-

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-90)

 

ގަވާއިދު ނަންބަރު 2016-57 (އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

6.އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތުން އާންމުކޮށް ހިއްސާ ވިއްކުމަށް ނުވަތަ ޔުނިޓް ވިއްކުމަށް ހުޅުވައިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 (ދިހައެއް) ޕާޓްނަރުންނަށްވުރެ މަތީ އަދަދަކަށް ޕާޓްނަރުން ހިމެނޭ ޕާޓްނަރޝިޕްއަކަށެވެ. ނަމަވެސް، ސަރުކާރުގެ %100 (ސައްތައިން ސައްތަ)  ހިއްސާ އޮތް ކުންފުންޏަކުން ފަންޑެއް އުފައްދާނަމަ، މި މައްދާއަށް އަމަލުކުރުން އިސްތިސްނާވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު