-

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-07) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-84)

 

ގަވާއިދު ނަންބަރު 2020-07 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ 7.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ޓަކައި ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ރަށްވެހިވެފައިވާ، ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށް ވެސް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-07)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު