-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 27 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 104/2020)

 

ގަވާއިދު ނަންބަރު  43/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އުނިކުރުން.

30. (އުނިކޮށްފައި)

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

35. (ހ)

(19) ކޭށް ކާޑު ނުވަތަ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑުގެ ޕޭމަންޓް ޕްރޮސެސް ކުރުމާއި އެނޫން ވެސް އެ ފަދަ ހިދުމަތްތައް ފޯރުވައިދިނުން؛

 

3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 43/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު