-

އާންމު ބޭނުމަށް ފްރިކްއެންސީ ދޫކުރުމާއި ބޭނުންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 39/2021)

 

1 ވަނަ މާއާްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަަންގެ ގާާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އަށް ރިއާާޔަތްކޮށް، އެ ގާާނޫނުގެ 120 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، އާންމު ބޭނުމަށް ފްރިކްއެންސީ ދޫކުރުމާއި ބޭނުންކުރުމުގައި އާަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އާންމު ބޭނުމަށް ފްރިކްއެންސީ ދޫކުރުމާއި ބޭނުންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއާްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަަންގެ ގާާނޫނު) ގެ ދަށުން، އޮތޯރިޓީން އާންމު ބޭނުމަށް ދޫކުރާ ފްރިކްއެންސީ ދޫކުރުމާއި ބޭނުން ކުރުމާ ގުޅޭ އުސޫލުތައް އެކުލަވައިލައި އާންމު ކުރުމެވެ.

 

3 ވަނަ މާއާްދާ - ފްރިކްއެންސީ ބޭންޑްތައް

(ހ) އާންމު ބޭނުންތަކަށް ފްރިކްއެންސީ ދޫކުރުމަށް ހަމަޖެހިފައިވާ ބޭންޑްތައް، ތިރީގައި މިވަނީއެވެ.

  1. 434.500 MHz – 470.000 MHz
  2. 146.000 MHz - 148.500 MHz
  3. 151.500 MHz – 153.500 MHz
  4. 162.500 MHz – 174.00 MHz

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފްރިކްއެންސީ ބޭންޑްތަކުގެ އިތުރުން ބޭންޑެއް ނުވަތަ ބޭންޑްތަކެއް، އާންމު ބޭނުމަށް ފްރިކްއެންސީ ބޭނުންކުރުމަށް ދޫކުރުމުގެ ހުއްދަ ދިނުމަށް ނިންމާ ހާލަތުގައި އެކަން އާންމުކޮށް އިއާުލާނު ކުރާންވާނެއެވެ.

 

4 ވަނަ މާއާްދާ - ފްރިކްއެންސީއަށް އެދުން

(ހ) އާންމު ބޭނުންތަކަށް ފްރިކްއެންސީއަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ، "އާންމު ބޭނުންތަކަށް ފްރިކްއެންސީއަށް އެދޭ ފޯމު" އިންނެވެ.

(ށ) އާންމު ބޭނުންތަކަށް ފްރިކްއެންސީއަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެ، ކުރިޔަށް ގެންދެވޭނީ ފޯމާއެކުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ މައާުލޫމާތާއި ތަކެތި ހުށަހަޅައިފައިވާ ނަމައެވެ.

 

5 ވަނަ މާއާްދާ - އާންމު ބޭނުންތަކަށް ފްރިކްއެންސީ ދޫކުރުން

(ހ) އާންމު ބޭނުމަށް ފްރިކްއެންސީ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްރިކްއެންސީ ދޫކުރެވޭނީ، އޮތޯރިޓީން ދޫކުރާ ލިއުމަކުންނެވެ.

(ށ) އާންމު ބޭނުމަށް ފްރިކްއެންސީއަށް އެދި ހުށަހަޅާ ފަރާތަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، ދޫކުރެވުނު  ފްރިކްއެންސީއާއި، އެ ފްރިކްއެންސީ ބޭނުންކުރެވޭނެ ސަރަހައްދު ހިމަނާންވާނެއެވެ.

(ރ) އާންމު ބޭނުމަށް ދޫކުރެވޭ ފްރިކްއެންސީ ބޭނުންކުރުމަށް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓްރާންސްމިޓިންގ ސްޓޭށަަން ލައިސަންސް، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރާންވާނެއެވެ.

 

6 ވަނަ މާއާްދާ - އާންމު ބޭނުންތަކަށް ފްރިކްއެންސީ ބޭނުންކުރުން

މި ގަވާއިދުގެ ދަށުން ދޫކުރެވޭ އެއްވެސް ފްރިކްއެންސީއެއް ބޭނުންކުރާންވާނީ، ފްރިކްއެންސީ ދޫކޮށްފައިވާ ފަރާތަށް އޮތޯރިޓީން ދޫކުރާ ޓްރާންސްމިޓިންގ ސްޓޭށަަން ލައިސަންސެއްގައި ހިމެނޭ އިކުއިޕްމަންޓަކާ އެކުގައެވެ. މި ނޫން ގޮތަކަށް ފްރިކުއެންސީ ބޭނުންކުރުމަކީ މަނާކަމެކެވެ.   

 

7 ވަނަ މާއްދާ - އާންމު ބޭނުންތަކަށް ދޫކުރާ ފްރިކްއެންސީ ބާތިިލު ކުރުމާބެހޭ

(ހ) އާންމު ބޭނުންތަކަށް ދޫކުރާ  ފްރިކްއެންސީއެއް ބޭނުންކުރަން ފެށުމަށް ދީފައިވާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފްރިކްއެންސީ ބޭނުންކުރުމަށް ޓްރާންސްމިޓިންގ ސްޓޭށަަން ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހަޅައިފައި ނުވާނަމަ، އެ ފްރިކްއެންސީއެއް ބާތިިލުވާނެއެވެ.

(ށ) އެ ފަރާތަކަށް ލިބިފައިވާ ފްރިކްއެންސީ ބޭނުންކުރަމުން ގެންދާ އިކްއިޕްމަންޓްތަކަށް ދޫކޮށްފައިވާ ހުރިހާ ލައިސަންސެއް ބާތިިލުވާ ހާލަތުގައި، ދޫކޮށްފައިވާ ފްރިކްއެންސީ ބާތިިލުވާނެއެވެ. 

 

8 ވަނަ މާއާްދާ - އިދާރީ ފިޔަވަޅު

މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކޮށްފި ނަމަ، އެ ފަރާތަކާމެދު، ގާާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަަންގެ ގާާނޫނު) ގެ 74 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

9 ވަނަ މާއާްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސްްލާހުު ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އޮތޯރިޓީންނެވެ.

 

10 ވަނަ މާއާްދާ - ގަވާއިދަށް އާަމަލުކުރަން ފެށުން

މި ގަވާއިދަށް އާަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށަާއިއާުކުރާ ތާރީހުުން ފެށިގެންނެވެ. މި ގަވާއިދަށް އާަމަލުކުރަން ފެށުމާއެކު، އާންމު ބޭނުމަށް އޮތޯރިޓީން މީގެ ކުރިން ދޫކޮށްފައިވާ ފްރިކްއެންސީތަކާމެދު ވެސް އާަމަލު ކުރެވޭނީ މި ގަވާއިދުގެ ދަށުންނެވެ.

 

11 ވަނަ މާއާްދާ - މާނަކުރުން

މި ގަވާއިދުގެ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާާނޫނު) ގެ ދަށުން އުފައްދައިފައިވާ  ކޮމިއުނިކޭށަަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ.

(ށ) "ޓްރާންސްމިޓިންގ ސްޓޭށަަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ބޭނުންތަކަށް، ދެކޮޅަށް މުއާސްަލާތު ކުރެވޭ ރޭޑިއޯ އިކްއިޕްމަންޓް ބޭނުން ކުރުމަށް ދޭ ހުއްދައަށެވެ.

(ނ) "ފްރިކްއެންސީ" ކަމުގައި ބުނެފައި އެވަނީ، ސްޕެކްޓްރަމްގެ ތެރެއިން އެކި ބޭނުންތަކަށް ރޭޑިއޯ މުއާސްަލާތުތަކުގައި ބޭނުންކުރުމަށް ދޫކުރެވޭ ވަކިވަކި މިންވަރަށެވެ.

(ރ) "އާންމު ބޭނުން" ކަމުގައި ބުނެފައި އެވަނީ، ވިޔަފާރިތަކާއި، ޖަމްއިއްޔާ ޖަމާއާަތްތަކާއި، އިދާރާތަކުގެ މަސައްކަތްތަކުގައި، ދެކޮޅަށް މުއާސްަލާތު ކުރެވޭ ރޭޑިއޯ އިކްއިޕްމަންޓް ބޭނުން ކުރުމަށެވެ. 

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު