-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ނަންބަރު 2019-02) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-125)

  

ގަވާއިދު ނަންބަރު 2019-02 (އިލެކްށަަންސް ކޮމިށަަނުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހްުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހްުކުރުން.

މުވައްޒަފުން ހްުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް 14.

(ޅ) ކޮމިށަަނުގައި ވަޒީފާ އަދާކުރާ ދާއިމީ އެއްވެސް މުވައްޒަފަކު އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ. މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަަނުގެ ނުރަސްމީ ގަޑީގައި، ކޮމިށަަނުގެ މަސައްކަތުގެ ދާއިރާއިން ބޭރުގެ ދާއިރާއަކުން ކޮމިށަަނުގެ ހުއްދަޔާއެކު، އިިލްމު އުނގަންނައިދިނުމަކީ މި މާއްދާއާ ތައާރުޒުވާ ކަމެއް ނޫނެވެ. އަދި މިފަދަ މުވައްޒަފުން ކޮމިށަަނުގެ ހުއްދައަށް އެދި ހުށަހަޅާއިރު، އެ މުވައްޒަފަކު ކިޔަވައިދޭން ދާ ތަނަކާއި، ކިޔަވައިދޭނެ މޮޑިއުލާއި، ސެށަަންތައް ކުރިޔަށްގެންދާނެ ގޮތުގެ ށަެޑިއުލް، ކޮމިށަަނާ ހިއްސާކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 4 ވަނަ މާއްދާގެ 4.4 ގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.

ވަޒީފާއަށް މީހުން ހޮވުމުގައި ކުރަންޖެހޭ ކަންތައްތައް 4.

4.5

ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ށަަރުތުު ހަމަވާ މީހުންނާ އިންޓަވިއު ކުރުމަށްފަހު، ވަޒީފާއަށް ހަމަޖައްސާ މީހާއަކީ، އެހެން ވަޒީފާއެއް އަދާކުރަމުން ނުދާ މީހެއް ނަމަ، ވަޒީފާއަށް ނުކުތުމަށް ގިނަވެގެން ދޭންވާނީ 1 (އެކެއް) ހަފުތާގެ މުއްދަތެކެވެ. އަދި އެ މީހަކީ އެހެން ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ނަމަ، ކޮމިށަަނުގެ ވަޒީފާއަށް ނުކުތުމަށް ގިނަވެގެން ދޭންވާނީ 30 (ތިރީސް) ދުވަހުގެ މުއްދަތެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ މާއްދާގެ 9.6 ގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.

ވަޒީފާއިން ވަކިކުރުން 9.

9.7

މުވައްޒަފަކު ވަޒީފާއިން ވަކިވާއިރު، އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ބެލުމުގެ ދަށުން، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުތައް ސުޕަވައިޒަރު ކަނޑައަޅާ މީހަކާ ހަވާލުކޮށް ނިންމަންވާނެއެވެ. އަދި ވަޒީފާއިން ވަކިކުރާ ޗިޓު ހެދުމުގެ ކުރިން އެ މުވައްޒަފެއްގެ މަސައްކަތް ހޭންޑް އޯވަރ ކުރިކަމުގެ ލިޔުން، މުވައްޒަފުންނާބެހޭ ކަންތައް ބަލަހައްޓާ ސެކްށަަނަށް ހުށަހަޅަންވާނެއެވެ. ހޭންޑް އޯވަރ ފޯމު، މި އުސޫލުގެ "ނަންބަރު 1" ގައި ހިމަނައިފައިވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 10 ވަނަ މާއްދާގެ 10.3 ގެ ފަހަތަށް އަންނަނިވި 2 (ދޭއް) ނަންބަރު އިތުރުކުރުން.

މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިކުރުން 10.

10.4

ކޮމިށަަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ، މަދުވެގެން 15 (ފަނަރަ) ދުވަހުގެ ނޯޓިހެއް ކޮމިށަަނަށް ދޭންވާނެއެވެ. އަދި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިށަަނަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިންވެސް ކޮމިށަަނަށް ފެނިއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. އަދި އެދިފައިވާ ސަބަބަކީ މަގްްބޫލު ސަބަބެއް ނަމަ، އެ ސަބަބަކަށް ރިއިާޔަތް ކުރަންވާނެއެވެ.

10.5 މި މާއްދާގެ 10.3 އާއި 10.4 ގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމުގެ ބަދަލުގައި ނުވަތަ އެ މުއްދަތަށް ނޯޓިސް ދެވެން ނެތް ނަމަ، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިިނާޔަތްތަކަށްވާ އަދަދެއްގެ ފައިސާ، އެ މުވައްޒަފަކު ކޮމިށަަނަށް ދައްކަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 2 ވަނަ މާއްދާގެ 2.13 ގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.

ކޮމިށަަނުގެ ރަސްމީ މަސައްކަތު ދުވަހާއި ގަޑި 2.

2.14

ކޮމިށަަނުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބޭނުންވެއްޖެ ނަމަ، ކޮމިށަަނުގެ ނުރަސްމީ ގަޑީގައި މަސައްކަތަށް ދަތިނުވާ ގޮތަށް، އެ މުވައްޒަފަކު ކިޔަވަން ދިޔުމުގެ ފުރުސަތު ކޮމިށަަނުން ދޭންވާނެއެވެ. މިފަދަ މުވައްޒަފުން ކިޔެވުމުގެ ށަެޑިއުލް، އެ މުވައްޒަފެއްގެ ސުޕަވައިޒަރާއި، މުވައްޒަފުންނާބެހޭ ކަންތައް ބަލަހައްޓާ ސެކްށަަނާ ހިއްސާކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގެ 9.6 ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހްުކުރުން.

އާއިލީ ޒިންމާގެ ޗުއްޓީ 9.

9.6

ހަފުތާ ބަންދާ ގުޅިގެން، އާދީއްތަ ދުވަހާއި، ބުރާސްފަތި ދުވަހާއި، އަހަރީ ޗުއްޓީ ފެށޭ ދުވަހުގެ ކުރީ ދުވަހާއި، ޗުއްޓީ ނިމޭ ދުވަހުގެ ފަހުދުވަހާއި، ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ކުރީ ދުވަހާއި، ރަސްމީ ބަންދު ދުވަހެއްގެ ފަހުދުވަހު އާއިލީ ޒިންމާގެ ޗުއްޓީ ނެގުމަކީ ކޮމިށަަނުން ހިތްވަރުދޭ ކަމެއް ނޫނެވެ. އަދި  މި ދުވަސްތަކުގައި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރެއްޖެ ނަމަ، އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ ފަހަތަށް "ނަންބަރު 1" ގެ ގޮތުގައި އަންނަނިވި ފޯމު އިތުރުކުރުން.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު