-

ބިލްޑިންގ ކޯޑު (ގަވާއިދު ނަންބަރު 1020/2019) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 10/2021)

 

ގަވާއިދު ނަންބަރު 1020/2019 (ބިލްޑިންގ ކޯޑު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބާވަތް 1 ގެ އިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލުން 8.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ބާވަތް 1 ގެ އިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މިނިސްޓްރީން ހަދައި އާންމުކުރަންވާނެއެވެ. އަދި މި ގަވާއިދުގެ 1 ވަނަ ބައިގައި ބަޔާންކޮށްފައިވާ އެ ކޮމްޕްލަޔަންސް ޑޮކިއުމަންޓަކާ ގުޅޭ މާއްދާއަށާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓަށް، ކޮމްޕްލަޔަންސް ޑޮކިއުމަންޓް އާންމުކުރާތާ މަދުވެގެން 3 (ތިނެއް) މަސްދުވަސް ފަހުން އަމަލުކުރަން ފަށަންވާނެއެވެ. އެގޮތުން އަމަލުކުރަން ފަށާ މުއްދަތު، ކޮމްޕްލަޔަންސް ޑޮކިއުމަންޓުގައި ބަޔާންކުރަންވާނެއެވެ.

(ހ) B1 ސްޓްރަކްޗަރ: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ށ) B2 ޑިއުރަބިލިޓީ: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ނ)  C1 މީންސް އޮފް އެސްކޭޕް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ރ)  C2 ސްޕްރެޑް އޮފް ފަޔަރ: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ބ) C3 ސްޓްރަކްޗަރަލް ސްޓެބިލިޓީ ޑިއުރިންގ ފަޔަރ: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ޅ) C4 އެކްސެސް އެންޑް ފެސިލިޓީޒް ފޮރ ފަޔަރ ސަރވިސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ކ) D1 އެކްސެސް ރޫޓްސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(އ) D2 މެކޭނިކަލް އިންސްޓޮލޭށަން ފޮރ އެކްސެސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ވ) E1 ސަރފަސް ވޯޓަރ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(މ) E2 އެކްސްޓަރނަލް މޮއިސްޗަރ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ފ) E3 އިންޓަރނަލް މޮއިސްޗަރ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ދ) F1 ހެޒަޑަސް އޭޖަންޓްސް އޮން ސައިޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ތ) F2 ހެޒަޑަސް ބިލްޑިންގ މެޓީރިއަލްސް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ލ) F3 ހެޒަޑަސް ސަބްސްޓަންސަސް އެންޑް ޕްރޮސެސް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ގ) F4 ސޭފްޓީ ފްރޮމް ފޯލިންގ: 32 (ތިރީސް ދޭއް) މަސްދުވަހުގެ ތެރޭގައި؛

(ޏ) F5 ކޮންސްޓްރަކްށަން އެންޑް ޑިމޮލިށަން ހެޒަޑްސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ސ) F6 ލައިޓިންގ ފޮރ އިމަރޖެންސީޒް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ޑ) F7 ވޯނިންގ ސިސްޓަމްސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ޒ) F8 ސައިންސް: 34 (ތިރީސް ހަތަރެއް) މަސްދުވަހުގެ ތެރޭގައި؛

(ޓ) G1 ޕަރސަނަލް ހައިޖީން: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ޔ) G2 ލޯންޑަރިންގ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ޕ) G3 ފުޑް ޕްރިޕަރޭށަން އެންޑް ޕްރިވެންށަން އޮފް ކޮންޓެމިނޭށަން: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ޖ) G4 ވެންޓިލޭށަން: 32(ތިރީސް ދޭއް) މަސްދުވަހުގެ ތެރޭގައި؛

(ޗ) G5 އިންޓީރިއަރ އެންވަޔަރަންމަންޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހހ) G6 އެއަރބޯން އެންޑް އިމްޕެކްޓް ސައުންޑް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހށ) G7 ނެޗުރަލް ލައިޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހނ) G8 އާޓިފިށަލް ލައިޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހރ) G9 އިލެކްޓްރިސިޓީ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހބ) G10 ޕައިޕްޑް ސަރވިސަސް: 32(ތިރީސް ދޭއް) މަސްދުވަހުގެ ތެރޭގައި؛

(ހޅ) G11 ގޭސް އޭޒް އެން އެނަރޖީ ސޯސް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހކ) G12 ވޯޓަރ ސަޕްލައިޒް: 32 (ތިރީސް ދޭއް) މަސްދުވަހުގެ ތެރޭގައި؛

(ހއ) G13 ފައުލް ވޯޓަރ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހވ) G14 އިންޑަސްޓްރިއަލް ލިކުއިޑް ވޭސްޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހމ) G15 ސޮލިޑް ވޭސްޓް: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ހފ) H1 އެނަރޖީ އެފީޝިއަންސީ: 49 (ސާޅީސް ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

 

2 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބާވަތް 2 ގެ އިމާރާތްތަކާ ގުޅޭ ކޯޑުގެ މާއްދާތަކާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލުން 9.

ބާވަތް 2 ގެ އިމާރާތްތަކަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭގޮތަށް ކޯޑުގެ މާއްދާތަކާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް، އާންމުކުރާ ތާރީހުން މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ މާއްދާތަކަށް އަމަލުކުރަން ފަށަންވާނެއެވެ. އެގޮތުން އަމަލުކުރަން ފަށާ މުއްދަތު، ކޮމްޕްލަޔަންސް ޑޮކިއުމަންޓުގައި ބަޔާންކުރަންވާނެއެވެ.

 

3 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިލްޑިންގ ކޯޑު (ގަވާއިދު ނަންބަރު 1020/2019)

 

 

 

ކިޔުންތެރިންގެ ހިޔާލު