-

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-06) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-18) 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާހު ކުރުން

ފީތައް 19.

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ދުއްވަން ރަޖިސްޓަރީކުރެވޭ އުޅަނދުފަހަރުގެ ތެރެއިން، މަސްވެރިކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިށަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި، 9 (ނުވައެއް) މީޓަރަށްވުރެ ކުދި ދޯނިފަހަރާއި، ޑިންގީއާއި، ބޮއްކުރާފަހަރާއި، ބައްތެލިފަހަރު ފިޔަވައި، އެ ނޫން ލޯކަލް އުޅަނދުފަހަރުން މި ގަވާއިދުގެ ޖަދުވަލު 6 އާއި ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު އެއްފަހަރު އަހަރީ ފީ ދައްކަން ވާނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 6/2016)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު