-

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-179) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-60)

 

ގަވާއިދު ނަންބަރު 2019-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވި ގޮތަށް އިސްލާހުކުރުން. 

 

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ

ރަޖިސްޓްރޭށަން ފީ 1،000 (އެއްހާސް) ރުފިޔާ
އަހަރީ ފީގެ ތާވަލު

ނަންބަރު

އާބާދީ

އަހަރީ ފީ

1. 1 - 1،0000 500 (ފައްސަތޭކަ ރުފިޔާ)
2. 1001 - 5000 4،500 (ހަތަރުހާސް ފައްސަތޭކަ) ރުފިޔާ
3. 5001 - 20000 9،000 (ނުވަހާސް) ރުފިޔާ
4. 20001 - 50000 20،000 (ވިހިހާސް) ރުފިޔާ
5. މާލެ ސިޓީ 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ
6. ދިވެހިރާއްޖޭގެ ސަރަހައްދު 400،000 (ހަތަރުލައްކަ) ރުފިޔާ

ނަންބަރު

ކޮޓަރި

އަހަރީ ފީ

7. ޓޫރިސްޓް ރިސޯޓް 1 - 200 ކޮޓަރިއާ ދެމެދު 6،000 (ހަހާސް) ރުފިޔާ
8. ޓޫރިސްޓް ރިސޯޓް 201 - 300 ކޮޓަރިއާ ދެމެދު 12،000 (ބާރަހާސް) ރުފިޔާ
9. ޓޫރިސްޓް ރިސޯޓް 301 - ކޮޓަރިން މަތި 15،000 (ފަނަރަހާސް) ރުފިޔާ

ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓިންގ ފީ

ރަޖިސްޓްރޭށަން ފީ 1،000 (އެއްހާސް) ރުފިޔާ

އަހަރީ ފީގެ ތާވަލު

1. ދިވެހިރާއްޖޭގެ ސަރަހައްދު 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާ
މި ތާވަލުގައި ހިމަނައިފައި ނުވާ ފަދަ ތަނެއްގައި ދެވޭ ހިދުމަތެއް ނަމަ، މި ތާވަލު އަސްލަކަށް ބަލައިގަން، އެ ތަނެއްގައި ހިދުމަތް ފޯރުކޮށްދޭ ގޮތަކަށް ބަލައިގެން އެ ތަނަކަށް ދައްކަންޖެހޭ ފީ ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-179)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު