-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 96/2021)

 

ގަވާއިދު ނަންބަރު 35/2012 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012) އަށް ތިރީގައިވާ އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު 8

ކަސްޓަމްސް އޮފިސަރުންގެ މަގާމުގެ ށަރުތުތައް

 

މަގާމު /  ށަރުތުތައް

 

(ހ)އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ

ޖީ. ސީ. އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛

(ށ) ކަސްޓަމްސް އޮފިސަރ ގްރޭޑް 1

  1. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް) އިންސައްތަ ލިބިފައިވުން.
    ޖީ. ސީ. އީ އޭ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން "އީ" ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.  މި ށަރުތަށް ރިއާޔަތްކުރާނީ، މި ގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާލަތުގައި؛ ނުވަތަ

 
(ނ) ކަސްޓަމްސް އޮފިސަރ ގްރޭޑް 2

  1. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު  %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  6. އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު އުޅެފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

(ރ) ކަސްޓަމްސް އޮފިސަރ ގްރޭޑް 3

  1. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު  %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު އުޅެފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

(ރ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ ލެވެލް 6 (ހައެއް) ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން. މި ށަރުތަށް ރިއާޔަތް ކުރާނީ، މި ގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާލަތުގައި؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  6. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  7. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު އުޅެފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުމާއި، މި ޖަދުވަލުގެ (ނ) ގެ (6) ވަނަ ނަންބަރުގެ ދަށުން ނުވަތަ (ރ) ގެ (5) ވަނަ ނަންބަރުގެ ދަށުން މަގާމުގެ ކުރިއެރުން ލިބިފައި ނުވުން.

 (ޅ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2

  1. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 (ކ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3

  1. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 (އ) ޗީފް ކަސްޓަމްސް އޮފިސަރ

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން. މި ށަރުތަށް ރިއާޔަތް ކުރާނީ، މި ގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާލަތުގައި؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  6. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 (ވ) ސުޕްރިންޓެންޑެންޓް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން. މި ށަރުތަށް ރިއާޔަތް ކުރާނީ،  މި ގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާލަތުގައި؛ ނުވަތަ
  2. ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 4 (ހަތަރު) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް) އިންސައްތަ ލިބިފައިވުން.

 (މ) ސީނިއަރ ސުޕްރިންޓެންޑެންޓް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން. މި ށަރުތަށް ރިއާޔަތްކުރާނީ، މި ގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާލަތުގައި؛
  2. ނުވަތަ ސުޕްރިންޓެންޑެންޓުގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ސުޕްރިންޓެންޑެންޓުގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ސުޕްރިންޓެންޑެންޓުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ސުޕްރިންޓެންޑެންޓުގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  6. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި މަދުވެގެން 12 (ބާރަ) އަހަރުދުވަހު އުޅެފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ފ) ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް

  1. ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  5. ސުޕްރިންޓެންޑެންޓުގެ މަގާމުގައި މަދުވެގެން 12 (ބާރަ) އަހަރުދުވަހު އުޅެފައިވުމާއި،  ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 (ދ) ޗީފް ސުޕްރިންޓެންޑެންޓް

  1. ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ނުވަތަ ލެވެލް 10 ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  4. ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ( ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި މަދުވެގެން 12 (ބާރަ) އަހަރުދުވަހު އުޅެފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖު %75 (ހަތްދިހަ ފަހެއް އިންސައްތަ( ލިބިފައިވުން.

(ތ) އެސިސްޓެންޓް ކޮމިށަނަރ އޮފް ކަސްޓަމްސް

  1. ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމެއްގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5، ނުވަތަ ލެވެލް 6، ނުވަތަ ލެވެލް 7، ނުވަތަ ލެވެލް 8 ގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމެއްގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ނުވަތަ ލެވެލް 10 ގެ ކޯހެއް ފުރިހަމަ ކޮށްފައި ވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  3. ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 

ސަޕޯޓް ސަރވިސް މުވައްޒަފުންގެ މަގާމުގެ ށަރުތުތައް

މަގާމު - ށަރުތުތައް

(ލ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލުކަން ލިބިފައިވުން.

 

(ގ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް) އިންސައްތަ ލިބިފައިވުން.
  1.  

(ޏ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރު) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން. 

(ސ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން.

(ޑ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 5

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4 ގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވުރޭޖު %75 (ހަތްދިހަ ފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 5 ގެ މަގާމުގެ އެވުރޭޖު ޕަރފޯމަންސް މާކުހުގެ އިތުރަށް %10 (ދިހައެއް އިންސައްތަ) ލިބިފައިވުން

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު