ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 85/2021)
ގަވާއިދު ނަންބަރު 30/2021 (ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
24.ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 15 އޮގަސްޓް 2021 އިން ފެށިގެންނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 30/2021)
ކޮންސޮލިޑޭޓެޑް ގަވާއިދު
ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-30)
ކިޔުންތެރިންގެ ހިޔާލު