-

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-81)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ، މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ހަމައެކަނި ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

މި ގަވާއިދަށް އަމަލުކުރަން ޖެހޭނީ، މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުންނެވެ.

 

4 ވަނަ މާއްދާ - ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމުވާ ވިޔަފާރި

އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ފެތޭ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާރޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ހ) ތަނެއްގައި ގާއިމުވެގެން، ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކުން؛ ނުވަތަ

(ށ) ތަނެއްގައި ގާއިމު ނުވެ، އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް އާންމުންނަށް ވިއްކުން؛ ނުވަތަ

(ނ) އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުން؛ ނުވަތަ

(ރ) އިލެކްޓްރޯނިކް ޒަރީއާާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުން؛ ނުވަތަ

(ބ) އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކުން.

 

5 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ވިޔަފާރިއެއް ހިންގަން އެދޭ ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާރޓްނަރށިޕެއްގެ ގޮތުގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހަޅާނެ ގޮތް

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ވިޔަފާރިތަކުން، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ގެ ‘Business Activity Registration’ ހިިދުމަތް މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - ކްލެސިފިކޭށަންތައް

މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހަޅާ ކޮންމެ ފަރާތަކުންވެސް، އެ ވިޔަފާރިއަކުން ހިންގާ ވިޔަފާރި ހަރަކާތް ވީހާވެސް ބޮޑަކަށް ތަމްސީލުކޮށްދޭ ވިޔަފާރީގެ ހަރަކާތުގެ ކްލެސިފިކޭށަނެއް އިހިްތިޔާރުކޮށް، އެ ކްލެސިފިކޭށަނާއެކު، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނެއެވެ. މިގޮތުން، ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭށަންތަކަކީ:

(ހ) ރީޓެއިލް ފިހާރަ؛

(ށ) ހޯލްސޭލް ފިހާރަ؛

(ނ) ހޯލްސޭލާއި ރީޓެއިލް ފިހާރަ؛

(ރ) ފްރެށް މާރުކޭޓު؛ ނުވަތަ

(ބ) އޮންލައިން ށޮޮޕް އެވެ.

 

8 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ މައުުލޫމާތު

މި ގަވާއިދުގެ 6 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، އަންނަނިވި މައުުލޫމާތެވެ.

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ނުވަތަ ޕާރޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރެޖިސްޓްރޭށަން ނަންބަރު؛

(ށ) ވިޔަފާރި ހަރަކާތަށް ކިޔާ ނަން؛

(ނ) ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް (އިިމާރާތުގެ ނަން، ޔުނިޓް ނަންބަރު، ފަންގިފިލާ، މަގު، އަވަށް)؛

(ރ) ވިޔަފާރި ހަރަކާތް ހިންގާ ތަނަށް ގުޅޭނެ ފޯނު ނަންބަރު ނުވަތަ އެ ތަނަކާ މުއާާމަލާތު ކުރެވޭނެ އީމެއިލް އެޑްރެސް؛

(ބ) ވިޔަފާރި ހަރަކާތް ހިންގާ އެޑްރެހުގައި، ވިޔަފާރި ހަރަކާތް ހިންގުމަށް ނުވަތަ ވިޔަފާރި ހަރަކާތަށް ބޭނުންކުރުމަށް، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން، ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލުން ހުއްދަ ދޫކޮށްފައިވާކަން އެނގޭނެ ލިޔުމެއް؛

(ޅ) ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަންޖެހޭ ށަރުތުުތައް ކަމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުުތައް ފުރިހަމަވާ ކަމަށް، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލު ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުން އިންސްޕެކްޓް ކުރުމަށްފަހު ދޫކޮށްފައިވާ ލިޔުން؛

(ކ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭށަން.

 

9 ވަނަ މާއްދާ - ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަން އިންސްޕެކްޓްކުރުން

މި ގަ ވަނަ މާއްދާ - ވާއިދުގެ 8 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުުތައް ފުރިހަމަވޭތޯ ބެލުމަށް އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.

 

10 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަންޖެހޭ ށަރުތުުތައް ފުރިހަމަވެފައި ހުރުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުުތަކަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދޭ ވިޔަފާރި ހަރަކާތް ހިންގައިހައި ހިނދަކު ދަމަހައްޓަންޖެހޭ ށަރުތުުތަކެކެވެ. 

 

11 ވަނަ މާއްދާ - ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ބިދޭސީން މަސައްކަތްކުރުން

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 62/2020 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުގައެވެ. 

 

12 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް ފީ ނެގުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 (ފަސް ސަތޭކަ) ރުފިޔާގެ އިދާރީ ފީއެއް ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ - މިހާރު ހިންގަމުންގެންދާ ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ހިންގަމުންގެންދާ ތަރުކާރީ ނުވަތަ މޭވާގެ ވިޔަފާރި ހަރަކާތްތައް، މި ގަވާއިދަށް އަަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދަށް އަަމަލުކުރަން ފެށުމާއެކު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އެއްވެސް ވިޔަފާރި ހަރަކާތެއް އެއްވެސް ތަނެއްގައި ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިޔަފާރިކުރާ ތަނާއި ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

 

14 ވަނަ މާއްދާ - ވިޔަފާރި ކުރެވޭނެ ގަޑި

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތްތައް ހިންގޭނީ، އެފަދަ ވިޔަފާރި ކުރެވޭނެ ވަގުތުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުުކޮށްފައިވާ ވަގުތުތަކުގައެވެ.

 

15 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް ބާތުިލުކުރަން އެދުން

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތެއް ހުއްޓައިލާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ވިޔަފާރި ހަރަކާތެއް ބާތުިލުކޮށް، ދަފުތަރުން އުނިކުރުމަށް އެދި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް، Business Activity Cancellation އަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - މައުުލޫމާތު އަޕްޑޭޓްކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ވިޔަފާރި ހަރަކާތެއްގެ ދަފުތަރުގައިވާ އެއްވެސް މައުުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ، އެ މައުުލޫމާތެއް އަޕްޑޭޓް ކުރުމަށް، ނުވަތަ އަހަރަކު އެއްފަހަރު މައުުލޫމާތު އަޕްޑޭޓް ކުރުމަށް business.egov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. މިގޮތުން، މައުުލޫމާތު އަޕްޑޭޓްކުރުމަށް ސުންގަޑިއެއް ދީ، ސަރުކާރުގެ ގެޒެޓުގައި ށާއިއުުކޮށް އާންމުކޮށް އިއުުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުުލޫމާތު، ކަނޑައަޅައިފައިވާ ސުންގަޑިއަށް ހުށަހަޅައިފައިނުވާ ފަރާތްތައް 500 (ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

17 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ހިިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެ ފަރާތުން ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ށަރުތުުތައް ކަމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުެއް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްށަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ތަކުރާރުކޮށް ގަވާއިދާ ހިިލާފުވާ ފަރާތްތަކުން ހިންގާ ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުން

މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްފަހުގައިވެސް، މި ގަވާއިދާ ހިިލާފަށް ވިޔަފާރީގެ މުއާާމަލާތްތައް ކުރިޔަށް ގެންދާ ކޮންމެ ފަރާތެއްގެ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަން ބަންދުކޮށް، އެ ތަނުގެ ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުު ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް އަަމަލުކުރަން ފެށުން

މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުުކުރާތާ 30 (ތިރީސް) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. 

______________________
 


 

ޖަދުވަލު 1

ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ހުންނަންޖެހޭ ށަރުތުުތައް

  1. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނޭހެން އުިމާރާތުގައި ހަރުކޮށްފައި ހުރުން.
  2. ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަކަށް ހަދައިފައި ހުރުން.
  3. ވިޔަފާރި ކުރާ ތަނުގައި އެއަރ ކޮންޑިށަން ހަރުކޮށްފައި ހުރުން ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓް ކޮށްފައި ހުރުން.
  4. އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން.
  5. މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން.
  6. މީހުން ވަދެ ވިޔަފާރި ކުރެވޭ ގޮތަށް ހުރި ތަނެއް ނަމަ ޓައިލްސް ޖަހައިފައި ނުވަތަ ތަޅުން އަޅައިފައި ހުރުން.
  7. ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ތަނަކަށް ނުވުން.
  8. މެހި ފަދަ ތަކެއްޗަށް ނުވަދެވޭ ގޮތަށް ތަން ފަރުމާކޮށްފައި ހުރުން.
  9. ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިފައި ނެތުން.
  10. ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭ ގޮތަށް ހުރުން.
  11. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނުވަތަ ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ ސާފުތާހިރު ކަމުގެ މިންގަނޑުތަކަށް ފެތުން.

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު