ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1002) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-99)
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށް އިމާރާތް ފަރުމާކުރުން 6.
(ހ) ތިރީގައިވާ ހާލަތްތަކުގައި އިމާރާތް ފަރުމާކުރަންވާނީ މިނިސްޓްރީން ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށެވެ.
- މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ ފޫޓު) އަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް؛
2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަންނަނިވި ގޮތަށް (ރ) އާއި، (ބ) އާއި، (ޅ) އިތުރުކުރުން.
(ނ) އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނުގައި 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓު ހަމަނުވާނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 600 (ހަސަތޭކަ) އަކަފޫޓު ހަމަވިޔަސް، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑަސް، 1000 (އެއްހާސް) އަކަފޫޓު ހަމަނުވާނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 12.5 (ބާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 41.010 (ސާޅީސް އެކެއް ޕޮއިންޓް ސުމެއް އެކެއް ސުމެއް) ފޫޓެވެ.
(ރ) އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓު ހަމަވާނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 600 (ހަސަތޭކަ) އަކަފޫޓު ހަމަވިޔަސް، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑަސް، 1000 (އެއްހާސް) އަކަފޫޓު ހަމަނުވާނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓެވެ.
(ބ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 1000 (އެއްހާސް) އަކަފޫޓު ހަމަވާނަމަ، ނުވަތަ 1000 (އެއްހާސް) އަކަފޫޓަށްވުރެ ބޮޑުނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ، 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓެވެ. މި ހާލަތުގައި އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 4.572 (ހަތަރެއް ޕޮއިންޓް ފަހެއް ހަތެއް ދޭއް) މީޓަރު ނުވަތަ 15 (ފަނަރަ) ފޫޓު ހުންނަންވާނެއެވެ.
(ޅ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 2000 (ދެހާސް) އަކަފޫޓު ހަމަވާ ނަމަ، ނުވަތަ 2000 (ދެހާސް) އަކަފޫޓަށްވުރެ ބޮޑު ނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓެވެ. އަދި މި ހާލަތުގައި އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރު ނުވަތަ 20 (ވިހި) ފޫޓު ހުންނަންވާނެއެވެ.
3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމާރާތުގައި ހުސްޖާގަ ދޫކުރުން 15.
(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓް 1200 (އެއްހާސް ދުއިސައްތަ) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %10 (ދިހައެއް އިންސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ.
(ށ) ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓުގައި 1000 (އެއްހާސް) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، އަދި އިމާރާތް ކުރާ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓު ނަމަ، 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިންސައްތަ) ހިޔާނުކޮށް، އިމާރާތުގެ ކުރިމަތިން މަގުމައްޗާ ދިމާއަށް އޮންނަ ފަރާތަށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ. އަދި ގޯތީގެ އިމުން ފެށިގެން މަދުވެގެން 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު ނުވަތަ 2.46 (ދޭއް ޕޮއިންޓް ހަތަރެއް ހައެއް) ފޫޓު، އިމާރާތުގެ ކޮންމެވެސް ދެ ފަރާތަކުން ސެޓްބެކްގެ ގޮތުގައި ދޫކުރަންވާނެއެވެ. މި ސެޓްބެކްގެ ތެރެއަށް އިމާރާތުގެ 6 (ހައެއް) މީޓަރު ނުވަތަ 19.68 (ނަވާރަ ޕޮއިންޓް ހައެއް އަށެއް) ފޫޓު މަތިން، އެ ސެޓްބެކް ހިމެނޭ ފަޅީގެ އިމާރާތުގެ ދިގުމިނުގެ %50 (ފަންސާސް އިންސައްތަ) އަށް ބެލްކަނި ނެރެވިދާނެއެވެ.
(ނ) ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓުގައި 2000 (ދެހާސް) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، އަދި އިމާރާތް ކުރާ އެންމެ އުސްމިނަކީ 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓަށް ވުރެ އުސްވެފައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓާއި ދެމެދުގައި ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިން ސައްތަ) ހިޔާނުކޮށް، އިމާރާތުގެ ކުރިމަތިން މަގުމައްޗާ ދިމާއަށް އޮންނަ ފަރާތަށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ. އަދި ގޯތީގެ އިމުން ފެށިގެން 0.90 (ސުމެއް ޕޮއިންޓް ނުވައެއް ސުމެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު މަދުވެގެން އިމާރާތުގެ ކޮންމެވެސް ދެ ފަރާތަކުން ސެޓްބެކްގެ ގޮތުގައި ދޫކުރަންވާނެއެވެ.
(ރ) ސިޓީތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރާއިރު އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިން 600 (ހަސަތޭކަ) އަކަފޫޓު ހަމަވާ ނަމަ، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނަމަ، އަދި އިމާރާތުގެ ފުޓްޕްރިންޓުގައި 1200 (އެއްހާސް ދުއިސައްތަ) އަކަފޫޓު ހަމަ ނުވާ ނަމަ، އަދި އިމާރާތްކުރާ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓާއި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓާ ދެމެދު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިންސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ.
(ބ) އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިން ސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއްގައި، މި ހުސްޖާގައިގެ ފުޅާމިނުގައި މަދުވެގެން 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު ނުވަތަ 2.46 (ދޭއް ޕޮއިންޓް ހަތަރެއް ހައެއް) ފޫޓު ބަހައްޓަންވާނެއެވެ.
(ޅ) އިމާރާތުގެ ވެންޓިލޭށަނުގެ ބޭނުމަށް ދޫކުރާ ވައިގޮޅިތަކުގެ ސައިޒުގައި މަދުވެގެން 0.9 (ސުމެއް ޕޮއިންޓް ނުވައެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު× 0.9 (ސުމެއް ޕޮއިންޓް ނުވައެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު ހުންނަ ނަމަ، ހިޔާނުކޮށް ހުސްޖާގައިގެ ގޮތުގައި ދޫކުރަންޖެހޭ 5% (ފަހެއް އިން ސައްތަ) ބެލުމުގައި މި ވައިގޮޅިތައް ހިމެނިދާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ހުސްޖާގައިގެ ތެރެއަށް، ތިރީގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ.
- ފުރާޅުގެ ދިޔަދޮވި އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރު ނުވަތަ 0.656 (ސުމެއް ޕޮއިންޓް ހައެއް ފަހެއް ހައެއް) ފޫޓަށް ނެރެވިދާނެއެވެ.
- އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި އިމާރާތުގެ ދޮރާއި، ކުޑަދޮރުގެ ދޮރުފަތްތައް ހުޅުވިދާނެއެވެ.
(އ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާކިންގެ ބޭނުމަށްޓަކައި މި ހުސްޖާގަ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އިމާރާތުގެ ކުރިމަތިން %5 (ފަހެއް އިންސައްތަ) ހުސްޖާގަ ދޫކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޕާކިންގގެ ބޭނުމަށް ބޭނުން ކުރެވޭނީ މި ހުސްޖާގައިގެ %50 (ފަންސާސް އިންސައްތަ) އެވެ.
4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯތީގެ ކަން ވަށްކުރުން 1-15.
ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯއްޗެއްގައި އިމާރާތެއް ފަރުމާކުރުމުގައި މަގުގެ އިމާ ގުޅިފައިވާ ގޯތީގެ ބައިން 12 (ބާރަ) ފޫޓުގެ ރޭޑިއަސްއެއް ހަމަވާހެން، ކަން ވަށްކުރަންވާނެއެވެ.
5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ކަމެއް ރަނގަޅު ކުރުމަށް މުއްދަތެއް ދީފައި، އެކަން އެންގުމާއެކު، ގަވާއިދާ ހިލާފުވި ކޮންމެ ކަމަކަށް ވަކިން 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާ ކުރަން ވާނެއެވެ.
6 ވަނަ މާއްދާ – މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާ ދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
8 ވަނަ މާއްދާ –
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހުގައެވެ. އަދި މި މާއްދާއަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ މަސައްކަތްތަކަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކެއް ނުހިނގާނެއެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު