-

ބެއާބޯޓް ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 129/2020)

 

ގަވާއިދު ނަންބަރު 45/2012 (ދިވެހިރާއްޖޭގައި ބެއާބޯޓް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ރ) އާއި (ބ) އިތުރުކުރުން.

 

 

ބެއާބޯޓުގެ ރަޖިސްޓަރީގެ މުއްދަތު 8.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 31 ޑިސެންބަރު 2023 ގެ ކުރިން ބެއާބޯޓް ރަޖިސްޓަރީގެ މުއްދަތު ހަމަވާ ފަރާތްތަކަށް، ރަޖިސްޓަރީގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރުދުވަހަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން 1 (އެކެއް) އަހަރުދުވަހަށް މުއްދަތު އިތުރުކޮށްދެވިދާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މުއްދަތު ހަމަވާ ތާރީހުން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަލަށް 1 އަހަރުދުވަސް ނެތްނަމަ، މުއްދަތު އިތުރުކޮށްދެވޭނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ.

 

2 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބެއާބޯޓު ރަޖިސްޓްރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 45/2012) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު