-

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-04)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އަށާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް، އެ ހައްގު ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށް ޓަކައި، އެފަދަ މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ގާނޫނީ ވަކީލަކު އައްޔަނު ކޮށްދިނުމަށް މަގުފަހިކޮށްދިނުން؛

(ށ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން، ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ކުދިންނަށް، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުން؛

(ނ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ރ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން؛

(ބ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތައް ބަޔާންކުރުން؛

(ޅ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަރުދަނާގޮތެއްގައި ގާއިމްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އިދާރާ

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސައިދޭނީ، އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.

 

 

ދެވަނަ ބާބު

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް

 

4 ވަނަ މާއްދާ - ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވިފައި ވުމާއެކު، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން، ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މާލީ ތަނަވަސްކަމެއް ނެތް މީހަކު ކަމުގައި ބަލާނެ މިންގަނޑުން ށަރުތު ފުރިހަމަވުން؛

(ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖެއް ނަމަ، ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތުން.

 

5 ވަނަ މާއްދާ - ޖިނާއީ ބޮޑެތި މައްސަލަތައް

(ހ) މި ގަވާއިދުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތައް ކަމުގައި ބަލާނީ، އަންނަނިވި މައްސަލަތަކެވެ.

  1. މީހަކު މެރުމުގެ ކުށް؛
  2. ރޭޕްކުރުމުގެ ކުށް؛
  3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛
  4. ޓެރަރިޒަމްގެ ކުށްތަކާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް؛
  5. މަނީ ލޯންޑްރިންގގެ ކުށްތައް؛
  6. މީހުން ޓްރެފިކް ކުރުމުގެ ކުށްތައް؛
  7. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތައް؛
  8. އަންނަނިވި ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛
    .i ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތައް؛
    .ii ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިށްވަތުގެ ކުށްކުށާއި، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކަނޑައަޅައިފައިވާ ކޮރަޕްށަނުގެ ކުށްތައް.

  9. ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ކަނޑައަޅައިފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން، 500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛
  10. މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް؛
  11. ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކުށްތައް؛
  12. ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 1 ވަނަ ދަރަޖައާއި 2 ވަނަ ދަރަޖައިގެ ޖިނާޔަތެއް ކަމުގައި ކަނޑައަޅައިފައިވާ ކުށްތައް، ނުވަތަ އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް.

(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އެ ފަރާތުން ހިންގައިފައިވަނީ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމުގައި ވިޔަސް، އެ ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކަށްވާނަމަ، އަދި މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ ފަރާތުގެ ކިބައިގައި ފުރިހަމަވާނަމަ، އެ މައްސަލަތަކުގައި ވެސް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

6 ވަނަ މާއްދާ - މާލީ ތަނަވަސްކަމެއް ނެތް މީހުން ކަނޑައެޅުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތެއްގެ މާލީ ތަނަވަސްކަން ވަޒަންކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ތަނަވަސްކަން ބަލާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ށަރުތު ފުރިހަމަވާ ފަރާތަކީ، މި ގަވާއިދުގެ މަގުސަދަށް ޓަކައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް ފަރާތެއް ކަމުގައި ބަލަންވާނެއެވެ.

(ނ) ދިރިއުޅުމުގެ ފެންވަރަށާއި، ތަކެތީގެ އަގަށާއި، ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ތަނަވަސްކަން ބަލާ މިންގަނޑު މުރާޖައާކުރަމުން ގެންދިޔުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައިވާ މީހުންގެ މާލީ ތަނަވަސްކަން ވަޒަންކުރުމެއް ނެތި ގާނޫނީ ވަކީލަކު އައްޔަނު ކޮށްދިނުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައިވާ މީހަކު، މި ގަވާއިދުގައިވާ ގޮތުގެ މަތިން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅައިފިނަމަ، އެ މީހާގެ މާލީ ތަނަވަސްކަން ވަޒަންކުރުމެއް ނެތި، އެ މީހަކަށް ގާނޫނީ ވަކީލަކު އައްޔަނު ކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވެމުންދާ މައްސަލަތައް ކުރިޔަށް ދިއުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުންދިޔަ ގަވާއިދު ނަންބަރު 2017-78 (ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އާއި، އޭގެ ކުރިން އަމަލުކުރަމުންދިޔަ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމާބެހޭ އުސޫލު" ގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހަމަޖައްސައިދީފައިވާ މައްސަލަތަކުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހުގައިވެސް، އެ މައްސަލަތައް ނިމެންދެން، މި ގަވާއިދުގެ ދަށުން ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

9 ވަނަ މާއްދާ - އުވައިލެވޭ ކުޑަކުދިންނަށް ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުން

ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖާއަށް އަމިއްލައަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްކަން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ފޯމުގައި ބަޔާންކުރުމުން، އެ ކުއްޖާއަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީ ކަމުގައި ބަލަންވާނެއެވެ.

 

ތިންވަނަ ބާބު

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދުމާއި، އެކަން ހަމަޖައްސައިދިނުން

 

10 ވަނަ މާއްދާ - އުވައިލެވޭ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅުން

(ހ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެއެވެ.

  1. ކުށުގެ ތުހުމަތުކުރެވޭ މީހާ ނުވަތަ ކުއްޖާ؛
  2. ކުށުގެ ތުހުމަތުގައިވަނީ ކުޑަކުއްޖެއް ނަމަ، އޭނާގެ ފަރާތުން އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ، ނުވަތަ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ، ނުވަތަ ކަމާބެހޭ ކޯޓު؛
  3. ކުށުގެ ތުހުމަތުކުރެވޭ މީހާ ނުވަތަ ކުއްޖާ ހުރީ ހައްޔަރުކޮށްފައި ނަމަ، ނުވަތަ ބަންދުކޮށްފައި ނަމަ، އެ މީހަކު ނުވަތަ ކުއްޖަކު ބަންދުކޮށްފައިވާ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަ އިދާރާ؛
  4. ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ އުމުރުން ދުވަސްވީ މީހެއް ނަމަ، ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަ، އެ ފަރާތުގެ އާއިލާ، ނުވަތަ އެ ފަރާތް ބެލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތް، ނުވަތަ އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ، ނުވަތަ ކަމާބެހޭ ކޯޓު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އަންނަނިވި މަރުހަލާތަކުގެ ތެރެއިން ކޮންމެ މަރުހަލާއެއްގައި ވެސް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެއެވެ.

  1. ތަހުގީގު މަރުހަލާ؛
  2. ދައުވާކުރުމުގެ މަރުހަލާ؛
  3. ށަރީއަތުގެ އެކި މަރުހަލާތައް.

 

11 ވަނަ މާއްދާ - އުވައިލެވޭ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދެނީ 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވާ ނަމަ، އެ މީހަކު ނުވަތަ އެ މީހެއްގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދެނީ 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުއްޖަކު ކަމުގައި ވާ ނަމަ، އެ ކުއްޖަކު ނުވަތަ ކުއްޖެއްގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައިވާ ފޯމުތައް ހުށަހަޅަންވާނީ، އެ ފޯމުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކާއެކުގައެވެ.

 

12 ވަނަ މާއްދާ - އުވައިލެވޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމުގެ އުސޫލު

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާއިރު، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފޯމުގައިވާ އެންމެހައި މައުލޫމާތުތައް ފުރިހަމަކުރަންވާނެއެވެ. އަދި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ މީހާ ހުރީ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ނަމަ، އޭނާ ހުރި ހާލަތުގެ ސަބަބުން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އޭނާ ނުކުޅެދުންތެރިވާނަމަ، އަދި އެ މީހަކު ބަންދުކޮށްފައިވާ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަ އިދާރާއިން އެކަން ކަށަވަރުކޮށްދޭނަމަ، ގާނޫނުއަސާސީގެ 53 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ރައްކައުތެރިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބަލައި، އެފަދަ މީހުންނަށް ލުއި އުސޫލަކުން އަމަލުކުރުމުގެ އިހްތިޔާރު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލުއި އުސޫލުން އަމަލުކުރުމަކީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މީހަކަށް ހުށަހެޅެން ހުރި ލިޔެކިޔުންތައް ބަލައިގަނެ، އެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ވަޒަންކުރުމެވެ.

 

13 ވަނަ މާއްދާ - އުވައިލެވޭ ހުށަހެޅޭ ފޯމުތަކާމެދު އަމަލުކުރަންވީ ގޮތް

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ވަޒަންކުރަންވާނެއެވެ.

(ށ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އެދޭ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭކަން ނުވަތަ ނޫންކަން ސަބަބާއެކު ލިޔުމުން އެޓަރނީ ޖެނެރަލްގެ އޮފީހުން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - އުވައިލެވޭ މައްސަލައަށް ވަކީލު އައްޔަނު ކުރުމަށްފަހު މައުލޫމާތު ހިއްސާކުރުން

(ހ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، ދައުލަތުން ގާނޫނީ ވަކީލު އައްޔަނު ކޮށްދިނުމަށް ނިންމާނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭކަން، ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެކަން އަންގާ ލިޔުމުގައި، މައްސަލައަށް އައްޔަނުކުރާ ގާނޫނީ ވަކީލުގެ މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ށ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، ދައުލަތުން ގާނޫނީ ވަކީލު އައްޔަނު ކޮށްދިނުމަށް ނިންމާނަމަ، އެ ނިންމުން، އައްޔަނު ކުރެވޭ ވަކީލަށާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށާއި، މައްސަލަ ކޯޓަށް ހުށަހެޅިފައިވާނަމަ، އެ ކޯޓަކަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަކީލު އައްޔަނު ކުރެވުނުކަން، މައްސަލަ ހުށަހެޅިފައިވާ ކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އެންގުމުން، އެ މައްސަލައަށް އެ ވަކީލު އައްޔަނުވީކަން ކަށަވަރުކުރުމަށް އިތުރު ފޯމެއް ނުވަތަ ލިޔުމެއް ބޭނުމެއް ނުވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ދައުލަތުގެ އިދާރާތަކުގެ ޒިންމާތައް

 

15 ވަނަ މާއްދާ - އުވައިލެވޭ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޒިންމާތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން، އަންނަނިވި ޒިންމާތައް އަދާކުރަންވާނެއެވެ.

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ވަކީލަކު އައްޔަނު ކޮށްދިނުން؛

(ށ) ގާނޫނީ ވަކީލުންގެ އެހީތެރިކަން ދިނުމުގެ ކަންކަން އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށް ގެންދިއުން؛

(ނ) ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުން އަމަލުކުރާ ގޮތްތައް އާންމު ރައްޔިތުންނަށް ފަސޭހައިން އެނގޭނެ ފަދަ ގޮތަކަށް ހަމަޖައްސައި، ކަމާބެހޭ އެންމެހައި މައުލޫމާތު ފޯރުކޮށްދިނުން؛

(ރ) ގާނޫނީ ވަކީލަކު އިސްތިއުފާދޭ ހާލަތުގައި، ނުވަތަ ތަނާޒުލްވާ ހާލަތުގައި، ނުވަތަ ގާނޫނީ ވަކީލު ބަދަލުކޮށްދިނުމަށް ގާނޫނީ އެހީތެރިކަން ލިބޭ ފަރާތުން ހުށަހަޅާ ހާލަތުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން އެ ގާނޫނީ ވަކީލުގެ ބަދަލުގައި އެހެން ގާނޫނީ ވަކީލަކު ހަމަޖައްސައިދީ، އައްޔަނު ކުރުން؛

(ބ) ދައުލަތުން އައްޔަނުކުރާ ގާނޫނީ ވަކީލާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނީ ވަކީލުގެ ފީއާއި ހަރަދުތައް ހަމަޖައްސައިދިނުމާއި، ވަކީލުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ޅ) ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން؛

(ކ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ގާނޫނީ ވަކީލުންނަށް، ވަގުތާއި، ހާލަތާއި، ލިބިފައިވާ ވަސީލަތްތަކަށް ރިއާޔަތްކޮށް، ތަމްރީނުގެ އެކިއެކި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން. އެގޮތުން ޚާއްސަކޮށް ކުޑަކުދިންގެ މައްސަލަތައް ގެންގުޅޭ ވަކީލުންނަށް، ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ޚާއްސަ ތަމްރީނުތައް ހޯދައިދިނުމަށް މަސައްކަތްކުރުން؛

(އ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުން މުވައްކިލުންނާ އެކަށީގެންވާ މިންވަރަކަށް ބައްދަލުކޮށް، މައްސަލައިގައި ގަވާއިދުން މުވައްކިލުން ތަމްސީލުކުރަމުންދާކަން ބެލުން.

 

16 ވަނަ މާއްދާ - އުވައިލެވޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުން ހުއްޓައިލެވިދާނެ ހާލަތްތައް

މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކަށް ދެވޭ ގާނޫނީ ވަކީލުގެ އެހީތެރިކަން، އަންނަނިވި ހާލަތްތަކުގައި ހުއްޓައިލުމުގެ ބާރު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ހ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭ ފަރާތް، ގާނޫނީ ވަކީލަށް އިންޒާރުދިނުން، ނުވަތަ ބިރުދެއްކުން، ނުވަތަ އަނިޔާކުރުން، ނުވަތަ ގާނޫނީ ވަކީލާމެދު އެކަށީގެންނުވާ އަމަލެއް ހިންގުން؛

(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭ ފަރާތް، ގާނޫނީ ވަކީލަށް އެއްބާރުލުން ނުދިނުން؛

(ނ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމަށް ޓަކައި ފުރިހަމަވާންޖެހޭ ށަރުޠެއް، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތުގެ ކިބައިން އުނިވުން؛

(ރ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށް ހުށަހަޅައިފައިވާ މައުލޫމާތަކީ ތެދުނޫން މައުލޫމާތެއް ކަމުގައި ވުން.

 

17 ވަނަ މާއްދާ - އުވައިލެވޭ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރެވޭކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (6) ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން، ކުށެއްގެ ތުހުމަތުގައިވާ މީހަކު ހައްޔަރުކުރެވޭ ހިނދު، އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހަކު ކަމުގައި ވާ ނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ވާ ނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން އޭނާއަށް އެންގުން؛

(ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓެނީ ނުވަތަ ހައްޔަރުކުރެވެނީ ކުޑަކުއްޖަކު ނަމަ، އެ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން އޭނާއަށް އެންގުން؛

(ނ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ މީހާ ނުވަތަ ކުއްޖާ ދައުލަތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދުމުން، ލަސްނުކޮށް، މި ގަވާއިދުގެ ޖަދުވަލު 2 ނުވަތަ ޖަދުވަލު 3 ގައިވާ ފޯމު އެ ފަރާތަށް ދިނުން، އަދި އެ ފޯމު ފުރުމަށް އެ ފަރާތަށް އެހީތެރިވުން؛

(ރ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެނީ 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ނަމަ، އަދި އެ ފަރާތް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ހުރުމުގެ ސަބަބުން އެ ފަރާތުން ފޯމާއެކު ހުށަހަޅަންޖެހޭ އެ ފަރާތުގެ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ހުށަހެޅޭނެ ގޮތެއް ނެތްނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމާއެކު ހިމަނައިފައިވާ "ބޭންކް އެކައުންޓް ސްޓޭޓްމަންޓް ދިނުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން" ގެ ނަމޫނާއާ އެއްގޮތަށް، ބަންދުކޮށްފައިވާ މީހާ ލައްވައި ލިޔުމެއް ލިޔުއްވައި، އެ ލިޔުމުގައި ސޮއިކުރުވައި، އިނގިލީގެ ނިށާން ޖެހުމަށްފަހު، ފޯމާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، އެއް ބޭންކަށްވުރެ ގިނަ ބޭންކުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ މީހާގެ އެކައުންޓް ހުޅުވައިފައިވާނަމަ، އެއިން ކޮންމެ ބޭންކަކަށް ވަކި ލިޔުމެއް ފުރުމަށްފަހު ފޮނުވުން؛

(ބ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހާ ފޯމު ފުރުމުން، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަކުރުމަށް އެ މީހާއަށް އެހީތެރިވުން. އަދި މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ފޯމާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ ސިޓީގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހާ ނުކުޅެދުންތެރިވާކަން ކަށަވަރުކޮށްދިނުން؛

(ޅ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ފޮނުވައިފައިވަނިކޮށް، ދައުލަތުން ގާނޫނީ ވަކީލަށް އެދޭ މީހާ ނުވަތަ ކުއްޖާގެ ހާލަތު ބަދަލުވެއްޖެނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހަށް އެކަން އެންގުން؛

(ކ) މި ގަވާއިދުގެ ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އައްޔަނު ކުރެވޭ ވަކީލުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ އެ ވަކީލުންގެ މުވައްކިލުންނާ ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން.

 

18 ވަނަ މާއްދާ - އުވައިލެވޭ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރެވޭކަން ކަށަވަރުކުރަންވާނެއެވެ.

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުން، ކުށެއްގެ ތުހުމަތުގައިވާ ބަންދުކޮށްފައިވާ މީހަކު ނުވަތަ ކުއްޖަކު ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނުވަތަ ޖަދުވަލު 3 ގައިވާ ފޯމު އެ ފަރާތަށް ލަސްނުކޮށް ދިނުމާއި، އެ ފޯމު ފުރުމަށް އެ ފަރާތަށް އެހީތެރިވުން؛

(ށ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެނީ 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ނަމަ، އަދި އެ ފަރާތް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ހުރުމުގެ ސަބަބުން އެ ފަރާތުން ފޯމާއެކު ހުށަހަޅަންޖެހޭ އެ ފަރާތުގެ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ހުށަހެޅޭނެ ގޮތެއް ނެތްކަމުގައި ވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމާއެކު ހިމަނައިފައިވާ "ބޭންކް އެކައުންޓް ސްޓޭޓްމަންޓް ދިނުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން" ގެ ނަމޫނާއާ އެއްގޮތަށް، ބަންދުކޮށްފައިވާ މީހާ ލައްވައި ލިޔުމެއް ފުރުވައި، ސޮއިކުރުވައި، އިނގިލީގެ ނިށާން ޖެހުމަށްފަހު، ފޯމާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، އެއް ބޭންކަށްވުރެ ގިނަ ބޭންކުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ މީހާގެ އެކައުންޓް ހުޅުވައިފައިވާނަމަ، އެއިން ކޮންމެ ބޭންކަކަށް ވަކި ލިޔުމެއް ފުރުމަށްފަހު ފޮނުވުން؛

(ނ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހާ ފޯމު ފުރުމުން، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަކުރުމަށް އެ މީހާއަށް އެހީތެރިވުން. އަދި މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ފޯމާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ ސިޓީގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހާ ނުކުޅެދުންތެރިވާކަން ކަށަވަރުކޮށްދިނުން؛

(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ފޮނުވައިފައިވަނިކޮށް، ދައުލަތުން ގާނޫނީ ވަކީލަށް އެދޭ މީހާގެ ނުވަތަ ކުއްޖާގެ ހާލަތު ބަދަލުވެއްޖެނަމަ، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން؛

(ބ) މި ގަވާއިދުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އައްޔަނު ކުރެވޭ ވަކީލުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ އެ ވަކީލުންގެ މުވައްކިލުންނާ ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން.

 

19 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އެހީތެރިވުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރެވޭކަން ކަށަވަރު ކުރަންވާނެއެވެ.

(ހ) ތަހުގީގު މަރުހަލާގައި ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތެއްގެ މައްސަލައިގައި ޖިނާއީ ދައުވާކޮށް ކޯޓަށް ހުށަހަޅައިފިނަމަ އެކަން، ނުވަތަ ދައުވާ ނުކުރުމަށް ނިންމައިފިނަމަ އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން؛

(ށ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތެއްގެ މައްސަލައެއް އެއްވެސް މަރުހަލާއެއްގައި އިސްތިއުނާފު ކުރާނަމަ، އިސްތިއުނާފު ކުރުމަށްފަހު އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން.

 

20 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުކަމާބެހޭ ކޯޓުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އެހީތެރިވުމުގެ ގޮތުން، ކަމާބެހޭ ކޯޓުތަކުން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރެވޭކަން ކަށަވަރު ކުރަންވާނެއެވެ.

(ހ) ކުށެއްގެ ތުހުމަތުގައިވާ މީހަކު ނުވަތަ ކުއްޖަކު، ށަރީއަތުގެ މަޖިލީހުގެ އެއްވެސް އަޑުއެހުމެއްގައި ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު، ނުވަތަ ޖަދުވަލު 3 ގައިވާ ފޯމު އެ ފަރާތަށް ދިނުމާއި، އެ ފޯމު ފުރުމުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން ނުވަތަ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެ ފަރާތަށް އިރުށާދު ދިނުން؛

(ށ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުން ށަރީއަތުގެ މަޖިލީހުގެ އެއްވެސް އަޑުއެހުމެއްގައި ދައުލަތުން ފޯރުކޮށްދީފައިވާ ގާނޫނީ ވަކީލާ ގުޅޭގޮތުން ށަކުވާއެއް ހުށަހަޅައިފިނަމަ، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން؛

(ނ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތަށް ދައުލަތުން އައްޔަނު ކޮށްފައިވާ ވަކީލުގެ އަމަލެއްގެ ސަބަބުން ނުވަތަ އިހުމާލެއްގެ ސަބަބުން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން؛

(ރ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރާއިރު، ވަކީލަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް އަމުރުގެ ކޮޕީއެއް ފޮނުވުން.

 

 

ފަސްވަނަ ބާބު

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުގެ ޒިންމާ

 

21 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުގެ ޒިންމާ މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ ފޯމުގައިވާ މައުލޫމާތު ފުރިހަމަ ކުރެވިފައި ވާކަމާއި، ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅިފައިވާކަން ކަށަވަރުކުރުން؛

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ ފޯމުގައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން؛

(ނ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ހުށަހަޅައިފައިވަނިކޮށް އެ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެނަމަ، ނުވަތަ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން އިތުރަށް ބޭނުން ނުވާނަމަ، އެކަން ލަސްނުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން އެންގުން؛

(ރ) އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލަށް އިންޒާރުދިނުން ނުވަތަ ބިރުދެއްކުން ނުވަތަ އަނިޔާކުރުން، ނުވަތަ އެނޫންވެސް އެފަދަ އެކަށީގެންނުވާ އެއްވެސް އަމަލެއް ވަކީލާމެދު ނުހިންގުން؛

(ބ) އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލަށް އެއްބާރުލުންދީ، ދެ ފަރާތުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރުން.

 

 

ހަވަނަ ބާބު

ގާނޫނީ ވަކީލުގެ ޒިންމާ

 

22 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުގާނޫނީ ވަކީލުގެ ޒިންމާ

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުން އައްޔަނުކުރާ ގާނޫނީ ވަކީލުންގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ވަކީލާ ހަވާލުކުރެވޭ މަސައްކަތްތައް، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއި، މުހްތަރިފުކަމާއެކު ކުރުން؛

(ށ) ވަކީލާ ހަވާލުކުރެވޭ މައްސަލައަކާ ގުޅިގެން އެކި ތަންތަނުގައި މުވައްކިލު ތަމްސީލުކުރުމާއި، އެ ފަރާތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމާއި، އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ދާންޖެހޭ ތަންތަނަށް ދިއުމާއި، މުވައްކިލުގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމާއި، ދިފާއުކޮށްދިނުމާއި، މައްސަލައާ ގުޅިގެން ކުރަންޖެހޭ މިނޫންވެސް އެންމެހައި ކަމެއް، އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ ވަގުތަކަށް ކުރުން؛

(ނ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ފިޔަވައި، މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކަމާބެހޭ ކޯޓުތަކުންނާއި އިދާރާތަކުން ހޯދުން؛

(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ގާނޫނުތަކަށާއި، ގަވާއިދުތަކަށާއި، ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ކިޔަމަންވެ އަމަލުކުރުން؛

(ބ) ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކީލާ ހަވާލުކުރެވޭ މައްސަލައެއްގައި، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ އިތުރުން، އެ މައްސަލައިގައި ހިމެނޭ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އައްޔަނު ކުރުމުން މެނުވީ ތަމްސީލު ނުކުރުން؛

(ޅ) މުވައްކިލު ފޯރުކޮށްދޭ، މައްސަލައާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމާއެކު، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން މެނުވީ، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އެ މައުލޫމާތުތައް ހާމަނުކުރުން؛

(ކ) މައްސަލައަކާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަނުކުރުމާއި، މައްސަލައިގެ ހަގީގަތް އޮޅޭ ފަދަ އެއްވެސް ކަމެއް ނުކުރުން؛

(އ) ވަކީލާ ހަވާލުކުރެވޭ އެއްވެސް މައްސަލައެއްގެ އެއްވެސް މަރުހަލާއެއްގައި، ވަކީލުގެ މަސްލަހަތު ފުށުއެރުމެއް އޮތްކަން ހާމަވެއްޖެނަމަ، މަސްލަހަތު ފުށުއެރުމެއް އޮތްކަން ވަކީލަށް އެނގޭ ހިސާބުން ފެށިގެން، އެ މައްސަލައަކުން ވަކީލު ތަނާޒުލްވުން. އަދި އެފަދައިން އެ މައްސަލައަކުން ތަނާޒުލްވުމަށްފަހު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ މައްސަލައަކުން ތަނާޒުލްވެއްޖެކަމާއި، ތަނާޒުލްވާން މެދުވެރިވި ސަބަބު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން އެންގުން؛

(ވ) މައްސަލަ ހިނގަމުންދާއިރު، ހަބަރު ފަތުރާ ވަސީލަތްތަކާއި، އެނޫންވެސް އެފަދަ އެއްވެސް ފަރާތަކަށް މައްސަލައާ ގުޅޭގޮތުން ބަސްދީގަތުމެއް ނުވަތަ ބަޔާނެއް ނުދިނުން؛

(މ) ވަކީލާ ހަވާލުކުރެވޭ މަސައްކަތްތައް ކުރުމުގައި، މައްސަލައާމެދު ނުވަތަ ތަމްސީލުކުރާ މުވައްކިލާމެދު އެއްވެސް ކަހަލަ ޒާތީ ތައައްސުބެއް ނުގެންގުޅުން؛

(ފ) މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން، ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް، ދޭ އެއްވެސް ފައިސާއެއް، ނުވަތަ މާލީ އިނާޔަތެއް، ނުވަތަ ހަދިޔާއެއް، ނުވަތަ ލިބޭ އެއްވެސް މަންފާއެއް ގަބޫލު ނުކުރުން؛

(ދ) ވަކީލާ ހަވާލުކުރެވޭ މައްސަލަ ނުވަތަ މައްސަލަތައް ކުރިޔަށް ގޮސްފައިވާ ހިސާބާއި، މައްސަލައާ ގުޅިގެން ކުރެވިފައިވާ މަސައްކަތްތައް އެނގޭގޮތަށް ސްޓޭޓަސް ރިޕޯޓެއް އެކުލަވައިލައި، ކޮންމެ މީލާދީ މަހަކު އެއްފަހަރު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛

(ތ) ވަކީލާ ހަވާލުކުރެވޭ މައްސަލައެއްގެ ކޮންމެ މަރުހަލާއެއް ނިމުމުން، އެ މަރުހަލާއެއް ނިމިއްޖެކަމަށް ބަޔާންކޮށް، އެ މައްސަލައިގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނެގުމަށް، ލަސްނުކޮށް ލިޔުމުން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުން؛

(ލ) ވަކީލާ ހަވާލުކުރެވޭ މައްސަލައެއްގެ ކޮންމެ މަރުހަލާއެއް ނިމުމުން، އެ މައްސަލައެއް ނިމިފައިވަނީ މުވައްކިލާ ދެކޮޅަށް ކަމަށް ވާ ނަމަ، މައްސަލަ އިސްތިއުނާފުކުރަން މުވައްކިލު ބޭނުންވާކަން ސާފުކުރުމަށްފަހު، އިސްތިއުނާފުކުރުމަށް ބޭނުންވާނަމަ، މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން. އަދި މައްސަލަ އިސްތިއުނާފު ކުރުމަށް މުވައްކިލު ބޭނުން ނުވާނަމަ، އެ މައްސަލައެއްގެ އެންމެހައި ލިޔެކިއުންތަކެއް އެޓަރނީ ޖެނެރަލްގެ އޮފީހަށް ރައްދުކުރުން؛

(ގ) އެޓަރނީ ޖެނެރަލްގެ އޮފީހާއި ވަކީލާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ވަކީލު އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އަދާކުރުން.

 

23 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުގާނޫނީ ވަކީލާއި، ގަނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ މީހާގެ އިމްތިޔާޒުތައް

ގާނޫނީ ވަކީލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތާ ދެމެދު އޮންނަ ގުޅުމުގެ ދަށުން ލިބިދޭ އެންމެހައި އިމްތިޔާޒުތައް، ގާނޫނީ އެހީތެރިކަން ލިބޭ ފަރާތަށާއި އޭނާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ގާނޫނީ ވަކީލަށްވެސް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

ގާނޫނީ ވަކީލު ވަކިކުރުން އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން އެޓަރނީ ޖެނެރަލްގެ އޮފީހުން އައްޔަނު ކޮށްފައިވާ ވަކީލު ވަކިކުރުމުގެ ބާރު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ހ) އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލުގެ އެހީތެރިކަން ބޭނުންނުވާކަމަށް، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތުން، ސަބަބު ބަޔާންކޮށް ލިޔުމުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛

(ށ) އައްޔަނު ކުރެވިފައިވާ ގާނޫނީ ވަކީލުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން އަދި/ނުވަތަ ބާތިލުކުރުން؛

(ނ) އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލު، އެޓަރނީ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވުން؛

(ރ) އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ހުރަސްއެޅޭފަދަ އެހެން ސަބަބެއް މެދުވެރިވުން.

 

 

ހަތްވަނަ ބާބު

ށަކުވާ ހުށަހެޅުމާއި ބެލުން

 

25 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުށަކުވާ ހުށަހެޅުން

(ހ) ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން، އަންނަނިވި ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެއެވެ.

  1. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ މީހާ ނުވަތަ ކުއްޖާ؛
  2. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދެނީ ކުޑަކުއްޖަކު ނަމަ، އޭނާގެ ފަރާތުން އޭނާގެ ބެލެނިވެރިޔާ، ނުވަތަ ބަލަދުވެރިޔާ، ނުވަތަ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ، ނުވަތަ ކަމާބެހޭ ކޯޓު؛
  3. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދެނީ އުމުރުން ދުވަސްވީ މީހަކު ނަމަ، ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ނަމަ، އެ ފަރާތުގެ އާއިލާ، ނުވަތަ އެ ފަރާތް ބެލުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ ފަރާތް، ނުވަތަ އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ، ނުވަތަ ކަމާބެހޭ ކޯޓު؛
  4. އެޓަރނީ ޖެނެރަލްގެ އޮފީހުން އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލު؛
  5. ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ށަކުވާއެއް ހުށަހަޅާނީ، ލިޔުމުން އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ.

 

26 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުށަކުވާ ބަލައިގަތުމާއި ޖަވާބު ދިނުން

އެޓަރނީ ޖެނެރަލްގެ އޮފީހަށް ށަކުވާއެއް ހުށަހެޅުމުން، އެ ށަކުވާއެއް ހުށަހެޅޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ށަކުވާއަކާ ގުޅޭ ގޮތުން ނިންމި ނިންމުން، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުށަކުވާ ބެލުމަށްފަހު އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ށަކުވާއެއް ބެލުމަށްފަހު، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ހ) ހުށަހަޅައިފައިވާ ށަކުވާއަކީ ގާނޫނީ ވަކީލުގެ ޒިންމާ އަދާނުކުރުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ށަކުވާއެއްނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ވަކީލަށް ނަސޭހަތްތެރިވުން، ނުވަތަ ވަކީލާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ މައްސަލައަށް އެހެން ވަކީލަކު ހަމަޖައްސައިދިނުން؛

(ނ) ހުށަހެޅިފައިވާ ށަކުވާއަކީ، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތާ ގުޅޭގޮތުން ހުށަހެޅިފައިވާ ށަކުވާއެއްނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން، ނުވަތަ އެ ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުން.

 

 

އަށްވަނަ ބާބު

އެހެނިހެން

 

28 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދުގެ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.

 

29 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2017-78 (ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

30 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

31 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ތުހުމަތުކުރެވޭ މީހާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެ މީހަކާ ދެކޮޅަށް ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ތަހުގީގު ހިންގެމުންދާ ނުވަތަ ހިންގައިފައިވީނަމަވެސް، އެ ކުށުގެ ދައުވާ އުފުލިފައިނުވާ ނުވަތަ ދައުވާ އުފުލިފައިވިޔަސް، ކުށް ސާބިތުވެފައިނުވާ މީހާއަށެވެ.

(ށ) "ކުޑަކުދިން" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ކުޑަކުދިންނަށް ދީފައިވާ މާނަކުރުމަށެވެ.

(ނ) "ތަހުގީގު މަރުހަލާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމަށެވެ.

(ރ) "ދައުވާކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމަށެވެ.

(ބ) "ށަރީއަތުގެ އެކި މަރުހަލާތައް" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފު މަރުހަލާތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) ގައި ދީފައިވާ މާނަކުރުމަށެވެ.

 

 

 (ޖަދުވަލު 1، 2، އަދި 3 އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު