ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 78/2020)
މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 83/2020 އިން އުވާލެވިފައި
ގަވާއިދު ނަންބަރު 52/2020 (ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ –
ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
1 (ހ)
މި ގަވާއިދަކީ، ގާނޫނު ނަންބަރު 35/2015 (ގާނޫނު ނަންބަރު 69/1978 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގެ 20 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ –
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު (އުވިފައި)
ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 52/2020)
ކިޔުންތެރިންގެ ހިޔާލު