-

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 33/2020)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު އެލޯންގްސައިޑް ކޮށްގެން، އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލު ކުރުމަށް ހުއްދަ ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ، ކަސްޓަމްސްއަށް ދެއްކުމުންނެވެ.

14(ނ) އެލޯންގްސައިޑް ކޮށްގެން މުދާ ޓްރާންސްފަރ ކުރުން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް  އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

އޭޖެންޓަކު ނެތި އަންނަ އުޅަނދުފަހަރު 59.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައި ވިޔަސް، ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އޭޖެންޓަކު ހަމަޖެއްސުމަށް  72 (ހަތްދިހަ ދޭއް) ގަޑިއިރުގެ މުހުލަތެއް ދެވޭނެއެވެ. އަދި 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އޭޖެންޓަކު ހަމަނުޖައްސައިފި ނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

(ނ) ޕްރޮވިޜަންގެ ބޭނުމަށް ރާއްޖެ އަންނަ 15 (ފަނަރަ) މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި 7 (ހަތެއް) ދުވަސްވަންދެން، ކަސްޓަމްސްއިން ހުއްދަކުރާ ސަރަޙައްދެއްގައި ބަނދަރުކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 62 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް  އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައި ވިޔަސް، ރާއްޖެ އަންނަ،  15 (ފަނަރަ) މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރު، ރާއްޖެ އައުމުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން، އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީ.ޓީ.އޭ) ހުށަނޭޅޭ ހާލަތުގައި، އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީ.ޓީ.އޭ) ހުށަނޭޅުނު ސަބަބު ބަޔާންކޮށްފައި ހުށަހަޅާ ލިޔުމާއެކު، ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

62.

(ށ) ކަނޑުމަގުން އަންނަ އުޅަނދުފަހަރުގެ މަޢުލޫމާތު ހުށަހެޅުން
(ނ) އުޅަނދުގެ އީ.ޓީ.އޭ.އަށް އަންނަ ބަދަލުތައް، ކަސްޓަމްސްއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް، ކަސްޓަމްސްއަށް އަންގަމުން ގެންދަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

 

ކުށް ޖޫރިމަނާ ކުރެވޭ އަދަދު
8.(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ  ހާލަތްތައް ފިޔަވައި އޭޖެންޓަކު ނެތި ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން48  (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އޭޖެންޓަކު ހަމަނުޖެއްސުން. 5,000  ރުފިޔާ
(ށ)  އޭޖެންޓަކު ނެތި ކަނޑުމަގުން ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އޭޖެންޓަކު ހަމަނުޖެއްސުން. 5,000  ރުފިޔާ

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 10 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙު ކުރުން.

ޚިދުމަތުގެ ތަފުސީލު ޖޫރިމަނާ ކުރެވޭ އަދަދު
(ހ) ކަނޑުމަގުން ރާއްޖެ އަންނަ، 15 (ފަނަރަ) މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ކްލިއަރެންސް ދިނުމުގެ ފީ 250 ރުފިޔާ
(ށ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު ފިޔަވައި ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ކްލިއަރެންސް ދިނުމުގެ ފީ 250 ރުފިޔާ

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 11 ވަނަ ނަންބަރުގެ (ހ) އާއި (ނ) އާއި (ރ) އާއި (ޅ) އަންނަނިވި ގޮތަށް އިޞްލާޙު ކުރުން.

 

ޚިދުމަތުގެ ތަފުސީލު ފީ
(ހ)    ކ.ތިލަފުށި / ކ.ތިލަފުށި އައުޓަރ އެންކަރ / އެސް.ޓީ.އެސް ސަރަޙައްދު (ދަތުރަކަށް) 25,000 ރުފިޔާ
(ނ)   ކ. ހުޅުލެ / ކ.ހުޅުލެ އައުޓަރ އެންކަރ (ދަތުރަކަށް) 50,000 ރުފިޔާ
(ރ)    ކ. ހުޅުމާލެ / ކ.ހުޅުމާލެ އައުޓަރ އެންކަރ (ދަތުރަކަށް) 50,000 ރުފިޔާ
(ޅ)    އެހެނިހެން ރަށްރަށާއި ތަންތަނަށް (ދަތުރަކަށް)  

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 12 ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިޞްލާޙު ކުރުން.

ޚިދުމަތުގެ ތަފުސީލު

ފީ

12. ކ.ތިލަފުށި، ކ.ހުޅުލެ، ކ.ހުޅުމާލެ، ކ.ފުނަދޫ ފިޔަވައި އެހެން ރަށްރަށާއި ތަންތަނަށް މުދާ އަރުވައި ބޭލުމަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު އެލޯންގްސައިޑް ކޮށްގެން، އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރުމަށް ކަސްޓަމްސް އޮފިސަރުން ދަތުރު ފެށި ވަގުތުން ފެށިގެން ދަތުރު ނިމުނު ވަގުތާ ހަމަޔަށް ހޭދަވި ކޮންމެ ގަޑިއަކަށް.  125 ރުފިޔާ

 

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު