-

ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 71/2021) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 91/2021)

 

ގަވާއިދު ނަންބަރު 71/2021 (ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

2.(ރ)

  1. ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކަނޑައެޅުމަށް ހުށަހަޅާ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ފަޅުގެ ސަރަޙައްދު ފާހަގަކޮށްފައިވާ ޖިއޯރިފަރަންސްޑް ޗާޓު.

 

2 ވަނަމ  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 71/2021)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު