-

އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 26/2020) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 29/2020)

 

 

ގަވާއިދު ނަންބަރު 26/2020 (އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި މާއްދާ އިތުރުކުރުން.

 

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރު 7.

މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުން، ނަން ހާމަކުރުމާއެކު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނެވެ.

 

2 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 26/2020) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު