-

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1697/2013) 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 42/2020)

 

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ދެވޭ ހުއްދައަށް އަގު ނެގުން 14.

(ށ) ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ދީފައިވާ މުއްދަތުގައި މޫސުން ގޯސްވުމުގެ ސަބަބުން، ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން، ނުވަތަ ގާނޫނު ނަންބަރު 28/2015 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ  ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކާރިސާގެ ހާލަތުގައި، ނުވަތަ ގާނޫނު ނަންބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލިހާލަތުގެ ސަބަބުން، ނުވަތަ މަސައްކަތް ނުކުރެވުމުގެ ސަބަބުން ފާއިތުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ފީއަކާ ނުލައި ދޭންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1697/2013)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-1697)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު