-

ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 46/2021)

 

އެއްވަނަ ބައި

ފެށުން

 

1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 4/1969ޖ. (ދިވެހިރާއްޖޭގެ ސިޓިޒެންށިިޕް ގާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ މިންގަނޑުތަކާއި، ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 4/1969ޖ (ދިވެހިރާއްޖޭގެ ސިޓިޒެންށިިޕް ގާނޫނު) ގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ކަނޑައަޅައިފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނޭ ގޮތް ގާއިމްކުރުމާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަމަލުކުރާނޭ ނިޒާމެއް ކަނޑައެޅުމެވެ.

 

ދެވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ށަރުތުުތައް

 

3 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ށަރުތުުތައް

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތަކީ، އަންނަނިވި ށަރުތުުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ވެފައި ވުން؛

(ށ) ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައި ވުން؛

(ނ) އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށް ވުން

 

4 ވަނަ މާއްދާ - 18 އަހަރު ނުފުރޭ ކުދީންނާ ގުޅޭ ހާާއްސަ އުސޫލު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގެ 12 (ބާރަ) އަހަރު ނުފުރޭ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދެވޭނީ، އަންނަނިވި ށަރުތުުތައް ފުރިހަމަވެގެންނެވެ.

  1. ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވެފައި، މި ގަވާއިދުގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދެނީ އޭގެ ތެރެއިން އެކަކު ކަމުގައިވާ ހާލަތުގައި، ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވުން؛
  2. ކުއްޖާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވުން؛

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގެ 12 (ބާރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުުތައް ފުރިހަމަވުމުގެ އިތުރުން، ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު އެ ކުއްޖާގެ ރުހުން ލިބިފައި އޮންނާންވާނެއެވެ.

 

ތިންވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހެޅުން

 

5 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭއިރު ހުށަހަޅާންޖެހޭ ތަކެތި

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދެންވާނީ އަންނަނިވި ތަކެއްޗާ އެކުގައެވެ.  

  1. ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމު؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  3. ދިވެހި ޕާސްޕޯޓުގެ ކޮޕީ؛
  4. އޭނާގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބިމެއް އޮތް ނަމަ، އެ ބިމަކާ ގުޅޭ މައުލޫމާތާއި، އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި، ބިން އެ ފަރާތަކަށް ބަދަލުކުރުމަށް ގަސްތުކުރާ ފަރާތުގެ މައުލޫމާތު؛
  5. ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑު؛
  6. އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ؛
  7. ނަން ބަދަލުކޮށްފައިވާ ފަރާތްތަކުން، ނަން ބަދަލުކުރިކަން އަންގައިދޭ ލިޔުމާއި، އެއްފަހަރަށްވުރެ ގިނަ ފަހަރު ބަދަލުކޮށްފައިވާނަމަ ބަދަލުކޮށްފައިވާކަން އަންގައިދޭ ލިޔުންތައް؛
  8. އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމުގެ ލިޔުން؛
  9. ގާނޫނު ނަންބަރު 4/1969ޖ. (ދިވެހިރާއްޖޭގެ ސިޓިޒަންށިިޕް ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ބިން ދޫކޮށްލުމުގެ އިގުރާރު؛
  10. ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ؛
  11. ކައިވެންޏެއް ކޮށްގެން އުޅޭ މީހެއް ނޫންނަމަ، ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ، ކައިވެނިކޮށްގެން އުޅޭ މީހެއް ނޫންކަން އަންގައިދޭ ލިޔުން.
     
     
    (ށ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅާ ލިޔުންތަކަކީ އެ ލިޔުމެއް ދޫކޮށްފައިވާ އިދާރާއަކުން އޭގެ ސައްހަކަން ކަށަވަރުކޮށްދީފައިވާ ލިޔުންތަކަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - 12 އަހަރު ނުފުރޭ ކުއްޖެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާންޖެހޭ ތަކެތި

12 (ބާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާންވާނީ، އެ ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ މަންމަ ނުވަތަ ބައްޕައެވެ. އެފަދައިން ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް، އަންނަނިވި ތަކެއްޗާ އެކުގައެވެ.

(ހ) ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ށ) ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ؛

(ނ) ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ރ) ދިވެހި ޕާސްޕޯޓުގެ ކޮޕީ؛

(ބ) މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދެނީ ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކު ކަމުގައިވާ ހާލަތުގައި، ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވާކަން އަންގައިދޭ ލިޔުން؛

(ޅ) ކުއްޖާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާކަމުގެ ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަން އަންގައިދޭ ލިޔުން؛

(ކ) ކުއްޖާގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހިމެނޭ ބިމެއް އޮތް ނަމަ، އެ ބިމަކާ ގުޅޭ މައުލޫމާތާއި، އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި، ބިން ބަދަލުކުރުމަށް ގަސްތުކުރާ މީހާގެ މައުލޫމާތު.

 

7 ވަނަ މާއްދާ - 12 (ބާރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުއްޖެއްގެ  ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާންޖެހޭ ތަކެތި

12 (ބާރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދު ކުއްޖެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާންވާނީ، އެ ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ މަންމަ ނުވަތަ ބައްޕައެވެ.

(ހ) ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ށ) ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ މީހާގެ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ނ) ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ؛

(ރ) ދިވެހި ޕާސްޕޯޓުގެ ކޮޕީ؛

(ބ) ކުއްޖާގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހިމެނޭ ބިމެއް އޮތް ނަމަ، އެ ބިމަކާ ގުޅޭ މައުލޫމާތާއި، އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި، ބިން ބަދަލުކުރުމަށް ގަސްތުކުރާ މީހާގެ މައުލޫމާތު؛

(ޅ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ، ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު ކުއްޖާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން؛

(ކ) ކުއްޖާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާކަން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަން އަންގައިދޭ ލިޔުން.

 

8 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭކަން ބެލުމަށް ކުރެވޭ އިންޓަރވިޔު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއްކަން ކަށަވަރު ކުރުމަށް ޓަކައި މިނިސްޓްރީން އިންޓަރވިޔުއެއް ކުރާންވާނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާ 12 (ބާރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދު ކުއްޖާއަކީ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއްކަން ކަށަވަރު ކުރުމަށް ޓަކައި މިނިސްޓްރީން އިންޓަރވިޔުއެއް ކުރާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ޓަކައި އެކުލަވައިލެވޭ އިންޓަރވިޔު ޕެނަލުގައި ހިމެނޭނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަނޑައަޅާ ފަރާތްތަކެވެ.

9 ވަނަ މާއާްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދި ހުށަހަޅާނޭ އިދާރާ

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒަށެވެ. އަދި ރައްޔިތުކަން ދޫކޮށްލުމުގެ ހުށަހެޅުންތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކޮށް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.

(ށ) ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ފޯމު ހުށަހަޅާނީ، ރާއްޖޭގައި ނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ. ރާއްޖެއިން ބޭރުގައި ނަމަ، ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތަކަށް އެންމެ ފަސޭހައިން ހާިދުމަތްތައް ލިބެން ހުންނަ، ދިވެހިރާއްޖޭގެ އެމްބަސީއަށް، ނުވަތަ ހައިކޮމިށަނަށް، ނުވަތަ ކޮންސިޔުލޭޓަކަށެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔުމާއި، 7 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި ސޮއިކުރާންވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ހާޒިރުވެ، ނުވަތަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގާ ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ އެމްބަސީއަކަށް، ނުވަތަ ހައިކޮމިށަނަކަށް، ނުވަތަ ކޮންސިޔުލޭޓަކަށް ހާޒިރުވެ، މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

 

ހަތަރު ވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަތުން

 

10 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަތުން

އަންނަނިވި ހާލަތްތަކުގައި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހާްތިޔާރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް ލިބިގެންވެއެވެ.

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ފަރާތް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން؛

(ށ) ދިވެހިރާއްޖެ ހަނގުރާމައިގެ ހާލަތެއްގައި ވުން؛

(ނ) ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވުން؛

(ރ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުށަހެޅިފައި ނެތުން.

 

ފަސްވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އިގުރާރުވުން

 

11 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އިގުރާރުވުން

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ ރަނގަޅަށް ފަހުމުވެފައިވާކަން ކަށަވަރު ކުރުމަކީ، ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން މިނިސްޓަރަށް ލިބޭ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، އެ ހުށަހެޅުން ނިސްބަތްވާ މީހާ، އަންނަނިވި އިގުރާރުތަކުގައި، މިނިސްޓަރުގެ ހާޒިރުގައި ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ސޮއިކުރާންވާނެއެވެ.

  1. ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ އިގުރާރު؛
  2. ބިން ދޫކޮށްލުމުގެ އިގުރާރު.

(ނ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ އިގުރާރުގައި، އެކަމަށް އެދޭ ފަރާތުން ސޮއިކުރާންވާނީ ކުއްޖާގެ ހާޒިރުގައެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ އިގުރާރުގައި ސޮއިކުރުމާއެކު، އޭނާއަށް ދޫކޮށްފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އޭނާއަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓު، މިނިސްޓަރާ ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކާ ހަވާލު ކުރާންވާނެއެވެ. އަދި ދިވެހި ރައްޔިތުކަން ދޫކޮށްލިކަމުގެ ލިޔުމެއް  މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން އޭނާއަށް ދޫކުރާންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ލިޔުން ދޫކުރާ ތާރީހާުން ފެށިގެން އެ މީހަކީ ދިވެހި ރައްޔިތަކު ކަމުގައެއް ނުބެލެވޭނެއެވެ.

 

ހަވަނަ ބައި

ދިވެހި ރައްޔިތުކަން އަނބުރާ އިއާާދަވުން

 

12 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން އަނބުރާ އިއާާދަވުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 4/1969ޖ (ދިވެހިރާއްޖޭގެ ސިޓިޒެންށިިޕް ގާނޫނު) ގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔުން ދޫކުރި ތާރީހާުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، އެ ލިޔުން ބާތުިލުވާނެއެވެ. އަދި އޭނާއަކީ ދިވެހި ރައްޔިތުކަން ގެއްލިފައިވާ މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ އޭނާ ދިވެހި ރައްޔިތުކަން ދޫކޮށްލާއިރު، އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އޭނާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބުނުހައި އަވަހަކަށް މިނިސްޓްރީއަށް އަންގާންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު އެކަން މިނިސްޓްރީއަށް އަންގައިފައި ނުވާނަމަ، އެ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިނުވާ ފަރާތެއްކަމަށް ބަލައި، އެ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ބެލެވޭނެއެވެ. އަދި އެކަމުގެ ސަބަބުން، އެ ފަރާތަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ.

 

ހަތްވަނަ ބައި

ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ

 

13 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ

ދިވެހި ރައްޔިތުކަން ދޫކޮށްލައިފިނަމަ، ދިވެހި ރައްޔިތަކަށް ވީތީ ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކާއި އާިނާޔަތްތަކެއް އެ މީހަކަށް ގެއްލިގެންދާނެއެވެ. އޭގެ ތެރޭގައި އަންނަނި ކަންކަން ހިމެނޭނެއެވެ. 

(ހ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެނޫންވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ގެންގުޅުމުގެ ހައްގު؛

(ށ) ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހައްގު؛

(ނ) އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހައްގު؛

(ރ) ދިވެހިރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާާބެއްގައި ވޯޓުލުމުގެ ހައްގާއި، އެއްވެސް އިންތިހާާބަކަށް ކުރިމަތިލުމުގެ ހައްގު؛

(ބ) ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބިމެއް މިލްކުވެފައިވާނަމަ، އެ ބިމުގެ މިލްކުވެރިކަމުގެ ހައްގާއި، ދިވެހިރާއްޖޭގެ ސަރަހައްދުން އޭނާއަށް މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގުތައް؛

(ޅ) ގާނޫނުއަސާސީންނާއި ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒުތަކާއި އާިނާޔަތް ލިބުމުގެ ހައްގު.

 

14 ވަނަ މާއްދާ - މަދަނީ އިލްތިޒާމުތަކާއި، ޖިނާއީ އިލްތިޒާމުތައް ދެމިގެން ދިޔުން

މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކުން ދިވެހި ރައްޔިތުކަން ދޫކޮށްލި ކަމުގައި ވިޔަސް،  ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ކުރިން އޭނާ އުފުލާންޖެހިފައިވާ މަދަނީ އިލްތިޒާމުތަކާއި ޖިނާއީ އިލްތިޒާމުތައް އަދާކުރުމަކުން އޭނާ ބަރީއައެއް ނުވާނެއެވެ.

 

އަށްވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތުގެ މިލްކުގައިވާ ބިން ދޫކޮށްލުން

 

15 ވަނަ މާއްދާ - ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތުގެ މިލްކުގައިވާ ބިން ދޫކޮށްލުން

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތުގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބިމެއް އޮތް ނަމަ، އޭނާގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެހެން ފަރާތަކަށް ހިބައިން ދިނުމަށް ނުވަތަ ވިއްކައިލުމަށް އެއްބަސްވެ، މި ގަވާއިދުގެ ޖަދުވަލު 4 ގެ ގޮތުގައި ހިމަނައިފައިވާ ބިން ދޫކޮށްލުމުގެ އިގުރާރުގައި ސޮއިކުރާންވާނެއެވެ.

(ށ) ބިން ދޫކޮށްލުމަށް ފަހުގައިވެސް، އެ ބިން އެހެން ފަރާތަކަށް ލިބޭނީ، އެ ބިން ދޫކޮށްލާ ފަރާތަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބުމަށްފަހު، ށަރީއަތް މެދުވެރިކޮށް އެ ބިމުގެ މިލްކުވެރިކަން އެ ފަރާތަކަށް ބަދަލުކުރުމުންނެވެ.

(ނ) ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، ބިންދޫކޮށްލި ދޫކޮށްލުން ބާތުިލުވާނެއެވެ. އަދި ބިން ލިބޭނެކަމަށް، ބިން ދޫކޮށްލުމުގެ އިގުރާރުގައި ބަޔާންކޮށްފައިވާ ފަރާތަށް އެ ބިމާ ގުޅޭ އެއްވެސް ހައްގެެއް ނުލިބޭނެއެވެ.

 

ނުވަވަނަ ބައި

އާންމު އުސޫލުތައް

 

16 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި، ހިންގާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށިާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - ތަރުޖަމާކުރުން

މި ގަވާއިދުގެ އެކިއެކި މާއްދާތައް ތަންފީޛު ކުރުމުގައްޔާއި ތަރުޖަމާ ކުރުމުގައި، އެންމެ އިސް މަސްްލަހަތެއް އޮންނާނީ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މައްޗަށެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކުގެ މާނަކުރާންވާނީ ތިރީގައިމިވާ ގޮތަށެވެ.

(ހ) "ދިވެހި ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) "ކުޑަކުއްޖަކު" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު އުފަންވީއްސުރެ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދީންނަށެވެ.

(ނ) "ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫން ގޮތަކަށް  ދިވެހިރާއްޖޭގައި ދާއިމީގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.

(ރ) "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިފައި ވުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވުމަށެވެ.

(ބ) "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ފޮރިން އެފެއާޒް" ކަމަށް ބުނެފައި އެވަނީ، ހާާރިޖީ ކަންކަން ހިންގުން އެ އިރެއްގައި ހަވާލުކޮށްފައިވާ ދިވެހި ދައުލަތުގެ ވުޒާރާގެ މައި އިދާރާއަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ހާާރިޖީ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

ދިހަވަނަ ބައި

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންކުރާ ފޯމުތަކާއި އިގުރާރުތައް

 

20 ވަނަ މާއްދާ - ފޯމުތަކާއި އިގުރާރުތައް

(ހ) ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރާންޖެހޭ، އަންނަނިވި ފޯމުތައް، މި ގަވާއިދުގެ ޖަދުވަލުތަކުގައި ނަކަލުކޮށްފައި އެވަނީއެވެ.

  1. ޖަދުވަލު 1 - ނަންބަރު CRF/01/2021 – ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމު.
  2. ޖަދުވަލު 2 - ނަންބަރު CRF/02/2021 – ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު ކުއްޖާ (12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން) ގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  3. ޖަދުވަލު 3 - ނަންބަރު CRF/03/2021 -  ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅަނީ މަންމަ ނުވަތަ ބައްޕަކަމުގައިވާ ނަމަ، ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވާކަން އަންގައިދޭ ލިޔުން.
  4. ޖަދުވަލު 4 - ނަންބަރު CRF/04/2021 – ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތުގެ މިލްކުގައި ދިވެހިރާއްޖޭގައިވާ ބިން/ ބިންތައް ދޫކޮށްލުމުގެ އިގުރާރު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުތަކާއި އިގެްރާރުތަކަށް އިސްްލާހުު ގެނައުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުތަކާއި އިގެްރާރުތަކަށް ގެނެވޭ އިސްްލާހުުތައް އާންމުންނަށް ފެންނާނޭހެން މިނިސްޓްރީގެ ވެބްސައިޓުގައި ށިާއިއު ކުރާންވާނެއެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި

 

މައި ގާނޫނު

ސިޓިޒެންށިޕް ގާނޫނު (ގާނޫނު ނަންބަރު 4/1969)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު