-

ފުލުހުންގެ ސުލޫކީ މިންގަނޑު ގެ ގަވާއިދު

(ގަވާއިދު ނަންބަރު 89/2021) 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ އިދުމަތުގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، އެ ގާނޫނުގެ 133 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، ''ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވާއިދު'' އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ފުލުހުންގެ އިދުމަތް ބިނާވެފައިވާ އަސާސްތަކާއި ހަމަތަކާއި މިންގަނޑުތައް ކަނޑައެޅުމާއެކު، ފުލުހުންގެ އިދުމަތް ދޭއިރު، އެ އަސާސްތަކާއި ހަމަތަކާއި މިންގަނޑުގެ ދަށުން އިދުމަތް ދިނުމުގައްޔާއި، ފުލުހެއްގެ ވާޖިބު އަދާކުރުމުގައްޔާއި، ކޮންމެ ފުލުހެއްގެ ޒާތީ ދިރިއުޅުމުގައި ވެސް، އެ ފުލުހެއްގެ އަމަލުތައް ބަހައްޓަންޖެހޭ ހަމަތަކާއި، ހިފަހައްޓަންޖެހޭ އައުލާގީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ފަރުދީ ޒިންމާ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް އަހުލުވެރިވެ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އައްލާގީ ހަމަތަކާއި ސުލޫކީ ހަމަތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ޒިންމާއެކެވެ.

 

4 ވަނަ މާއްދާ -އާންމު ސުލޫކީ މިންގަނޑުތައް

ދިވެހި ފުލުހުންގެ އިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކު ވެސް، އެ މީހެއްގެ ވާޖިބު އަދާކުރުމުގައްޔާއި، ޒާތީ ދިރިއުޅުމުގައި، އަންނަނިވި އާންމު ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން.

(ށ) ކޮންމެ މީހެއްގެ ވެސް، އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކައުތެރިކުރުން.

(ނ) ކޮންމެ މީހެއްގެ ވެސް އިންސާނީ ގަދަރާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުން.

(ރ) އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާމެދު ރަހުމުކުޑަ ނުވަތަ ލާއިންސާނީ ނުވަތަ އިހާނެތި ގޮތަކަށް އަމަލު ނުކުރުމާއި، އެހެން މީހަކު ލައްވާވެސް، އެފަދަ ގޮތަކަށް އަމަލުނުކުރުވުމާއި، އެހެން މީހަކު އެފަދަ ގޮތަކަށް އަމަލުކުރާނަމަ، އެކަން ހުއްޓުވުމަށް މަސައްކަތްކުރުން.

(ބ) މުޖުތަމައުގެ ފަރުދުންނާ މުއާމަލާތުކުރުމުގައި އިޖުތިމާއީ ހަމަތަކާއި އައުލާގީ   ހަމަތަކުގެ މަތީން، ރީތިބަހުން ވާހަކަދައްކައި، އޯގާތެރިކަމާއި އިހްތިރާމާއެކު މުއާމަލާތުކުރުން.

(ޅ) ހުރިހާ ހާލަތެއްގައި ވެސް، ކޮރަޕްށަނާއި ފަސާދައިގެ އަމަލުތަކާ ދުރުވެ ތިބުމާއި،  އެފަދަ އަމަލަކަށް ހިތްވަރު ލިބިދާނެ ފަދަ އެންމެހައި ކަންތައްތަކުން ދުރުވުން.

(ކ) ހުރިހާ ހާލަތެއްގައި ވެސް، އަންހެނުންނާއި، ކުޑަކުދީންނާއި، ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނާއި، އާއްސަ އަޅައިލުމާ ރައްކައުތެރިކަން ބޭނުންވާ މީހުންނާއި، ކުށުގެ ށިކާރައަކަށް ވެފައިވާ މީހުންނާއި،  އެ ފަރާތްތަކުގެ ބޭނުންތަކާއި އިހުސާސްތަކަށް ރިއާޔަތްކޮށް، އޯގާތެރިކަމާއެކު މުއާމަލާތުކުރުން.

(އ) ވަޒީފާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ފުށުއަރާ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ވ) ދިވެހި ފުލުހުންގެ އިދުމަތުގެ މުދަލާއި ވަސީލަތްތަކަށް ގެއްލުން ނުދިނުން.

(މ) ދިވެހި ފުލުހުންގެ އިދުމަތުގެ މުދަލާއި ވަސީލަތްތައް، ގާނޫނާއި ގަވާއިދާ އިލާފަށް ބޭނުން ނުކުރުމާއި، އިސްރާފު ނުކުރުން.

(ފ) އާންމު ކޮންމެ މީހަކަށް ވެސް ލިބޭ އުސޫލަކުން ލިބެން އޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ފިޔަވައި، އެހެން ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މާއްދީ މަންފާއެއް ނުވަތަ މާލީ މަންފާއެއް، އެއްވެސް ފަރާތަކުން ނުހޯދުމާއި، އެއްވެސް ފަރާތަކަށް އެފަދަ އެހީއެއް ހޯދުމަށް ހުށަނޭޅުން.

(ދ) އެއްވެސް މީހަކާމެދު، ގޯނާކުރުމާއި ފުރައްސާރަކުރުމުގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމާއި، އެފަދަ ކަންކަން ހުއްޓުވުމަށް ހެދިފައިވާ އެންމެހައި ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

(ތ) އެއްވެސް މީހަކާމެދު ޖިންސީ ފުރައްސާރަކުރުމުގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމާއި، އެފަދަ ކަންކަން ހުއްޓުވުމަށް ހެދިފައިވާ އެންމެހައި ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

(ލ) ސިޔާސީ އެއްވެސް ފިކުރަކަށް ތާއީދުނުކުރުމާއި، ތާއީދުކުރާކަން ނުވަތަ ތާއީދު ނުކުރާކަން ދޭހަވާފަދަ އެއްވެސް ކަމެއް، ބަހާއި އަމަލުން ނުދެއްކުން.

(ގ) ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭފަދަ ތަފާތު އެކި ކަންކަމަށް ތާއީދު ނުކުރުމާއި، ތާއީދުކުރާކަން ނުވަތަ ތާއީދުނުކުރާކަން ދޭހަވާފަދަ ކަމެއް، ބަހާއި އަމަލުން ނުދެއްކުން.

(ޏ) އެއްވެސް މީހެއްގެ ކިބައިން، ގާނޫނާއި ގަވާއިދާއި އުސޫލުތަކާ އިލާފު ނުވަތަ ނާޖާއިޒުކަމެއް ކުރުމަށް ނޭދުން.

(ސ) ދިވެހި ފުލުހުންގެ އިދުމަތުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި، އެއްވެސް ހައިސިއްޔަތަކުން ނުކުރުން.

(ޑ) ވަޒީފާގެ ހައިސިއްޔަތުން ވެސް އަދި އަމިއްލަ ހައިސިއްޔަތުން ވެސް ކުރާ ކޮންމެ ކަމެއްގައި ތެދުވެރިވުމާއި، ތިމާގެ އިއްލާސްތެރިކާމެދު ސުވާލު އުފެދޭ ފަދަ އަމަލެއް ނުކުރުން.

(ޒ) މި ގަވާއިދުގައި ބަޔާންވެގެންވާ ސުލޫކީ މިންގަނޑުތަކާ އިލާފު އަމަލެއް، އެއްވެސް ފަރާތަކުން ކުރާނަމަ، އެ ކަމެއް ރިޕޯޓްކުރުމާއި، އެ ކަމެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

 

5 ވަނަ މާއްދާ - އާއްސަ ސުލޫކީ މިންގަނޑުތައް

ދިވެހި ފުލުހުންގެ އިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކު ވެސް، އެ މީހެއްގެ ވާޖިބު އަދާކުރުމުގައި، އަންނަނިވި އާއްސަ ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ދިވެހި ފުލުހުންގެ އިދުމަތް ފޯރުކޮށްދިނުމުގައި، ވަކި މީހެއްގެ ނަސްލަށް ނުވަތަ އުފަންވި ގައުމަށް ނުވަތަ ގައުމީ ނިސްބަތަށް ނުވަތަ ކުލައަށް ނުވަތަ ސަގާފަތަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބެލުމެއްނެތި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިދުމަތް ފޯރުކޮށްދިނުން.

(ށ) ދިވެހި ފުލުހުންގެ އިދުމަތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކިފަރާތަކަށް ނުޖެހި، އެއްވެސް ނާޖާއިޒު ނުފޫޒެއްނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުން.

(ނ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި، ގަވާއިދާ އިލާފުނުވާ ގޮތުގެ މަތީން ދިވެހި ފުލުހުންނަށް ކުރާ އަމުރުތަކާއި، އަންގާ އެންގުންތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވުން.

(ރ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި، ގަވާއިދާ އިލާފު އަމުރެއް އެއްވެސް ފަރާތަކަށް ނުކުރުން.

(ބ) ވަކި ފަރާތަކަށް ނުޖެހި، ނުފޫޒުން އެއްކިބާވެ ހުރެ، އަދުލުވެރިކަމާއެކު، ބާރާއި އިއްތިޔާރުގެ ބޭނުންކުރުން.

(ޅ) ދިވެހި ފުލުހުންގެ އިދުމަތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ތެދުވެރިކަމާއި އިއްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުން.

(ކ) ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ތަހުގީގުކުރެވޭ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ފަރުވާތެރިވެ، އެފަދަ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ހިމާޔަތްކޮށްދިނުން.

(އ) ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ތަހުގީގުކުރެވޭ މީހުންނާ މުއާމަލާތް ކުރުމުގައި ޒާތީ ތައައްސުބުން އެއްކިބާވެ، އިހްތިރާމާއެކު މުއާމަލާތު ކުރުން.

(ވ) ފުލުހުންނަށް ލިބިފައިވާ ބާރު (ޔޫސް އޮފް ފޯސް) ގެ ބޭނުންކުރުމުގައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ ހާލަތާ އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުންކުރުމާއި، ބާރުގެ ބޭނުންކުރި ގޮތާމެދު ޖަވާބުދާރީވުން.

(މ) އެއްވެސް މީހަކަށް ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުނުދެއްކުން.

(ފ) ވަޒީފާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުމާއި، މަސްލަހަތު ފުށުއަރާފަދަ އެއްވެސް ބާވަތެއްގެ ކަމެއްވާނަމަ، ވަގުތުން އެކަން ރިޕޯޓުކުރުން.

(ދ) ދިވެހި ފުލުހުންގެ އިދުމަތުގެ ވަޒީފާގެ ހައިސިއްޔަތުން ލިބޭ މައުލޫމާތާއި، ހޯދާ މައުލޫމަތު ނަހަމަގޮތުގައި ބޭނުންނުކުރުމާއި، ގާނޫނީގޮތުން އެ މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާ ހިއްސާނުކުރުން.

(ތ) ދިވެހި ފުލުހުންގެ އިދުމަތުގެ ވަޒީފާގެ ހައިސިއްޔަތުން ލިބޭ ބާރާއި އިއުތިޔާރުގެ ބޭނުންކޮށްގެން، ހަވާލުކުރެވިފައިވާ މަސައްކަތުގެ މަސްއޫލިއްޔަތުގެ ބޭރުން މައުލޫމާތު ނުހޯދުން.

(ލ) ދިވެހި ފުލުހުންގެ އިދުމަތުގެ ވަޒީފާގެ ހައިސިއްޔަތުން ލިބޭ، މީހުންގެ ޒާތީ މައުލޫމާތުތަކަށް ހުރުމަތްތެރިކޮށް ހިތުން.

(ގ) ދިވެހި ފުލުހުންގެ އިދުމަތުގެ ވަޒީފާގެ ހައިސިއްޔަތުން ލިބޭ ބާރާއި އިއުތިޔާރުގެ ބޭނުންކޮށްގެން، ގާނޫނީގޮތުން އެކަށީގެންވާ ސަބަބެއްނެތި މީހުންގެ ޒާތީ ދިރިއުޅުމާ ގުޅުންހުރި މައުލޫމާތުތައް ނުހޯދުމާއި، އެހެން މީހުންނާ ހިއްސާނުކުރުން.

(ޏ) ދިވެހި ފުލުހުންގެ އިދުމަތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މަސްލަހަތު ފުށުއަރާކަމެއް މެދުވެރިވެއްޖެނަމަ، ސުޕަވައިޒަރަށް އެކަން އެންގުން.

(ސ) ފުލުހުންގެ ތެރެއިން އެކަކު އަނެކަކާ އާއިލީ ގުޅުމެއް އޮތް ނަމަ، އެފަދަ މީހަކު، އެކަކު އަނެކަކުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ވަޒަންކުރުމާއި، އެކަކު އަނެކަކުގެ މަސްލަހަތު ހިމެނޭފަދަ ކަންކަމުގައި ބައިވެރި ނުވުން.

(ޑ) ފުލުހުންގެ މެދުގައި ޕްރޮފެށަނަލް ގުޅުން ބޭއްވުމާއި، ވަކި ފުލުހަކާމެދު ނުވަތަ ފުލުހުންތަކަކާމެދު ވަކި ނަޒަރަކުން ދެކި ތަފާތު ގޮތަކަށް އެ ފަރާތްތަކާމެދު އަމަލު ނުކުރުން.

(ޒ) ފުލުހުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އަސާސްތަކާއި މިންގަނޑުތަކަށް އަމަލުކުރުމުގައި، ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން މި ގަވާއިދަށް އަހުލުވެރިކުރުވުމާއި، ނަމޫނާ ދެއްކުމާއި، އެކަމަށް ބާރުއެޅުން.

(ޓ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ދިވެހި ފުލުހުންގެ އިދުމަތުގެ މައިގަނޑު އަސާސްތައް ނަގަހައްޓައި އެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުން.

 

6 ވަނަ މާއްދާ - ގަވާއިދަށް ތަބާވުން

(ހ) ދިވެހި ފުލުހުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމަޔަށް އަމަލުކޮށް ތަބާވާންވާނެއެވެ.

(ށ)  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަކާ އިލާފުވެއްޖެނަމަ، އެ އިލާފުވީ މިންވަރެއްގެ މައްޗަށް ރިއާޔަތްކޮށް، އެ ފުލުހަކާމެދު ތައުދީބީ ފިޔަވަޅު އެޅޭނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދު ކިޔައި ފަހުމުވުން

ދިވެހި ފުލުހުންގެ އިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކު ވެސް، މި ގަވާއިދު ކިޔައި، މި ގަވާއިދު ރަނގަޅަށް ފަހުމުވެއްޖެކަން ކަށަވަރުކުރުމުގެ ގޮތުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އިގުރާރުގައި ސޮއިކުރަންވާނެއެވެ. އަދި މުވައްޒަފުގެ ރެކޯޑު ފައިލުގައި މި އިގުރާރު ހިމަނަންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަހުލުވެރިކުރުވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތާޒާކުރުމުގެ ގޮތުން، މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަން ލާޒިމުވާ ތަމުރީނު ޕްރޮގްރާމެއް ހިންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީއުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސްތައް

ނަޒާހަތްތެރިކަން (އިންޓެގްރިޓީ)

ދިވެހި ފުލުހުންގެ ހިދުމަތުގެ ސުލޫކީ މިންގަނޑުތައް ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އަހްލާގީ މިންގަނޑުތައް ހިފަހައްޓައި، ހިދުމަތުގެ ފެންވަރު ދައްކުވައިދޭނަން.

 

ޖަވާބުދާރުކަން (އެކައުންޓަބިލިޓީ)

ފުލުހުންގެ ދައުރާއި މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް، ގާނޫނީ ހަމަތައް ހިފެހެއްޓުމާއި، މުޖުތަމައަށާއި، ފުލުހުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިދީފައިވާ ފަރާތްތަކަށް ފަރުދީގޮތުންނާއި މުއައްސަސާގެ ފެންވަރުގައި ޖަވާބުދާރީވާނަން. އަދި ފުލުހުންގެ މަސައްކަތްތަކަށާއި ވަސީލަތްތަކަށް ޒިންމާވާނަން.

 

އިހްތިރާމް (ރެސްޕެކްޓް)

އިންސާފުވެރި ހިދުމަތެއް ފޯރުކޮށްދިނުމުގައި ގަދަރާއި އިހްތިރާމާއެކު އަމަލުކުރާނަން.

 

ހަމަހަމަކަން (ފެއަރނަސް)

އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާނަން.

 

ކުލުނުވެރިކަން (އެމްޕަތީ)

ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ހިތްހެޔޮކަމާއި ލޯތްބާއި އަޅައިލުމާއެކު ހިދުމަތް ފޯރުކޮށްދޭނަން.

 

ކަށަވެތިކަން (ޑެޑިކޭޝަން)

މުއައްސަސާގެ މަސައްކަތްތަކާއި ވިސްނުމާއި ވަސީލަތްތައް، ރައްޔިތުން އެދޭގޮތެއްގައި، ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމުގައި ކަށަވަރުކަމާއެކީ ބޭނުންކުރާނަން.

 

 

ޖަދުވަލު 1

އިގްރާރު

  

 ''ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވާއިދު'' ރަނގަޅަށް ކިޔައި، ގަވާއިދުގައި ބަޔާންވެގެންވާ ކަންކަން އަހުރެންނަށް ފަހުމްވެއްޖެއެވެ. އަދި އެ ގަވާއިދުގައި ބަޔާންވެގެންވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަހުރެން އިގުރާރުވަމެވެ.

 

ފުރިހަމަ ނަން: 

ސަރވިސް ނަންބަރު:

ސޮއި:-

 

ތާރީހު:-

 

މުވައްޒަފު ނިސްބަތްވާ ޑިޕާޓްމަންޓުގެ އެންމެ އިސްފަރާތް

ރޭންކާއި  ނަން: 

ސަރވިސް ނަންބަރު:

ސޮއި:-

 

ތާރީހު:-

 

(ދިވެހި ފުލުހުންގެ ހިދުމަތުގެ ތައްގަނޑު)

 

 

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު