މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 28 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-119)
ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ފައިސާ ނޫން އެއްޗަކުން އަގު އަދާކުރާ މުއާާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު 1-22.
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ފައިސާ ނޫން އެއްޗަކުން އަގު އަދާކުރާ މުއާާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތަކީ، އަންނަނިވި ވަގުތުތަކުގެ ތެރެއިން ކުރިން އަންނަ ވަގުތެވެ.
- އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ އިންވޮއިސް ތައްޔާރުކުރާ ވަގުތު؛
- އެ މުދަލުގެ ނުވަތަ ހިދުމަތުގެ މުގާބިލު އެކުގައި ނުވަތަ އެއިން ބައެއް އަދާކުރާ ވަގުތު.
(ށ) މި މާއްދާގެ (ހ) ރައްދުވާ މުއާާމަލާތެއްނަމަ، މުއާާމަލާތުގައި ހިމެނޭ ދެ ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކުން ވެސް އަނެއް ފަރާތަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިންކަމުގައި ބަލަންވާނެއެވެ. އަދި ކޮންމެ ފަރާތަކުން ވެސް، އެ ފަރާތަށް ލިބޭ މުދާ ނުވަތަ ހިދުމަތަކީ، އެ ފަރާތުން ފޯރުވައިދިން މުދަލުގެ ނުވަތަ ހިދުމަތުގެ މުގާބިލު ކަމުގައި ބަލަންވާނެއެވެ.
(ނ) މި މާއްދާ ރައްދުވާ މުއާާމަލާތެއްގެ މުގާބިލަކީ، ނުއުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއްގެ ބައެއް ބޭނުންކުރުމުގެ ހްއްގު ދިނުންކަމަށްވާނަމަ، މުގާބިލު އަދާކުރި ވަގުތުކަމަށް ބަލާނީ، އަންނަނިވި ވަގުތުތަކުގެ ތެރެއިން ކުރިން އަންނަ ވަގުތެވެ.
- އެ ނުއުފުލޭ މުދާ ނުވަތަ އެއިން ބައެއް، ބޭނުންކުރުމުގެ ހްއްގު މުދާ ނުވަތަ ހިދުމަތް ފޯރުވައިދިން ފަރާތަށް ލިބޭ ވަގުތު؛
- އެ ނުއުފުލޭ މުދާ ނުވަތަ އެއިން ބައެއް، މުދާ ނުވަތަ ހިދުމަތް ފޯރުވައިދިން ފަރާތުން ބޭނުންކުރަން ފަށާ ވަގުތު.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.
(ކ) ގުޅުންހުރި ފަރާތަކަށް ފޯރުވައިދޭ މުދަލާއި ހިދުމަތުގެ މުގާބިލުގައި، އަގު އަދާކުރަނީ ފައިސާ ނޫން އެއްޗަކުން ކަމުގައިވީނަމަވެސް، މި މާއްދާގެ (ހ) ރައްދުވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ގުޅުންހުރި ފަރާތެއް މެދުވެރިކޮށް ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގު 1-25.
(ހ) މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދެނީ މުދާ ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތާ ގުޅުންހުރި ފަރާތެއް މެދުވެރިވެގެން، ނުސީދާކޮށް ކަމުގައިވާނަމަ، އެ މުއާާމަލާތުގެ މުގާބިލުކަމަށް ބަލާނީ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ، އަންނަނިވި އަދަދުތަކުގެ ތެރެއިން ބޮޑު އަދަދެވެ.
- އެ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މަންފާ ލިބޭ ފަރާތުން އެ މަންފާގެ ބަދަލުގެ ގޮތުގައި އެހެން އެއްވެސް ފަރާތަކަށް ދައްކާ އަދަދު؛ ނުވަތަ
- ފޯރުވައިދޭ މުދަލަށް ނުވަތަ ހިދުމަތަށް އިންވޮއިސް ދޫކުރެވޭ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގުގެ ގޮތުގައި އަދާކުރާ އަދަދު.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންފާ ލިބޭ ފަރާތަކީ، މުދާ ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތާ ގުޅުންހުރި ފަރާތެއް ކަމުގައި ވުން ލާޒިމެއް ނޫނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުުކުރުން.
(3) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، އެއްވެސް ސަބަބަކާހުރެ 12 (ބާރަ) މަސްދުވަސް ނިމޭއިރު އުނި ނުކުރެވި ހުރި ކެޕިޓަލް ހަރަދާ ގުޅޭ އިންޕުޓް ޓެކުހާއި، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، އެއްވެސް ސަބަބަކާހުރެ 36 (ތިރީސް ހައެއް) މަސްދުވަސް ނިމޭއިރު އުނި ނުކުރެވި ހުރި ކެޕިޓަލް ހަރަދާ ގުޅޭ އިންޕުޓް ޓެކްސް، ކުރިޔަށްހުރި ޓެކްސް ނެގޭ މުއްދަތުތަކުގައި، އައުޓްޕުޓް ޓެކުހުން އުނިކުރެވިދާނެއެވެ. މި އަކުރަށް އަމަލުކުރާނީ، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ހިލާފުނުވާ ގޮތެއްގެ މަތިންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އުނިކުރުން.
88. (ށ) (1) (އުނިކޮށްފައި).
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުުކުރުން.
ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ހިދުމަތް 104.
ގާނޫނުގެ ބޭނުމަށް، މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދެވެނީ ދިވެހިރާއްޖޭގައި ކަމަށް ބެލެވޭނީ އަންނަނިވި އުސޫލުތަކަށް ރިއާާޔަތްކޮށެވެ.
(ހ) މުދާ ވިއްކާ ވަގުތު، އެ މުދާ ފޯރުވައިދޭ ފަރާތާއި އެ މުދާ ލިބިގަންނަ ފަރާތް ހުރީ ދިވެހިރާއްޖޭގައިނަމަ، އެ މުދާ ފޯރުވައިދެވެނީ ދިވެހިރާއްޖޭގައި ކަމުގައި ބެލެވޭނެއެވެ.
(ށ) ހިދުމަތް ދޭ ވަގުތު، އެ ހިދުމަތް ދޭ ފަރާތް ހުރީ ދިވެހިރާއްޖޭގައިނަމަ، އެ ހިދުމަތް ފޯރުވައިދެވެނީ ދިވެހިރާއްޖޭގައި ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި މުދާ ނުވަތަ ހިދުމަތް ފޯރުވައިދެވެނީ ދިވެހިރާއްޖޭގައި ކަމުގައި ބެލެވޭނެއެވެ.
- މުދާ ވިއްކާ ވަގުތު އެ މުދާ ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ
- ހިދުމަތެއް ނުވަތަ އެއިން ބައެއް ދިނީ އެ ހިދުމަތް ދެވުނުއިރު ދިވެހިރާއްޖޭގައި ހުރި ފަރާތެއް މެދުވެރިކޮށް ކަމުގައި ވުން.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ދިވެހިރާއްޖޭގައި ހުރި ފަރާތެއްކަން ބަލާނެގޮތް 1-104.
(ހ)
- ކުންފުންޏެއް ނުވަތަ އެހެން އިންކޯޕަރޭޓެޑް ބޮޑީއެއް އިންކޯޕަރޭޓްކޮށްފައިވަނީ ދިވެހިރާއްޖޭގައިނަމަ، ނުވަތަ އެ ކުންފުނީގެ ހެޑް އޮފީސް ހުރީ ދިވެހިރާއްޖޭގައިނަމަ، ނުވަތަ އެ ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް އޮތީ ދިވެހިރާއްޖޭގައިނަމަ، ގާނޫނުގެ ބޭނުމަށް އެއީ ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
- ޕާޓްނަރށިިޕެއް ނުވަތަ އެހެން އަންއިންކޯޕަރޭޓެޑް ބޮޑީއެއް ގާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގައިނަމަ، ނުވަތަ އެ ޕާޓްނަރށިިޕް ނުވަތަ އަންއިންކޯޕަރޭޓެޑް ބޮޑީ އުފައްދައިފައިވަނީ ދިވެހިރާއްޖޭގައިނަމަ، ނުވަތަ އެ ޕާޓްނަރށިިޕްގެ ނުވަތަ އަންއިންކޯޕަރޭޓެޑް ބޮޑީގެ ހިންގުމާއި ކޮންޓްރޯލް އޮތީ ދިވެހިރާއްޖޭގައިނަމަ، ގާނޫނުގެ ބޭނުމަށް އެއީ ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
- ދާއިމީކޮށް ދިރިއުޅޭ ތަން ދިވެހިރާއްޖޭގައި ހުރި ފަރުދެއްނަމަ، ނުވަތަ މީލާދީ ކަލަންޑަރު އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި 183 (އެއްސަތޭކަ އައްޑިހަ ތިނެއް) ދުވަހު ދިވެހިރާއްޖޭގައި ހުރެފައިވާ ނުވަތަ ހުންނަން ގަސްތުކުރާ ފަރުދެއްނަމަ، ގާނޫނުގެ ބޭނުމަށް އެއީ ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
- ދިވެހި ދައުލަތުގެ އޮފީހެއްނަމަ، ގާނޫނުގެ ބޭނުމަށް އެއީ ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ނުބެލެވޭ ފަރާތަކުން ވެސް އެ ފަރާތަކުން ދިވެހިރާއްޖޭގައި ހިންގާ ޓެކްސް ނެގޭ ހަރަކާތް މެދުވެރިކޮށް، އަންނަނިވި ހާލަތްތަކުގައި ފޯރުވައިދޭ މުދަލާއި ހިދުމަތަކީ ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ހިދުމަތެވެ.
- މުދާ ވިއްކާ ވަގުތު އެ މުދާ ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ
- ހިދުމަތެއް ނުވަތަ އެއިން ބައެއް ދިނީ އެ ހިދުމަތް ދެވުނުއިރު ދިވެހިރާއްޖޭގައި ހުރި ފަރާތެއް މެދުވެރިކޮށް ކަމުގައި ވުން.
8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށިާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43)
ކިޔުންތެރިންގެ ހިޔާލު