-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 26 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-49)

 

1 ވަނަ މާއްދާ - ގަވާއިދު ނަންބަރު 43/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުުކުރުން.

ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭ މުދަލާއި ހިިދުމަތް 41.

(ހ) ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި ހިިދުމަތް ކަމަށް ބުނެފައި އެވަނީ، މުދާ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްގެން އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ މުދަލަށާއި، ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުވައިދޭ މުދަލަށާއި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެކްސްޕޯޓްކުރާ ހިިދުމަތަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާ އުނިކުރުން .59

(އުނިކޮށްފައި)

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުުކުރުން.

60. (ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގަވާއިދުގެ 58 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަނބުރާ ނުލިބޭނެ ދަރަންޏަށް ނިސްބަތްވާ ޖީ.އެސް.ޓީގެ ގޮތުގައި އެއްވެސް އަދަދެއް އުނިކޮށްފައިވާނަމަ،    އެ ފަރާތަކުން އެ މުއާާމަލާތާ ގުޅިގެން ދައްކައިފައިވާ ޓެކުހުގެ އަދަދުގެ ތެރެއިން، އަނބުރާ ނުލިބޭނެ ދަރަންޏަށް ނިސްބަތްވާ ޖީ.އެސް.ޓީގެ ގޮތުގައި އުނިކުރި އަދަދާއި، އެ މުއާާމަލާތުގެ ޖުމުލަ މުގާބިލުގެ އަދަދު އަޅައިކިޔާއިރު، މި ދެ އަދަދުގެ މެދުގައިވާ ނިސްބަތުން ޖެހޭ އަދަދު، ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ (1) ގެ ދަށުން އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްްލާހުުކުރުން.

88. (ނ) ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތެއްގެ ރަޖިސްޓަރީ ބާތިިލުކޮށްފިނަމަ، ނުވަތަ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތެއް ރަޖިސްޓަރީން އުނިކޮށްފިނަމަ،        މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ޖީ.އެސް.ޓީ ރެޖިސްޓްރޭށަަން ސެޓުފިކެޓުތައް ބާތިިލުވާނެއެވެ. އަދި އެ ފަރާތަކީ އޮންލައިންކޮށް ވިޔަފާރި ހިންގާ ފަރާތަކަށްވާތީ ދޫކޮށްފައިވާ ލޯގޯ ވެސް ބާތިިލުވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުުކުރުން.

ޗާޓަރުގެ އަގު 107.

(ހ) ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ޗާޓަރުގެ އަގު ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުމުގެ މުއާާމަލާތެއްގެ މުގާބިލުގެ ގޮތުގައި، އެ އުޅަނދު ޗާޓަރުކުރުމުގެ ހިިދުމަތަށް، ޗާޓަރުކުރާ ފަރާތުން ފައިސާއިންނާއި އެނޫންވެސް ގޮތްގޮތުން ދައްކާ ޖުމުލަ އަގަށެވެ.

(ށ) ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ޗާޓަރު ކަމަށް ބުނެފައި އެވަނީ:

  1. ވަކި ދަތުރަކަށް ނުވަތަ ދަތުރުތަކަކަށް، 15 (ފަނަރަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޓޫރިސްޓް އުޅަނދެއް ކުއްޔަށް ދޫކުރުމަށް؛ ނުވަތަ
  2. ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ބޭނުމަށް ޓޫރިސްޓް އުޅަނދެއް ކުއްޔަށް ދޫކުރުމަށެވެ.

(ނ) ޓޫރިސްޓް އުޅަނދެއް ކުއްޔަށް ދޫކުރާ ހާލަތުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުޅަނދުން ފޯރުވައިދޭ މުދަލާއި ހިިދުމަތުގެ އަގުން، އެ އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް އޮންނަ ފަރާތުން ޖީ.އެސް.ޓީ ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 15  (ފަނަރަ) ދުވަހަށްވުރެ އިތުރުވެފައިވޭތޯ ބެލުމުގައި، ކުއްޔަށް ހިފާ ފަރާތާ ނުވަތަ ކުއްޔަށް  ހިފާ ފަރާތާ ގުޅުންހުރި ފަރާތްތަކާއެކު، 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެންމެހައި އެއްބަސްވުންތަކުގައި ހިމެނޭ ދުވަސްތައް ގުނަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-113 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ބޭނުންކުރުމާއި ބަދަލުކުރުމާއި ވިއްކުން 113-2.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރުދަކު އެ ފަރާތުގެ އަމިއްލަ ބޭނުމަށް މުދާ އެތެރެކުރުމަށްފަހު، އެއިން މުދަލެއް އެހެން ފަރާތަކަށް ވިއްކައިފިނަމަ، ނުވަތަ ބަދަލުކޮށްފިނަމަ، އެ މުއާާމަލާތުން ޖީ.އެސް.ޓީ ދައްކަންވާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރުދަކު އެ ފަރާތުގެ އަމިއްލަ ބޭނުމަށް ފިޔަވައި އެހެން ބޭނުމަކަށް މުދާ އެތެރެކުރުމަށްފަހު، އެއިން މުދަލެއް އެހެން ފަރާތަކަށް ވިއްކައިފިނަމަ، ނުވަތަ ބަދަލުކޮށްފިނަމަ، ނުވަތަ އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފިނަމަ، އެ މުއާާމަލާތުން ޖީ.އެސް.ޓީ ދައްކަންވާނެއެވެ.

(ނ) ފަރުދަކު ފިޔަވައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މުދާ އެތެރެކުރުމަށްފަހު، އެއިން މުދަލެއް އެހެން ފަރާތަކަށް ވިއްކައިފިނަމަ، ނުވަތަ ބަދަލުކޮށްފިނަމަ، އެ މުއާާމަލާތުން ޖީ.އެސް.ޓީ ދައްކަންވާނެއެވެ.

(ރ) ގަވާއިދު ނަންބަރު 43/2011 (މުދަލާއި ހިިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 26 ވަނަ އިސްްލާހުު ގެނައުމުގެ ގަވާއިދަށް އަަމަލުކުރަން ފަށާ ތާރީހުުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު  TR-2016/G36 (އިމްޕޯޓްކުރާ މުދާ އެހެން ފަރާތަކަށް ބަދަލުކުރުން) އުވުނީއެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުުކުރާ ތާރީހުުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 43/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު