-

ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 51/2021)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ  ގާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އާއި، 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމަށް އިންޑިވިޖުއަލް ލައިސަންސް ދޫކުރުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޓެލެކޮމިއުނިކޭށަންގެ އެކިއެކި ހިދުމަތްތައް ދިނުމުގެ ހުއްދަޔަށް އެދޭނެ ގޮތްތަކާއި، ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި، ހުއްދައިގެ ފީތަކުގެ ތަފުސީލު ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް

މި ގަވާއިދުގެ ދަށުން އަންނަނިވި ބާވާތްތަކުގެ އިންޑިވިޖުއަލް ލައިސަންސް ދޫކުރެވޭނެއެވެ.

(ހ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް.

(ށ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް.

(ނ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް.

(ރ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް.

(ބ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް.

(ޅ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1

(ކ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2

(އ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް.

(ވ) ސެޓެލައިޓް އަޕްލިންކް ލައިސަންސް.

(މ) ނެޓްވަރކް ލައިސަންސް.

 

4 ވަނަ މާއްދާ - ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް

(ހ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސަކީ، ޓެލެކޮމިއުނިކޭށަންގެ ހުރިހާ ހިދުމަތްތަކެއް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް ދޫކުރާނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން ލައިސަންސަށް ހުޅުވައިލުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް ހުޅުވައިލާއިރު، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލާއި، ލައިސަންސަށް އެދި ހުށަހަޅާނެ ގޮތްތައް އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ރ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބުނެފައިވާ ލައިސަންސް ދޫކުރުމުގެ އުސޫލުގެ ދަށުން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް، ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް ދޫކުރާންވާނެއެވެ.

(ޅ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތައް،  އޮތޯރިޓީއަށް ހުށަހަޅައިގެން، އެ އަގުތައް ފާސްކުރާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން ފާސްކުރާންވާނެއެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.

(ކ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް ފީއަކީ، ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ. މިއީ މަހަކު އެއްފަހަރު ދައްކާންޖެހޭ ފީއެކެވެ.

(އ) ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް ދޫކުރާނީ، 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، އެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރުސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ފ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި، ކޮންމެ މަސްދުވަހެއް ނިމުމުން، އެ މަހެއްގެ ލައިސަންސް ފީ، ހިނގަމުންދާ މަސްދުވަސް ނިމުމުގެ ކުރިން ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ފީ ބަލައިގަނެވޭނީ، ލައިސަންސް ފީ ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް ލައިސަންސް ފީގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ.

(ދ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

5 ވަނަ މާއްދާ - އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް

(ހ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސަކީ، އިންޓަރނެޓުގެ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރާނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ލައިސަންސަށް ހުޅުވައިލުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް ހުޅުވައިލާއިރު، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލާއި، ލައިސަންސަށް އެދި ހުށަހަޅާނެ ގޮތްތައް އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ރ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ އުސޫލުގެ ދަށުން ހޮވޭ ފަރާތަކަށް  ނުވަތަ ފަރާތްތަކަށް، އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ޅ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތައް،  އޮތޯރިޓީއަށް ހުށަހަޅައިގެން، އެ އަގުތައް ފާސްކުރާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން ފާސްކުރާންވާނެއެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.

(ކ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ފީއަކީ، ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ. މިއީ މަހަކު އެއްފަހަރު ދައްކާންޖެހޭ ފީއެކެވެ.

(އ) އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރާނީ، 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައިހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ފ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ މަސްދުވަހެއް ނިމުމުން، އެ މަހެއްގެ ލައިސަންސް ފީ، ހިނގަމުންދާ މަސްދުވަސް ނިމުމުގެ ކުރިން  ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ ލައިސަންސް  ފީ ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް، ލައިސަންސް ފީގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ.

(ދ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 
6 ވަނަ މާއްދާ - މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް

(ހ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސަކީ، ސެލިއުލަރ މޯބައިލް ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރާނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ލައިސަންސަށް ހުޅުވައިލުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް ހުޅުވައިލާއިރު، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލާއި، ލައިސަންސަށް އެދި ހުށަހަޅާނެ ގޮތްތައް އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ރ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ އުސޫލުގެ ދަށުން ހޮވޭ ފަރާތަކަށް  ނުވަތަ ފަރާތްތަކަށް، މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ލައިސަންސް ދޫކުރާންވާނެއެވެ.

(ޅ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތައް،  އޮތޯރިޓީއަށް ހުށަހަޅައިގެން އަގުތައް ފާސްކުރާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން ފާސްކުރާންވާނެއެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާންޖެހޭނެއެވެ.

(ކ) މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ފީއަކީ، ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ. މިއީ މަހަކު އެއްފަހަރު ދައްކާންޖެހޭ ފީއެކެވެ.

(އ)މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރާނީ 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ފ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ލައިސަންސް ފީ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ފީ ބަލައިގަނެވޭނީ ލައިސަންސް ފީ ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް ލައިސަންސް ފީގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ.

(ދ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

7 ވަނަ މާއްދާ - އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް

(ހ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސަކީ، ސަބްމެރީން ކޭބަލާއި ސެޓެލައިޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއާއި އެހެނިހެން ގައުމުތަކާ ގުޅުވައިދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސެކެވެ.

(ށ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ދޫކުރާނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ލައިސަންސަށް ހުޅުވައިލުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް ހުޅުވައިލާއިރު، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލާއި، ލައިސަންސަށް އެދި ހުށަހަޅާނެ ގޮތްތައް އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ރ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބުނާ ލައިސަންސް ދޫކުރުމުގެ އުސޫލުގެ ދަށުން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް، އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ދޫކުރާންވާނެއެވެ.

(ޅ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ދޫކުރާއިރު، ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ ށަރުތުތައް ބަޔާންކުރާން ވާނެއެވެ.

  1. މި ލައިސަންސްގެ ދަށުން ގާއިމުކުރެވޭ އިންޓަރނޭށަނަލް ގޭޓްވޭތަކުގެ ފަންނީ މައުލޫމާތު، އޮތޯރިޓީއަށް އަންގާންވާނެއެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތަކުގެ މައުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  4. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  5. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(ކ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ފީއަކީ، ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ. މިއީ މަހަކު އެއްފަހަރު ދައްކާންޖެހޭ ފީއެކެވެ.

(އ) އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް ދޫކުރާނީ، 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެ ކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ފ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ލައިސަންސް ފީ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ، ލައިސަންސް ފީ ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް، ލައިސަންސް ފީގެ 0.1% (ސުމެއް ޕޮއިނޓް އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ.

(ދ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

8 ވަނަ މާއްދާ - ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް

(ހ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސަކީ، ޓެލެކޮމިއުނިކޭށަންގެ އެކި ހިދުމަތްތައް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ، ރަށެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުކޮށް، ޓެލެކޮމިއުނިކޭށަނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެ އިންފްރާސްޓްރަކްޗަރއިން ޖާގަ ދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސަކީ، އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ.

(ނ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސަށް އެދޭއިރު، އިންފްރާސްޓްރަކްޗަރ ގާއިމުކުރަން ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލުން އެކަމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން ހުށަހަޅާންވާނެއެވެ.

(ރ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސަށް ކޮންމެ ވަގުތެއްގައިވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ބ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ޅ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ކ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސްގެ ދަށުން އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ހިދުމަތް ދެވޭނީ، ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާ ރަށަށް ނުވަތަ ސިޓީއަށް އެކަންޏެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކުރާންޖެހޭ މަސައްކަތަކާ ގުޅިގެން ސަރުކާރުގެ އޮފީހަކުން ނުވަތަ އެހެން އިދާރާއަކުން ނަގާންޖެހޭ ހުއްދައެއް އޮތްނަމަ، ލައިސަންސް ލިބޭ ފަރާތުން އެ ކަމެއް ފުރިހަމަ ކުރާންވާނެއެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތަކުގެ މައުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  5. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  6. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(އ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް ފީއަކީ ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ.  މި ފީ ދައްކާނީ، ކޮންމެ 3 (ތިނެއް) މަހަކުންނެވެ.

(ވ) ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(މ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ފ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ދ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ ތިންމަސްދުވަހެއް ނިމުމުން، އެ މުއްދަތުގެ ލައިސަންސް ފީ، ހިނގަމުންދާ މަސްދުވަސް ނިމުމުގެ ކުރިން ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ، ލައިސަންސް ފީގެ %1 (އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަދި ލައިސްންސް ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް، ފީގެ %1 (އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(ތ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

9 ވަނަ މާއްދާ - އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1

(ހ)އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 އަކީ، ރާއްޖޭގެ ވަކިވަކި ރަށްރަށަށް އިންޓަރނެޓް ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 އަކީ، އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ. މާލެ ސިޓީ ފިޔަވައި، ރާއްޖޭގެ ކޮންމެ ރަށަކަށް ހިދުމަތް ދިނުމަށް ވެސް މި ލައިސަންސަށް އެދެވިދާނެއެވެ.

(ނ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 އަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 އަށް  އެދޭ ފޯމު" އިންނެވެ.

(ރ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލައިސަންސަށް ބޭނުންވާ ކަންކަމާއި މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ދޫކުރާންވާނެއެވެ.

(ޅ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ގެ ދަށުން ހިދުމަތް ދިނުމަށް ޓަކައި އިންޓަރނެޓް ކެޕޭސިޓީ ހޯދާންޖެހޭނީ ރާއްޖޭގައި އިންޓަރނެޓް ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށެވެ.
  2. އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ގެ ދަށުން އިންޓަރނެޓް ހިދުމަތް ދެވޭނީ، ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާ ރަށަކަށް އެކަންޏެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކުރާންޖެހޭ މަސައްކަތަކާ ގުޅިގެން ސަރުކާރުގެ އޮފީހަކުން ނުވަތަ އެހެން އިދާރާއަކުން ނަގާންޖެހޭ ހުއްދައެއް އޮތްނަމަ، ލައިސަންސް ލިބޭ ފަރާތުން އެ ކަމެއް ފުރިހަމަ ކުރާންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތަކުގެ މައުލޫމާތު، އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  5. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  6. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  7. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(ކ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1 ގެ ލައިސަންސްގެ ފީއަކީ، އަހަރަކު 1,000 (އެއްހާސް) ރުފިޔާއެވެ. އަހަރު ގުނާނީ ލައިސަންސް ދޫކުރި ތާރީހުން ފެށިގެންނެވެ.

(އ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1  ދޫކުރާނީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެ ކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރަކު ވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ އަހަރީ ފީގެ %10 (ދިހައެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަދި އަހަރީ ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް އަހަރީ ފީގެ %10 (ދިހައެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(ފ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ދ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

10 ވަނަ މާއްދާ - އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2

(ހ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 އަކީ ރާއްޖޭގެ ރަށްތަކެއްގައި، ނުވަތަ އަތޮޅެއްގައި، ނުވަތަ ވަކި ސަރަހައްދެއްގައި އިންޓަރނެޓުގެ ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 އަކީ، އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ. މާލެ ސިޓީ ފިޔަވައި، ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ހިދުމަތް ދިނުމަށް ވެސް މި ލައިސަންސަށް އެދެވިދާނެއެވެ.

(ނ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 އަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 އަށް  އެދޭ ފޯމު" އިންނެވެ.

(ރ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލައިސަންސަށް ބޭނުންވާ ކަންކަމާއި މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ދޫކުރާންވާނެއެވެ.

(ޅ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ގެ ދަށުން ހިދުމަތް ދިނުމަށް ޓަކައި އިންޓަރނެޓް ކެޕޭސިޓީ ހޯދާންޖެހޭނީ ރާއްޖޭގައި އިންޓަރނެޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށެވެ.
  2. އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ގެ ދަށުން އިންޓަރނެޓުގެ ހިދުމަތް ދެވޭނީ، ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާ ރަށްތަކަށް ނުވަތަ އަތޮޅަކަށް ނުވަތަ ސަރަހައްދަށް އެކަންޏެވެ.
  3. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކުރާންޖެހޭ މަސައްކަތަކާ ގުޅިގެން ސަރުކާރުގެ އޮފީހަކުން ނުވަތަ އެހެން އިދާރާއަކުން ނަގާންޖެހޭ ހުއްދައެއް އޮތްނަމަ، ލައިސަންސް ލިބޭ ފަރާތުން އެ ކަމެއް ފުރިހަމަ ކުރާންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތައް،  އޮތޯރިޓީއަށް ހުށަހަޅައިގެން އެ އަގުތައް ފާސްކުރާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން ފާސްކުރާންވާނެއެވެ.
  5. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތުގެ ފެންވަރާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  6. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ލައިސަންސް ލިބޭ ފަރާތުން ތަބާވާން ޖެހޭނެއެވެ.
  7. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(ކ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ގެ ލައިސަންސް ފީއަކީ ލައިސަންސްގެ ދަށުން ދެވޭ ހިދުމަތްތަކަށް ލިބޭ އާމްދަނީގެ %3 (ތިނެއް އިންސައްތަ) އެވެ. މި ފީ ދައްކާނީ، ކޮންމެ 3 (ތިނެއް) މަސްދުވަހަކުންނެވެ.

(އ) އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2 ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ ތިންމަސްދުވަހެއް ނިމުމުން، އެ މުއްދަތުގެ ލައިސަންސް ފީ ހިނގަމުންދާ މަސްދުވަސް ނިމުމުގެ ކުރިން ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ، ލައިސަންސް ފީގެ %1 (އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަދި ލައިސަންސް ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް، ފީގެ %1 (އެކެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(މ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ފ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ދ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

11 ވަނަ މާއްދާ - އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް

(ހ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސަކީ، އެސް.އެމް.އެސް (ށޯޓް މެސެޖް ސަރވިސް) ގޭޓްވޭއެއް މެދުވެރިކޮށް އާންމު ފަރާތްތަކަށް އެސް.އެމް.އެސް.ގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމަށް ޓަކައި އެސް.އެމް.އެސް ކަނެކްޓިވިޓީ ހޯދާންޖެހޭނީ، ރާއްޖޭގައި އިންޓަރނެޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށެވެ.

(ނ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސަކީ، އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ.

(ރ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "އެސް.އެމް.އެސް ގޭޓްވޭ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ބ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ޅ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލައިސަންސަށް ބޭނުންވާ ކަންކަމާއި މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް ދޫކުރާންވާނެއެވެ.

(ކ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. އެސް.އެމް.އެސް ގޭޓްވޭ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމަށް ޓަކައި އެސް.އެމް.އެސް ކަނެކްޓިވިޓީ ހޯދާންޖެހޭނީ، ރާއްޖޭގައި މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސްގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށްށެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަގުތަކުގެ މައުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  3. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(އ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސްގެ ފީއަކީ އަހަރަކު 30,000 (ތިރީސް ހާސް) ރުފިޔާއެވެ. އަހަރު ގުނާނީ ލައިސަންސް ދޫކުރި ތާރީހުން ފެށިގެންނެވެ.

(ވ) އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(މ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ފ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ދ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ، އަހަރީ ފީގެ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަހަރީ ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް، އަހަރީ ފީގެ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(ތ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

12 ވަނަ މާއްދާ - ސެޓެލައިޓް އަޕްލިންކް ލައިސަންސް

(ހ) ސެޓެލައިޓް އަޕްލިންކް ލައިސަންސަކީ، ރާއްޖެއިން ކޮމިއުނިކޭށަން ސިގްނަލެއް ސެޓެލައިޓަކަށް ފޮނުވުމަށް ޓަކައި ދޫކުރާ ލައިސަންސެކެވެ.

(ށ) ސެޓެލައިޓް އަޕްލިންކް ލައިސަންސް ދޫކުރެވޭނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމަށް ނުވަތަ ރީބްރޯޑްކާސްޓް ކުރުމަށް  ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) ސެޓެލައިޓް އަޕްލިންކް ލައިސަންސްގެ ދަށުން، އެ ލައިސަންސް ލިބިފައިވާ ފަރާތުގެ އަމިއްލަ ސިގްނަލާއި އެހެން ފަރާތެއްގެ ސިގްނަލް ވެސް އަޕްލިންކް ކުރެވިދާނެއެވެ.

(ރ) ސެޓެލައިޓް އަޕްލިންކް ލައިސަންސަކީ، ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން ނުވަތަ ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ.

(ބ) ސެޓެލައިޓް އަޕްލިންކް ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "ސެޓެލައިޓް އަޕްލިންކް ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ޅ) ސެޓެލައިޓް އަޕްލިންކް ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ކ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލައިސަންސަށް ބޭނުންވާ ކަންކަމާއި މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް، ސެޓެލައިޓް އަޕްލިންކް ލައިސަންސް ދޫކުރާންވާނެއެވެ.

(އ) ސެޓެލައިޓް އަޕްލިންކް ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. އަޕްލިންކް ކުރަން ގާއިމުކުރާ ސްޓޭށަން މެދުވެރިކޮށް ފޮނުވޭނީ، އެ ފަރާތުގެ ބްރޯޑްކާސްޓް ސިގްނަލެއް، ނުވަތަ ރީބްރޯޑްކާސްޓް ސިގްނަލެއް، ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް، ނުވަތަ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ އެހެން ފަރާތެއްގެ އެފަދަ ސިގްނަލެކެވެ. އެހެން އެއްވެސް ޓެލެކޮމިއުނިކޭށަން ހިދުމަތެއް ދިނުމަކަށް، ނުވަތަ ހޯދުމަކަށް، ނުވަތަ ބޭނުންކުރުމަކަށް މި ލައިސަންސްގެ ދަށުން ހުއްދައެއް ނުކުރެއެވެ.
  2. އަޕްލިންކް ކުރުމަށް ބޭނުންކުރާ ސްޓެލައިޓްތަކާބެހޭ ފަންނީ މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.
  3. އަޕްލިންކް ކުރުމަށް ބޭނުންކުރާނޭ ފްރިކުއެންސީ ބޭންޑްތަކާއި، އަޕްލިންކް ސްޓޭށަން ގާއިމްކުރާ ތަންތަނާއި، އަޕްލިންކް ސްޓޭށަނުގައި ބޭނުންކުރާނޭ އެންމެހައި އިކްއިޕްމަންޓާބެހޭ ފަންނީ މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.
  4. އެހެން ފަރާތަކަށް ސެޓެލައިޓް އަޕްލިންކް ކެޕޭސިޓީ ވިއްކާނަމަ، ވިއްކަން ހަމަޖައްސާ އަގުތަކުގެ މައުލޫމާތު  އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  5. މި ލައިސަންސްގެ ދަށުން ސެޓެލައިޓް އަޕްލިންކް ކެޕޭސިޓީ ވިއްކާ ފަރާތްތަކުގެ މައުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ.

(ވ) ސެޓެލައިޓް އަޕްލިންކް ލައިސަންސްގެ ފީއަކީ އަހަރަކު 30,000 (ތިރީސްހާސް)  ރުފިޔާއެވެ. އަހަރު ގުނާނީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެންނެވެ.

(މ) ސެޓެލައިޓް އަޕްލިންކް ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ފ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރާން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ދ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ތ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރަކުވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ އަހަރީ ފީގެ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަހަރީ ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް އަހަރީ ފީގެ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(ލ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

13 ވަނަ މާއްދާ - ނެޓްވަރކް ލައިސަންސް

(ހ) ނެޓްވަރކް ލައިސަންސަކީ، ރަށެއްގައި ނުވަތަ ސިޓީއެއްގައި ޓެލެކޮމިއުނިކޭށަންގެ ވަސީލަތެއް ބޭނުންކޮށްގެން، އެއް ތަން އަނެއް ތަނާ ގުޅުވުމަށް ނެޓްވަރކެއް ގާއިމުކުރުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ނެޓްވަރކް ލައިސަންސަކީ، އެ ލައިސަންސަށް އެދުމަށް އާންމުކޮށް ހުޅުވައިލައިފައިވާ ލައިސަންސެކެވެ.

(ނ) ނެޓްވަރކް ލައިސަންސްގެ ދަށުން، އެ ލައިސަންސް ލިބިފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށާއި އެހެން ފަރާތެއްގެ ބޭނުމަށް ވެސް ނެޓްވަރކުން ޖާގަ ދޫކުރެވިދާނެއެވެ.

(ރ) ނެޓްވަރކް ލައިސަންސަށް އެދޭއިރު، ނެޓްވަރކް ގާއިމުކުރަން ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލުން އެކަމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

(ބ) ނެޓްވަރކް ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް ކަމުގައިވާ www.cam.gov.mv އިން ލިބެން ހުންނަ "ނެޓްވަރކް ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ޅ) ނެޓްވަރކް ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ.

(ކ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް ނެޓްވަރކް ލައިސަންސް ދޫކުރާންވާނެއެވެ.

(އ) ނެޓްވަރކް ލައިސަންސް ދޫކުރާއިރު، ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. ނެޓްވަރކް ލައިސަންސްގެ ދަށުން ނެޓްވަރކް ގާއިމުކޮށްގެން ހިދުމަތް ދެވޭނީ، ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާ ރަށަކަށް ނުވަތަ ސިޓީއަކަށް އެކަންޏެވެ.
  2. މި ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކުރާންޖެހޭ މަސައްކަތަކާ ގުޅިގެން ސަރުކާރުގެ އޮފީހަކުން ނުވަތަ އެހެން އިދާރާއަކުން ނަގާންޖެހޭ ހުއްދައެއް އޮތްނަމަ، ލައިސަންސް ލިބޭ ފަރާތުން އެ ކަމެއް ފުރިހަމަ ކުރާންވާނެއެވެ.
  3. މި ލައިސަންސްގެ ދަށުން ނެޓްވަރކް ގާއިމުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން އެހެން ފަރާތްތަކަށް ނެޓްވަރކުން ޖާގަ ވިއްކާނަމަ، އެ ކަމަށް ނަގާ އަގުތަކުގެ މައުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ. އަދި އަގުތަކަށް ގެންނަ ބަދަލުތައް ވެސް މިގޮތުގެ މަތީން އަންގަމުން ގެންދާންވާނެއެވެ.
  5. މި ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތުގެ ތަފާސްހިސާބު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.

(ވ) ނެޓްވަރކް ލައިސަންސް ފީއަކީ އަހަރަކު 5,000 (ފަސްހާސް) ރުފިޔާއެވެ. އަހަރު ގުނާނީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެންނެވެ.

(މ) ނެޓްވަރކް ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ފ) ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރަސަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ދ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

(ތ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރަކުވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ދައްކާންޖެހޭ މުއްދަތު ހަމަވުމަށްފަހު، ދެން ފީ ބަލައިގަނެވޭނީ، އަހަރީ ފީގެ %10 (ދިހައެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާއާ އެކުގައެވެ. އަހަރީ ފީ ނުދައްކާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ މަސްދުވަހަކަށް އަހަރީ ފީގެ %10 (ދިހައެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ އިތުރުކުރެވޭނެއެވެ.

(ލ) ލައިސަންސް ފީ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނީ، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ލައިސަންސް ފީ ނުދައްކައި މި މުއްދަތު ފަހަނަޅައިފިނަމަ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ލައިސަންސެއް ނެތި ޓެލެކޮމިއުނިކޭށަން ހިދުމަތެއް ދިނުމަކީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހިލާފު ކަމެކެވެ. އެ ފަދަ ކަމެއް ކޮށްފިނަމަ، ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 ގާނޫނާ ހިލާފު އަމަލު / ޖޫރިމަނާގެ އަދަދު

(ހ) ޓެލެކޮމިއުނިކޭށަން ހިދުމަތެއް ދިނުމުގެ ލައިސަންސެއްގެ ދަށުން ކުރާންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ފުރަތަމަ ފަހަރު 1,000 (އެއްހާސް) ރުފިޔާ

(ށ) ޓެލެކޮމިއުނިކޭށަން ހިދުމަތެއް ދިނުމުގެ ލައިސަންސެއްގެ ދަށުން ކުރާންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ދެވަނަ ފަހަރު 2,000 (ދެހާސް) ރުފިޔާ

(ނ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ދިނުމުގެ ލައިސަންސެއްގެ ދަށުން ކުރާންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކަށް 5,000 (ފަސްހާސް) ރުފިޔާ

 

15 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުކަމެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްފިނަމަ، އެ ފަރާތަކާމެދު، ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދީފައި، އެކަން އެންގުން.

(ށ) ގަވާއިދާ ހިލާފުވާ ދެވަނަފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 1,000 (އެއްހާސް) ރުފިޔާއިން ފެށިގެން 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.

(ނ) ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 5,000 (ފަސްހާސް) ރުފިޔާއިން ފެށިގެން 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން  ޖޫރިމަނާ ކުރުމާއި، އިތުރަށް ގަވާއިދާ ހިލާފުވާނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ދިނުން.

(ރ) ގަވާއިދާ ހިލާފުވާ ހަތަރުވަނަ ފަހަރު، ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ފެށިގެން 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ގާނޫނު ނަންބަރު 2015/43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުން.

 

16 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި އަމަލު ކުރުމަށް އޮތޯރިޓީއަށް ލިބިދޭ ބާރު

މި ގަވާއިދުގައިވާ އެކިއެކި ކަންކަމަށް މުއްދަތުތަކާއި ފިޔަވަޅުތައް ކަނޑައަޅައިފައިވީ ނަމަވެސް، އެކިއެކި ކާރިސާތަކާއި ޕެންޑަމިކް ފަދަ ހާލަތްތަކުގައި އެ މުއްދަތުތަކަށާއި ފިޔަވަޅުތަކަށް، ހާލަތަށް ރިއާޔަތްކޮށްގެން ބަދަލު ގެނައުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސްލާހުކުރާން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އޮތޯރިޓީންނެވެ. 

 

18 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާން ފެށުމުގެ ކުރިން ދޫކޮށްފައިވާ ލައިސަންސްތައް

މި ގަވާއިދަށް އަމަލުކުރާން ފެށުމުގެ ކުރިން ދޫކޮށްފައިވާ ލައިސަންސްތަކުގެ ދަށުން އެ ލައިސަންސެއްގެ މުއްދަތު ހަމަވުމާ ހަމަޔަށް ހިދުމަތް ދެވޭނެއެވެ. އަދި އެ މުއްދަތަށްފަހު އެ ފަރާތްތަކުން މުއާސަލާތާބެހޭ ހިދުމަތެއް ދޭންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދައިގެންނެވެ. 

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.

(ށ) "ޓެލެކޮމިއުނިކޭށަންގެ ހިދުމަތް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ޒަރީއާއިން އާންމުންނަށް ފޯރުކޮށްދެވޭ މުއާސަލާތީ ހިދުމަތަށެވެ.

(ނ) "ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހުރިހާ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(ރ) "އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ދޫކުރި ހިދުމަތްތަކަށް ނަގާ އަގުގެ ގްރޮސް ޓަރންއޯވަރއަށެވެ.

(ބ) "އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އިންޓަރނެޓުގެ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(ޅ) "މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ސެލިއުލަރ މޯބައިލް ޓެލެކޮމިއުނިކޭށަން ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(ކ) "އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ސަބްމެރީން ކޭބަލާއި ސެޓެލައިޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއާއި އެހެނިހެން ގައުމުތަކާ ގުޅުވައިދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސަށެވެ.

(އ) "ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ އެކިއެކި ހިދުމަތްތައް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަށެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުކޮށް، ޓެލެކޮމިއުނިކޭށަނުގެ ހިދުމަތް ދޭ ފަރާތްތަކަށް އެ އިންފްރާސްޓްރަކްޗަރއިން ޖާގަދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސަށެވެ.

(ވ) "އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ވަކިވަކި ރަށްރަށަށް އިންޓަރނެޓުގެ ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(މ) "އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ރަށްތަކެއްގައި، ނުވަތަ އަތޮޅެއްގައި، ނުވަތަ ވަކި ސަރަހައްދެއްގައި އިންޓަރނެޓުގެ ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(ފ) "އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އެސް.އެމް.އެސް (ށޯޓް މެސެޖް ސަރވިސް) ގޭޓްވޭއެއް މެދުވެރިކޮށް އާންމު ފަރާތްތަކަށް އެސް.އެމް.އެސް.ގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.

(ދ) "ސެޓެލައިޓް އަޕްލިންކް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރާއްޖެއިން ކޮމިއުނިކޭށަން ސިގްނަލެއް ސެޓެލައިޓަކަށް ފޮނުވުމަށް ޓަކައި ދޫކުރާ ލައިސަންސަށެވެ.

(ތ) "ނެޓްވަރކް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރަށެއްގައި ނުވަތަ ސިޓީއެއްގައި ޓެލެކޮމިއުނިކޭށަން ވަސީލަތެއް ބޭނުންކޮށްގެން، އެއް ތަނުން އަނެއް ތަނާ ގުޅުވުމަށް ނެޓްވަރކެއް ގާއިމުކުރުމަށް ދޫކުރާ ލައިސަންސަށެވެ.

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު