-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 14 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-19)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް، ތިރީގައިވާ އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ 63 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން. 

63. (ވ) މުވައްޒަފަކަށް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދުވަހުއެވެ. މިފަދައިން މި ޗުއްޓީ ނެގޭނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

  1. ސެޓުފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުރެވޭނެ 2 (ދޭއް) ދުވަސް ކަމަށް ބަލާނީ، ސަރުކާރު ބަންދު ދުވަހެއް މެދަށް ނުވަންނަ، ވިދިވިދިގެން އަންނަ މަސައްކަތު 2 (ދޭއް) ދުވަހެވެ.
  2. ސަލާމުގެ ޗުއްޓީގައި ހުރި ދުވަހުގެ ފަހު ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ މަސައްކަތު ދުވަހަކީ ވިދިވިދިގެން އަންނަ 2 (ދޭއް) ދުވަސް ކަމުގައެއް ނުބެލޭނެއެވެ.
  3. ސަރުކާރު ބަންދު ދުވަހާއެކު، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތު ނުކުންނަ ދުވަހު، ސަލާމުގެ ސެޓުފިކެޓު ހުށަހަޅަން ވާނެއެވެ.
  4. ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ގިނަވެގެން 15 (ފަނަރަ) ދުވަހުއެވެ.

2 ވަނަ މާއްދާ

މި އިސްލާހަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން  ފެށިގެންނެވެ.

 

މައި ގަވާއދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު