ނެޓް މީޓަރިންގ ގަވާއިދު
(ގަވާއިދު ނަންބަރު 2020-46)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖޫން 2020 ގައި)
(މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2015-231 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާާރުފާއި ނަން
(ހ) މިއީ، ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތަކުން، އެ ފަރާތަކަށް ބޭނުންވާ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތަކުން އަމިއްލަޔަށް އުފައްދައި، އެ ކަރަންޓު ބޭނުންކޮށްފައި އިތުރުވާ ކަރަންޓު، ތަންފީޒީީ އިދާރާއިން ހުއްދަ ދޫކޮށްފައިވާ ހިދުމަތްދޭ ފަރާތަކުން ފޯރުކޮށްދޭ ކަރަންޓުގެ ވިއުގަޔަށް ފޮނުވުމާބެހޭ ހަމަތަކާއި، މިކަމަށް ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް، ގާނޫނު ނަންބަރު 1996-04 (އާާއްމު ބޭނުންތަކުގެ ހުދުމަތާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ނެޓް މީޓަރިންގ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްްސަދު
މި ގަވާއިދުގެ މަގްްސަދުތައް ތިރީގައި މިވަނީއެވެ.
(ހ) ހުދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އެ ފަރާތްތަކުން އަމިއްލައަށް އުފެއްދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، ކަރަންޓުގެ ހުދުމަތް ލިބިގަތުމަށް އެ ފަރާތްތަކުން ކުރާ ހޭދަ ކުޑަކުރުމަށް މަގުފަހިކޮށްދިނުން.
(ށ) ހުދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އަމިއްލައަށް އުފެއްދުމުގެ ފުރުސަތު ފަހިކުރުން.
(ނ) ހައިޑްރޯކާބަންގެ މައްޗަށް އެކުލެވިގެންވާ ޑީސަލް ފަދަ ތެލުގެ ބާވަތްތަކަކީ، ތިމާވެށްޓާ ބީރަށްޓެހި ތަކެތިކަމަށްވުމާއެކު، ކަރަންޓު އުފެއްދުމުގައި އެފަދަ ތެލަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމާއި، ދިވެހިރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުން.
(ރ) ކަރަންޓު އުފައްދާ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުން.
(ބ) ކަރަންޓު ބޭނުންވާ މިންވަރު އިތުރުވަމުންދާއިރު، ހިދުމަތްދޭ ފަރާތުން ކަރަންޓު އުފައްދައިގެން އެ ކަރަންޓު ފޯރުކޮށްދޭ ނިޒާމު އިތުރަށް ތަރައްގްީ ކުރުމަށް ހޭދަކުރަންޖެހޭ މިންވަރު ކުޑަކުރުން.
(ޅ) ހުދުމަތް ލިބިގަންނަ ފަރާތްތަކާއި، ހިދުމަތްދޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއި، ވިއުގައިގެ ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު
(ހ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2015-231 (އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު 2015) އުވުނީއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން، ގަވާއިދު ނަންބަރު 2015-231 (އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު 2015 އުވުނު ނަމަވެސް، އެ ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަތަކާއި ވެފައިވާ އެއްބަސްވުންތައް ދެމިއޮންނާނެއެވެ.
4 ވަނަ މާއްދާ - ތަންފީޒީުކުރާ ފަރާތް
(ހ) މި ގަވާއިދު ތަންފީޒީުކުރާނީ، ތަންފީޒީީ އިދާރާއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒީުކުރުމުގެ ޒިންމާ، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ހަވާލުކުރުމުގެ އިހުތިޔާރު ތަންފީޒީީ އިދާރާއަށް ލިބިގެންވެއެވ.
5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތައް
މި ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) އާންމު ބޭނުންތަކުގެ ހުދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހުދުމަތް ދިނުމަށް ތަންފީޒީީ އިދާރާއިން ހުއްދަ ދީފައިވާ "ހިދުމަތްދޭ ފަރާތް" ތައް.
(ށ) އާންމު ބޭނުންތަކުގެ ހުދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހުދުމަތް ދިނުމަށް ތަންފީޒީީ އިދާރާއިން ހުއްދަ ދީފައިވާ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭ ކަރަންޓުގެ "ހުދުމަތް ލިބިގަންނަ ފަރާތް" ތައް.
(ނ) ކަރަންޓުގެ މަސައްކަތް ކުރުމަށް ތަންފީޒީީ އިދާރާއިން ހުއްދަ ދީފައިވާ ފަންނީ މާހިރުން.
6 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުގެ ވިއުގައަށް ގުޅުމަށް ހުއްދަކުރެވޭ ޓެކްނޮލޮޖީގެ ބާވަތްތައް
(ހ) ހުދުމަތް ލިބިގަންނަ ފަރާތުން، ހިދުމަތްދޭ ފަރާތުގެ ވިއުގައަށް ގުޅުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ކުރެވޭނީ ހަމައެކަނި އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ހުއްދަކޮށްފައިވާ ޓެކްނޮލޮޖީގެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގެނެވޭ އުނިއިތުރުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ގެންނަ އުނިއިތުރަކުން އޭގެ ކުރިން ހުއްދަކޮށްފައިވާ ޓެކްނޮލޮޖީއަކާ ގުޅޭ ނިޒާމަކަށް ދޫކޮށްފައިވާ ހުއްދައެއް ބާތިިލެއް ނުވާނެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ އެ ހުއްދަ ބާތިިލުވެއްޖެނަމަ، އަލުން ހުއްދަ ދެވޭނީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
7 ވަނަ މާއްދާ - ވިއުގައަށް ގުޅާ ނިޒާމުތަކުގެ ކެޕޭސިޓީ ކަނޑައެޅުން
(ހ) ހުދުމަތް ލިބިގަންނަ ފަރާތުން ވިއުގައަށް ގުޅާ ކަރަންޓު އުފައްދާ ނިޒާމުގެ ކެޕޭސިޓީ ކަނޑައަޅަންވާނީ، އެ ނިޒާމު ހަރުކުރާ ތަނަށް މަހަކަށް ކަރަންޓު ބޭނުންވާ މިންވަރަށްވުރެ، އެ ނިޒާމުން މަސްދުވަހެއްގެ ތެރޭގައި އުފެއްދޭނެ ކަރަންޓުގެ މިންވަރު އިތުރުނުވާގޮތަށެވެ.
(ށ) މި ގަވާއިދުގެ ދަށުން ގާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވެއްޖެނަމަ އަމަލުކުރާނީ، އަލަށް އެފަދަ ނިޒާމެއް ގާއިމުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ނ) ހުދުމަތް ލިބިގަންނަ ފަރާތުން ވިއުގައަށް ގުޅާ ކަރަންޓު އުފައްދާ ނިޒާމުގެ ކެޕޭސިޓީ ކަނޑައަޅަންވާނީ، އެ ނިޒާމު ހަރުކުރެވޭ ތަނުގެ، ފާއިތުވި 12 (ބާރަ) މަސްދުވަހުގެ ޖުމުލަ ކަރަންޓު ޔުނިޓުގެ އެވްރެޖަށް ބަލައިގެންނެވެ.
(ރ) ކަރަންޓުގެ ހުދުމަތް ބޭނުންކުރާތާ 12 (ބާރަ) މަސްދުވަސް ހަމަނުވާ ތަނެއްގައި ނުވަތަ އަލަށް ކަރަންޓުގެ ހުދުމަތް ގުޅާ ތަނެއްގައި ހުދުމަތް ލިބިގަންނަ ފަރާތުން ކަރަންޓު އުފައްދާ ނިޒާމެއް ހަރުކުރާނަމަ، އެ ނިޒާމުގެ ކެޕޭސިޓީ ކަނޑައަޅަންވާނީ، އެ ތަނަކަށް ކަރަންޓު ބޭނުންވާނެ މިންވަރު ބެލުމަށްޓަކައި ލޯޑް ކަލްކިއުލޭށަން ހަދައި، އެއަށްވުރެ އިތުރުނުވާ މިންވަރަށެވެ. މި މާއްދާގެ ބޭނުމަށްޓަކައި، ލޯޑް ކަލްކިޔުލޭށަން ހަދާނީ، ތަންފީޒީީ އިދާރާއިން އެ ހިސާބު ހެދުމަށް ހުއްދަކޮށްފައިވާ ކެޓަގަރީގެ ލައިސަންސް ލިބިފައިވާ ފަރާތަކުންނެވެ. އަދި މިގޮތަށް ހުށަހަޅާ ލޯޑް ކަލްކިޔުލޭށަނުގައި، ތަންފީޒީީ އިދާރާއިން އެ ހިސާބު ހެދުމަށް ހުއްދަކޮށްފައިވާ ކެޓަގަރީގެ ލައިސަންސް ލިބިފައިވާ ފަރާތުގެ މައުލޫމާތުތަކުގެ ތަފުސީލާއި ސޮއި އޮންނަންވާނެއެވެ.
(ބ) އައު ނިޒާމެއް، ކަރަންޓު ވިއުގައަށް ގުޅަން ހުށަހަޅާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ހުދުމަތް ލިބިގަންނަ ފަރާތުން ހުށަހަޅައިފައިވާ ނިޒާމުން ކަރަންޓު އުފެއްދުމަށް ހުއްދަކުރާ މިންވަރު (ކެޕޭސިޓީ) ކަނޑައަޅައި، ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށް ކޯޓާ ލިބުނުކަން ނުވަތަ ނުލިބޭކަން، ހުދުމަތް ލިބިގަންނަ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ނިޒާމުތަކުގެ ކެޕޭސިޓީ ކަނޑައެޅުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލުގެނައުމުގެ އިހްްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ނަމަވެސް މިފަދަ ބަދަލެއް ގެނައުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމު ކުރަންވާނެއެވެ.
8 ވަނަ މާއްދާ - ވިއުގައަށް ގުޅޭނެ ޖުމުލަ ކެޕޭސިޓީ ކަނޑައެޅުން
(ހ) ހުދުމަތް ދޭ ފަރާތްތަކުން ހިންގާ ރަށްރަށުގެ ވިއުގައަށް ގުޅޭނެ ޖުމުލަ ކެޕޭސިޓީ ކޮންމެ ރަށަކަށް ވަކިން ކަނޑައަޅައި، އާންމުކޮށް އެނގެން ހުންނާނޭހެން، ހުދުމަތް ދޭ ފަރާތުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. މިގޮތުން ޖުމުލަ ކެޕޭސިޓީ ކަނޑައަޅަންވާނީ ފަންނީ ދިރާސާއެއް ކޮށްގެންނެވެ. އަދި މިގޮތަށް ކުރެވޭ ދިރާސާތަކުގެ މައުލޫމާތު ތަންފީޒީީ އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި، ހުދުމަތް ދޭ ފަރާތުން، ތަންފީޒީީ އިދާރާއަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖުމުލަ ކެޕޭސިޓީ، ތަންފީޒީީ އިދާރާއިން ފާސްކޮށްދީފައިވާ ޓެރިފް އޮނިގަނޑުގައި ހިމެނޭ ކެޓަގަރީތަކަށް ބަހައިލާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
- ޑޮމެސްޓިކް ކެޓަގަރީއަށް %60 (ފަސްދޮޅަސް އިން ސައްތަ)
- އަމިއްލަ ވިޔަފާރިތަކަށް %30 (ތިރީސް އިން ސައްތަ)
- ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް %10 (ދިހައެއް އިން ސައްތަ)
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަނޑައެޅޭ މިންގަނޑު ހަމަވަންދެން، ވިއުގައަށް ގުޅަން އެދޭ ތަރުތީބުން، ގުޅުމުގެ ހުއްދަ، ހިދުމަތްދޭ ފަރާތުން ދޭންވާނެއެވެ.
(ރ) މި މާއްދާއަށް އަމަލުކުރުމުގައި ބަލަންވާނީ، އިއާދަކުރަނިވި ހަކަތައިގެ ވީހާވެސް މަތީ މިންވަރެއް ވިއުގައަށް ގުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. އިއާދަކުރަނިވި ހަކަތަ ވިއުގައަށް ގުޅުވޭ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ހުދުމަތް ދޭ ފަރާތުގެ ކުރިއަށް ގެންދަންވާނެއެވެ.
(ބ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުން ކަރަންޓު އުފައްދާ މިންވަރު ހިސާބުކުރުމުގައި "ސިސްޓަމް އޮޕަރޭޓިންގ އަވަރސް" ގެ ގޮތުގައި ބަލަންވާނީ 4.5 (ހަތަރެއް ޕޮއިންޓް ފަހެއް) ގަޑިއިރެވެ.
9 ވަނަ މާއްދާ - އޮޕަރޭޓިންގ ލައިސަންސް ނަގަން ނުޖެހުން
މި ގަވާއިދުގެ ދަށުން، ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން ކަރަންޓު އުފައްދައިގެން އެ ކަރަންޓު ބޭނުންކުރުމަކަށް އަދި ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ވިއުގައަށް ގުޅުމަކަށް ތަންފީޒީީ އިދާރާއިން އެކަމަށް އޮޕަރޭޓިންގ ލައިސަންސެއް ނަގާކަށެއް ނުޖެހޭނެއެވެ.
10 ވަނަ މާއްދާ - ހުދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން
(ހ) މި ގަވާއިދުގެ ދަށުން ކަރަންޓު އުފައްދަން ބޭނުންވާ، ހުދުމަތް ލިބިގަންނަ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ހުދުމަތަށްއެދޭ ފޯމު ފުރިހަމަކޮށް، އެ ރަށެއްގެ ހިދުމަތްދޭ ފަރާތަށެވެ. މި ފޯމުގައި އެކުލުވޭ ބައިތަކަކީ ފޯމުގައި އެންމެ މަދުވެގެން ހުންނަންވާނެ ބައިތައް ކަމުން، އިތުރު ބައިތައް ހިދުމަތްދޭ ފަރާތުން އިތުރުކުރުމުގެ އިހްްތިޔާރު ލިބިގެންވެއެވެ. ނަމަވެސް، މިގޮތުން ފޯމަށް ގެނެވޭ ބަދަލަކީ މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާާރަޒުުވާ ބަދަލެއްކަމުގައި ވެގެން ނުވާނެއެވެ. އަދި މިފަދަ ބަދަލެއް ގެންނަކަމުގައި ވާނަމަ، ހިދުމަތްދޭ ފަރާތުން މިނިސްޓްރީއަށް އެކަން އަންގައި އެކަމަށް ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުދުމަތަށް އެދޭ ފޯމު ފުރިހަމަކޮށްފައި ހިދުމަތްދޭ ފަރާތަށް ހުށަހެޅުމުން، ފޯމުގައި ބަޔާންކޮށްފައިވާ ނިޒާމު، ވިއުގައަށް ގުޅުމަށް ހިނގާނޭ ހަރަދުގެ އަންދާސީހިސާބު، ހިދުމަތްދޭ ފަރާތުން ތައްޔާރުކުރަންވާނެއެވެ. މިގޮތުން ހެދޭ އަންދާސީހިސާބުގައި، އަންނަނިވި ހަރަދުތައް ހިމެނިދާނެއެވެ.
- ތަންފީޒީީ އިދާރާއިން ހުއްދަ ދީފައިވާ ބާވަތުގެ މީޓަރެއް އެ ތަނުގައި ނެތްނަމަ، އެފަދަ މީޓަރެއް ހަރުކުރުމަށް ހިނގާނެ ހަރަދު؛ އަދި
- ހިދުމަތްދޭ ފަރާތުން ހިންގައި ބަލަހައްޓާ ކަރަންޓު ވިއުގައަށް، ހުދުމަތް ލިބިގަންނަ ފަރާތުގެ ކަރަންޓު އުފައްދާ ނިޒާމު ގުޅުމަށް، ހިދުމަތްދޭ ފަރާތުން ކުރަންޖެހޭ އިތުރު ހުރިހާ ހަރަދެއް.
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ނެގޭ ކަނެކްށަން ފީ.
(ނ) ތަންފީޒީީ އިދާރާއިން ހުއްދަ ދޭ މީޓަރު ނުވަތަ މީޓަރުތަކުން، ހިދުމަތްދޭ ފަރާތުގެ ވިއުގައިން ބޭނުންކުރާ ކަރަންޓު (އިމްޕޯޓްކުރާ ކަރަންޓު) ޔުނިޓުގެ އަދަދާއި ހިދުމަތްދޭ ފަރާތުގެ ވިއުގައަށް ފޯރުކޮށްދެވޭ ކަރަންޓު (އެކްސްޕޯޓްކުރާ ކަރަންޓު) ޔުނިޓުގެ އަދަދު އެނގެން ހުންނަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަދަށްވާ ފައިސާ ހުދުމަތް ދޭ ފަރާތަށް ދެއްކުމުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އެއްބަސްވުމުގައި ހުދުމަތް ދޭ ފަރާތާއި ހުދުމަތް ލިބިގަންނަ ފަރާތުން އެއްބަސްވެ ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި އެކުލެވޭ ބައިތަކަށް ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އުނި އިތުރު ގެނެވިދާނެއެވެ. މިގޮތުން ގެންނަ ބަދަލުތަކަކީ، މި ގަވާއިދުގެ ރޫހާާ ހުލާފު ބަދަލަކަށް ވެގެން ނުވާނެއެވެ. އަދި މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހުލާފު ބަދަލަކަށްވެސް ވެގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބުނާ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު، އެ އެއްބަސްވުމާ އެއްގޮތަށް ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމު ގަތުމުގެ މަސައްކަތް، ހުދުމަތް ލިބިގަންނަ ފަރާތުން ކުރިއަށް ގެންދަންވާނެއެވެ. އަދި މި މަސައްކަތް ކުރުމަށް އެ ނިޒާމަކާ އެކަށީގެންވާ މުއްދަތެއް، މި މާއްދާގެ (ރ) ގައި ބުނާ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބުނާ އެއްބަސްވުމުގައި ކަރަންޓު އުފައްދާ ނިޒާމު ގަތުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް، އެ މުއްދަތު އިތުރުކުރުމަށް، ހިދުމަތްދޭ ފަރާތަށް، ހުދުމަތް ލިބިގަންނަ ފަރާތުން ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގައި ބުނާ އެއްބަސްވުމުގައި ހިދުމަތްދޭ ފަރާތާއި ހުދުމަތް ލިބިގަންނަ ފަރާތުން ސޮއިކުރުމަށްފަހު، ތަންފީޒީީ އިދާރާއިން ދޫކުރާ، ކަރަންޓުގެ މަސައްކަތް ކުރުމުގެ ލައިސަންސްގެ ގިންތިތަކުގެ ތެރެއިން A,B,C,E ގިންތިތަކުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން އެ ނިޒާމު އިންސްޓޯލްކޮށް، ޓެސްޓްކޮށް، ކޮމިށަންކުރުމުގެ މަސައްކަތް، ހުދުމަތް ލިބިގަންނަ ފަރާތަށް ކުރިއަށް ގެންދެވިދާނެއެވެ.
(އ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފައްދާ ނިޒާމު ކޮމިށަންކޮށް ނިމުނުކަން، ހުދުމަތް ލިބިގަންނަ ފަރާތުން، ހިދުމަތްދޭ ފަރާތަށް އެންގުމުން، ހިދުމަތްދޭ ފަރާތުން، އެ ނިޒާމުގެ އިންޓަރކަނެކްށަންތަކާއި އިންސްޓޯލް ކުރެވިފައިވާ ސަލާމަތީ ބައިތަކުގައި މައްސަލައެއް ނެތްކަން ކަށަވަރު ކުރުމަށްފަހު، އެ ނިޒާމު ކަރަންޓު ވިއުގައަށް ގުޅައިގެން ބޭނުންކުރަން ފެށުމުގެ ހުއްދަ ދޭންވާނެއެވެ.
(ވ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފައްދާ ނިޒާމު، ހިދުމަތްދޭ ފަރާތުގެ ވިއުގައަށް ގުޅުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ހިދުމަތްދޭ ފަރާތުން ބަލައި ފާސްކޮށްފައި ހުއްދަ ދޭންވާނެއެވެ.
(މ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފައްދާ ނިޒާމު ގުޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ކުރެހުމާ އެއްގޮތަށެވެ.
11 ވަނަ މާއްދާ - ކަނެކްށަން ފީ ނެގުން
ހުދުމަތް ގުޅައިދިނުމަށް، ހުދުމަތް ލިބިގަންނަ ފަރާތުގެ އަތުން ފީއެއް ނެގިދާނެއެވެ. އަދި މި ފީއަކީ ތަންފީޒީީ އިދާރާއިން ހުއްދަ ދީފައިވާ ފީއަކަށް ވާންވާނެއެވެ.
12 ވަނަ މާއްދާ - ބިލު ކުރުން
(ހ) ހިދުމަތްދޭ ފަރާތުން، ހުދުމަތް ލިބިގަންނަ ފަރާތަށް، ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ބިލު ކުރަންވާނެއެވެ.
- ބިލު ތައްޔާރުކުރެވޭ މުއްދަތުގެ ތެރޭގައި ހުދުމަތް ލިބިގަންނަ ފަރާތުން، ހިދުމަތްދޭ ފަރާތުގެ ވިއުގައިން ބޭނުންކުރި (އިމްޕޯޓުކުރި) ކަރަންޓު ޔުނިޓުގެ އަދަދު؛
- ބިލު ތައްޔާރުކުރެވޭ މުއްދަތުގެ ތެރޭގައި ހުދުމަތް ލިބިގަންނަ ފަރާތުން، އުފައްދައި ހިދުމަތްދޭ ފަރާތުގެ ވިއުގަޔަށް ފޯރުކޮށްދިން (އެކްސްޕޯޓުކުރި) ކަރަންޓު ޔުނިޓުގެ އަދަދު؛
- ކުރިއަށްއޮތް މަހުގެ ކަރަންޓު ބިލަށް ހިދުމަތްދޭ ފަރާތުން އެކްސްޕޯޓު ކްރެޑިޓުގެ ގޮތުގައި ލިބެންޖެހޭ ކަރަންޓު ކްރެޑިޓް ޔުނިޓުގެ އަދަދު، އަދި؛
- ބިލު ތައްޔާރު ކުރެވޭ މުއްދަތާ ހަމައަށް އޭގެ ކުރީގެ މަސްތަކުން ރޯލްވަމުން އައިސް ޖަމާވެފައިވާ ކްރެޑިޓް ޔުނިޓުގެ ޖުމުލަ އަދަދު.
(ށ) ބިލު ތައްޔާރުކުރެވޭ މުއްދަތުގެ ތެރޭގައި އެކްސްޕޯޓުކުރި އަދަދާއި އެ މަހާ ހަމައަށް ރޯލްވަމުން އައިސް ޖަމާވެފައިވާ އެކްސްޕޯޓު ކްރެޑިޓާ އެއްކުރުމުން އަންނަ ޖުމުލަ އަދަދަށްވުރެ، އެ މުއްދަތުގެ ތެރޭގައި އިމްޕޯޓުކުރި އަދަދު އިތުރުވާނަމަ، އެ އިތުރުވި އަދަދަކަށް ތަންފީޒީީ އިދާރާއިން ފާސްކޮށްދީފައިވާ އާންމު ޓެރިފް އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ހިދުމަތްދޭ ފަރާތުން، ހުދުމަތް ލިބިގަންނަ ފަރާތަށް ބިލުކުރަންވާނެއެވެ. ތަންފީޒީީ އިދާރާއިން ފާސްކޮށްދީފައިވާ އާންމު ޓެރިފް އޮނިގަނޑުގައި އެއް ބޭންޑަށްވުރެ ގިނަ ބޭންޑުތަކަކަށް އަގު ފާސްކޮށްދީފައިވާނަމަ، ހުދުމަތް ލިބިގަންނަ ފަރާތަށް ބިލުކުރަންވާނީ އާންމުކޮށް ބިލުކުރާ އުސޫލުން އެންމެ ދަށް ބޭންޑުން ފެށިގެންނެވެ. މީގެ އިތުރުން، ތަންފީޒީީ އިދާރާއިން އެއްވެސް ފިކްސްޑް ޗާޖެއް ނެގުމަށް ހުއްދަ ދީފައިވާނަމަ، އެ ޗާޖް ބިލުގައި ހިމަނަންވާނެއެވެ. މިގޮތުން އެކްސްޕޯޓް ކުރެޑިޓް ގުނަން ފެށޭނީ، މި ގަވާއިދު ތަންފީޒުކުރާ ދުވަހުން ފެށިގެންނެވެ.
(ނ) ބިލު ތައްޔާރުކުރެވޭ މުއްދަތުގެ ތެރޭގައި އެކްސްޕޯޓުކުރި އަދަދާއި އެ މަހާ ހަމައަށް ރޯލްވަމުން އައިސް ޖަމާވެފައިވާ އެކްސްޕޯޓު ކްރެޑިޓާ އެއްކުރުމުން އަންނަ ޖުމުލަ، އެ މުއްދަތުގެ ތެރޭގައި އިމްޕޯޓުކުރި އަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވި އަދަދު އެކްސްޕޯޓު ކްރެޑިޓުގެ ގޮތުގައި ކުރިޔަށް އޮތް 6 (ހައެއް) މަސްދުވަހުގެ ބިލަށް ހިދުމަތްދޭ ފަރާތުން ރޯލްކުރަންވާނެއެވެ. އަދި މިގޮތުން ވިދިވިދިގެން 6 (ހައެއް) މަސްދުވަސް ވަންދެން ރޯލްވެފައި ހުންނަ ކްރެޑިޓަށްވާ ފައިސާ، ތަންފީޒީީ އިދާރާއިން ފާސްކޮށްދީފައިވާ އާންމު ޓެރިފް އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ހިދުމަތްދޭ ފަރާތުން، ހުދުމަތް ލިބިގަންނަ ފަރާތަށް ދޭންޖެހޭނެއެވެ.
(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ބާތިިލުނުވެ އޮތްހައި ހިނދަކު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުދުމަތް ލިބިގަންނަ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމުން އިތުރަށް އުފެއްދޭ ކަރަންޓު އެކްސްޕޯޓް ކްރެޑިޓުގެ ގޮތުގައި ރޯލްވަމުންދާނެއެވެ.
(ބ) ހުދުމަތް ލިބިގަންނަ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ހިދުމަތްދޭ ފަރާތާއެކު ރަޖިސްޓަރީކުރެވިފައިވާ އެއް ވިއުގައެއްގެ ތެރޭގައިހިމެނޭ އެހެން މީޓަރަކަށް ނުވަތަ މީޓަރުތަކަކަށް، ބޭނުން ނުކުރެވި ހުރި ރޯލްވަމުން އައިސްފައިވާ އެކްސްޕޯޓް ކްރެޑިޓް ބަދަލުކުރެވިދާނެއެވެ. ނަމަވެސް ހުދުމަތް ލިބިގަންނަ ފަރާތުގެ އިހުމާލުން އެއްވެސް ސަބަބަކާހުރެ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ބުނާ އެއްބަސްވުން ބާތިިލުވެއްޖެނަމަ، ބޭނުން ނުކުރެވި ހުރި ރޯލްވަމުން އައިސްފައިވާ އެކްސްޕޯޓް ކްރެޑިޓް ލިބޭނީ ހިދުމަތްދޭ ފަރާތަށެވެ.
(ޅ) ހިދުމަތްދޭ ފަރާތުން މަހަކު އެއްފަހަރު މީޓަރުގެ ރީޑިންގ ނެގުމަށްފަހު، ބިލު ތައްޔާރުކުރަންވާނީ އެ ރީޑިންގ ބޭނުންކޮށްގެންނެވެ. ކަރަންޓު އުފެއްދުނު މިންވަރާއި ކަރަންޓު ބޭނުންކުރެވުނު މިންވަރުގެ އަންދާޒާއެއްގެ މައްޗަށް ބިނާކޮށް ބިލު ހަދައިގެން ނުވާނެއެވެ. ނަމަވެސް ހުދުމަތް ލިބިގަންނަ ފަރާތުން، ހުދުމަތް ދޭ ފަރާތަށް، މީޓަރުގެ ރީޑިންގ ނެގުމަށް މި މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން ހުއްދަ ނުދީފިނަމަ، ނުވަތަ މީޓަރަށް މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ ހުދުމަތް ލިބިގަންނަ ފަރާތުގެ އިހުމާލަކުން މަހުން މަހަށް މީޓަރުގެ ރީޑިންގ ނުނެގޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އަންދާޒާއެއްގެ މައްޗަށް ބިނާކޮށް ބިލު ތައްޔާރުކުރުމުގެ އިހްްތިޔާރު، ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން އަންދާޒާއެއްގެ މައްޗަށް ބިލު ހެދުމުގައި ބަލަންވާނީ، ވޭތުވެދިޔަ 6 (ހައެއް) މަހުގައި ހުދުމަތް ލިބިގަންނަ ފަރާތުން ކަރަންޓު ބޭނުންކުރި މިންވަރަށެވެ.
(އ) މީޓަރުގެ ރީޑިންގ ނެގުމަށްޓަކައި ހިދުމަތްދޭ ފަރާތަށް ފަސޭހައިން ވަދެނުކުމެވޭނެހެން އަދި އުނދަގޫކަމެއް ނެތި މީޓަރުގެ ރީޑިންގ ނެގޭގޮތަށް ހުރިކަން، ހުދުމަތް ލިބިގަންނަ ފަރާތުން ޔަގްީންކުރަން ވާނެއެވެ. އަދި މަދުވެގެން މަހަކު އެއްފަހަރު މީޓަރުގެ ރީޑިންގ ނެގުމަށް ނުވަތަ ބެލެހެއްޓުމަށް އެ ނިޒާމު ބެހެއްޓިފައިވާ ތަނަށް ވަނުމުގެ ހުއްދަ ހިދުމަތްދޭ ފަރާތަށް ދޭންވާނެއެވެ.
13 ވަނަ މާއްދާ - ނިޒާމުގެ ސަލާމަތީ މިންގަނޑުތައް
(ހ) ކަރަންޓު ވިއުގައަށް ގުޅާ ނިޒާމުން ކަރަންޓު އުފެއްދުމުގައި އަދި އިންޓަރކަނެކްޓް ކުރުމުގައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާކަން އެ ނިޒާމެއް ފަރުމާކޮށް، އިންސްޓޯލްކޮށް އަދި ކޮމިށަންކުރާ ފަރާތްތަކުން ޔަގްީންކުރަންވާނެއެވެ. އަދި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގައި ރައްކައުތެރިކަމުގެ ގޮތުން ބޭނުންކޮށްފައިވާ އާލާތެއްގެ ސަބަބުން ހިދުމަތްދޭ ފަރާތުގެ ވިއުގައިގެ އެހެނިހެން ސަލާމަތީ ބައިތައް ހިންގުމަށް އަސަރުކޮށް ހުދުމަތް ލިބިގަންނަ އެހެން ފަރާތްތަކަށް ހުދުމަތް ދިނުމަށް ހުރަސްއެޅިގެން ނުވާނެއެވެ.
(ށ) ކަރަންޓު ވިއުގައާއި ޕެރަލަލްކޮށް ގުޅާ ނިޒާމުތަކުގައި ހުންނަންވާނީ ކަރަންޓު ވިއުގައަށް ދިމާވާ އާދަޔާ ހުލާފު މައްސަލަތައް ދެނެގަނެވޭނެ ވަސީލަތްތައް ހަރުކޮށްފައެވެ. އަދި މިފަދަ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެ ނިޒާމު ކަރަންޓު ވިއުގައާ ވަގުތުން ގުޅުން ކެނޑެންވާނެއެވެ. މިގޮތުން، ކަރަންޓް ވިއުގައާ ގުޅާ ނިޒާމުގައި، ތިރީގައިވާ ރައްކައުތެރިކަމުގެ ވަސީލަތްތައް ހިމެނެންވާނެއެވެ.
- ހުއްދަ ކުރެވިފައިވާ މިންގަނޑަށްވުރެ ވޯލްޓޭޖް ނުވަތަ ފްރިކްއެންސީ މަތިވުމުން ނުވަތަ ދަށްވުމުން ވަގުތުން ކަރަންޓް ވިއުގައާ ގުޅުން ކެނޑޭގޮތަށް ހުރުން؛
- ހިދުމަތްދޭ ފަރާތުގެ ކަރަންޓުގެ ހުދުމަތް މެދުކެނޑޭ ހާލަތްތަކުގައި، ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފައްދާ އިންސްޓޯލްކޮށްފައިވާ ނިޒާމުން ކަރަންޓު އުފައްދާ ފޯރުކޮށްދޭން ފެށެންވާނީ، ވިއުގައިގެ ސަރވިސް ވޯލްޓޭޖް ނޮމިނަލް ވޯލްޓޭޖުގެ %6 (ހައެއް އިންސައްތަ) ގެ ތެރޭގައި ހުރެފައި، އަދި ވިއުގައިގެ ފްރިކްއެންސީ 47Hz އާއި 52Hz އާ ދެމެދު އެންމެ މަދުވެގެން 3 (ތިނެއް) މިނިޓު ވަންދެން ސްޓޭބަލްކޮށް ހުރުމަށްފަހުއެވެ. އެހެންކަމުން، މި ކަންކަން ބެލޭގޮތަށް ވޯލްޓޭޖް، ފްރިކްއެންސީއާއި ޓައިމް ޑިލޭ ދެނެގަނެވޭ ވަސީލަތްތައް މި ނިޒާމުގައި ހުރުން؛
- ކަރަންޓު ވިއުގައާ ގުޅިފައިވާ ނިޒާމުތައް ހުންނަންވާނީ "އަންއިންޓެންޑެޑް އައިލެންޑިންގ" ނުއުފެއްދޭނެ ގޮތަށެވެ. އަދި މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ، 0.5 (ސުމެއް ޕޮއިންޓް ފަހެއް) ސިކުންތުގެ ތެރޭގައި ކަރަންޓު ވިއުގަ އެނަޖައިޒް ކުރުން ހުއްޓުވޭނެ ފަދަ ވަސީލަތެއް ހަރުކުރެވިފައި ހުރުން؛
- ގަސްތުގައި ކުރާ ކަމަކުން ނުވަތަ އޮޓަމެޓިކުން ވިއުގައިގެ ކަރަންޓުގެ ހުދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި ވިއުގައާ ގުޅިފައިވާ ނިޒާމުތައް 0.5 (ސުމެއް ޕޮއިންޓް ފަހެއް) ސިކުންތުގެ ތެރޭގައި ވިއުގައާ ގުޅުންކެނޑޭ ގޮތަށް ހުރުން؛
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް ސެޓިންއަކަށް ހިދުމަތްދޭ ފަރާތާއި ހުދުމަތް ލިބިގަންނަ ފަރާތުގެ އިޒުނަޔާ ނުލައި، އެއްވެސް ފަރާތަކުން ބަދަލެއް ގެނެސްގެން ނުވާނެއެވެ.
14 ވަނަ މާއްދާ - ނިޒާމުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް
(ހ) ކޮމަން ޕޮއިންޓް އޮފް ކަޕްލިންގއެއްގައި ހަރުކުރާ ސަރކިޓް ބްރޭކަރ ނުވަތަ އެހެން ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތްތައް ހިދުމަތްދޭ ފަރާތުން ބަލައި ފާސްކުރަންޖެހޭނެއެވެ. މިގޮތަށް ބޭނުންކުރާ ވަސީލަތްތަކުގައި "މެކްސިމަމް އެވެއިލަބަލް ފޯލްޓް ކަރަންޓު" ހުއްޓުވުމުގެ ގާބިލުކަން ހުންނަންވާނެއެވެ. ކަރަންޓު އުފެއްދުމަށް ހުދުމަތް ލިބިގަންނަ ފަރާތްތަކުން ގާއިމުކޮށްފައިވާ ނިޒާމާއި އެ ނިޒާމާ ގުޅިފައިވާ އެހެނިހެން ވަސީލަތްތައް ޑިޒައިންކޮށްފައި ހުންނަންވާނީ، އޭގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ، ނުވަތަ ފެއިލްވެއްޖެނަމަ، ކަރަންޓު ވިއުގައިގެ ރައްކައުތެރިކަމާއި އޭގެ ފެންވަރަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށެވެ.
(ށ) ހިދުމަތްދޭ ފަރާތުގެ ވިއުގަޔާ ގުޅުމަށް ބޭނުންކުރާ ހުދުމަތް ލިބިގަންނަ ފަރާތުގެ އާލާތްތަކުގައި، އެ ފަރާތުން ގާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުގެ ރޭޓެޑް ވޯލްޓޭޖުގެ %220 (ދުއިސައްތަ ވިހި އިންސައްތަ) ހިފޭވަރުގެ ބާރު ހުންނަންވާނެއެވެ. އަދި ވޯލްޓޭޖާއި ކަރަންޓު ސަރޖް ހިފޭވަރު ހުންނަންވާނެއެވެ.
(ނ) ކަރަންޓު ވިއުގައާ ގުޅައިފައިވާ ނިޒާމު ވަކިކުރުމަށް ޕޮއިންޓް އޮފް ކޮމަން ކަޕްލިންގ ކައިރީގައި އަތުން އޮޕަރޭޓް ކުރެވޭ ގޭންގްޑް ސުވިޗެއް ހަރުކުރަންވާނެއެވެ. މި ސުވިޗަކީ ލޯޑް ބްރޭކަށް ރޭޓް ކޮށްފައިވާ ނުވަތަ އޯވަރ ކަރަންޓު ޕްރޮޓެކްށަން ހުންނަ ސުވިޗަކަށްވުން ލާޒިމެއް ނޫނެވެ. މި ސުވިޗު ހަރުކުރަންވާނީ ތިރީގައިވާ ކަންކަމަށް ރިއާާޔަތްކޮށެވެ.
- މި ސުވިޗު ވާންޖެހޭނީ، ހިދުމަތްދޭ ފަރާތުގެ ވިއުގައިގެ ކަރަންޓާއި އަދި ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކުރާ ނިޒާމުގެ ކަރަންޓާ ދެބައި ވަކިކޮށްދޭ ގޮތަށް ފަސޭހައިން ނިއްވައިލެވޭގޮތަށް ހުންނަ ސުވިޗަކަށެވެ.
- ސުވިޗު އޮން ކުރުމުން އަދި އޮފް ކުރުމުން އެކަން އެނގޭނެ އިންޑިކޭޓަރެއް ހުންނަންވާނެއެވެ.
- ހިދުމަތްދޭ ފަރާތުން ބޭނުންވެއްޖެ ހާލަތެއްގައި، ސުވިޗު ހަރުކޮށްފައިވާ ތަނަށް ފަސޭހަކަމާއެކު ވަދެވެންޖެހޭނެއެވެ.
- މި ސުވިޗު ހަރުކޮށްފައިވާ ފޮށި ވެދަރ ޕްރޫފްވާންޖެހޭނެއެވެ. އަދި މި ފޮށީގައި ވައިފައި ހުންނަ ވަގުތު އަމިއްލައަށް ދޮރު ނުލެއްޕޭނެ ގޮތަށް ތަންޑެއް ހުންނަންޖެހޭނެއެވެ.
- މި ސުވިޗު ހަރުކުރެވޭ ތަން ސިންގަލް ލައިން ކުރެހުމުގައްޔާއި އެހެނިހެން ކުރެހުންތަކުގައި ފާހަގަކުރަންޖެހޭނެއެވެ. ހަރުކުރެވޭ ސުވިޗު ޕޮއިންޓް އޮފް ކޮމަން ކަޕްލިންގއާ އިންވެގެން ހަރުކުރެވެން ނެތްނަމަ، ހިދުމަތްދޭ ފަރާތުން އަންގާ އެހެން ތަނެއްގައި، އެ ސުވިޗު ހަރުކުރެވިދާނެއެވެ. މިގޮތުން އެހެންތަނެއްގައި ހަރުކުރާނަމަ، އެ ހަރުކުރެވޭ ތަން އެނގޭނެ ފަދަ ކުރެހުމެއް، ހިދުމަތްދޭ ފަރާތުން އަންގާ ތަނެއްގައި ފަސޭހައިން ފެންނާނެހެން ބަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - އޮޕަރޭޓިންގ މިންގަނޑުތައް
(ހ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކުރާ ނިޒާމު، ހިދުމަތްދޭ ފަރާތުގެ ވިއުގަޔާ ގުޅައި، ކަރަންޓު ދިނުމުގެ ކުރިން، އެ ނިޒާމުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތްތަކާއި ކޮންޓްރޯލް ސްކީމް، ހިދުމަތްދޭ ފަރާތުން ޗެކްކޮށް ފާސްކުރަންވާނެއެވެ. ތަންފީޒީީ އިދާރާއިން ލައިސަންސް ދޫކޮށްފައިވާ ފަރާތެއްގެ ބެލުމުގެދަށުން ޑިޒައިންކޮށް އަދި ހިދުމަތްދޭ ފަރާތުން ކުރިން ފާސްކޮށްފައިވާ ކޮންޓްރޯލް ސްކީމެއް ބޭނުންކޮށްގެން ގާއިމުކުރާ ނިޒާމެއްގެ ކޮންޓްރޯލް ޑައިގްރަމް، ހިދުމަތްދޭ ފަރާތުން އަލުން ފާސްކުރާކަށެއް ނުޖެހޭނެއެވެ. ނަމަވެސް އެ ނިޒާމެއް ހަރުކުރާ އިމާރާތުގައި ބަހައްޓައިފައިވާ މައި އިލެކްޓްރިކް ޑިސްޓްރިބިއުށަން ޕެނަލްބޯޑަށް ބަދަލެއް އަންނަ ހާލަތެއްގައި، މި ބަދަލު ފާސްކުރުމަށް ތަންފީޒީީ އިދާރާއަށް ހުށަހަޅަންވާނެއެވެ.
(ށ) ހިދުމަތްދޭ ފަރާތުގެ ކަރަންޓު ވިއުގަޔާ ގުޅާ ނިޒާމުގެ އައުޓްޕުޓް ވޯލްޓޭޖުގެ ވޭވްފޯމްގައި 50Hz ހުންނަންޖެހޭނެއެވެ. އަދި އެ ވޭވްފޯމްއަކީ، ސައިނަސޮއިޑަލް ވޭވްފޯމްއަކަށް ވާންޖެހެއެވެ.
(ނ) ކަރަންޓުގެ އިންޑިވިޖުއަލް އަދި ޓޯޓަލް ހާމޮނިކް ޑިސްޓޯށަން ލިމިޓް ހުންނަންޖޭހޭނީ ތިރީގައިވާ މިންގަނޑުގެ ތެރޭގައި ހިފެހެއްޓިފައެވެ.
(ރ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކުރާ ނިޒާމުން އުފައްދަނީ، ޑައިރެކްޓް ކަރަންޓު (ޑީ.ސީ) ނަމަ، އެފަދަ ނިޒާމުތަކުގައި ޑައިރެކްޓް ކަރަންޓު އޮލްޓަރނޭޓިންގ ކަރަންޓް (އޭ.ސީ) އަށް ބަދަލުކުރުމަށް އިންވަރޓަރއެއް ބޭނުންކުރަންވާނެއެވެ. މި ގޮތުން ބޭނުންކުރާ އިންވަރޓަރުން އުފެދޭ އިންޑިވިޖުއަލް އަދި ޓޯޓަލް ހާމޮނިކް ޑިސްޓޯށަން، މި މާއްދާގެ (ނ) ގައި ކަނޑައަޅައިފައިވާ މިންގަނޑުގެ ތެރޭގައި ހިފެހެއްޓެންވާނެއެވެ.
(ބ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ހިންގާ ނިޒާމުގައި ބޭނުންކުރާ އިންވަރޓަރ ވާންޖެހޭނީ، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ މިންގަނޑުތަކަށް ފެތޭ އިންވަރޓަރއަކަށެވެ.
(ޅ) ޕަވަރ ކޮލިޓީ މެށަރމަންޓްތައް ހުންނަންޖެހޭނީ އިންޓަރނޭށަނަލް އިލެކްޓްރޯޓެކްނިކަލް ކޮމިށަން (އައި.އީ.ސީ) 21-61400 ސްޓޭންޑަރޑަށް ފެތޭ ގޮތަށެވެ.
(ކ) ފްލިކަރ ސްޓޭންޑަރޑެއް ކަމަށް ބަލަންވާނީ އައި.އީ.ސީ 7-3-6100 ސްޓޭންޑަރޑެވެ.
16 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) ހުދުމަތް ލިބިގަންނަ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ގާއިމުކުރާ ނިޒާމުތަކުގެ ރަޖިސްޓަރީއެއް، ހިދުމަތްދޭ ފަރާތުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ރަޖިސްޓަރީގައި ހިމެނޭ ރަށްތަކުގެ މައުލޫމާތާއި، އެ ރަށަކުން އުފެއްދި (އެކްސްޕޯޓްކުރި) ޖުމުލަ ކަރަންޓު ޔުނިޓުގެ އަދަދު ބަޔާންކޮށްފައިވާ މައުލޫމާތުތައް، ހިދުމަތްދޭ ފަރާތުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތު، ހިދުމަތްދޭ ފަރާތުން، ކޮންމެ މީލާދީ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރިހަމަ ކުރުމަށްފަހު، ވިދިގެން އަންނަ މީލާދީ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން، ތަންފީޒީީ އިދާރާއަށް ފޮނުވަންވާނެއެވެ. މީގެ އިތުރުން، ތަންފީޒީީ އިދާރާއިން އެދިއްޖެ ހާލަތެއްގައި، އެވަގުތަކަށް ތައްޔާރުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު، ތަންފީޒީީ އިދާރާއަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތަށް ރަޖިސްޓަރީ ބެލެހެއްޓުމުގައި، އަދި މި މާއްދާގެ (ށ) ގައިވާ ގޮތަށް މައުލޫމާތު، ތަންފީޒީީ އިދާރާއަށް ހުށަހެޅުމުގައި، ހުދުމަތް ލިބިގަންނަ ފަރާތްތަކުން ގާއިމްކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުގައި ހިމެނޭ، ތިރީގައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.
- ކަރަންޓު އުފައްދާ ނިޒާމު ގާއިމުކޮށްފައިވާ ތަނުގެ އެޑްރެހާއި، އެ ނިޒާމު ބެހެއްޓި ތާރީހާއި، އިންސްޓޯލްކޮށްފައިވާ ކެޕޭސިޓީ.
- ކޮންމެ ނިޒާމަކުން، މި މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އުފެއްދި (އެކްސްޕޯޓްކުރި) ޖުމުލަ ކަރަންޓު ޔުނިޓުގެ އަދަދު.
- ކޮންމެ ނިޒާމަކުން، މި މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ބޭނުންކުރި (އިމްޕޯޓްކުރި) ޖުމުލަ ކަރަންޓު ޔުނިޓުގެ އަދަދު.
17 ވަނަ މާއްދާ - ގަވާއިދަށް އިސްކަންދިނުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް، ތަންފީޒީީ އިދާރާއިން ތަންފީޒީުކުރާ އެހެން ގަވާއިދަކާ ތައާާރަޒުުވާ ހާލަތްތަކުގައި، އިސްކަންދޭންވާނީ މި ގަވާއިދަށެވެ.
18 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން
މި ގަވާއިދަށް ބަދަލު ގެނައުމުގެ ފުރިހަމަ އިހްްތިޔާރާއި ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ނަމަވެސް މިފަދަ ބަދަލެއް ގެނައުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، އެ ބަދަލެއް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.
18 ވަނަ މާއްދާ - އަދަބު
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހުލާފަށް އަމަލެއް ކޮށްފިނަމަ، އެ ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި 100 (އެއްސަތޭކަ) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކުރެވޭނެއެވެ.
19 ވަނަ މާއްދާ - ޖަދުވަލުތައް
(ހ) މި ގަވާއިދުގައި ހިމަނައިފައިވާ ކޮންމެ ޖަދުވަލަކީވެސް، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ އެ ހުރިހާ ޖަދުވަލުތަކާ އެކުގައެވެ. އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ، މި ގަވާއިދަށް ދެވޭ ހަވާލާގައި، ޖަދުވަލުތައް، އަދި ޖަދުވަލުތަކަށް ދެވޭ ހަވާލާގައި މި ގަވާއިދު ށާމިލުވާނެއެވެ.
(ށ) މި ގަވާއިދުގައި ހިމެނިގެންވަނީ އަންނަނިވި 4 ޖަދުވަލެވެ.
- އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް، ހުދުމަތް ލިބިގަންނަ ފަރާތްތަކުން، ހިދުމަތްދޭ ފަރާތުގެ ކަރަންޓު ވިއުގަޔަށް ގުޅުމުގެ ހުއްދައަށް އެދޭ ފޯމުގެ ނަމޫނާ.
- އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް، ހުދުމަތް ލިބިގަންނަ ފަރާތްތަކުން، ހިދުމަތްދޭ ފަރާތުގެ ކަރަންޓު ވިއުގަޔަށް ގުޅުމާބެހޭ އެއްބަސްވުމުގެ ނަމޫނާ.
- އެޕްލިކޭށަން ކުރިޔަށްދާނެ ގޮތް.
- އިންޓަރކަނެކްށަން ހުންނާނެ ގޮތުގެ ކުރެހުން.
20 ވަނަ މާއާްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:
"މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ސަރުކާރުން ކަރަންޓުގެ ހުދުމަތާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް އެކުލަވައިލުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާއަށެވެ.
"ތަންފީޒީީ އިދާރާ" ކަމަށް ބުނެފައި އެ ވަނީ، ސަރުކާރުން ކަރަންޓުގެ ހުދުމަތާ ގުޅޭ ކަންކަން ތަންފީޒީުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާއަށެވެ.
"ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތަކުން ކަރަންޓު އުފައްދާ ނިޒާމު އިންސްޓޯލްކުރެވޭ ތަނުގައި ހުރި އިމްޕޯޓް/އެކްސްޕޯޓް ކިލޯވޮޓް އަވަރ މީޓަރ އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށެވެ.
"ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ތަންފީޒީީ އިދާރާގައި ރަޖިސްޓަރީ ކޮށްގެން ކަރަންޓުގެ ހިދުމަތްދޭ ފަރާތްތަކަށެވެ.
"ކަރަންޓު ޔުނިޓް" ކަމަށް ބުނެފައި އެ ވަނީ، ކިލޯވޮޓްއަވަރސް (kWh) އަށެވެ.
"އިމްޕޯޓުކުރި އަދަދު" ކަމަށް ބުނެފައި އެ ވަނީ، ބިލު ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ހިދުމަތްދޭ ފަރާތުގެ ވިއުގައިން ހުދުމަތް ލިބިގަންނަ ފަރާތް ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދަށެވެ.
"އެކްސްޕޯޓްކުރި އަދަދު" ކަމަށް ބުނެފައި އެ ވަނީ، ބިލު ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި، ހުދުމަތް ލިބިގަންނަ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމުން އުފައްދައި، ހިދުމަތްދޭ ފަރާތުގެ ވިއުގަޔަށް ދޫކުރި ކަރަންޓު ޔުނިޓުގެ އަދަދަށެވެ.
"އެކްސްޕޯޓް ކްރެޑިޓް" ކަމަށް ބުނެފައި އެ ވަނީ، އެކްސްޕޯޓުކުރި އަދަދުން އިމްޕޯޓުކުރި އަދަދު ކެނޑުމުން ބާކީވާ ކަރަންޓު ޔުނިޓުގެ އަދަދެށެވެ.
"ރޯލްވަމުން އަންނަ ޖަމާވާ ކްރެޑިޓް" ކަމަށް ބުނެފައި އެ ވަނީ، ކުރީގެ މަސްތަކުން އެކްސްޕޯޓު ކްރެޑިޓުގެ ގޮތުގައި ރޯލްވަމުން އައިސްފައިވާ އަދަދުން ބިލު ތައްޔާރުކުރާ މުއްދަތާ ހަމަޔަށް ބޭނުން ނުކޮށް ބާކީހުރި ކަރަންޓު ޔުނިޓުގެ އަދަދަށެވެ.
"ވިއުގަ" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް އަޅައިފައިވާ ކަރަންޓު ކޭބަލުތަކަށެވެ.
"ނިޒާމު ހަރުކުރާ ތަން" ކަމަށް ބުނެފައި އެ ވަނީ، ނެޓް މީޓަރިންގ ރެގިއުލޭށަންގެ ދަށުން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވޭ ތަނަށެވެ.
"ލޯޑް ކަލްކިއުލޭށަން" ކަމަށް ބުނެފައި އެ ވަނީ، ނެޓް މީޓަރިންގ ރެގިއުލޭށަންގެ ދަށުން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ތަނަށް ކަރަންޓު ހޭދަވާ މިންވަރުގެ ހިސާބަށެވެ.
"ސިސްޓަމް އޮޕަރޭޓިންގ އަވަރސް" ކަމަށް ބުނެފައި އެ ވަނީ، ނެޓް މީޓަރިންގ ރެގިއުލޭށަންގެ ދަށުން ގާއިމުކުރާ ކަރަންޓު އުފައްދާ ނިޒާމުން ކަރަންޓު އުފައްދާނެކަމަށް ލަފާކުރާ ވަގުތަށެވެ.
"ޕެރަލަލްކޮށް ގުޅާ ނިޒާމު" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވިއުގަޔާ ގުޅައިގެން އެކުއެކީގައި ހިންގާގޮތަށް ފަރުމާކޮށް ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުގެ ބައިތަކަށެވެ.
"އަންއިންޓެންޑެޑް އައިލެންޑިންގ" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވިއުގައިގައި ކަރަންޓު ނެތް ހާލަތްތަކުގައި ވެސް ހުދުމަތް ލިބިގަންނަ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމުން ކަރަންޓު އުފެއްދުމަށެވެ.
"ކަރަންޓު ވިއުގަ އެނަޖައިޒް ކުރުން" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވިއުގައަށް ކަރަންޓު ދިނުމަށެވެ.
"ކޮމަން ޕޮއިންޓް އޮފް ކަޕްލިންގ" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް އަޅައިފައިވާ ވިއުގައަށް ހުދުމަތް ލިބިގަންނަ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމު ގުޅޭ ތަނަށެވެ.
"ސަރކިޓް ބްރޭކަރ" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ދައުރުވާ ނިޒާމަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކަރަންޓު ދައުރުވާ ނިޒާމުގައި ހަރުކޮށްފައިވާ އޮޓަމެޓިކުން ކަރަންޓު ކަނޑައިދޭ ސްވިޗަށެވެ.
"ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ދައުރުވާ ނިޒާމަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކަރަންޓު ދައުރުވާ ނިޒާމުގައި ހަރުކޮށްފައިވާ ފިއުޒެއްގެ ވަސީލަތުން ކަރަންޓު ކަނޑައިދޭ އާލާތަށެވެ.
"މެކްސިމަމް އެވެއިލަބަލް ފޯލްޓް ކަރަންޓު" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ބޭނުންކުރާ އެއްޗަކަށް ނުވަތަ ވިއުގައަށް ފޯލްޓެއް (މައްސަލައެއް) ކުރިމަތިވާ ހާލަތެއްގައި ކަރަންޓު ބޭނުންކުރާ އާލާތަކަށް ނުވަތަ އާލާތްތަކަކަށް ފޯރުކޮށްދެވިދާނެ އެންމެ މަތީ ކަރަންޓުގެ މިންވަރު ނުވަތަ ވިއުގައިގައި ހުންނާނެ އެންމެ މަތީ ކަރަންޓުގެ މިންވަރަށެވެ.
"ގޭންގްޑް ސުވިޗް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ކަނޑައިލަންޖެހޭ ހާލަތެއްގައި ހިދުމަތްދޭ ފަރާތުގެ ކަރަންޓު ވިއުގަޔާ ގުޅައިފައިވާ، ހުދުމަތް ލިބިގަންނަ ފަރާތުގެ ކަރަންޓު އުފައްދާ ނިޒާމު ވަކިކުރުމަށް ހަރުކުރެވޭ ސްވިޗަށެވެ.
"އިންވަރޓަރ" ކަމަށް ބުނެފައި އެ ވަނީ، އޯލްޓަރނޭޓިންގ ކަރަންޓު (އޭސީ) ޑައިރެކްޓް ކަރަންޓު (ޑީސީ) އަށް ނުވަތަ ޑީސީ އޭސީއަށް ބަދަލުކުރާ އާލާތަށެވެ.
"ފްލިކަރ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެ ވަނީ، އެކި ވަގުތުތަކުގައި އެކި ވަރުވަރަށް ކަރަންޓު ބޭނުންވާ އާލާތަކުން އަދި ކަރަންޓު އުފައްދާ ނިޒާމަކުން ފޯރުކޮށްދޭ ކަރަންޓަށް އަންނަ ލޮޅުންތަކާ ގުޅިގެން މުޅި ނިޒާމުގެ ވޯލްޓޭޖަށް އަންނަ ލޮޅުންތަކުގެ މައުލޫމާތު ފޯރުކޮށްދޭ މިންގަނޑަށެވެ.
"އައުޓްޕުޓް ވޯލްޓޭޖްގެ ވޭވްފޯމް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު އުފައްދާ ނިޒާމުން ބޭރުކޮށްދޭ ވޯލްޓޭޖު ބަދަލުވަމުންދާ ގޮތް ދައްކުވައިދޭ ގްރާފަށެވެ.
"އިންޑިވިޖުއަލް ޑިސްޓޯށަން ލިމިޓް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ބޭނުންކުރާ ވަކިވަކި އާލާތްތަކުގެ ކަރަންޓު ސިގްނަލް، ފްރެކުއެންސީ ސިގްނަލާ އަޅައިކިޔާއިރު ބަދަލުވާވަރު ހުންނަންޖެހޭ މިންވަރަށެވެ.
"ޓޯޓަލް ހާމޮނިކް ޑިސްޓޯށަން ލިމިޓް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ބޭނުންކުރާ ނިޒާމުގެ ކަރަންޓު ސިގްނަލާއި ފްރެކުއެންސީ ސިގްނަލާ ދެމެދު ތަފާތު ބެހެއްޓޭ މިންވަރަށެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
އުވުނު ގަވާއިދު
މައި ގާނޫނު
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1996)
ކިޔުންތެރިންގެ ހިޔާލު