއައްސަސާއަކާ ގުޅުންހުރި ކަމަކަށް ވާނަމަ، އެ ނިންމުމެއް ނިންމި ގޮތާއި އަމަލުކުރާނެ ގޮތް، އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ކޯޓުން ލަސްނުކޮށް އަންގަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ކްރިމިނަލް ކޯޓުގެ ގާޒީންނާއި އެހެނިހެން މުވައްޒަފުން

 

22 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ ގާޒީން

(ހ) ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރާނީ "ގާޒީ" މި ނަމުންނެވެ.

(ށ) ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކްރިމިނަލް ކޯޓުގެ އެންމެ އިސް ފަރާތަކީ، ކޯޓުގެ އިސްގާޒީއެވެ.

 

23 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ) ތިރީގައިވާ ކަންކަމަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

  1. ކްރިމިނަލް ކޯޓުގެ ތަރައްގީއަށް ޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މަށްރޫއުތައް އެކަށައަޅައި ހިންގުން؛
  2. ކްރިމިނަލް ކޯޓުން ޖަވާބުދާރީވާންޖެހޭ ކަންކަމުގައްޔާއި ހާލަތްތަކުގައި ކޯޓަށް އެހީތެރިވުން؛
  3. ކްރިމިނަލް ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަށްވަރާއާއި ލަފާދިނުން؛
  4. ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި މަންފާއަށާއި، އާންމު މަސްލަހަތު ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން؛
  5. ކްރިމިނަލް ކޯޓުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައަޅައި، އެ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރުން؛
  6. ށަރުއީ ނިޒާމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގަހައްޓައި، ކްރިމިނަލް ކޯޓު ތަރައްގީ ކުރުމުގެ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛
  7. ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ގާޒީން ކަނޑައެޅުން؛
  8. ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް އާންމުގޮތެއްގައި ބަލައި ހުކުމްކުރާނީ އެއް ގާޒީއަކު ހުރެގެން ހިންގާ ށަރީއަތުގެ މަޖިލީހަކުން ކަމުގައި ވިޔަސް، ހުށަހެޅިފައިވާ މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލައި، އެ މައްސަލައެއް އެއް ގާޒީއަށްވުރެ ގިނަ އަދަދެއްގެ ގާޒީންގެ މައްޗަށް އެކުލެވިގެންވާ އޮނަހިރި އަދަދެއްގެ ގާޒީންގެ މަޖިލީހަކުން ބެލުމަށް ހަމަޖެއްސުމުގެ އިހްތިޔާރު ލިބިގެންވުން؛
  9. އިޖުރާއީ ކަންކަމުގައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ލަފާދީ އެހީތެރިވެދިނުން؛
  10. އިޖުރާއީ ކަންކަމާއި އިދާރީ ކަންކަމުގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރއަށް އިރުށާދު ދިނުން؛
  11. ކްރިމިނަލް ކޯޓުގެ ނިންމުންތަކާއި ހުކުމްތަކަށް، ގާޒީންނަށާއި ގާނޫނީ ވަކީލުންނަށާއި އާންމުންނަށް ފަސޭހައިން ވާސިލުވެވޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖެއްސުން؛
  12. ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވެގެން ހުށަހަޅާ ށަކުވާތަކާއި، މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންވެސް ށަކުވާތައް ބަލައި، ފިޔަވަޅު އެޅުން؛
  13. ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި، ގާނޫނުއަސާސީންނާއި ގާނޫނުން އިސްގާޒީ އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިސްގާޒީގެ މަސްއޫލިއްޔަތު ކަމުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅައިފައިވާ ކޮންމެ ކަމެއް އިސްގާޒީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެއެވެ.

(ނ) ކްރިމިނަލް ކޯޓުގެ އިސްގާޒީ ނެތް ހާލަތެއްގައި ނުވަތަ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން އިސްގާޒީއެއް އައްޔަނު ކުރެވެންދެން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އެ ވަގުތަކު ކޯޓު ހިންގުން ހަވާލުކޮށްފައިވާ ގާޒީއެކެވެ.

(ރ) އިސްގާޒީ ސަލާމާއި ޗުއްޓީގައި ހުންނަ ހާލަތުގައި އަމަލުކުރާނީ، "ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީންނެވެ.

 

24 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރއާއި އެސިސްޓެންޓް ރަޖިސްޓްރާރ

(ހ) ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 59 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން، ކްރިމިނަލް ކޯޓުގައި ރަޖިސްޓްރާރއަކު ހުންނަންވާނެއެވެ. ރަޖިސްޓްރާރ އައްޔަނުކުރާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ށ) ކްރިމިނަލް ކޯޓުގައި ރަޖިސްޓްރާރއަށް އެހީތެރިވެދިނުމުގެ ގޮތުން އެސިސްޓެންޓް ރަޖިސްޓްރާރއެއް ހުންނަންވާނެއެވެ.

(ނ) ރަޖިސްޓްރާރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ރަޖިސްޓްރާރއެއް އައްޔަނު ކުރެވެންދެން ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އެސިސްޓެންޓް ރަޖިސްޓްރާރ ނުވަތަ ކޯޓުގެ އިސްގާޒީ އެކަމަށް ކަނޑައަޅާ މުވައްޒަފެކެވެ.

 

25 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަސްއޫލިއްޔަތު

(ހ) ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާ ލިޔުންތަކާއި، ހެބިއަސްކޯޕަސް އަމުރަށް އެދި ހުށަހަޅާ މައްސަލަތަކާއި، މުދާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލައިގަތުން؛
  2. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަތުން؛
  3. ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ސްކޭންކޮށް، ސީ.އެމް.އެސް.އަށް އަޕްލޯޑްކޮށް، މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން؛
  4. ކްރިމިނަލް ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ށާއިއުކުރުން؛
  5. މި ގަވާއިދުންނާއި ގާޒީންގެ އާންމު މަޖިލީހުން ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ ކަންކަން ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ، އިސްގާޒީގެ ލަފަޔާއި މަށްވަރާގެ މަތީންނެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ވަކި ބާވަތްތަކެއްގެ ލިޔެކިޔުންތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އެހެން މުވައްޒަފަކަށް ހަވާލުކުރުމުގެ އިހްތިޔާރު އިސްގާޒީއަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުން މުރާޖައާ ކުރުން

(ހ) ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މި ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމައި، އެކަން އެ ފަރާތަކަށް އެންގި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގައި ހުށަނާޅައިފިނަމަ، އެ ކަމެއް ނުބެލޭނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީއެވެ.

 

27 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ

މި ކޯޓުގެ އިދާރީ ހިންގުމާބެހޭ ކަންކަން ބަލަހައްޓާ ތަންފީޒު ކުރުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އައްޔަނުކުރާ ޗީފް އެޑްމިނިސްޓްރޭޓަރެއް ހުންނަންވާނެއެވެ.

 

28 ވަނަ މާއްދާ - ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުތައް

ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ. 

(ހ) ޖެނެރަލް އެޑްމިނިސްޓްރޭށަނުގެ ދާއިރާއިންނާއި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް.

  1. ގާޒީންގެ ދަތުރުތަކާއި، ކޯޓުން ކުރާ އެހެނިހެން ރަސްމީ ދަތުރުތައް އިންތިޒާމުކޮށް ބެލެހެއްޓުން؛
  2. ކަމާބެހޭ އިދާރާތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓު އަމުރުތަކާއި، ފައިސާ ޖަމާކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
  3. ކޮންމެ ހަފުތާއަކު، ގާޒީންގެ ޑިއުޓީއާއި ވެރިންގެ ޑިއުޓީ ހަދައި ގާޒީންނާއި ވެރިންނާ ހަވާލުކުރުން؛
  4. ހެބިއަސް ކޯޕަސް އަމުރާ ގުޅިގެން ހަދާ ޑިއުޓީއާއި، ނުރަސްމީ ގަޑީގައި ށަރީއަތް ހިންގުމަށް ހަދާ ޑިއުޓީއާއި، މުއްދަތު ޑިއުޓީތައް ރާވައި ހިންގައި ބެލެހެއްޓުން؛
  5. ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ށަރީއަތްތަކުގެ "ދުވަހު ތާވަލު" ކޮންމެ ދުވަހަކު ތައްޔާރުކޮށް، އީ-ނޯޓިސްބޯޑަށާއި، ކޯޓުގެ ވެބްސައިޓަށް އަޕްލޯޑު ކުރުމާއި، ކޯޓުގެ ވެބްސައިޓު ގަވާއިދުން އަޕްޑޭޓް ކުރަމުންދޭތޯ ބެލުން؛
  6. ކޯޓު ހުޅުވާ މުވައްޒަފުންގެ މައުލޫމާތު ގަވާއިދުން މެމްސްއަށް އެންޓަރ ކުރުމުގެ މަސައްކަތް ކުރިޔަށްދޭތޯ ބެލުން؛
  7. ނުރަސްމީ ގަޑީގައި، މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ޑިއުޓީ ޓޭބަލް ކޮންމެ ދުވަހަކު ހެދުމާއި، ޑިއުޓީގައި ތިބޭ ހުރިހާ މުވައްޒަފުންނަށާއި ގާޒީންނަށް އެކަން އެންގުން؛
  8. ކޮންމެ ދުވަހެއްގެ މުއްދަތަށް ހާޒިރުކުރެވޭ ފަރާތްތަކާބެހޭ މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ގުޅައިގެން ހޯދުމާއި، އެ މައުލޫމާތު ހިއްސާކުރުމަށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ގާޒީންނަށް އެންގުން؛
  9. ށަރީއަތްތަކާ ގުޅިގެން ދައުލަތުގެ ގުޅުންހުރި އިދާރާތަކަށާއި އާންމުންނަށް ފޮނުވަންޖެހޭ ކޯޓު އަމުރުތައް ހަވާލުކުރުން؛
  10. ރަސްމީ ގަޑީގައި ކޯޓާއި ގާޒީންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމާއި، ކޯޓަށް ހާޒިރުވާ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ކޯޓުގައި ހިނގާ ހާދިސާތައް ބަލައި ރިޕޯޓު ކުރުމުގެ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުން؛
  11. ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތަކާއި ތަކެތި ސެކްށަންތަކާ ހަވާލުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރިޔަށްދޭތޯ ބެލުމާއި، ޑިސްޕެޗް ކުރަންޖެހޭ ލިޔުންތައް ކަމާބެހޭ މުވައްޒަފުން ލައްވައި ޑިސްޕެޗް ކުރުވުމުގެ އިންތިޒާމު ހަމަޖެއްސުން؛
  12. ނިމިފައިވާ ފައިލްތައް އަރުށީފަށް ފޮނުވުމަށް ތައްޔާރުކުރުވުމާއި، އަރުށީފަށް ފޮނުވޭ ފައިލްތަކުގެ ރިކޯޑު ބެލެހެއްޓުން؛
  13. ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނު ކުރުމާއި، ވަޒީފާއަށް އެދޭ މީހުންގެ މައުލޫމާތު ބަލައިގަނެ ބެލެހެއްޓުމާއި، އިންޓަވިއުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން؛
  14. ކޮންމެ މަހެއްގެ މުސާރަ ށީޓް ތައްޔާރުކުރުމަށް ބޭނުންވާ ހާޒިރީ ރިޕޯޓާއި، ގަޑީލާރީގެ ރިޕޯޓާއި، އިތުރުގަޑީގެ ރިޕޯޓު މެމްސްއިން ނެގުމާއި، ރިޕޯޓުތައް ޗެކްކުރުން؛
  15. މުވައްޒަފުންގެ މުސާރަ ށީޓާއި ޕެންށަން ށީޓް ކޮންމެ މަހަކު ތައްޔާރުކޮށް އެސް.އޭ.ޕީއަށް އެންޓަރ ކުރުމާއި، މުސާރަ ދިނުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛
  16. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އާއި، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ މުއައްސަސާތަކަށް ކޯޓުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމާއި، އެކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
  17. ކޯޓުގެ މުވައްޒަފުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަނެ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ އިދާރާތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނާ ގުޅިގެން ކުރިޔަށް ގެންދިއުން؛
  18. ކޯޓަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްށަން ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމާއި، އިންޑަކްށަން ޕްރެޒެންޓޭށަން ތައްޔާރުކުރުމާއި، ޕްލޭނާ އެއްގޮތަށް އިންޑަކްށަން ކުރިޔަށް ގެންދިއުމާއި، އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން؛
  19. ކޯޓުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ސެކްށަންތަކުން ހޯދައި، އަހަރީ ރިޕޯޓު އެކުލަވައިލުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛
  20. މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް މެމްސްއިން ޗެކްކުރުމާއި، ސަލާމާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ ރިކޯޑްސް މެމްސްގައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން؛
  21. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އެންމެހައި ކަންކަން ގަވާއިދުން ކުރިޔަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން؛
  22. މަގާމުތަކުގެ ދަފުތަރާއި މުވައްޒަފުންގެ ދަފުތަރު ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން؛
  23. ކޯޓަށް އަލަށް ވައްދާ މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުމާއި، ކޯޓުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އިގުރާރާއި، ށަރުއީ ދާއިރާގެ މުވައްޒަފުންގެ އިގުރާރު ތައްޔާރުކޮށް ސޮއިކުރުވުމުގެ އިންތިޒާމުތައް ބެލެހެއްޓުން؛
  24. ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވަންޖެހޭ ކޯޓުގެ ތަފާސްހިސާބުތައް ސެކްށަންތަކުން ހޯދައިގެން އެ ހިސާބުތައް ތައްޔާރުކޮށްފައި ފޮނުވުމާއި، ނުރަސްމީ ގަޑީގައި ކުރާ މަސައްކަތާ ގުޅޭގޮތުން ކޮންމެ މަހަކު ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން؛
  25. ށަރީއަތްތަކާ ގުޅިގެން ހޯދަންޖެހޭ ތަރުޖަމާނުން ހޯދުމާއި، އެ ފަރާތްތަކާއެކު އެއްބަސްވުންތައް ހަދައި، ށަރީއަތް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން؛
  26. ށަރީއަތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީ، ށަރީއަތް ހިންގުމަށް ޓަކައި ކޯޓު ރޫމްތައް ތައްޔާރުކޮށް ބެލެހެއްޓުން؛
  27. ކޮންމެ ދުވަހަކު، ގާޒީންގެ ކޮޓަރިތަކާއި، ށަރީއަތުގެ މާލަންތަކާއި، ބަންދުގައި ތިބޭ މީހުން ބަހައްޓާ ކޮޓަރިތަކާއި، ވަކީލުންގެ ކޮޓަރިތަކާއި، ހެކިބަސް ނަގާ މާލަންތައް ވެކިއުމް ކުރުމުގެ މަސައްކަތާއި، ފޮޅައި ސާފުކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛
  28. މަހަކު އެއްފަހަރު، އޭސީތައް ސާފުކުރުވުމާއި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރވިސް ކުރުވުން؛
  29. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މުޅި އިމާރާތުގެ ބޭރުގެ ބިއްލޫރިތަކާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން؛
  30. ކޯޓުން މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި، ކޯޓުގެ މައުލޫމާތު ހިމެނޭ ފޮތްތަކާއި ލީފްލެޓު ފަދަ ތަކެތި ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކޯޓުން އާންމުކުރާ މައުލޫމާތުތައް އޮންލައިންކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުން؛
  31. ކޯޓުގެ ސްޓްރެޓީޖިކް ޕްލޭނާއި، އަހަރީ އެކްޓިވިޓީ ކަލަންޑަރާއި، ޗުއްޓީ ކަލަންޑަރު އެކުލަވައިލުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން. 

(ށ) ޕްރޮކިއުމަންޓާއި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް:

  1. ކޯޓަށް ބޭނުންވާ އެކިއެކި މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހޯދުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން؛
  2. ކޯޓުގެ ބޭނުމަށް ހޯދައިފައި ހުންނަ އެންމެހައި މުދަލުގެ ދަފުތަރު ބަލަހައްޓައި، ގާނޫނުތަކާއި ގަވާއިދުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ ތަކެތި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރައްކައުތެރިކަމާއެކު އެ ތަކެތި ބެލެހެއްޓޭނޭ އިންތިޒާމު ހަމަޖެއްސުން؛
  3. ކޯޓުގެ މުދަލާއި ވަސީލަތްތަކުގެ ތެރެއިން، އެ އެއްޗެއް ބޭނުން ކުރުމަށް ޓަކައި ދައުލަތަށް ނުވަތަ އެހެންވެސް ފަރާތަކަށް ފީއެއް ނުވަތަ އެއްވެސް އަގެއް ދައްކަންޖެހޭނަމަ، އެކަން ގަވާއިދުން ކުރެވޭކަން ކަށަވަރުކުރުން؛
  4. ކޯޓަށް ނަގާ އެކިއެކި ފީތަކާއި އެހެނިހެން ގޮތްގޮތުން ކޯޓަށް ދައްކަންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އަންގާ ގޮތެއްގެ މަތީން ބަލައިގަނެ، އެ ފައިސާގެ ހިސާބު ބަލަހައްޓައި، ކަނޑައެޅިފައިވާ ގޮތުގެ މަތީން އެ ފައިސާއާމެދު އަމަލުކުރުން؛
  5. ކޯޓުގެ އިމާރާތްތަކާއި އެހެނިހެން މުދާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމާއި، ކުރަންޖެހޭ އެންމެހައި މަރާމާތުތައް ކުރުމުގެ ކަންކަން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރާވައި ހިންގުން؛
  6. މިނިސްޓްރީ އޮފް ފިނޭންސާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، ކޯޓުގެ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން؛
  7. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި، ޕްރޮކިއުމަންޓް ޕްލޭން އެކުލަވައިލުން؛
  8. ބަޖެޓް ހިސާބުތައް ރެކަންސައިލްކޮށް ބެލެހެއްޓުން؛
  9. ކޯޓުގެ މަސައްކަތްތަކަށް ބުރުލެއް އެރިޔަނުދީ ހިންގުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ދުރާލައި ދެނެގަނެ، ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން؛
  10. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ގަވާއިދާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، ކޯޓުގެ މާލީ ރިޕޯޓު ތައްޔާރުކޮށްފައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުން.

(ނ) އިންފޮރމޭށަން ޓެކްނޮލެޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

  1. ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ށަރީއަތް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ކޯޓުގައި ގާއިމުކޮށް، އެ ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛
  2. ކޯޓުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ބެލެހެއްޓުން؛
  3. ކޯޓުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތާއި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛
  4. ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އައި.ޓީ. އާ ގުޅޭގޮތުން ދޭންޖެހޭ ތާޒާކުރުމުގެ އެކިއެކި ތަމްރީނުތައް ރާވައި ހިންގުން؛
  5. ކޯޓުގައި ބޭނުންކުރާ އިދާރީ އަދި ށަރުއީ ފޯމުތަކާއި ލިޔުންތަކާއި، ލީފްލެޓާއި، ފޮތް ފަދަ ތަކެތީގެ ލޭއައުޓު، ކަމާބެހޭ ‌‎ސެކްށަންތަކުން ބޭނުންވާ ގޮތަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން؛
  6. އެޓެންޑެންސް މެށިނުގެ ލޮގްތައް މެމްސްއިން ނެގުމަށްފަހު، ތައްޔާރުކުރަންޖެހޭ ހާޒިރީ ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން؛
  7. ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރއާއި، މެށިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ބަލައި، އެކަންކަން ހައްލުކުރުމުގެ އެންމެހައި އިންތިޒާމު ހަމަޖެއްސުން؛
  8. ކޮމްޕިއުޓަރ ނެޓްވޯރކް މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން؛
  9. މުވައްޒަފުންގެ ހާޒިރީއާއި، އެއާ ގުޅޭ ރިކޯޑުތައް މެމްސްއިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  10. ކޯޓުގައި ބޭނުންކުރާ މުއާސަލާތީ ތަކެއްޗާއި، ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ހަރުކޮށްފައިވާ ކެމެރާތައް މަސައްކަތް ކުރޭތޯ ގަވާއިދުން ޗެކްކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ރ) މަތީގައިވާ ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ކޯޓުގެ އިދާރީ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ކޯޓު ހަރުދަނާކޮށް ހިންގުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، ޗީފް އެޑްމިނިސްޓްރޭޓަރ ކުރަންވާނެއެވެ.

(ބ) ޗީފް އެޑްމިނިސްޓްރޭޓަރ ނެތް ހާލަތެއްގައި ނުވަތަ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ޗީފް އެޑްމިނިސްޓްރޭޓަރެއް އައްޔަނު ކުރެވެންދެން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަމަށް ކަނޑައަޅާ މީހެކެވެ.

 

29 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ މުވައްޒަފުން

މި ކޯޓުގެ މުވައްޒަފުންނަކީ، ކޯޓުގެ ރަޖިސްޓަރީގައި ހިމެނޭ ދާއިމީ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނެވެ.

 

30 ވަނަ މާއްދާ - މުވައްޒަފުންގެ މަސްއޫލިއްޔަތުތައް

ގަވާއިދު ނަންބަރު 2011-18 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) އާއި، މި ގަވާއިދުގައި، ވަކި މުވައްޒަފަކު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ މުވައްޒަފެއްގެ ވަޒީފާގެ ބަޔާނުގައި ވަޒީފާގެ މަސްއޫލިއްޔަތުކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުމަކީ އެ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ.

 

31 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބިދޭ އިމްތިޔާޒުތަކާއި ރައްކައުތެރިކަން

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2011-18 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގައި މުވައްޒަފުންނަށް ލިބިދީފައިވާ އެންމެހައި އިމްތިޔާޒުތަކާއި ރައްކައުތެރިކަން މި ކޯޓުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މުވައްޒަފުންނަށް ލިބިދޭނެކަމަށް ބަޔާންކޮށްފައިވާ އެންމެހައި އިމްތިޔާޒުތަކާއި ރައްކައުތެރިކަމުގެ އިތުރަށް، ގާނޫނަކުން ނުވަތަ ގަވާއިދަކުން ށަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިބިދޭނެކަމަށް ކަނޑައަޅާ ކޮންމެ އިމްތިޔާޒަކާއި ރައްކައުތެރިކަމެއް، މި ކޯޓުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.

 

 

ފަސްވަނަ ބާބު

އަހަރީ ޖަލްސާ ބޭއްވުން

 

32 ވަނަ މާއްދާ - އަހަރީ ޖަލްސާ ބޭއްވުން

ކޮންމެ މީލާދީ އަހަރަކު އެއްފަހަރު ''ކްރިމިނަލް ކޯޓުގެ އަހަރީ ޖަލްސާ'' ބާއްވަންވާނެއެވެ.

 

33 ވަނަ މާއްދާ - އަހަރީ ޖަލްސާގައި ހިމެނޭ ބައިތައް

އަހަރީ ޖަލްސާގައި، އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

(ހ) ފާއިތުވި އަހަރުގެ ކޯޓުގެ މަސައްކަތް ހިނގައިދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުން.

(ށ) ކުރިޔަށް އޮތް އަހަރުގެ ކޯޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަސައްވުރު ހިމެނޭ ރިޕޯޓު ހުށަހެޅުން.

(ނ) ކޯޓަށް ފައިދާކުރަނިވި އަދި ފާހަގަކުރަނިވި މައްސައްކަތެއް ކޮށްފައިވާ މުވައްޒަފުންނާއި، ފާއިތުވި އަހަރު ށަރަފުވެރިކަމާއެކު ވަކިވެފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުން.

(ރ) ކޯޓަށް ދިގުމުއްދަތަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުން.

(ބ) ޖިނާއީ އަދުލުގެ ނިޒާމު ކުރިއަރުވަން ކުރެވުނު މަސައްކަތްތައް ހާމަކުރުން.

 

 

ހަވަނަވަނަ ބާބު

ކްރިމިނަލް ކޯޓުގެ ޖަމްއިއްޔާ

 

34 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޖަމްއިއްޔާ އުފެއްދުން

ކްރިމިނަލް ކޯޓުގެ މުއްވައްޒަފުންގެ އިޖުތިމާއީ ކަންކަމާއި، އިލްމީ ގާބިލްކަމާއި، ސަގާފީކަންކަމާއި ހުނަރު ކުރިއެރުވުމަށް މަސައްކަތްކުރުމަށް (Club Cr-C / ކްލަބް ސީއާރު-ސީ) ގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާ ރަޖިސްޓަރީކޮށް ނިންމުމުގެ ކަންކަން ކޯޓުގެ އިދާރާއިން ކުރަންވާނެއެވެ.

(ށ) ޖަމްއިއްޔާ ރަޖިސްޓަރީ ކުރުމަށް ޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނީ، ކޯޓުގެ އާންމު މަޖިލީހުން ފާސްކުރުމަށްފަހުގައެވެ.

 

36 ވަނަ މާއްދާ - ޖަމްއިއްޔާގެ މަސައްކަތް

(ހ) އަންނަނިވި ކަންކަން، ޖަމްއިއްޔާއަށް ކުރެވޭނެއެވެ.

  1. މުވައްޒަފުންގެ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް؛
  2. މުވައްޒަފުންގެ އިލްމީ ގާބިލުކަމާއި، ސަގާފީ ހޭލުންތެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން؛
  3. މުވައްޒަފުންގެ ރެކްރިއޭށަންގެ ކަންކަން؛
  4. ކޯޓުގެ އިދާރާއަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެފަދަ އެހީތެރިކަން.

(ށ) އަންނަނިވި ކަންކަން، ޖަމްއިއްޔާއިން ކޮށްގެން ނުވާނެއެވެ.

  1. އެއްވެސް ބާވަތެއްގެ ސިޔާސީ ހަރަކާތެއް؛
  2. ށަރުއީ ދާއިރާގެ މުވައްޒަފުން ކުރުން މަނާ އެއްވެސް ކަމެއް؛
  3. ކޯޓުގެ ތަސައްވުރު ކިލަނބުވެދާނެ އެއްވެސް ކަމެއް.

 

37 ވަނަ މާއްދާ - ޖަމްއިއްޔާގެ މަގައްރު

(ހ) ޖަމްއިއްޔާގެ މަގައްރު ކަމުގައި ވާންވާނީ، އަބަދުވެސް ކޯޓުގެ އިމާރާތާއި މަގައްރެވެ.

(ށ) ޖަމްއިއްޔާގެ ލިޔެކިޔުންތައް ބެލެހެއްޓުމަށާއި މަސައްކަތް ކުރުމަށް ޓަކައި، ޖަމްއިއްޔާއަށް ހާއްސަކޮށްފައިވާ، އެކަށީގެންވާ ތަނެއް، ކޯޓުގެ އިދާރާއިން ކަނޑައަޅައިފައި ހުންނަންވާނެއެވެ.

 

38 ވަނަ މާއްދާ - ޖަމްއިއްޔާގެ މެންބަރުން

ޖަމްއިއްޔާގެ މެންބަރުކަން ލިބޭނީ، ކޯޓުގައި އެވަގުތު މަސައްކަތްކުރާ މުވައްޒަފުންނަށް އެކަންޏެވެ.

 

39 ވަނަ މާއްދާ - ޖަމްއިއްޔާގެ ށަރަފުވެރި މެންބަރުން

ކޯޓުގައި އެ ހިނދަކު މަސައްކަތްކުރާ އެންމެހައި ގާޒީންނަކީ، ޖަމްއިއްޔާގެ ށަރަފުވެރި މެންބަރުންނެވެ.

 

40 ވަނަ މާއްދާ - ''ކްރިމިނަލް ކޯޓް ރެކްރިއޭށަން ކްލަބް'' އާއި ''މުވައްޒަފުންގެ އިޖުތިމާއީ ކަންތައްތައް ހިންގާ ކޮމެޓީ'' އުވައިލުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ (Club Cr-C / ކްލަބް ސީއާރު-ސީ) ރަޖިސްޓަރީވުމާއެކު، ''ކްރިމިނަލް ކޯޓް ރެކްރިއޭށަން ކްލަބް'' (CCRC) އާއި ''މުވައްޒަފުންގެ އިޖުތިމާއީ ކަންތައްތައް ހިންގާ ކޮމެޓީ'' އުވުނީއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ (Club Cr-C / ކްލަބް ސީއާރު-ސީ) ރަޖިސްޓަރީވުމުން ''ކްރިމިނަލް ކޯޓް ރެކްރިއޭށަން ކްލަބް'' (CCRC) އާއި ''މުވައްޒަފުންގެ އިޖުތިމާއީ ކަންތައްތައް ހިންގާ ކޮމެޓީ'' ގެ މުދަލުގެ ގޮތުގެ ހުރި އެންމެހައި މުދަލާއި ފައިސާ، މި ބާބުގައި ބަޔާން ކޮށްފައިވާ (Club Cr-C / ކްލަބް ސީއާރު-ސީ) އަށް ބަދަލުވީއެވެ. 

 

41 ވަނަ މާއްދާ - އުވައިލެވޭ ކްލަބާއި ކޮމެޓީގެ އަގުވަޒަންކުރުން

''ކްރިމިނަލް ކޯޓް ރެކްރިއޭށަން ކްލަބް'' އާއި ''މުވައްޒަފުންގެ އިޖުތިމާއީ ކަންތައްތައް ހިންގާ ކޮމެޓީ'' ގެ ފަރާތުން، ކޯޓަށާއި މުވައްޒަފުންނަށް ކޮށްދީފައިވާ މަސައްކަތްތަކަށާއި ހިދުމަތްތަކަށް، ކޯޓުން އަބަދުވެސް އަގުވަޒަންކޮށް، އެކަން ފާހަގަކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - އުވައިލެވޭ ކްލަބާއި ކޮމެޓީގެ ލިޔެކިޔުންތައް އާކައިވްކުރުން

''ކްރިމިނަލް ކޯޓް ރެކްރިއޭށަން ކްލަބް'' އާއި ''މުވައްޒަފުންގެ އިޖުތިމާއީ ކަންތައްތައް ހިންގާ ކޮމެޓީ'' ގެ އެންމެހައި ލިޔެކިޔުންތައް ކޯޓުގައި ރައްކައުތެރިކަމާއެކު އާކައިވް ކުރަންވާނެއެވެ.

 

 

ހަތްވަނަ ބާބު

ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމާއި، ލިޔެކިޔުންތައް ބަލައިގަތުން

 

43 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތް

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ކޯޓަށް މައްސަލަ ހުށަހަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

 

44 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ގަޑި

(ހ) ކޯޓަށް އާންމުގޮތެއްގައި މައްސަލަ ހުށަހެޅޭނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން ފެށިގެން 12:30 އާ ދެމެދުގައެވެ. އަދި ރަމަޒާން މަހުގައި މައްސަލަ ހުށަހެޅޭނީ، ށަރުއީ ދާއިރާއިން ކަނޑައަޅާ ރަސްމީ މަސައްކަތު ގަޑީގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިސްތިސްނާ ހާލަތްތަކުގައި އިސްގާޒީގެ މަށްވަރާގެ މަތީން، ރަޖިސްޓްރާރގެ ހުއްދަޔާއެކު ކޮންމެ ވަގުތަކު ވެސް، މައްސަލަ ހުށަހެޅިދާނެއެވެ.

 

45 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ސީ.އެމް.އެސް.އަށް އެންޓްރީކޮށް، މައްސަލައަށް ނަންބަރެއް ދޭންވާނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ކޯޓަށް ބަލައިގަނެވެން ނެތް މައްސަލައެއް ކަމުގައި ވާނަމަ، ސަބަބު ލިޔުމުން ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މައްސަލަ އަނބުރާ ފޮނުވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، މައްސަލައިގެ ލިޔެކިޔުންތަކާއި ދައުވާލިބޭ މީހުންގެ އަދަދާއި ގަޒިއްޔާގެ އަދަދަށް ބަލާއިރު، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މައްސަލަ އަނބުރާ ފޮނުވައިލެވެން ނެތްނަމަ، ވީ އެންމެ އަވަސް މުއްދަތެއްގައި މައްސަލަ އަނބުރާ ފޮނުވައިލަން ވާނެއެވެ.

 

46 ވަނަ މާއްދާ - މައްސަލަ ހުށަހެޅުނު ތާރީހު

ކޯޓަށް ހުށަހެޅޭ ދައުވާއެއްގައި ނުވަތަ މައްސަލައެއްގައި މައްސަލަ ހުށަހެޅުނު ތާރީހު ކަމުގައި ބަލާނީ، ތިރީގައިވާ ގޮތަށެވެ.

(ހ) ހާޑްކޮޕީ ހުށަހަޅާ ހާލަތުގައި، ކޯޓުގެ ކައުންޓަރަށް އެ މައްސަލައެއް ލިބޭ ތާރީހާއި ގަޑިއެވެ.

(ށ) އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ހާލަތުގައި، އެ މައްސަލައެއް ކޯޓަށް ލިބޭ ތާރީހާއި ގަޑިއެވެ.

 

47 ވަނަ މާއްދާ - މައްސަލަ ބަލާނެ ގާޒީން ކަނޑައެޅުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ގާޒީން ކަނޑައަޅާނީ، އިސްގާޒީ ނުވަތަ ކޯޓު ހިންގުމާ ހަވާލުވެހުރި ގާޒީއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ހުށަހަޅާނެ ސެކްށަނަކާއި، އެ މައްސަލައެއް ބަލާނެ ގާޒީއަކު ނުވަތަ ގާޒީން ކަނޑައަޅާނީ، ކޯޓަށް މައްސަލަ ހުށަހެޅޭ ތަރުތީބުންނެވެ.

 

48 ވަނަ މާއްދާ - ގަޒިއްޔާގެ ދަފުތަރު

(ހ) މި ކޯޓަށް ހުށަހެޅޭ ދައުވާ ނުވަތަ މައްސަލަ ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް ހާއްސަކޮށްފައިވާ ދަފުތަރެއް އޮންނަންވާނެއެވެ. 

(ށ) ގަޒިއްޔާގެ ދަފުތަރުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. ގަޒިއްޔާ ނަންބަރު ބަދަލުވާ ހާލަތުގައި، ނަންބަރު ބަދަލުވި ސަބަބު؛
  3. ހުށަހެޅުނު ތާރީހު؛
  4. ދައުވާ ފޯމު ނަންބަރު؛
  5. ދައުވާކުރާ ފަރާތުގެ ރެފަރެންސް ނަންބަރު؛
  6. ތަހުގީގުކުރި ފަރާތުގެ ރެފަރެންސް ނަންބަރު؛
  7. ގަޒިއްޔާގެ ބާވަތް؛
  8. ދައުވާކޮށްފައިވާ ގާނޫނު ނަންބަރާއި، މާއްދާ؛
  9. ކެޓަގަރީ ނަންބަރު؛
  10. ދައުވާގެ ހުލާސާ؛
  11. ހުށަހެޅި ފަރާތް؛
  12. ދައުވާ ލިބޭ ފަރާތުގެ ފުރިހަމަ މައުލޫމާތު؛
  13. މައްސަލަ ހަވާލުކުރި ސެކްށަނާއި ގާޒީ؛
  14. ތަހުވީލުކޮށްފައިވާނަމަ، ތަހުވީލުކުރި ނަންބަރު؛
  15. މައްސަލަ ނިންމި ގާޒީ؛
  16. ނިމުނު ގޮތް؛
  17. ނިމުނު ތާރީހު؛
  18. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނަންބަރު؛
  19. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ތާރީހު؛
  20. އަދި މިނޫނަސް، ގަޒިއްޔާގެ ދަފުތަރުގައި ހިމެނުމަށް ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ ކޮންމެ މައުލޫމާތެއް.

(ނ) ގަޒިއްޔާގެ ދަފުތަރު ބަލަހައްޓާނީ ކޯޓުގެ ރަޖިސްޓްރާރއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ މައުލޫމާތުގެ ތެރެއިން އެ ހިނދަކަށް ދަފުތަރުގައި ހިމެނޭނެ މައުލޫމާތު ހިމަނައި، ދަފުތަރު ފުރިހަމައަށް ބަލަހައްޓަންވާނެއެވެ.

 

49 ވަނަ މާއްދާ - ގަޒިއްޔާ ނަންބަރު ދިނުން

(ހ) ކޯޓަށް ހުށަހެޅޭ ދައުވާއެއް ރަޖިސްޓަރީކުރާއިރު، އެ ދައުވާއަކާ ގުޅިގެން ހުށަހަޅާ ފޯމުގައި، އެ އަހަރަކު މައްސަލަ ހުށަހެޅޭ ތަރުތީބުން ގަޒިއްޔާ ނަންބަރެއް ދޭންވާނެއެވެ.

(ށ) ގަޒިއްޔާ ނަންބަރު އޮންނަންވާނީ، ވާތުން ކަނާތަށް ފުރަތަމަ، ތަރުތީބު ނަންބަރު / ކޯޓުގެ ނަމުގެ ރަމްޒު / ހުށަހެޅުނު އަހަރު، މިގޮތަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގަޒިއްޔާ ނަންބަރު ދޭ ތާރީހު، މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. އަދި ހުށަހަޅާ ތާރީހަށްފަހު، އައު ގަޒިއްޔާ ނަންބަރެއް ދޭނަމަ، އެ ގަޒިއްޔާ ނަންބަރު ދިން ތާރީހު ލިޔެ، މައްސަލައިގެ ރަޖިސްޓަރީގައި ތަފުސީލު ހިމަނަންވާނެއެވެ.

 

50 ވަނަ މާއްދާ - ގަޒިއްޔާގެ ފައިލު

(ހ) ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއް ސްކޭންކޮށް، އެ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީއާއި ހާޑްކޮޕީ، އެ މައްސަލައަކަށް ހާއްސަކޮށްފައިވާ ވަކި ފައިލެއްގައި ބެލެހެއްޓުމާއެކު، ސީ.އެމް.އެސް.އަށް އަޕްލޯޑް ކުރަންވާނެއެވެ.

(ށ) ގަޒިއްޔާގެ ފައިލުގައި، އަންނަނިވި މައުލޫމާތު ހިމެނޭ ށީޓެއް އޮންނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. ދައުވާލިބޭ ފަރާތުގެ މައުލޫމާތު؛
  3. ގަޒިއްޔާގެ ބާވަތާއި، ކެޓަގަރީ ނަންބަރު؛
  4. ދައުވާ ފޯމު ނަންބަރު؛
  5. ދައުވާކުރާ ފަރާތުގެ ރެފަރެންސް ނަންބަރު؛
  6. ތަހުގީގުކުރި ފަރާތުގެ ރެފަރެންސް ނަންބަރު؛
  7. ހުށަހެޅުނު ތާރީހު؛
  8. ނިމުނު ތާރީހު؛
  9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުގެ ނަން؛
  10. ދައުވާލިބޭ ފަރާތުގެ ވަކީލުގެ މައުލޫމާތު؛ 
  11. މައްސަލަ ބަލާ ގާޒީ؛
  12. މައްސަލަ ހުށަހެޅުނު ސެކްށަން؛
  13. މައްސަލަ އޮތް ސެކްށަން؛
  14. ތަހުގީގު ބަޔާންތަކާއި، ސަފުހާގެ އަދަދު؛
  15. ށަރީއަތުގެ ބަޔާންތަކާއި، ސަފުހާގެ އަދަދު؛
  16. ޕާސްޕޯޓު ހިފަހައްޓައިފައިވާކަން ނުވަތަ ޕާސްޕޯޓު ދޫކޮށްލައިފައިވާކަން؛
  17. ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަން ނުވަތަ ނޫންކަން؛
  18. ކުށުގެ ރިކޯޑު ސާފުކޮށްފައިވާކަން ނުވަތަ ނޫންކަން؛
  19. އަދި މިނޫނަސް ގަޒިއްޔާގެ ފައިލުގައި ހިމެނުމަށް ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ ކޮންމެ މައުލޫމާތެއް.

(ނ) ކޯޓުގެ ގާޒީންނާއި، ރަޖިސްޓްރާރއާއި، ރަޖިސްޓްރާރ ސެކްށަނުގެ ލީގަލް އޮފިސަރާއި، ރަޖިސްޓްރާރ ސެކްށަނާއި، ށަރީއަތްކުރާ ކޮންމެ ސެކްށަނެއްގެ އިދާރީ މުވައްޒަފުންގެ ތެރެއިން ކުށުގެ ރިކޯޑު ޕޯޓަލްއަށް ވަނުމުގެ ހުއްދަ އޮންނަ މުވައްޒަފަކު ހުންނަންވާނެއެވެ. އަދި ށަރީއަތްކުރާ ސެކްށަނަށް މައްސަލަ ލިބުމުން، ކުށުގެ ރިކޯޑު ޕޯޓަލްއަށް ވަނުމުގެ ހުއްދަ އޮންނަ މުވައްޒަފު، ކުށުގެ ރިކޯޑު ސާފުކުރުމަށްފަހު، އެ ރިކޯޑު ޕްރިންޓްކޮށްފައި ފައިލުގައި ހިމަނަންވާނެއެވެ.

(ރ) މައްސަލައިގައި ކޯޓުން އަޅާ ހުރިހާ ފިޔަވަޅުތަކެއް ލިޔެ، ފިޔަވަޅު އެޅި މީހަކު ސޮއިކޮށް ތާރީހު ޖަހާގޮތަށް ރިކޯޑު ށީޓެއް ތައްޔާރުކޮށްފައި، ގަޒިއްޔާގެ ފައިލުގެ ތެރޭގައި އެ ށީޓު އޮންނަންވާނެއެވެ. އެ ށީޓު އަބަދުވެސް އޮންނަންވާނީ، އެންމެ މަތީގައެވެ. މައްސަލައިގައި އަޅާ ކޮންމެ ފިޔަވަޅެއް އެ ށީޓުގައި ލިޔެ، ތާރީހު ޖަހައިފައި ސޮއިކުރަންވާނެއެވެ.

(ބ) މައްސަލައިގައި ކަންވީގޮތާއި އަޅަންވީ ފިޔަވަޅުތައް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްޓްރޯނިކްކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަންވާނެއެވެ.

(ޅ) ފައިލުކުރާ ލިޔުންތައް ތަރުތީބުކޮށްފައި އޮންނަންވާ ގޮތުގެ އުސޫލެއް، ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅަންވާނެއެވެ.

 

51 ވަނަ މާއްދާ - ކޯޓަށް ހުށަހެޅޭ މައްސަލަތައް ތާވަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިދާރީ އުސޫލު އެކުލަވައިލުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ތާވަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިދާރީ އުސޫލެއް، ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ފާސްކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - މައްސަލަ އަނބުރާ ގެންދިޔުން

(ހ) ކޯޓަށް ހުށަހެޅި، ބަލައިގެންފައިވާ މައްސަލައެއް، އެ މައްސަލައެއްގެ ށަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، ސަބަބު ބަޔާންކޮށް އެ ދައުވާއެއް އަނބުރާ ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީހުން އެދިއްޖެނަމަ، އެ މައްސަލައިގެ ދައުވާ ފޯމުގެ އަސްލާއި ލިޔުންތަކުގެ ކޮޕީ ކޯޓަށް ނެގުމަށްފަހު، ލިޔުންތަކުގެ އަސްލާއެކު އަނބުރާ ފޮނުވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނބުރާ ފޮނުވައިލެވޭ މައްސަލަތައް އަނބުރާ ފޮނުވައިލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

53 ވަނަ މާއްދާ - މައްސަލަ އަނބުރާ ފޮނުވައިލުން

(ހ) މައްސަލަ ހިންގުމަށްޓަކައި ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުކުރުމަށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2021-SC-REG-01 (ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ ދަށުން ކުރަންޖެހޭ ކަންކަން ކޮށްގެންވެސް އޭނާ ހާޒިރު ނުކުރެވިއްޖެނަމަ، ނުވަތަ އުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުން ހާޒިރު ނުކުރެވިއްޖެނަމަ، އޭނާ ހާޒިރުކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު، ނުވަތަ އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު ހުށަހެޅުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ އަނބުރާ ފޮނުވައިލަންވާނީ ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނބުރާ ފޮނުވައިލެވޭ މައްސަލަތައް އަނބުރާ ފޮނުވައިލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

54 ވަނަ މާއްދާ - އިސްތިއުނާފީ ކޯޓުން ތަހުވީލުކުރެވޭ މައްސަލަތައް އަލުން ބެލުން

(ހ) އަލުން ބެލުމަށްޓަކައި މަތީ މަރުހަލާގެ ކޯޓަކުން ތަހުވީލުކުރެވޭ މައްސަލަތައް ކޯޓަށް ލިބުމުން، މި ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މައްސަލައަށް ގަޒިއްޔާ ނަންބަރެއް ދިނުމަށްފަހު، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މައްސަލައެއް ކުރިޔަށް ގެންދަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައިވާ ގޮތުގެ މަތީން ތަހުވީލުކުރާ މައްސަލަ ބެލުން ހަވާލުކުރަންވާނީ، ކުރިން އެ މައްސަލަ ބެލި ގާޒީ ނޫން އެހެން ގާޒީއަކަށެވެ.

 

އަށްވަނަ ބާބު

ކޯޓު އަމުރު ނެރުން

 

55 ވަނަ މާއްދާ - ކޯޓު އަމުރަށް އެދި ހުށަހަޅާނެ ވަގުތު

(ހ) ކުށުގެ ތުހުމަތަކާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބޭނުންވާ ކޯޓު އަމުރަށް އެދި ހުށަހަޅާނީ ރަސްމީ ގަޑީގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި އަމުރުތަކަށް އެދި ކޮންމެ ވަގުތެއްގައި ވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

  1. ހައްޔަރު އަމުރު؛
  2. ބަލައި ފާސްކުރުމުގެ އަމުރު؛
  3. ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ އަމުރު؛
  4. ކުއްލި ހާލަތްތަކުގައި ނެރެދޭންޖެހޭކަމަށް ގަބޫލުކުރެވޭ އެހެނިހެން އަމުރުތައް.

 

56 ވަނަ މާއްދާ - ކޯޓު އަމުރު ނެރެދެވެން ނެތް ސަބަބު ލިޔުމުން ދިނުން

ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެ އަމުރު ނެރެދޭންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުން ނިންމައިފިނަމަ، އަމުރަށް އެދި ހުށަހެޅި ފަރާތަށް އެ އަމުރު ނެރެދެވެން ނެތް ސަބަބު ލިޔުމުން ދޭންވާނެއެވެ.

 

57 ވަނަ މާއްދާ - މުދާ ހޯދުމަށް ކޯޓުގައި އެދުން

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިފަހައްޓައިފައިވާ މުދަލެއް ހިފަހައްޓައިފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، ނުވަތަ އެ މުދާ ހިފެހެއްޓުމުގެ ސަބަބުން ގެއްލުން ލިބޭކަމަށް ބުނެ، މުދަލުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލަތައް، ކޮންމެ ގަޑިއެއްގައި ވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައިގެ ލިޔެކިޔުންތައް ކޯޓަށް ލިބުމުން، އެ މައްސަލައަކީ ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހެޅި މައްސަލައެއް ކޯޓަށް ބަލައިގަތުމަށް ނިންމައިފިނަމަ، އެ މައްސަލައަށް ގަޒިއްޔާ ނަންބަރެއް ދީފައި، މައްސަލަ ބެލުން ގާޒީއަކާ ހަވާލުކުރަންވާނެއެވެ. އަދި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިނަމަ، ސަބަބު ބަޔާންކޮށްފައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

 

58 ވަނަ މާއްދާ - ހޭބިއަސް ކޯޕަސް އަމުރަކަށް އެދުން

(ހ) މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އޭނާ ދޫކޮށްލުމަށް އެދި ހުށަހަޅާ މައްސަލަތައް ކޮންމެ ގަޑިއެއްގައި ވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައިގެ ލިޔެކިޔުންތައް ކޯޓަށް ލިބުމުން، އެ މައްސަލައަކީ ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހެޅި މައްސަލައެއް ކޯޓަށް ބަލައިގަތުމަށް ނިންމައިފިނަމަ، އެ މައްސަލައަށް ގަޒިއްޔާ ނަންބަރެއް ދީފައި، މައްސަލަ ބެލުން ގާޒީއަކާ ހަވާލުކުރަންވާނެއެވެ. އަދި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިނަމަ، ސަބަބު ބަޔާންކޮށްފައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކޯޓަށް ހުށަހެޅޭ މައްސަލައިގެ ލިޔެކިޔުންތައް ކޯޓަށް ބަލައިގަންނަ ވަގުތުން ފެށިގެން، އެ މައްސަލަ ބެލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ވީ އެންމެ އަވަހަކަށް މައްސަލައިގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

 

 

ނުވަވަނަ ބާބު

ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުން

 

59 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓު ހުޅުވައިފައި ހުންނަ ގަޑިތައް

(ހ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާ ވަގުތު ކަނޑައަޅާނީ، ގާޒީންގެ އާންމު މަޖިލީހުންނެވެ. މި ގޮތުން ކަނޑައަޅާ ވަގުތު ކޯޓުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ތުހުމަތެއްގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ބަންދުކުރި ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ގާޒީންގެ އާންމު މަޖިލީހުން ކަނޑައަޅައި އާންމުކޮށްފައިވާ ގަޑި ފިޔަވައި، އެހެން ގަޑިއެއްގައި އެ ފަރާތެއް ބަންދުކުރި ބަންދުކުރުމާމެދު ގޮތެއް ނިންމަންޖެހޭ ނަމަ އެކަމާމެދު ގޮތެއް ކަނޑައަޅާނީ އިސްގާޒީއެވެ.

 

60 ވަނަ މާއްދާ - ތުހުމަތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރުން

(ހ) ބަންދުކުރި ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވޭ ފަރާތްތައް އަންނަނިވި ގޮތަކުންކުރެ ގޮތަކުން ކޯޓަށް ހާޒިރުކޮށްފިނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

  1. ކުށުގެ ތުހުމަތުކުރެވޭ ފަރާތް ކޯޓުގެ އިމާރާތުގެ ތެރެއަށް ވެއްދުން.
  2. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސް ކުރިޔަށްގެންދާ ހާލަތުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ މުއްދަތު މަޖިލީހާ ގުޅައިލެވިފައިވާ ތަނަކަށް ހާޒިރުވުން.
  3. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބަންދުކުރި ބަންދުކުރުމާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިޔަށް ގެންދެވޭ ހާލަތުގައި، އެފަދަ މަޖިލީހަކަށް މީހާ ހާޒިރުކުރަން އެދި ކޯޓުން އަންގާ ގޮތެއްގެ މަތީން ނޯޓުކޮށްފައިވުން ނުވަތަ ރިކުއެސްޓް ކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ބަންދުކުރި ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކުރި ގަޑި، ކޯޓުގެ ކަމާބެހޭ މުވައްޒަފުން ރިކޯޑު ކުރަންވާނެއެވެ.

 

 

ދިހަވަނަ ބާބު

ތަރުޖަމާނުން ހަމަޖެއްސުން

 

61 ވަނަ މާއްދާ - ތަރުޖަމާނަކު ހަމަޖެއްސުން

(ހ) ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، ދައުވާލިބޭ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާ ހާލަތުގައި، ތަރުޖަމާނަކު ހަމަޖެއްސުމުގެ އިހްތިޔާރު، ދައުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ތަރުޖަމާނަކު ހަމަޖައްސައިފައި ނުވާނަމަ، ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ.

 

62 ވަނަ މާއްދާ - ތަރުޖަމާނުންގެ ގޮތުގައި ބަލައިގަނެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ 61 ވަނަ މާއްދާގެ ދަށުން ހަމަޖައްސާ ތަރުޖަމާނަކީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވައިލައިފައިވާ ތަރުޖަމާނުންގެ ދަފުތަރުގައި ހިމެނޭ ފަރާތެއް ނޫންނަމަ، އެ ފަރާތެއް ތަރުޖަމާނެއްގެ ގޮތުގައި ބަލައިގަތުމާމެދު ގޮތެއް ކަނޑައަޅާނީ މައްސަލަ ބަލާ ގާޒީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ތަރުޖަމާނެއްގެ ގޮތުގައި ބަލައިގަތުމާމެދު ގާޒީ ނިންމި ނިންމުން އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

63 ވަނަ މާއްދާ - ތަރުޖަމާނުންގެ ފީ

(ހ) ކޯޓުގެ ފަރާތުން ހަމަޖައްސާ ތަރުޖަމާނުންނަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ތަރުޖަމާނުންނަށް ފައިސާ ދޭނީ، ގަޑިއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުންނެވެ.
  2. ތަރުޖަމާނު މަސައްކަތްކުރި ވަގުތުގެ ގޮތުގައި ގުނާނީ، ކޯޓަށް ހާޒިރުވި ގަޑިން ފެށިގެން އޭނާ ހާޒިރުކުރި ބޭނުން ނިމުނު ގަޑިއާ ހަމައަށެވެ.
  3. ތަރުޖަމާނު ކޯޓުގައި ހޭދަކުރި ވަގުތު އެއްގަޑިއިރަށް ވުރެ ކުރުނަމަ ފައިސާ ދޭނީ، އެއްގަޑިއިރަށް ޖެހޭ އަދަދަށެވެ.
  4. ތަރުޖަމާނު ކޯޓުގައި ހޭދަކުރި ވަގުތު އެއްގަޑިއިރަށްވުރެ އިތުރުވާނަމަ، އިތުރުވާ ވަގުތަށް ފައިސާ ދޭނީ، ގަޑިއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން، މިނިޓަކަށް ޖެހޭ މިންވަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަމަޖައްސާ ތަރުޖަމާނު ށަރީއަތުގެ މަޖިލީހުގައި ބައިވެރިވެފައިވަނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކަމުގައި ވާނަމަ، ތަރުޖަމާނު މަސައްކަތްކުރި ވަގުތު ގުނާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ށަރީއަތުގެ އަޑުއެހުމުގައި ބައިވެރިވީ، ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ނުވަތަ މެޖިސްޓްރޭޓް ކޯޓެއް މެދުވެރިކޮށްނަމަ، އޭނާ އެމްބަސީއަށް ނުވަތަ ހައިކޮމިށަނަށް ނުވަތަ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވި ގަޑިން ފެށިގެން އޭނާ ހާޒިރުކުރި ބޭނުން ނިމުނު ގަޑިއާ ހަމައަށެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު ފިޔަވައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ތަރުޖަމާނު ބައިވެރިވާ ހާލަތުގައި ވަގުތު ގުނާނީ، އެ އަޑުއެހުމުގައި ބައިވެރިވި ގަޑިން ފެށިގެން އޭނާ އަޑުއެހުމުގައި ބައިވެރިކުރި ބޭނުން ނިމުނު ގަޑިއާ ހަމައަށެވެ.

 

64 ވަނަ މާއްދާ - ތަރުޖަމާނުންގެ ހާޒިރީ

(ހ) ކޯޓުގައި ހިންގާ ށަރީއަތްތަކާއި އަޑުއެހުންތަކަށް ހާޒިރުވާ ތަރުޖަމާނުން ކޯޓަށް ހާޒިރުވި ގަޑިއާއި، އޭނާގެ މަސައްކަތް ނިމުނު ގަޑި "ތަރުޖަމާނުންގެ ހާޒިރީ" ފޮތުގައި ލިޔެ، އޭނާ ލައްވައި ސޮއިކުރުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 63 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ތަރުޖަމާނު ހާޒިރުވި ގަޑި، އޭނާ ހާޒިރުވި ތަނެއް މެދުވެރިކޮށް ލިޔުމުން ހޯދުމަށްފަހު، "ތަރުޖަމާނުންގެ ހާޒިރީ" ފޮތުގައި ތަރުޖަމާނު ހާޒިރުވި ގަޑިއާއި، އޭނާގެ މަސައްކަތް ނިމުނު ގަޑި ލިޔެ، އެކަން ކަށަވަރުކުރި މުވައްޒަފު އެ ފޮތުގައި ސޮއިކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 63 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ތަރުޖަމާނު ހާޒިރުވި ގަޑިއާއި، މަސައްކަތް ނިމުނު ގަޑި "ތަރުޖަމާނުންގެ ހާޒިރީ" ފޮތުގައި ލިޔެ، އެކަން ކަށަވަރުކުރި މުވައްޒަފު އެ ފޮތުގައި ސޮއިކުރަންވާނެއެވެ.

 

 

އެގާރަވަނަ ބާބު

މައްސަލައިން ތަނާޒުލުވުން

 

65 ވަނަ މާއްދާ - މައްސަލައިން ތަނާޒުލުވުން

(ހ) ކޯޓުގެ ގާޒީއަކާ ހަވާލުކޮށްފައިވާ މައްސަލައަކުން އެ ގާޒީއަކު ތަނާޒުލުވާންޖެހޭ ސަބަބެއް މެދުވެރިވެއްޖެނަމަ، ތަނާޒުލުވުމަށް އެދި އިސްގާޒީއަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފޯމާއެކު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ތަނާޒުލުވާ މައްސަލައިގެ މައުލޫމާތު ސާފުކުރާ ފޯމު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައަކުން އިސްގާޒީ ތަނާޒުލުވާންޖެހޭ ހާލަތުގައި ތަނާޒުލުވާންޖެހޭ ސަބަބު ބަޔާންކޮށްފައި ހުށަހަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

 

66 ވަނަ މާއްދާ - ތަނާޒުލުވުމަށް އެދި ހުށަހަޅާ މައްސަލަތަކާ މެދުގައި ގޮތެއް ނިންމުން

(ހ) މައްސަލައަކުން ތަނާޒުލުވުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަމަށް އިސްގާޒީ ނުވަތަ ކޯޓު ހިންގުމާ ހަވާލުވެހުރި ގާޒީ ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އިސްގާޒީ ނިންމާ ނިންމުމަކީ ތަނާޒުލުވުން ބަލައިގަތުން ކަމަށް ވާނަމަ، އެ މައްސަލަ ބެލުން އެހެން ގާޒީއަކާ ހަވާލުކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - މައްސަލަ ބެލުން ހަވާލުވާ ގާޒީ އަމަލުކުރާނެ ގޮތް

މި ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަ ބެލުން އެހެން ގާޒީއަކާ ހަވާލުކޮށްފިނަމަ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް އެ މައްސަލަ ބެލުމުގެ އިހްތިޔާރު އެ މައްސަލަ ބަލާ ގާޒީއަށް ލިބިގެންވެއެވެ.

(ހ) އެހައިތަނަށް މައްސަލަ ކުރިޔަށް ގޮސްފައިވާ ހިސާބުން ފެށިގެން ކުރިޔަށް ގެންދިޔުން؛ ނުވަތަ

(ށ) އެ މައްސަލައިގެ ށަރީއަތް އަލުން ފަށައިގެން ކުރިޔަށް ގެންދިޔުން.

 

 

ބާރަވަނަ ބާބު

ކޯޓުގެ ހުރުމަތް ރައްކައުތެރިކުރުން

 

68 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ރައްކައުތެރިކުރުން

ކޯޓުން ބަލާ މައްސަލަތަކާއި އަޑުއެހުންތަކަށް ހާޒިރުކުރާ މީހުންނާއި، ހާޒިރުވެ ތިބޭ އެންމެން، ކޯޓުގެ އަމުރުތަކަށް ކިޔަމަންވެ، ށަރީއަތުގެ މަޖިލީހަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހައި ފަރާތްތަކުން، ކޯޓުގެ މިނިވަންކަން ރައްކައުތެރިކޮށްދީ، ކޯޓުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދިނުމުގައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތް ގޮތުންވެސް ކޯޓަށް އެހީތެރިވާންވާނެއެވެ. އަދި އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ގާޒީންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ.

 

69 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން

ކޯޓާއި، ކޯޓުގެ ގާޒީންނާއި، މުވައްޒަފުންގެ ހުރުމަތްކެނޑުމާއި، ކޯޓުގެ ކަރާމަތާއި ހައިބަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކުރުމަކީ ކުށެކެވެ.

 

70 ވަނަ މާއްދާ - ހިނގަމުންދާ ށަރީއަތްތަކާބެހޭ މައުލޫމާތު ހާމަކުރުން

ކޯޓުގައި ހިނގަމުންދާ ށަރީއަތްތަކާ ގުޅިގެން ހާމަކުރަންޖެހޭ ކަންތައްތައް ހާމަކޮށް، އާންމުންނަށް ބޭނުންވާ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނީ، ކޯޓުން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

71 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން މަނާކުރުން

ހިނގަމުންދާ ށަރީއަތަކާ ބެހޭގޮތުން، ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު މައުލޫމާތެއް އާންމުކުރުމަކީ ހުއްދަ ކަމެއް ކަމުގައި ވިޔަސް، އަންނަނިވި ހާލަތްތަކުގައި އެ މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެކެވެ.

(ހ) އާންމުކުރާ މައުލޫމާތަކީ އަމަލުކުރެވެމުންދާ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކުރާ ކަމަކަށް ވުން؛

(ށ) ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން، މަސްލަހަތު ރައްކައުތެރި ކުރުމަށް ޓަކައި، ށަރީއަތަކާބެހޭ އެއްވެސް މައުލޫމާތެއް އާންމުކުރުން ކޯޓުން މަނާކޮށްފައިވުން.

 

 

ތޭރަވަނަ ބާބު

ށަރީއަތް އަޑުއަހަން މީހުން ވެއްދުން

 

72 ވަނަ މާއްދާ - ށަރީއަތް އަޑުއަހަން ނަން ނޯޓުކުރުން

(ހ) ކޯޓުގެ ށަރީއަތުގެ މަޖިލިސް އަޑުއަހަން ވަންނަން އެދޭ ފަރާތްތަކުން އެ މަޖިލީހެއް އަޑުއަހަން ވަދެވޭނީ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކުން ކޯޓުގައި ނަން ނޯޓުކޮށްގެންނެވެ.

  1. ގަވާއިދު ނަންބަރު 2021-SC-REG-01 (ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު) ގައިވާ، "ށަރީއަތް އަޑުއަހަން ވަނުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކޮށް، ކޯޓަށް ހުށަހަޅައިގެން؛
  2. ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ކޯޓުން ކަނޑައަޅާ މެއިލް އެޑްރެހަކަށް އަންނަނިވި މައުލޫމާތު ހިމެނޭ އީ-މެއިލެއް ފޮނުވައިގެން.
    1. ފުރިހަމަ ނަން؛
    2. ދާއިމީ އެޑްރެސް؛
    3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
    4. ގުޅޭނެ ފޯނު ނަންބަރު؛
    5. އީމެއިލް އެޑްރެސް؛
    6. އަޑުއަހަން ވަންނަން ބޭނުންވާ މައްސަލައިގެ ގަޒިއްޔާ ނަންބަރު؛
    7. އަޑުއަހަން ވަންނަން ބޭނުންވާ ފަރާތަކީ ރާއްޖެއިން ބޭރު މީހެއްނަމަ، އެ މީހެއްގެ ޕާސްޕޯޓާއި ވާރކް ޕާމިޓުގެ ކޮޕީ؛
    8. އަޑުއަހަން ވަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ށަރީއަތުގެ މަޖިލިސް އަޑުއަހަން ވަންނަ ފަރާތްތައް ނަން ނޯޓުކުރުމަށް ކޯޓުން ކަނޑައަޅައި އާންމުކުރާ އެހެން ވަސީލަތެއް މެދުވެރިކޮށް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ "ށަރީއަތް އަޑުއަހަން ވަނުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅައިގެން ނަން ނޯޓުކުރަން އެދޭ ފަރާތްތަކުން، އެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ގަޑީގެ 15 (ފަނަރަ) މިނިޓުގެ ކުރިން، ކޯޓުގެ ކައުންޓަރަށް ފޯމު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ނަން ނޯޓު ކުރަން އެދޭ ފަރާތްތަކުން، އެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޯޓުން ކަނޑައަޅާ އީމެއިލް އެޑްރެހަކަށް މެއިލް ކުރަންވާނެއެވެ. އަދި އެ މެއިލް ލިބުނުކަން، އެ ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ނަން ނޯޓު ކުރަން އެދޭ ފަރާތްތަކުން އަމަލުކުރާނީ، ކޯޓުން ކަނޑައަޅައި އާންމުކުރާ ގޮތެއްގެ މަތީންނެވެ.

 

73 ވަނަ މާއްދާ - ށަރީއަތް އަޑުއެހުމަށް ވަނުމުގެ ފުރުސަތު ދިނުން

(ހ) ށަރީއަތް އަޑުއަހަން އަންނަ ފަރާތްތައް އެ ށަރީއަތަކަށް ވަނުމަށް ފުރުސަތު ދެވޭނީ، މި ގަވާއިދުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނަން ނޯޓުކުރާ ތަރުތީބުން، އެ މައްސަލައެއް ހިންގާ ށަރީއަތުގެ މާލަމުގެ ޖާގައޮތް މިންވަރަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ށަރީއަތްތައް އަޑުއަހަން ފުރުސަތު ދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތައް ފިޔަވައި، އާންމުކޮށް ހުޅުވައިލައިގެން ކުރިޔަށްގެންދާ އަޑުއެހުންތަކުގައި އެކަންޏެވެ.

 

74 ވަނަ މާއްދާ - އޮންލައިކޮށް ށަރީއަތުގެ އަޑުއެހުމުގައި ބައިވެރިކުރުން

(ހ) އޮންލައިކޮށް ކުރިޔަށްގެންދާ ށަރީއަތުގެ މަޖިލީހެއްގައި ބައިވެރިވުމަށް ނަން ނޯޓުކުރާނީ، މި ގަވާއިދުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް އޮންލައިކޮށް ށަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެ ފަރާތްތަކުން ތިބެންވާނީ، ށަރީއަތުގެ މަޖިލީހާ އެކަށީގެންވާ ތަނެއްގައި ވީޑިއޯ ޖައްސައިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އޮންލައިންކޮށް ށަރީއަތުގެ މަޖިލީހެއް އަޑުއެހުމަށް ދިވެހިރާއްޖޭގެ ރައްޔިތަކު ކަމުގައި ނުވާ މީހަކަށް، ރާއްޖެއިން ބޭރުގައި ހުރެގެން އެ އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ރ) އޮންލައިންކޮށް ށަރީއަތް އަޑުއެހުމުގައި ބައިވެރިވާ ފަރާތަކީ، ނޫސްވެރިއެއް ނަމަ، ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ބައިވެރިވާ ފަރާތެއް ނަމަ، ނުވަތަ މަދަނީ ޖަމްއިއްޔާއަކުން ބައިވެރިވާ ފަރާތެއް ނަމަ، ނޫސްވެރިންގެ ކާޑު ނުވަތަ އިދާރާގެ ލިޔުން، އަޑުއެހުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކޯޓަށް އީމެއިލް ކުރަންވާނެއެވެ.

(ބ) އޮންލައިންކޮށް ށަރީއަތް އަޑުއެހުމުގައި ބައިވެރިވާ މީހަކީ، މޫނު ނިވާކޮށްފައިވާ މީހެއްނަމަ، އެ މީހަކީ ކާކުކަން ކަށަވަރު ކުރުމަށް ޓަކައި އެ މީހަކާ އެއްޖިންސުގެ މުވައްޒަފަކަށް މޫނު ދައްކައި، އެ މީހަކީ ކާކުކަން ކަށަވަރުކުރުމަށްފަހު، އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

75 ވަނަ މާއްދާ - ނޫސްވެރިންނަށް ފުރުސަތުދިނުން

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޓީ.ވީ ސްޓޭށަންތަކާއި، ރޭޑިއޯ ޗެނެލްތަކާއި، ނޫސް، މަޖައްލާ ފަދަ ތަންތަނުން ކޯޓުގައި ހިނގަމުންދާ ށަރީއަތްތައް ކަވަރު ކުރުމަށް ޓަކައި، އެއިން ކޮންމެ ތަނަކަށް 2 (ދޭއް) ނޫސްވެރިންނަށް ފުރުސަތު ދެވޭނެއެވެ.

(ށ) ރަޖިސްޓަރީވެފައިވާ ނޫސްވެރިންނަށް ށަރީއަތް އަޑުއަހަން ވަނުމަށް ނަން ނޯޓުކޮށްފައިވާ ތަރުތީބަށް ބަލައި، ހަބަރުފަތުރާ ގިނަ ވަސީލަތްތަކަށް ފުރުސަތު ލިބޭނެ ގޮތުގެ މަތީން ޖާގައޮތް މިންވަރަކުން ހަމަހަމަ އުސޫލަކުން ށަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އެކަކަށްވުރެ ގިނަމީހުން ނަން ނޯޓުކޮށްފައިވާ ހާލަތުގައި ޖާގައިގެ ދަތިކަން ކުރިމަތިވެއްޖެނަމަ، ހަބަރު ފަތުރާ އިދާރާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ނޫސް އިދާރާއަކަށް ނިސްބަތްވާ އެކަކަށް ފުރުސަތު ދިނުމަކީ މަސްލަހަތު ހުރިގޮތްކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެގޮތަށް އަމަލު ކުރެވިދާނެއެވެ. 

(ރ) ކޯޓުގައި ހިނގަމުންދާ ށަރީއަތްތައް ކަވަރު ކުރުމަށް ޓަކައި ނޫސްވެރިން ނަން ނޯޓުކުރަންވާނީ، މި ގަވާއިދުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

76 ވަނަ މާއްދާ - ނޫސްވެރިންގެ ދަފުތަރު

ކޯޓުގައި ހިންގާ ށަރީއަތްތައް އަދުލުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި ހާމަކަމާއެކު ހިންގާކަން ކަށަވަރު ކޮށްދިނުމަށް ޓަކައި، ހަބަރު ފަތުރާ އިދާރާތަކުން ށަރީއަތުގެ މަޖިލީހުގައި ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ކޯޓުގައި ނޫސްވެރިންގެ ދަފުތަރެއް އެކުލަވައިލަންވާނެއެވެ.

 

77 ވަނަ މާއްދާ - ނޫސްވެރިން ރަޖިސްޓަރީ ކުރުން

(ހ) ށަރީއަތުގެ މަޖިލީހަށް ވަނުމަށް އެދޭ ނޫސްވެރިން، އެ ނޫސްވެރިއަކު ތަމްސީލުކުރާ އިދާރާ މެދުވެރިކޮށް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ "ކްރިމިނަލް ކޯޓުގައި ނޫސްވެރިން ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުން، އެ ނޫސްވެރިއަކު ކޯޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޯޓުގައި ނޫސްވެރިއެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓަރީވީކަމަށް ބެލެވޭނީ، ކްރިމިނަލް ކޯޓުން ދޫކުރާ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ނޫސްވެރިންގެ ކާޑު" ދޫކުރުމުންނެވެ.

 

78 ވަނަ މާއްދާ - ނޫސްވެރިން ދަފުތަރުން އުނިކުރުން

(ހ) މި ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ށަރީއަތުގެ މަޖިލީހަށް ވަނުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިއަކު، ތިރީގައިވާ ހާލަތްތަކުގައި ނޫސްވެރިންގެ ދަފުތަރުން އުނިކުރެވިދާނެއެވެ.

  1. ނޫސްވެރިންގެ ދަފުތަރުން އުނިކުރުމަށް އެ ނޫސްވެރިއަކު ނިސްބަތްވާ ޓީވީ ސްޓޭށަނަކުން ނުވަތަ ރޭޑިއޯ ޗެނެލަކުން ނުވަތަ ނޫހަކުން ނުވަތަ މަޖައްލާއަކުން އެދުން؛
  2. ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކުރުން؛
  3. ނޫސްވެރިޔާ މަސައްކަތްކުރި އިދާރާއަކުން ވަކިވުން ނުވަތަ ވަކިކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ނޫސްވެރިއަކު "ކްރިމިނަލް ކޯޓުގެ ނޫސްވެރިންގެ ދަފުތަރު'' އިން އުނިކޮށްފިނަމަ، އެ ފަރާތަކާ ހަވާލުކޮށްފައިވާ "ނޫސްވެރިންގެ ކާޑު" ބަންދު ނޫން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓާ ހަވާލު ކުރަންވާނެއެވެ.

 

79 ވަނަ މާއްދާ - ނޫސްވެރިން ރަޖިސްޓަރީވުމުން ދެވޭ ފަސޭހަތައް

"ކްރިމިނަލް ކޯޓުގެ ނޫސްވެރިންގެ ދަފުތަރު'' ގައި ރަޖިސްޓަރީވުމުން، އަންނަނިވި އިމްތިޔާޒުތައް، އެ ނޫސްވެރިންނަށް ކޯޓުން ދޭންވާނެއެވެ.

(ހ) ކޯޓުގައި ބާއްވާ ބައްދަލުވުންތަކާއި ކޯޓުން އިންތިޒާމު ކޮށްގެން ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ދިނުން؛

(ށ) ނިންމާ މައްސަލަތަކާއި، ހުށަހެޅޭ މައްސަލަތަކާއި އަމުރުތަކާ ގުޅޭގޮތުން ފޯރުކޮށްދެވެން ހުރި މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުން.

(ނ) ށަރީއަތުގެ މަޖިލީހުގައި ބޭނުންކުރުމަށް ކަރުދާހާއި ގަލަން ފަދަ ތަކެތި ފޯރުކޮށްދިނުން.

 

80 ވަނަ މާއްދާ - ދައުލަތުގެ މުއައްސަސާތަކަށް ށަރީއަތް އަޑުއެހުމަށް ފުރުސަތުދިނުން

(ހ) މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނައާއެކު، ދައުލަތުގެ މުއައްސަސާއަކުން، މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުންތައް މޮނިޓަރ ކުރުމަށް ބޭނުންވާ ހާލަތުގައި، އެ މުއައްސަސާއެއްގެ ފަރާތުން ހާޒިރުވާނެ ފަރާތުގެ ނަމާއި މަގާމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު އެނގޭގޮތަށް ލިޔުމަކުން އެދި ހުށަހެޅުމުން، އެ މުއައްސަސާއަކަށް ފުރުސަތު ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުއައްސަސާއަކަށް ފުރުސަތު ދެވޭނީ، މި ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނަން ނޯޓުކުރާ ތަރުތީބުން، ޖާގަ އޮތް މިންވަރަކުންނެވެ.

(ނ) ށަރީއަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތުން، އެ ފަރާތް ތަމްސީލުކުރާ ތަނުގެ ރަސްމީ ކާޑު، ކޯޓަށް ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ބޭނުންކުރުމަށް ކަރުދާހާއި ގަލަން ފަދަ ތަކެއްޗަށް އެދިއްޖެނަމަ، ކޯޓުން އެ ތަކެތި އެ ފަރާތްތަކަށް ފޯރުކޮށްދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން، އިލެކްޓްރޯނިކް ވަސީލަތްތައް ށަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދެވިދާނެއެވެ. މިގޮތުން ވެއްދޭ ވަސީލަތެއް ބޭނުންކޮށްގެން ށަރީއަތުގެ އަޑުއެހުން ރެކޯޑުކުރުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ބ) އާ ހިލާފުވެއްޖެނަމަ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި، އެ ފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

 

81 ވަނަ މާއްދާ - މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަށް ށަރީއަތް އަޑުއަހަން ފުރުސަތު ދިނުން

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކުން، މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުންތައް މޮނިޓަރ ކުރުމަށް ބޭނުންވާ ހާލަތުގައި، އެ ޖަމްއިއްޔާއެއްގެ ފަރާތުން ހާޒިރުވާ ފަރާތުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ހުށަހަޅައި، ށަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމުގެ ކުރިން ލިޔުމަކުން ކޯޓުގައި އެކަމަށް އެދުމުން، އެ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް އެ ފުރުސަތު ދެވިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ފުރުސަތު ދެވޭނީ، މި ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނަން ނޯޓުކުރާ ތަރުތީބުން، ޖާގަ އޮތް މިންވަރަކުންނެވެ.

(ނ) ށަރީއަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތުން، އެ ފަރާތް ތަމްސީލުކުރާ ތަނުގެ ރަސްމީ ކާޑު ނުވަތަ ލިޔުން ކޯޓަށް ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ބޭނުންކުރުމަށް ކަރުދާހާއި ގަލަން ފަދަ ތަކެއްޗަށް އެދިއްޖެނަމަ، ކޯޓުން އެ ތަކެތި އެ ފަރާތަކަށް ފޯރުކޮށްދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން، އިލެކްޓްރޯނިކް ވަސީލަތްތައް ށަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދެވިދާނެއެވެ. މިގޮތުން ވެއްދޭ ވަސީލަތެއް ބޭނުންކޮށްގެން ށަރީއަތުގެ އަޑުއެހުން ރިކޯޑުކުރުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ބ) އާ ހިލާފުވެއްޖެނަމަ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައިފައި، އެ ފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

 

82 ވަނަ މާއްދާ - އިލްމީ ބޭނުމަށް ށަރީއަތް އަޑުއަހަން ފުރުސަތު ދިނުން

(ހ) ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު، އިލްމީ ބޭނުމަށްޓަކައި، އަދި ގާނޫނީ ވަކީލުންގެ ގޮތުގައި ތަމުރީނު ހޯދަމުންދާ ފަރާތްތަކުން، ށަރީއަތުގެ އަޑުއެހުމަށް ވަންނަން ބޭނުންވާ ހާލަތުގައި، އެ ފަރާތުގެ ސްޓޫޑެންޓް ކާޑު ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ތަމުރީނު ހޯދަމުންދާކަން އެނގޭ ލިޔުމެއް ހުށަހެޅުމުން، ށަރީއަތް އަޑުއަހަން ވަނުމުގެ ފުރުސަތު ދެވިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފުރުސަތު ދެވޭނީ، މި ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނަން ނޯޓުކުރާ ތަރުތީބުން، ޖާގަ އޮތް މިންވަރަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ބޭނުންކުރުމަށް ކަރުދާހާއި ގަލަން ފަދަ ތަކެއްޗަށް އެދިއްޖެނަމަ، ކޯޓުން އެ ތަކެތި އެ ފަރާތްތަކަށް ފޯރުކޮށްދެވިދާނެއެވެ.

 

83 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ އަދަބުތައް ހިފެހެއްޓުން

(ހ) ށަރީއަތުގެ މަޖިލީހަށް އަޑުއަހަން ވަންނަ މީހުން ތިބެންވާނީ، އެ މަޖިލީހެއްގައި އަޑުއަހަން ވަންނަ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައެވެ.

(ށ) ށަރީއަތުގެ މަޖިލީހެއް އަޑުއަހަން ވަދެ ހުންނަ މީހަކަށް އެ މަޖިލީހެއްގައި ގާޒީ ސީދާ އެ މީހަކަށް ރައްދުކޮށް ކުރާ ސުވާލަކަށް ޖަވާބުދިނުން ފިޔަވައި އިތުރު އެއްވެސް ބަހެއް ބުނެ، އަޑުލައްވައި، ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް ކުރުމަކީ މަނާ ކަމެކެވެ.

(ނ) ށަރީއަތް އަޑުއަހަން ވަންނަ މީހާ ހުންނަންޖެހޭނީ ގަވާއިދު ނަންބަރު 2021-SC-REG-01 (ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދަ ހެދުމެއްގައެވެ.

(ރ) ށަރީއަތުގެ މަޖިލީހުގައި އެއްވެސް އެއްޗެއް ކައިބޮއި ހެދުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، ށަރީއަތުގެ އަދަބުތަކާ ހިލާފުނުވާނެ ގޮތެއްގެ މަތީން، ށަރީއަތުގައި ފެންބުއިން އިސްތިސްނާވެގެންވެއެވެ.

 

84 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހަށް ވެއްދުން މަނާ ތަކެތި

ތިރީގައި ބަޔާންކޮށްފައިވާ ތަކެތި، ކޯޓުގެ ހުއްދައެއް ނެތި، ށަރީއަތުގެ މަޖިލީހަށް ވެއްދުމަކީ މަނާކަމެކެވެ.

(ހ) ވީޑިއޯ ކެމެރާ، ފޮޓޯ ކެމެރާ؛ 
 
(ށ) ވޮއިސް ރެކޯޑަރ؛

(ނ) މަންޒަރާއި އަޑު ރިކޯޑުކުރެވޭ ފަދަ އެއްވެސް އެއްޗެއް؛

(ރ) މޯބައިލް ފޯނު؛

(ބ) އަތްދަބަސް، ޕާރސް، ވޮލެޓް ފަދަ ތަކެތި؛

(ޅ) އަވިއައިނު؛

(ކ) ތަޅުދަނޑިފަތި؛

(އ) ލައިޓަރު ފަދަ ތަކެތި؛

(ވ) ހަތިޔާރެއްކަމުގައި ބެލެވޭ ޒާތުގެ އެއްވެސް އެއްޗެއް؛

(މ) މީގެ އިތުރުން، އެ އެއްޗަކީ ށަރީއަތްކުރާ މާލަމަށް ނުވެއްދޭނެ އެއްޗެއްކަމަށް ކޯޓުން ކަނޑައަޅާ ކޮންމެ އެއްޗެއް.

 

85 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަން ދިނުން

(ހ) ށަރީއަތުގެ އަޑުއެހުންތަކާ ގުޅިގެން، ކޯޓަށް ހާޒިރުވާ، އަންނަނިވި ފަރާތްތަކަށް ކޯޓުން ހާއްސަ ރައްކައުތެރިކަން ދޭންވާނެއެވެ.

  1. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތައް؛
  2. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ފަރާތްތައް؛
  3. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ ފަރާތްތައް؛
  4. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތައް؛
  5. ވަޒީރުންގެ މަޖިލީހުގެ މެންބަރުން؛
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން؛
  7. ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުން؛
  8. މިނޫނަސް، އެ މީހަކީ ހާއްސަ ރައްކައުތެރިކަން ދޭންޖެހޭ މީހެއްކަމަށް ކޯޓަށް ފެނިއްޖެ ކޮންމެ މީހެއް.

(ށ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކަށް ހާއްސަ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ކޯޓުގެ އިދާރާއިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޯޓަށް ހާޒިރުވާ ފަރާތަކީ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުވާ ފަރާތެއްނަމަ، މި މާއްދާއިން އެ ފަރާތެއް އިސްތިސްނާވާނެއެވެ.

 

86 ވަނަ މާއްދާ - ކޯޓަށް ލިބިގެންވާ އިހްތިޔާރު

މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ފަރާތްތައް، ށަރީއަތް އަޑުއަހަން ނުވެއްދުމާއި، ށަރީއަތް ހިނގަމުންދާ ވަގުތު ށަރީއަތުގެ މަޖިލީހުން ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

 

ސާދަވަނަ ބާބު

ވެހިކަލް ބޭނުންކުރުން

 

87 ވަނަ މާއްދާ - ކްރިމިނަލް ކޯޓުގެ ވެހިކަލް

ކޯޓުގެ ދަތުރުތައް ކުރުމަށް ޓަކައި ބޭނުންކުރާނެ ވެހިކަލްތައް ހުންނަންވާނެއެވެ.

 

88 ވަނަ މާއްދާ - ވެހިކަލް ބޭނުންކުރުން

ކޯޓުގެ ވެހިކަލްތައް ބޭނުންކުރެވޭނީ، އިދާރީ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

 

89 ވަނަ މާއްދާ - ދަތުރުތައް ކުރުމުގެ އިންތިޒާމު ހަމަޖައްސައި، ދަތުރުތައް ކުރުވުން

ވެހިކަލުގައި ކުރާ ދަތުރުތައް އިންތިޒާމުކޮށް، ޑްރައިވަރުންނާ ދަތުރުތައް ހަވާލުކުރަމުން ގެންދާނީ، ކޯޓުގެ އިދާރީ ސެކްށަނުންނެވެ.

 

90 ވަނަ މާއްދާ - ދަތުރުތަކުގެ ލޮގް ބެލެހެއްޓުން

ކޮންމެ ވެހިކަލެއްގައި ވެސް އެ ވެހިކަލެއްގައި ކުރާ ދަތުރުތައް ނޯޓުކުރާނެ ލޮގެއް އޮންނަންވާނެއެވެ. އަދި ކޮންމެ ދަތުރެއް ނިމުމުން، އެ ލޮގު ފުރިހަމަކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

 

ފަނަރަވަނަ ބާބު

ތަފާސްހިސާބު ބެލެހެއްޓުމާއި އާންމުކުރުން

 

91 ވަނަ މާއްދާ - ތަފާސްހިސާބު ނެގުން

(ހ) ކޯޓުގެ ށަރުއީ ސެކްށަންތަކާއި އިދާރީ ސެކްށަންތަކުގެ އެންމެހައި މަސައްކަތްތައް އެނގޭނެހެން، ކޮންމެ މީލާދީ މަހެއްގެ ތަފާސްހިސާބު ނަގައި ކޯޓުން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަފާސްހިސާބު ނަގާނީ، ކޮންމެ މީލާދީ މަހެއް ނިމުމުން، ވިދިގެން އަންނަ މަހުގެ ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ. އަދި ތަފާސްހިސާބު ނެގުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފުން ރިޕޯޓެއް އެކުލަވައިލައި ގާޒީންގެ އާންމު މަޖިލިހަށް ހުށަހެޅުމަށް އިސްގާޒީއަށް ފޮނުވަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތާފާސްހިސާބު ނެގުމުގެ ކަންކަން ނިންމުމަށްފަހު، ކޯޓުގެ ވެބްސައިޓުގައި ށާއިއުކޮށް އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތާއި އެނޫންވެސް އިތުރު މައުލޫމާތު ހިމަނަންޖެހޭނަމަ، އެ މައުލޫމާތު ހިމެނުމަށްފަހު، ކޮންމެ މީލާދީ އަހަރެއްގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓެއް، ތަފާސްހިސާބު ނެގުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފުން އެކުލަވައިލަންވާނެއެވެ. އަދި އެ ރިޕޯޓު، ގާޒީންގެ އާންމު މަޖިލިހަށް ހުށަހެޅުމަށް އިސްގާޒީއަށް ފޮނުވަންވާނެއެވެ.

(ބ) ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ފަހު ދުވަހުގެ ކުރިން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލައި ކޯޓުގެ ވެބްސައިޓުގައި ށާއިއުކޮށް އާންމު ކުރަންވާނެއެވެ.

 

92 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ތަފާސްހިސާބު ފޮނުވުން

(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޮނުވުމަށް އަންގާ މައުލޫމާތުތައް، މި ބާބުގައި ބަޔާންކޮށްފައިވާ ރިޕޯޓުތަކުގައި ހިމަނަންވާނެއެވެ.

(ށ) ކޯޓުގެ ތަފާސްހިސާބުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބޭނުންވާ ތަފާސްހިސާބުތައް، އެ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

 

ސޯޅަވަނަ ބާބު

މައުލޫމާތު ހާމަކުރުން

 

93 ވަނަ މާއްދާ - ކޯޓުން މައުލޫމާތު ހާމަކުރުން

(ހ) ކޯޓުން ހާމަކުރަންޖެހޭ އެންމެހައި މައުލޫމާތު މީޑިއާއަށް ހާމަކުރަންވާނީ، އިސްގާޒީގެ އިރުށާދާއެކު، ކޯޓުގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ނެތް ހާލަތުގައި، ކޯޓުގެ އިސްގާޒީ ކަނޑައަޅާ މުވައްޒަފެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ވަކި މައްސަލައަކާ ގުޅުންހުރި ކަމެއްގައި މީޑިއާއަށް މައުލޫމާތު ހާމަކުރާނަމަ ހާމަކުރަންވާނީ، އެ ގާޒީއެއްގެ އިރުށާދުގެ މަތީންނެވެ.

(ނ) ކޯޓުގެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، ކޯޓުގެ ހުއްދަނެތި، އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މަނާކަމެކެވެ.

 

94 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ކޯޓުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ އެއްވެސް މައުލޫމާތެއްގެ ނުވަތަ އަދާކުރާ ވަޒީފާގެ ބޭނުން، ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ ހާސިލުކޮށްދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

95 ވަނަ މާއްދާ - ދަށު މަރުހަލާގެ ކޯޓުތަކުން އެދިގެން އެހީތެރިކަން ފޯރުކޮށްދިނުން

(ހ) ދަށު މަރުހަލާގެ ކޯޓުތަކުން ޖިނާއީ މައްސަލަތައް ބެލުމުގައި ބޭނުންވާ ފޯމުތަކާއި އަމުރުތަކާއި ނިންމުންތަކުގެ ސާމްޕަލްތައް ފަދަ ލިޔެކިޔުންތައް، ކޯޓުން ފޯރުކޮށްދޭން ވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ސާމްޕަލް ފޯރުކޮށްދޭނީ، ދަށު މަރުހަލާގެ ކޯޓަކުން އެކަމަށް އެދި ހުށަހެޅުމުންނެވެ.

 

96 ވަނަ މާއްދާ - ދަށުމަރުހަލާގެ ކޯޓަކުން ލިޔެކިޔުން ހޯދަން އެދި ހުށަހަޅާނެ ގޮތް

(ހ) ދަށުމަރުހަލާގެ ކޯޓަކުން، މި ގަވާއިދުގެ 95 ގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ހޯދަން އެދި ހުށަހަޅާނީ، ޖެމްސް މެދުވެރިކޮށް، ދަށު މަރުހަލާގެ ކޯޓުން ފޮނުވާ މެސެޖަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މެސެޖެއް ލިބުމުން، ލަސްވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މެސެޖަށް ޖަވާބެއް ފޮނުވަންވާނެއެވެ.

(ނ) ދަށު މަރުހަލާގެ ކޯޓުތަކުން ފޮނުވާ މެސެޖްތަކަށް ޖަވާބު ފޮނުވާނީ، ކޯޓުގެ ރަޖިސްޓްރާރގެ ސެކްށަނުންނެވެ.

 

97 ވަނަ މާއްދާ - ދަށުމަރުހަލާގެ ކޯޓުތަކުން ފޮނުވާ މެސެޖްތަކާއި އޭގެ ޖަވާބުގެ ރިކޯޑު ބެލެހެއްޓުން

ދަށު މަރުހަލާގެ ކޯޓުތަކުން ފޮނުވާ މެސެޖްތަކާއި އޭގެ ޖަވާބު، ރަޖިސްޓަރާރގެ ސެކްށަނުން ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތުތަކަކީ ކޯޓުގެ ތަފާސްހިސާބުގެ ތެރޭގައި ބަލަހައްޓައި ހާމަކުރަންވާނެ މައުލޫމާތުތަކެކެވެ.

 

98 ވަނަ މާއްދާ - މީސްމީޑިއާގައި ކޯޓުގެ މައުލޫމާތު ހާމަކުރުން

(ހ) މީސްމީޑިއާ މެދުވެރިކޮށް، ކޯޓުގެ މަސައްކަތާއި، ކޯޓާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ކޯޓުން ބާރުއެޅުމުގެ ގޮތުން، މީސްމީޑިއާ މަންސަތަކުގައި ކޯޓުގެ އެކައުންޓް ހުޅުވަންވާނެއެވެ.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަންސަތަކުގެ އެކައުންޓްތައް ބަލަހައްޓައި މައުލޫމާތު ހާމަކުރާނީ، ކޯޓުގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ނެތް ހާލަތުގައި، ކޯޓުގެ އިސްގާޒީ ކަނޑައަޅާ މުވައްޒަފެކެވެ.

 

99 ވަނަ މާއްދާ - މީސްމީޑިއާ މެދުވެރިކޮށް ކޯޓުގެ މައުލޫމާތު ހާމަކުރުމުގެ ދާއިރާ

އަންނަނިވި މައުލޫމާތުތައް، މީސްމީޑިއާ މެދުވެރިކޮށް ހާމަކުރަންވާނެއެވެ.

(ހ) ކޯޓާއި ކޯޓުގެ މަސައްކަތާ ގުޅޭ އާންމު މައުލޫމާތު.

(ށ) ކޯޓުގެ ދުވަހު ތާވަލު.

(ނ) ކޯޓުގެ ތަފާސްހިސާބު.

(ރ) ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ މައުލޫމާތު.

(ބ) ކޯޓުގެ މުވައްޒަފުންގެ އިޖުތިމާއީ ހަރަކާތްތަކާ ގުޅޭ މައުލޫމާތު.

 

100 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުން

ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ހުށަހަޅާ ފޯމުތަކާ ގުޅިގެން ކޯޓުން ޖަވާބުދާރީވާނީ، ކޯޓުގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ނެތް ހާލަތުގައި އިސް ގާޒީ ކަނޑައަޅާ މުވައްޒަފެކެވެ.

 

 

ސަތާރަވަނަ ބާބު

ކޯޓުން ކުރާ އިލްމީ މަސައްކަތްތައް

 

101 ވަނަ މާއްދާ - އިލްމީ މަސައްކަތް ރާވައި ހިންގުން

(ހ) ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަކޮށް، އަދި އަދުލުގެ ނިޒާމު އާންމުކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް ކޯޓުން އިލްމީ މަސައްކަތް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކުރާނީ، އިސްގާޒީގެ ބިއުރޯއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތްތަކުގެ ރިކޯޑު، އިސްގާޒީގެ ބިއުރޯއިން ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތުތައް، ކޯޓުގެ ތަފާސްހިސާބުގެ ތެރޭގައި ހިމަނައި ހާމަކުރަންވާނެއެވެ.

 

102 ވަނަ މާއްދާ - ބިލުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމެންޓް ފޮނުވުން

(ހ) ބިލުތަކަށާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ކޮމެންޓް ފޮނުވައިދިނުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތަކުގެ ރިކޯޑާއި، އެކަމާ ގުޅިގެން ކޯޓުން ކުރާ އެންމެހައި މަސައްކަތްތަކުގެ ރިކޯޑު، އިސްގާޒީ ބިއުރޯއިން ބަލަހައްޓަން ވާނެއެވެ.

(ށ) ކޮމެންޓް ކުރުމަށް ޓަކައި ކޯޓަށް ހުށަހެޅޭ ހުށަހެޅުންތައް ވިލަރެސްކުރާނީ، އިސްގާޒީގެ ބިއުރޯއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފަކެވެ. އަދި ހުށަހެޅުންތަކަށް ކޮމެންޓް ކުރުމަށް ޓަކައި ހަވާލުކުރާނީ، ކޯޓުގައި މަސައްކަތްކުރާ ހުރިހާ ލީގަލް އޮފިސަރުން ހިމެނޭ ހާއްސަ ދަފުތަރަކުން، އެ ދަފުތަރުގައިވާ ތަރުތީބުން، ލީގަލް އޮފިސަރުންނާއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފުތަރު ބަލަހައްޓާނީ، އިސްގާޒީގެ ބިއުރޯއިންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމެންޓް ކުރުމަށް ލީގަލް އޮފިސަރާ ހަވާލުކުރެވޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމެންޓްކޮށް ނިންމައި، ގާޒީންނާ މަށްވަރާކުރުމަށް ބައްދަލުކުރަންވާނެއެވެ.

(ބ) ގާޒީންގެ މަށްވަރާގެ މަތިން ކޮމެންޓްތައް ނިންމައި، ލަސްނުކޮށް، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް، އިސްގާޒީގެ ބިއުރޯއިން ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ލީގަލް އޮފިސަރުންނާ ހަވާލުކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތް ނިންމައިފައިވާ ގޮތް އެނގޭނޭހެން ލިޔުމުން ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔުން ދޫކުރާނީ، ކޮންމެ އަހަރެއްގެ އަހަރީ ޖަލްސާގައެވެ. އަދި ލީގަލް އޮފިސަރުން އެ ލިޔުމަށް އެދިއްޖެނަމަ، ކޯޓުން އެ ލިޔުން ދޫކުރަންވާނެއެވެ.

 

 

އަށާރަވަނަ ބާބު

އާންމު މާއްދާތައް

 

103 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތް

މި ގަވާއިދުގައި ހިމެނިފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމަކަށް ގޮތެއް ކަނޑައަޅާނީ، ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުންނެވެ.

 

104 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއްކަމުގައި ކަނޑައެޅުން

މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.

 

105 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން މި ކޯޓުން އަމަލުކުރަމުންދިޔަ އިދާރީ ހިންގުމާ ގުޅޭ އެންމެހައި އުސޫލުތައް ބާތިލުވާނެއެވެ.

 

106 ވަނަ މާއްދާ - ގަވާއިދު މުރާޖައާކުރުން

ކޮންމެ އަހަރެއްގެ ފެބުރުވަރީމަހުގެ ފަހު ދުވަހުގެ ކުރިން މި ގަވާއިދު މުރާޖައާ ކުރަންވާނެއެވެ. އަދި ފާއިތުވި އަހަރު ގާޒީންގެ އާންމު މަޖިލިހުން ނިންމައިފައިވާ ނިންމުންތަކާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މި ގަވާއިދަށް ގެންނަންޖެހޭ އުނިއިތުރުތައް ކޯޓުން ގެންނަންވާނެއެވެ.

 

މައި ގާނޫނު

  1. ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)
  2. ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު