-

ރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-123)

 

ގަވާއިދު ނަންބަރު 2015-111 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖެއިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ނަގުދު ފައިސާ ރިޕޯޓުކުރުން 4.

ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ، 10,000 (ދިހަހާސް) އެމެރިކާ ޑޮލަރު ނުވަތަ މިޔަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހިރުފިޔާ ނުވަތަ ބޭރު ފައިސާއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، 17 ޖަނަވަރީ 2021 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-111)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2015-111)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު