އޯލްޓަނޭޓިވް ކެއަރގެ ހިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-69)
އެއްވަނަ ބާބު
ފެށުމާއި ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވަގުތީގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އޯލްޓަނޭޓިވް ކެއަރގެ ހިދުމަތުގެ އުސޫލުތަކާއި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން އެ ގާނޫނުގެ 61 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 95 ވަނަ މާއްދާގެ (ށ) އާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އޯލްޓަނޭޓިވް ކެއަރގެ ހިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްްސަދު
މި ގަވާއިދުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި، އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލާއި، އެފަދަ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު އަމަލުކުރާނެ އުސޫލާއި، އެ ކުދިންނަށް ލިބެންޖެހޭ ހިދުމަތްތައް ކަނޑައެޅުން؛
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތައް ހިންގުމުގައި ނަގަހައްޓަންޖެހޭ ހަމަތައް ކަނޑައެޅުން؛
(ނ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް ބަޔާންކުރުން؛ އަދި
(ރ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރަށް ރިއާޔަތްކޮށް، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދިނުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ޒިންމާތައް ބަޔާންކުރުން.
ދެވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ނަގަހައްޓަންޖެހޭ ހަމަތައް
3 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަތަކުގައި ނަގަހައްޓަންޖެހޭ ހަމަތައް
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތްދޭ މަރުކަޒުތައް ހިންގަންވާނީ އަންނަނިވި ހަމަތައް ނެގެހެއްޓޭނެ ގޮތުގެ މަތިންނެވެ.
(ހ) އާއިލީ މާހައުލު ނެގެހެއްޓުން؛ އާއިލާއަކީ، ކުޑަކުއްޖެއް ހެދިބޮޑުވުމަށް އޮންނަ ތަަބިއީީ މާހައުލުކަމަށް ދެކި، އޯލްޓަނޭޓިވް ކެއަރގައި ކުދިން ބެހެއްޓުނު ނަމަވެސް، އެންމެ އިސްކަމެއް ދޭންވާނީ އާއިލާގެ ތެރެއިން ލިބޭ އަޅައިލުން ކުޑަކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ކުދިންގެ އާއިލާއާ ހަވާލުހަވާލުކޮށްގެން ނުވަތަ ފޮސްޓަރކުރާ ފަރާތަކާ ހަވާލުހަވާލުކޮށްގެން ނަމަވެސް، އެ ކުދިން އާއިލީ މާހައުލަކަށް ރީ-އިންޓެގްރޭޓް ކުރުމަށެވެ.
(ށ) ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ މުއާމަލާތު ކުރުމުގައްޔާއި، އެ ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް އިސްކުރުމަށެވެ. މިގޮތުން ކުދިންނާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެ ކުދިންގެ ރައްކައުތެރިކަމަށާއި މެދުކެނޑުމެއްނެތި އެ ކުދިންގެ ހެދިބޮޑުވުން ކަށަވަރުކުރުމަށް ރިއާޔަތްކުރަންވާނެއެވެ.
(ނ) ޒަރޫރީ މުއްދަތަށް ބޭތިއްބުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބަންވާނީ، އެ ކުދިން އެ ތަނެއްގައި ކޮންމެހެން ބައިތިއްބަންޖެހޭ ބޭނުމެއް އޮންނަ މުއްދަތަކަށެވެ.
(ރ) އެކަށީގެންވާ ގޮތަށް އަޅައިލުން ފޯރުކޮށްދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބާއިރު، ކޮންމެ ކުއްޖަކަށް އެކަށީގެންވާ ގޮތަށް އެ ކުއްޖަކަށް އަޅައިލަން ޖެހޭނެއެވެ. ކުއްޖަކަށް އެންމެ އެކަށީގެންވާ ގޮތަށް އަޅައިލުމަށްޓަކައި ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި ހެދިބޮޑުވުމަށް ރިއާޔަތްކޮށް، އެ ކުއްޖަކަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ގަވާއިދުން މަސައްކަތް ކުރަންވާނެއެވެ.
(ބ) އެއްބަނޑުއެއްބަފާ ކުދިން ވަކިނުކުރުން؛ ކުއްޖާއާއި އެ ކުއްޖާއާއެކު ދިރިއުޅެމުންދިޔަ އެ ކުއްޖާގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ބޭތިއްބުމުގައި، އެ ކުއްޖާއަށް ނުރައްކަލެއް ނެތް ނަމަ، ނުވަތަ އެ ކުއްޖާގެ މަސްލަހަތަށް އުނިކަމެއް ނާންނާނޭ ނަމަ، އަދި ކުއްޖާ އެކަމާ ދެކޮޅުނަހަދާނަމަ، އެފަދަ ކުއްޖަކު އެ ކުއްޖާގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ކުދިންނާ ވަކިނުކުރުމަށް އިސްކަންދޭންވާނެއެވެ. މީގެ ތެރޭގައި، އުމުރުގެ ގޮތުން ދޮށީ އުމުރުފުރައިގެ ކުދިންނަށް ވަކި ހާއްސަ މަރުކަޒެއް ހަމަޖައްސައިފައިވުމުގެ ސަބަބުން، އެފަދަ މަރުކަޒެއްގައި ދޮށީ އުމުރުފުރައިގެ ކުދިން ބަހައްޓާ ބެހެއްޓުމެއް ނުހިމެނެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައި، ކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.
(ޅ) އާއިލާއާ ގުޅުން ބޭއްވުމަށް ފުރުސަތު ދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ އަމިއްލަވަންތަކަމާއި، އައިޑެންޓިޓީ ކުރިއެރުވުމަށާއި އާއިލާއަކަށް ނިސްބަތްވާކަން އިހްސާސް ކޮށްދިނުމަށް ޓަކައި، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އާއިލާއާ ގުޅުން ބޭއްވުމުގެ ހައްގު ލިބިގެންވާކަމަށް ދެކި، އެކަމަށް މަގުފަހިކޮށްދޭންވާނެއެވެ.
(ކ) ގެއްލުން ނުދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް، މަރުކަޒުތަކުގެ ތެރޭގައި ތިބޭ ތިބުމުގައި، އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެއެވެ. މިގޮތުން، ކުއްޖާގެ ހެދިބޮޑުވުމަށް ނުރަނގަޅު އަސަރު ފޯރައިފާނޭ ކަންކަންވެސް ކޮށްގެން ނުވާނެއެވެ.
(އ) ރައްކައުތެރިކަން ފޯރުކޮށްދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގެ ފަރާތުން، އެ މަރުކަޒެއްގެ ތެރޭގައި ހިންގާ ޕްރޮގްރާމްތަކާއި މަރުކަޒުން ބޭރުގައި ހިންގާ ޕްރޮގްރާމްތައް ވާންވާނީ އެ ކުދިން ރަހީނު ކުރުމުންނާއި، ޓްރެފިކް ކުރުމުންނާއި، ހުރިހާ ބާވަތެއްގެ ގޯނާއިންނާއި، އިހުމާލުންނާއި، އަނިޔާއިންނާއި އެކްސްޕްލޮއިޓޭށާންގެ އަމަލުތަކުން ރައްކައުތެރިވެފައިވާ ޕްރޮގްރާމްތަކަކަށެވެ. އަދި މިފަދަ އަމަލެއް އެ މަރުކަޒެއްގައި ތިބޭ މުވައްޒަފުންގެ ފަރާތުން، ނުވަތަ އެ ކުދިންނާ ވާސިލުވެވޭނެ ތިންވަނަ ފަރާތެއްގެ ފަރާތުން ނުވަތަ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ފަރާތުންވިޔަސް އެ މަރުކަޒެއްގައި ބައިތިއްބާ ކުދިންނަށް ރައްދުވެގެން ނުވާނެއެވެ.
(ވ) ޕްރޮފެށާނަލްކޮށް މަސައްކަތްކުރުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަންވާނީ ނަޒާހަތްތެރިކޮށެވެ. އަދި އެ ފަރާތްތަކަށް ކުދިންނާއި އާއިލާގެ ފަރާތުން ދީފައިވާ އިތުބާރު ނުވަތަ ބާރު ނަހަމަގޮތެއްގައި ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތުން، އެ ފަރާތްތަކުން ދޭ ހިދުމަތެއްގެ ބަދަލުގައި ނުވަތަ އެހީތެރިކަމެއްގެ ބަދަލުގައި، އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް، ނުވަތަ ފައިސާއެއް، ނުވަތަ ކޮށްދޭ ކަމެއް ގަބޫލުކޮށްގެން ނުވާނެއެވެ.
(މ) ކަރާމާތާއި، އިހްތިރާމާއި، ބައިވެރިވުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ހުރިހާ ހާލަތެއްގައިވެސް މުއާމަލާތު ކުރަންވާނީ އިހްތިރާމާއެކު، އެ ކުދިންގެ ކަރާމާތްތެރިކަން ރައްކައުތެރިވާ ފަދަ ގޮތެއްގެ މަތިންނެވެ. އަދި ކުދިންނާ އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ލިބުމުގެ ހައްގު އެ ކުދިންނަށް ލިބިގެންވާކަން ގަބޫލުކޮށް، އެ ކުދިންނާ ގުޅޭ ކޮންމެ ނިންމުމެއްގައި އެ ކުދިންގެ ބައިވެރިވުން ހޯދަންޖެހޭނެކަމަށް ދެކެންވާނެއެވެ.
(ފ) ޖަވާބުދާރީވުން؛ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، އެ މުވައްޒަފުން ކުރާ ކަންކަމަށާއި، އެ ކަންކަމުން ނުކުންނަ ނަތީޖާތަކަށް ޖަވާބުދާރީވާން ޖެހޭނެއެވެ. މިގޮތުން، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމަށް ގާނޫނުން ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކީ އެތައް ބައެއްގެ ހައްގާއި މަސްލަހަތު ހިމެނޭ އަމާނާތެއް ކަމަށް އޮންނަ އޮތުމަށް ބަލައި، އެ މަރުކަޒުތަކަކީ، އެ ތަނުގައި ބައިތިއްބާ ކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، މުޖުތަމައަށް ޖަވާބުދާރީވާންޖެހޭނެ ތަންތަނެވެ.
4 ވަނަ މާއްދާ - ޕްރޮފެށާނަލް ކޯޑު އޮފް ކޮންޑަކްޓާއި، ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީ
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އަންނަނިވި މިންގަނޑުތައް އެކުލަވައިލަންވާނެއެވެ.
- އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ ޕްރޮފެށާނަލް ކޯޑު އޮފް ކޮންޑަކްޓް؛ އަދި
- އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ ކޮންމެ މަރުކަޒަކުން އަމަލުކުރަންޖެހޭ ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާާއިއު ކުރަންވާނެއެވެ.
ތިންވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް
5 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތައް
އަންނަނިވި ހައްގުތަކަކީ، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށް ކަށަވަރުކޮށްދޭންޖެހޭނެ ހައްގުތަކެކެވެ.
(ހ) ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތާ ވަކިވާންޖެހުނު ސަބަބު އެނގުމުގެ ހައްގު؛
(ށ) ކުއްޖާ، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެނައި ސަބަބު އެނގުމުގެ ހައްގު؛
(ނ) ކުއްޖާ، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭ މުއްދަތު ވަކި ގޮތަކަށް ކަނޑައަޅައިފައި އޮތް އޮތުމުގެ ސަބަބު އެނގުމުގެ ހައްގު؛
(ރ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާ ހުންނައިރު، ކުއްޖާއާމެދު އެ މަރުކަޒުން އަދާކުރަންޖެހޭ ޒިންމާތަކާއި، އެ ކުއްޖާއާމެދު އަމަލުކުރެވޭނެ ގޮތް އެނގުމުގެ ހައްގު. އަދި ކުއްޖާގެ ޒިންމާތަކާއި، ކުއްޖާ އަމަލުކުރަންޖެހޭނެ ގޮތް އެނގުމުގެ ހައްގު؛
(ބ) ށާކުވާ ހުށަހަޅަން ހަމަޖެހިފައިވާ ގޮތް އެނގުމުގެ ހައްގު؛
(ޅ) ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށްވާ، ހާލަތަށް ބަލައި، ކުއްޖާގެ އާއިލާއާ ބައްދަލުކޮށް ގުޅުން ބޭއްވުމަށް ކަންކަން ހަމަޖެހިފައިވާ ގޮތް އެނގުމުގެ ހައްގު؛
(ކ) ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު؛
(އ) ކުއްޖާއަށް ބޭނުންވެއްޖެ ހިނދެއްގައި، ސައިކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ ލިބުމުގެ ހައްގު؛
(ވ) ކުއްޖާގެ ކޭސް މެނޭޖްމަންޓު ހަދާނެ ކަނޑައެޅިފައިވާ ކޭސް ވާރކަރެއް ލިބުމާއި، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން އެހީތެރިކަން ލިބުމުގެ ހައްގު؛
(މ) ކުއްޖާގެ ކޭސް ފައިލް ބެލުމުގެ ހައްގާއި، ކުއްޖާގެ ކެއަރ ޕްލޭން އެކުލަވައިލުމުގައި ބައިވެރިވުމުގެ ހައްގު؛
(ފ) ކުއްޖާއަށް އަސަރުކުރާނެ ނިންމުންތަކާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރުމާއި، ކުއްޖާ ބޭނުންވާ ގޮތް ފާޅުކުރުމުގެ ހައްގު؛
(ދ) ކުއްޖާއާ ގުޅޭ މުހިންމު ކަންކަން ކަމުގައިވާ، ކުއްޖާއަށް އަޅައިލުމުގައްޔާއި، ކުއްޖާއަށް ސިއްހީ ފަރުވާ ދިނުމުގައްޔާއި، ތައުލީމާއި އާއިލާ ހޯދުމުގައި އަދި ރީ-އިންޓެގްރޭޓް ކުރުމުގައި ކުއްޖާއާއެކު މަށްވަރާކުރުމުގެ ހައްގު؛
(ތ) އެކަށީގެންވާ މިންވަރަކަށް ޕްރައިވަސީ ލިބުމާއި، ހުއްދަކޮށްފައިވާ ނިސްބަތަކަށް އަމިއްލަ ތަކެތި ގެންގުޅުމުގެ ހައްގު؛
(ލ) ކުއްޖާގެ ބޭނުންތަކަށް ފެތޭ ތައުލީމު ލިބުމާއި، އަރާމުކުރުމާއި، މުނިފޫހިފިލުވުމާއި، ކަސްރަތުކުރުމުގެ ހައްގު؛
(ގ) ދުޅަހެޔޮކަންމަތީގައި ހުރެވޭ ފަދަ ފެންވަރު ރަނގަޅު ކާނާ ލިބުމާއި، ކުއްޖާގެ ގަޔަށް ހެޔޮވަރު އަދި އެކަށީގެންވާ ގޮތެއްގައި ރައްކައުތެރި އަންނައުނު ލިބުމުގެ ހައްގު؛
(ޏ) ހުއްދަކޮށްފައިވާ ނިސްބަތަކަށް، ތިންވަނަ ފަރާތަކުން މޮނިޓަރކުރުމެއް ނެތި ސިޓީ ފޮނުވުމާއި ސިޓީ ލިބުމުގެ ހައްގު؛
(ސ) ތަނެއްގައި ބަންދުކޮށްފައި ނުބެހެއްޓުމާއި، އަމިއްލަ އިހްތިޔާރުގައި މަރުކަޒުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ނުދެވޭ ގޮތަށް ހިފެހެއްޓުމުން ރައްކައުތެރިވުމުގެ ހައްގު؛
(ޑ) އެއްވެސް ބާވަތެއްގެ ޖިސްމާނީ އަދަބުން ރައްކައުތެރިވުމުގެ ހައްގު؛
(ޒ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާ ބަހައްޓައިފައި ހުންނަ ހުރުމާ ގުޅޭ ހުރިހާ ކަމަކާއި، ކުއްޖާ ބަހައްޓައިފައި ހުންނަ ހުރުން އެންމެ މަދުވެގެން ކޮންމެ 90 (ނުވަދިހަ) ދުވަހަކުން މުރާޖައާ ކުރުމުގެ ހައްގު؛ އަދި
(ޓ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކެއް ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ކިޔައިދީ އެނގުމުގެ ހައްގާއި، އެ ފަރާތްތަކުން ށާކުވާ ހުށަހަޅާނެ ގޮތް އެ ފަރާތްތަކަށް އެނގުމުގެ ހައްގު.
6 ވަނަ މާއްދާ - އާއިލާއާ ގުޅުން ބާއްވާއިރު މޮނިޓަރކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، އާއިލާއާ ކުއްޖާ ބައްދަލުކުރާއިރު، ނުވަތަ ފޯނުން ވާހަކަދައްކާއިރު، އެ ކަމެއް މޮނިޓަރކުރެވޭނީ، އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވާނަމައެވެ. އަދި އެކަން ކުރަންޖެހޭނީ، މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޖަކު އާއިލާއާ ގުޅުން ބާއްވާއިރު މޮނިޓަރކުރަން ޖެހޭކަމަށް ކަނޑައަޅާނެ ގޮތުގެ އުސޫލެއް، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ނ) މި މާއްދާ ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ގަވާއިދު ށާާއިއުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ކުއްޖާގެ އާއިލާއާ ކުއްޖާ ބައްދަލުކުރުން ހަނިކުރުމުގެ ބާރު
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން ކުއްޖާގެ އާއިލާއާ ކުއްޖާއާ ބައްދަލުކުރުން ހަނިކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މައްދާގ (ހ) ގެ މަގްްސަދަށްޓަކައި، ކުއްޖާގެ އާއިލާއާ ކުއްޖާއާ ބައްދަލުކުރުން ހަނިކުރެވޭނެ ހާލަތްތަކާއި އުސޫލުތައް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކުއްޖާގެ އާއިލާއާ ކުއްޖާ ބައްދަލުކުރުން ހަނިކުރާ ކުރުމަކާ ބެހޭ ގޮތުން ކުއްޖާގެ ނުވަތަ ކުއްޖާގެ އާއިލާގެ އެއްވެސް ށާކުވާއެއް އޮވެއްޖެނަމަ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ށާރުއީީ ކޯޓުތަކަށް އެ ކަމެއް ހުށަހެޅުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - އަމިއްލަ ތަކެތި ގެންގުޅުމާއި، ސިޓީ ފޮނުވުމާއި، ސިޓީ ލިބުމުގެ ހައްގު
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ތ) އާއި (ޏ) ގެ ބޭނުމަށް، އޯލްޓެނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ގެންގުޅެވޭނެ އަމިއްލަ ތަކެއްޗަކީ ކޮބައިކަމާއި، އެ ކުދިން ފޮނުވާ ސިޓީއާއި އެ ކުދިންނަށް ލިބޭ ސިޓީ މޮނިޓަރކުރެވޭނެ ހާލަތްތަކާއި މޮނިޓަރކުރުމާބެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ކަނޑައަޅަންވާނެއެވެ. އަދި މި އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާާއިއު ކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކަށް ކުދިން ބަދަލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު
9 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބޭތިއްބޭނެ ކުދިން
އަންނަނިވި ހާލަތްތަކުގައިވާ ކުޑަކުދިން، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ އިހްތިޔާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއަށް ލިބިގެންވެއެވެ.
(ހ) މައިންބަފައިން، ނުވަތަ ބެލެނިވެރިން ނުވަތަ ށާރުއީީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކައުތެރި މާހައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން ދައުލަތުން ރައްކައުތެރިކަން ފޯރުކޮށްދޭ ކުޑަކުދިން؛
(ށ) ގާނޫނީ ކުށެއްގެ ސަބަބުން ހުކުމް ތަންފީޒު ކުރުމަށް ޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުމް ތަންފީޒުކުރަން ދާންޖެހޭ މީހުންގެ ކުދިން؛
(ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެ ކުއްޖާގެ ބަލީގެ ސަބަބުން އާއިލާގެ ތެރޭގައްޔާއި މުޖުތަމައުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލިހާލަތު ގޯސްވެ އެ ކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ އަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ފަދަ އަމަލުތައް ކުރާ ކުދިން؛
(ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ށާރުއީީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން؛
(ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކައުތެރިކަން ބޭނުންވާ ކުދިން؛
(ޅ) އެހެން ފަރާތެއްގެ ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ށާރުއީީ ބަދަލުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން؛
(ކ) ޔަތީމު ކުދިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށާރުއީީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން؛
(އ) އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކުދިން.
10 ވަނަ މާއްދާ - އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ އޯލްޓަނޭޓިވް ކެއަރއަށް ބަދަލުނުކުރުން
ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގު ގާނޫނު) ގެ 97 ވަނަ މާއްދާގެ މަގްްސަދަށްޓަކައި، ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރެވެނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަން ކަށަވަރު ކުރުމަށް ޓަކައި، އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމަކުރަންވާނެއެވެ.
11 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން
ކުއްޖަކު، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ވެވުނު މިންވަރަކުން ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
(ހ) ހުންނާނެ ތަނެއް ހަމަޖައްސައިދިނުމުގައި، އެކަމާމެދު ކުއްޖާ ދެކޭ ގޮތް ހޯދުން؛ އަދި
(ށ) ކުއްޖާގެ އުމުރާއި ކަންކަން ފަހުމްވާ މިންވަރަށް ބަލައި، އެ ކުއްޖާ ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭތޯ ބެލުން.
12 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމަށްފަހު ކުރަންޖެހޭ ކަންކަން
ކުއްޖަކު، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމަށްފަހު، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ފިޔަވަޅުތަކަކަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
ފަސްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކަށް އެޑްމިށާން ހެދުން
13 ވަނަ މާއްދާ - ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުގެ ކުރިން ކުރަންޖެހޭނެ ކަންކަން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖަކު ގެންދިއުމުގެ ކުރިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެ މައްސަލަ ބަލަމުންދާ ކޭސް ވާރކަރ، އަންނަނިވި މައުލޫމާތުތަކުގެ މައްޗަށް ހިމެނޭ އެންޓްރީ ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ. މި އެންޓްރީ ރިޕޯޓުގެ މަގްްސަދަކީ، ކުއްޖާގެ ބެލެހެއްޓުމާ ހަވާލުވާ މަރުކަޒަށް އެ ކުއްޖާ ގެނައުމުގެ ކުރިން ވާންޖެހޭ ތައްޔާރީ ވުމަށްޓައި ބޭނުންވާ މައުލޫމާތު ދިނުމެވެ.
- ކުއްޖާގެ ސޯށާލް ހިސްޓްރީއާބެހޭ މައުލޫމާތު؛
- ކުއްޖާއާބެހޭ ޕަރމަނަންސީ ޕްލޭން؛
- ކުއްޖާއަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއް ނަމަ، އެ ކަންކަން؛
- ކުއްޖާއަށް މުހިންމު ފަރާތްތަކާ ގުޅޭނެ މައުލޫމާތު (މިސާލަކަށް: ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން)؛ އަދި
- ކޭސް ވާރކަރުގެ މައުލޫމާތާއި، އެ ފަރާތާ ގުޅޭނެ މައުލޫމާތު.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދާ ކުއްޖެއްގެ ކޭސް ފައިލުގެ ކޮޕީއެއް، ކުއްޖާ ބަހައްޓާ މަރުކަޒުގައި ހުންނަ ސުޕަވައިޒަރަކަށް، މައްސަލައިގެ ކޭސް ވާރކަރު ދޭންވާނެއެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން ކުއްޖާއަށް މަރުކަޒުގައި ކޭސް ވާރކަރެއް ހަމަޖެހުމުން، އެ ފަރާތަކާ މި ފައިލު ހަވާލު ކުރަން ވާނެއެވެ.
14 ވަނަ މާއްދާ - ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދިއުން
(ހ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދަންވާނީ މައްސަލައިގެ ކޭސް ވާރކަރުގެ ހާޒިރުގައެވެ. ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ކަނޑައަޅާ އިދާރާއެއްގެ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ށ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދާއިރު، އެ ކުއްޖާގެ މަސްލަހަތަށް އުނިކަމެއް ނާންނެކަމަށް ބެލެވޭނަމަ، އަދި އެ ކުއްޖަކު ބޭނުންވާނަމަ، އެ ކުއްޖާ އިތުބާރުކުރާ ފަރާތެއް އެ ކުއްޖަކާއެކު ދަތުރުކުރުމަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.
15 ވަނަ މާއްދާ - ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން ކުއްޖާއާ ހަވާލުވުން
(ހ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން، އެ ވަގުތެއްގައި ޑިއުޓީގައި ހުންނަ ސުޕަވައިޒަރު ކުއްޖާއާ ހަވާލުވެ، ކުއްޖާގެ އެޑްމިށާންގެ މަރުހަލާ ވިލަރެސްކުރަންވާނެއެވެ.
(ށ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން، އެންމެ ފުރަތަމަ ހިނދުން ފެށިގެންވެސް ކުއްޖާއަށް ރައްކައުތެރިކަން އިހްސާސްވުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އެ ވަގުތެއްގައި ޑިއުޓީގައި ހުންނަ ސުޕަވައިޒަރު އެ ކުއްޖާއާ އެންމެ ފުރަތަމަ ބައްދަލުވާ ހިނދު، އެ ފަރާތުން، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެ ކުއްޖާއަށް ދޭންވާނެއެވެ.
- ކުއްޖާ އެ މަރުކަޒަށް ގެނައި ސަބަބު؛
- އެ މަރުކަޒުގައި ކުއްޖާ ހުންނާނެ ކަމަށް ބެލެވޭ މުއްދަތު؛
- އެޑްމިށާން މަރުހަލާ ހިނގާނެ ގޮތް؛ އަދި
- ކުރިއަށް އޮތް ދުވަސްތައް ރޭވިފައިވާ ގޮތުގެ ހުލާސާއެއް.
(ނ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ގެނެސްފައިވާ ކުއްޖަކީ، އެ ކުއްޖެއްގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ހާދިސާއެއް ދާދި ފަހުން ތަޖުރިބާކުރަން ޖެހިފައިވާ ކުއްޖެއްނަމަ، ނުވަތަ ބަލި ހާލަތު ގޯސްވެފައިވާ ކުއްޖެއްނަމަ، އެފަދަ ކުއްޖެއްގެ އެޑްމިށާން މަރުހަލާ ފެށުމުގެ ކުރިން އެ ކުއްޖަކަށް ދޭންޖެހޭ ސިއްހީ ފަރުވާއާއި، ކާނާއާއި، އަންނައުނު ފޯރުކޮށްދޭންވާނެއެވެ.
16 ވަނަ މާއްދާ - ކުއްޖާ ރަޖިސްޓަރީކުރުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ ގެންދެވުމުން، ކުއްޖާ ރަޖިސްޓަރީކޮށް، ކުއްޖާ ބެހެއްޓުމަށް ހަމަޖެހިފައިވާ އިންތިޒާމްތަކުގެ މައުލޫމާތު ހިމެނޭހެން އެންޓްރީ ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ. މި ރިޕޯޓަކީ، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންޓްރީ ރިޕޯޓާއެކު ކުއްޖާގެ ކޭސް ފައިލުގައި ބަހައްޓާ ރިޕޯޓަކަށް ވާންވާނެއެވެ.
17 ވަނަ މާއްދާ - ކުއްޖަކު ގެންނަ އަމިއްލަ ތަކެތި ރައްކައުތެރިކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ އަންނައިރު، އެ ކުއްޖަކު ގެންނަ އަމިއްލަ ތަކެތީގެ އިންވެންޓްރީއެއް ހަދައި، އެ ކުއްޖާގެ ކޭސް ފައިލުގައި އެފަދަ އިންވެންޓްރީއެއްގެ ކޮޕީ ހިމަނަންވާނެއެވެ.
(ށ) ކުއްޖަކު ގެންނަ އަމިއްލަ ތަކެއްޗަކީ، އެ މަރުކަޒެއްގައި ގެންގުޅުން ހުއްދަ ނޫން ތަކެތި ނަމަ، ކުއްޖާ އެ މަރުކަޒުގައި ހުންނަހާ ދުވަހަކު، އެފަދަ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ އިންތިޒާމެއް އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ. އަދި އެ ކުއްޖަކު މަރުކަޒު ދޫކޮށްފައި ދާއިރު، އެ ތަކެތި ކުއްޖާއަށް އަނބުރާ ދޭންވާނެއެވެ.
18 ވަނަ މާއްދާ - އެހެން ކުދިންނާ ވަކިން ބެހެއްޓުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖަކު ގެނެވޭތާ އެންމެ ފުރަތަމަ 7 (ހަތެއް) ދުވަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާގެ ބަލިހާލަތު ދެނެގަނެވެންދެން، ކުއްޖާ ބަހައްޓަންވާނީ ކުޑަކުދިން ބެހެއްޓުމަށް ކަނޑައަޅައިފައިވާ ކޮޓަރިއެއްގައި، ސުވަޕައިޒް ކުރެވޭނެ ގޮތެއްގެ މަތިން، އެހެން ކުދިންނާ ވަކިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުއްޖާގެ ބަލި ހާލަތަށް ބަލައި، އިތުރު މުއްދަތަކަށް ކުއްޖާ ބަހައްޓަންޖެހޭ ފަދަ ހާލަތެއް، މިސާލަކަށް ކުއްޖާގެ ގައިގައި ގައިން ގަޔަށް އަރާ ފަދަ ބައްޔެއް ހުރުން ފަދަ ކަމެއް މެދުވެރިވާ ހާލަތުގައި، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޖާ އެހެން ކުދިންނާ ވަކިން ބަހައްޓަންޖެހޭ މަގްްސަދު ހާސިލުވާ މިންވަރަށް، ކުއްޖާ ވަކިން ބެހެއްޓިދާނެއެވެ.
(ނ) ކުއްޖާ ހުންނަ ކޮޓަރީގައި ކުއްޖާއަށް ބޭނުންވާ މިންވަރަށް އަންނައުނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ބަހައްޓަންވާނެއެވެ.
19 ވަނަ މާއްދާ - މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާއަށް ދޭހަވާނޭ ގޮތަށް އެ މަރުކަޒެއްގައި ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ކުއްޖާއާ ހަވާލުވެ ހުންނަ ސުޕަވައިޒަރު ދޭންވާނެއެވެ.
(ށ) ކުއްޖާއަށް ދޭ މައުލޫމާތުގެ ތެރޭގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އެ މަރުކަޒަކާބެހޭ ކުރު ތައާރުފެއް؛
- އެ މަރުކަޒުގައި ކުއްޖާ ހުންނައިރު ކުއްޖާއަށް ލިބިގެންވާ ހައްގުތައް؛
- ކުއްޖާގެ ނިދުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
- ފާހާނާތައް ހުރި ތަންތަނާއި، އެއްޗެހި ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް؛
- ކުއްޖާގެ އަންނައުނާއި، ކުއްޖާގެ މުހިންމު އެހެން ތަކެއްޗާބެހޭ ގޮތުން ހަމަޖެހިފައިވާ ގޮތް؛
- ކުއްޖާގެ ސިއްހަތާއި ބޭސްފަރުވާއާބެހޭ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް؛
- ކެއިންބުއިމާއި، ނިދާ ވަގުތުތަކާއި، ނަމާދު ވަގުތުތަކާއި، ގުރުއާން ކިޔެވުމުގެ ވަގުތުތައް ހިމެނޭ ގޮތުން، އާންމުގޮތެއްގައި ދުވަހުގެ ތާވަލު ރޭވިފައިވާ ގޮތް؛
- ކުއްޖާގެ އާއިލާއާ ގުޅުން ބޭއްވުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް؛
- ސްކޫލަށް ދިއުމާއި ޓިއުށާން ކްލާސްތައް ރޭވިފައިވާ ގޮތް؛
- މުނިފޫހިފިލުވުމާއި، އަރާމުކުރުމާއި، ކަސްރަތުކުރުމުގެ ކަންކަން ރޭވިފައިވާ ގޮތް؛
- އެ މަރުކަޒުގައި އުޅޭއިރު، ކުއްޖާ އަމަލުކުރަންޖެހޭ ގޮތާއި، އެގޮތަށް އަމަލުނުކޮށްފިނަމަ، އޭގެ ސަބަބުން ކުރިމަތިވާ ނަތީޖާތައް؛
- އިމަރޖެންސީ އެލާމްތައް މަސައްކަތްކުރާ ގޮތާއި، އިމަރޖެންސީއެއްގައި ބޭނުންކުރަންޖެހޭނެ އެގްޒިޓްތަކާއި، ޑްރިލްތައް ހަމަޖެހިފައިވާ ގޮތް؛
- ކުއްޖާގެ މައްސަލައިގެ ކޭސް ވާރކް ކުރިއަށްދާނެ ގޮތް. މިކަން ކިޔައިދިނުމުގައި ކޮންމެ ކުއްޖަކުވެސް ހާސިލުކުރަން މަސައްކަތްކުރާނެ އަމިއްލަ ލަނޑުދަނޑިތަކެއް ކަނޑައަޅަންވާނެ ކަމާއި، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް އެހައިތަނަށް ރޭވިފައިވާ ގޮތް؛
- މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންތިތަކާއި، އެއިން ކޮންމެ ފަންތިއެއްގެ ބޭނުމާއި، އެއިން ކޮންމެ ފަރާތަކަށް ވާސިލުވެ، އެ މީހުންގެ އެހީތެރިކަން ހޯދާނެ ގޮތް؛ އަދި
- ކުއްޖާގެ އެއްވެސް ށާކުވާއެއް އޮތް ނަމަ، އެ ކުއްޖަކު ވާހަކަދައްކަންވީ ފަރާތުގެ މައުލޫމާތު.
20 ވަނަ މާއްދާ - ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހެދުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި މެޑިކަލް އެސެސްމަންޓެއް، ކުޑަކުދިންނާބެހޭ ޑޮކްޓަރަކު ނުވަތަ ޖެނެރަލް ޑޮކްޓަރަކު މެދުވެރިކޮށްގެން ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓުގެ ބޭނުމަކީ، ކުއްޖާގެ ސިއްހީ ހާލަތު ދެނެގަތުމާއި، މަސްތުވާ އެއްވެސް އެއްޗެއްގެ ޑިޕެންޑެންސީ ހުރިތޯ ބެލުމާއި، ކުއްޖާގެ ޖިސްމާނީ ގާބިލިއްޔަތުގައި މަރުކަޒުގެ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިވެއުޅުމަށް ހުރަސްއަޅާނެ އެއްވެސް ކަމެއް ހުރިތޯ ބަލައި، ހަދަންޖެހޭ މެޑިކަލް އިންޓަރވެންށާން ފާހަގަކުރުމެވެ.
(ނ) ކުއްޖާގެ އިމިއުނައިޒޭށާންގެ ހާލަތާބެހޭ މައުލޫމާތު، އެފަދަ މައުލޫމާތު ހުންނަންޖެހޭ ފަރާތްތަކުގެ ކިބައިން ހޯދަންވާނެއެވެ. އެ މައުލޫމާތު ލިބެން ނެތް ނަމަ، ބޭސިކް ސިރޮލޮޖީއާއި ވެކްސިން ކުއްޖާއަށް ދޭންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓުގައި ކުއްޖާގެ ސިއްހީ ހާލަތަށް ބަލައި، ކުއްޖާ އެހެން ކުދިންނާ އިންޓެގްރޭޓް ކުރުމަށް އެންމެ ރަނގަޅުކަމަށް ފެންނަކަން ނުވަތަ ނުފެންނަކަން ކުއްޖާ ބަލާ ޑޮކްޓަރު ކަނޑައަޅަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި ކުއްޖާ ގޮވައިގެން ސިއްހީ ފަރުވާ ހޯދުމަށް ދިއުމާއި، ޑޮކްޓަރު ދޭ ލަފަޔާ އެއްގޮތަށް ކުއްޖާއަށް މެޑިކަލް އިންޓަރވެންށާން ހެދުމާއި، އެ ކަންކަން މޮނިޓަރކުރުމާއި، އެކަމާބެހޭ ރިކޯޑުތައް ކުއްޖާގެ ކޭސް ފައިލުގައި ހިމަނައި، ކުއްޖާގެ ކޭސް ވާރކަރަށް އަންގަމުން ދިޔުމަކީ، މަރުކަޒުގައި މަސައްކަތްކުރާ ނަރސިންގ ސްޓާފްގެ ޒިންމާއެކެވެ.
21 ވަނަ މާއްދާ - ސައިކޮލޮޖިކަލް އެސެސްމަންޓް
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ ސައިކޮލޮޖިކަލް ހާލަތު ދެނެގަތުމަށްޓަކައި، ކުޑަކުދިންނާބެހޭ ސައިކޮލޮޖިސްޓަކު މެދުވެރިކޮށް ކުއްޖާގެ އިނީށިއަލް އެސެސްމަންޓެއް ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނީށިއަލް އެސެސްމަންޓުން ކުއްޖާއަށް އިތުރަށް ފަރުވާ ބޭނުންވާނަމަ، އެ ކަންކަން ހަމަޖެއްސުމަކީ، ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ ދަށުން ހަދާ އެސެސްމަންޓުތަކާއި އޭގެ ރިކޯޑުތައް ކުއްޖާގެ ކޭސް ފައިލުގައި ހިމަނަންވާނެއެވެ.
22 ވަނަ މާއްދާ - ކޭސް ވާރކަރެއް ހަމަޖެއްސުން
މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައްސަލައިގެ ކޭސް ވާރކް ހެދުމަށްޓަކައި، އެ މަރުކަޒުގައި މަސައްކަތްކުރާ ކޭސް ވާރކަރަކު، ސުޕަވައިޒަރު ހަމަޖައްސަންވާނެއެވެ. އަދި ކޭސް ވާރކަރ ހަމަޖެއްސުމުން، ކުއްޖާއާ ކޭސް ވާރކަރ ބައްދަލުކޮށް، ކުއްޖާއަށް ކޭސް ވާރކަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދޭންވާނެއެވެ.
23 ވަނަ މާއްދާ - ކުއްޖާގެ އާއިލާއަށް މައުލޫމާތު ދިނުން
މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ، ކޭސް ވާރކަރ ގުޅައިގެން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ކުއްޖާގެ ހާލު ބަޔާންކޮށްދިނުމާއި، މި ގަވާއިދުގެ ދަށުން ހަދާ އުސޫލު ހުއްދަކުރާ ގޮތެއްގެ މަތިން ކުއްޖާ ހުރި ތަން ބުނެދިނުން؛
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގެ މަގްްސަދާއި، އެ މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގެ ބާވަތާއި ބޭނުން ކިޔައިދިނުން؛
(ނ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގައި ކުއްޖާ އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުއްޖާގެ ކިބައިން އުންމީދުކުރާ ކަންކަން ކިޔައިދިނުން؛
(ރ) މި ގަވާއިދު ހުއްދަކުރާ ގޮތުގެ މަތިން ކުއްޖާއާ ގުޅުން ބާއްވާނެ ގޮތްތައް ހަމަޖެއްސުން؛
(ބ) ކުއްޖާގެ ކޭސް ވާރކް ހިނގާނެ ގޮތް ކިޔައިދިނުމާއި، އެ ފަރާތުގެ އެއްބާރުލުން ބޭނުންވާ ކަންކަމަކީ ކޮބައިކަން ބުނެދިނުމާއި، އެ ކަންކަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުން؛
(ޅ) ކުއްޖާގެ އާއިލާގެ ކޭސް ވާރކް ހިނގާނެ ގޮތް ކިޔައިދިނުމާއި، އެކަމާ ހަވާލުވެހުންނަ ފަރާތް ބުނެދިނުމާއި، އެ ކަންކަމަށް އެއްބާރުލުން ބޭނުންވާކަން ބުނެދިނުން؛
(ކ) ކުއްޖާގެ ކެއަރ ޕްލޭން އެކުލަވައިލުމަށްޓަކައި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތު ހޯދުން؛ އަދި
(އ) ށާކުވާ ހުށަހެޅުމަށްޓަކައި ގުޅަންވީ ފަރާތުގެ މައުލޫމާތު ދިނުން.
24 ވަނަ މާއްދާ - ކުއްޖާގެ ތައުލީމުގެ ކަންކަން ހަމަޖެއްސުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާ ސްކޫލަށް ދިއުމާބެހޭ އެންމެހައި ކަންކަން ހަމަޖެހިފައި ހުރިކަން ނުވަތަ ނޫންކަން ސުޕަވައިޒަރު ދެނެގަންނަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތުގެ މަރުކަޒަކަށް ކުއްޖާ ގެނައުމުގެ ސަބަބުން އެ ކުއްޖާގެ ސްކޫލް ބަދަލުވާނަމަ، އެ ކުއްޖާގެ ސްކޫލް ބަދަލުކުރުމުގެ އެންމެހައި ކަންކަން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ހަމަޖެއްސުމަކީ ސުޕަވައިޒަރުގެ ޒިންމާއެކެވެ.
25 ވަނަ މާއްދާ - އެހެން ކުދިންނާ އިންޓެގްރޭޓްކުރުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ވަކިން ބަހައްޓައިފައި ހުރި ކުއްޖަކު، މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިން އެހެން ކުދިންނާ އިންޓެގްރޭޓް ކުރުމަށް ފެންނަ ކަމަށް ނިންމުމުން، ސުޕަވައިޒަރު، އެ ވަގުތެއްގައި ޑިއުޓީގައި ހުރި ކެއަރ ވާރކަރާ ގުޅިގެން، އެ މަރުކަޒެއްގައި ކުއްޖާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއަކަށް ކުއްޖާ ގެންދިއުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރުމުގައި، ކުއްޖާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރީގައި އުޅޭ އެހެން ކުދިންނާއި، އެ ފަންގިފިލާގައި އުޅޭ އެހެން ކުދިން އެ ކުއްޖާގެ އިންޓެގްރޭށާނަށް ތައްޔާރުކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ވަކިން ބަހައްޓައިފައި ހުރި ކުއްޖަކު އިންޓެގްރޭޓް ކުރުމުގައި މަރުކަޒުގެ މުވައްޒަފުން އަމަލުކުރަންޖެހޭނެ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާާއިއު ކުރަންވާނެއެވެ.
26 ވަނަ މާއްދާ - ޕްރައިމަރީ ކެއަރ ވާރކަރެއް ކުއްޖާ އިހްތިޔާރުކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކޮންމެ ކުއްޖަކަށްވެސް، އެ މަރުކަޒެއްގައި މަސައްކަތްކުރާ ކެއަރ ވާރކަރުންގެ ތެރެއިން ކުއްޖާ އިހްތިޔާރުކުރާ ޕްރައިމަރީ ކެއަރ ވާރކަރަކު ހުންނަންވާނެއެވެ.
(ށ) ޕްރައިމަރީ ކެއަރ ވާރކަރަކީ، ވަކި ހާއްސަ ވަޒީފާއެއްގެ ބަދަލުގައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގައި ހުންނަ ކުއްޖަކާ ގުޅޭ ގޮތުން އަދާކުރާ ދައުރެކެވެ. މިގޮތުން، ޕްރައިމަރީ ކެއަރ ވާރކަރެއްގެ ދައުރަކީ އަންނަނިވި ކަންކަން ކުރުމެވެ.
- ކުއްޖާގެ ވާހަކަތަކާއި އިހްސާސްތައް އަޑުއަހައި، އެކަމުގެ އެންމެ އިސް ދައުރެއް އަދާކުރުން؛
- ކުއްޖާއާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއްގައި ކުއްޖާގެ ފަރާތުން ވަކާލާތުކޮށް، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވޭކަން ކަށަވަރުކުރުން؛ އަދި
- ކުއްޖާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ކުއްޖާއަށް ވާސިލުވުމަށް ދޭންޖެހޭ އެއްބާރުލުމާއި، ހިތްވަރާއި، އެހީތެރިކަން ދިނުން.
(ނ) މި މާއްދާގެ މަގްްސަދަށްޓަކައި، ޕްރައިމަރީ ކެއަރ ވާރކަރަކު ކުއްޖާ އިހްތިޔާރު ކުރުމަށް ޓަކައި، މަރުކަޒުގައި މަސައްކަތްކުރާ އެކި ކެއަރ ވާރކަރުންނާ ބައްދަލުކޮށް އެ ފަރާތްތައް ދެނެގަތުމަށް ފުރުސަތު ދިނުމާއި، ކޮންމެ ޕްރައިމަރީ ކެއަރ ވާރކަރަކަށްވެސް ކުދިން ހަމަޖެއްސޭނެ އެންމެ ގިނަ އަދަދެއް ކަނޑައެޅުމާބެހޭ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާާއިއު ކުރަންވާނެއެވެ.
27 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގައި ކުއްޖަކު އެންމެ ގިނަވެގެން ބެހެއްޓޭނެ މުއްދަތު
(ހ) އޯލްޓަނޭޓިވް ކެއަރގައި އެންމެ ގިނަވަގެން ކުއްޖަކު ބަހައްޓަންވާނީ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުއްޖާ، ގަވާއިދުގެ ނަންބަރު 2020-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރަށް، ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ބަހައްޓަންވާނީ، އެ ކުއްޖަކީ، އެވަގުތަށް ރީ-އިންޓެގްރޭޓް ކުރެވެން ނެތް ކުއްޖެއް ކަމަށް ރީ-އިންޓެގްރޭށާން ކޮމިޓީން ނިންމާ ހާލަތުގައި އެކަންޏެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކުއްޖަކު ރީ-އިންޓެގްރޭޓް ކުރެވެން ނެތް ކަމަށް ނިންމައިފިނަމަ، އެ ނިންމުމެއް، ގިނަވެގެން ކޮންމެ 6 (ހައެއް) މަހަކުން މުރާޖައާ ކުރަމުން ގެންދަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ބަހައްޓަންވާނީ، ރީ-އިންޓެގްރޭށާން ކޮމިޓީން އެގޮތަށް ނިންމައިފި ނަމައެވެ.
28 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި އުޅެމުންދާ ކުދިން
މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބަހައްޓައިފައިވާ ކުދިން ރީ-އިންޓެގްރޭޓް ކުރުވޭތޯ ބެލުމަށްޓަކައި، ގަވާއިދު ނަންބަރު 2020-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން، އެއިން ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން، ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮށް ނިންމަންވާނެއެވެ. އަދި އެ ތަނުން ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި އެއްވެސް ސަބަބަކާހުރެ ބަހައްޓަންޖެހޭނަމަ، ރީ-އިންޓެގްރޭށާން ކޮމިޓީން އެ ކުއްޖަކު އޯލްޓަނޭޓިވް ކެއަރގައި ބެހެއްޓުމަށް ނިންމަންވާނެއެވެ. އަދި މިފަދަ ކުދިން އޯލްޓަނޭޓިވް ކެއަރގައި ބަހައްޓާ ބެހެއްޓުން މުރާޖައާ ކުރުމަށްޓަކައި، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.
ހަވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ޕަރސަނަލް ކެއަރ
29 ވަނަ މާއްދާ - ޕަރސަނަލް ކެއަރ ދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށް، އެ ކުއްޖަކަށް އެކަށީގެންވާ ގޮތަށް ޕާރސަނަލް ކެއަރ ދޭންވާނެއެވެ.
(ށ) މި ބާބުގައި ޕާރނަސަލް ކެއަރ ކަމަށް ބަޔާންކޮށްފައި އެވަނީ، ކުއްޖާގެ ބޭނުންތަކަށާއި، އުމުރަށާއި، ހެދިބޮޑުމުގެ މައްޗަށް ބަލައި، ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭ އަޅައިލުމާއި، ސަމާލުކަމާއި، ރައްކައުތެރިކަމަށެވެ.
30 ވަނަ މާއްދާ - ޕްރައިމަރީ ކެއަރ ވާރކަރގެ މަސްއޫލިއްޔަތުތައް
(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާއަށް ބޭނުންވާ ޕާރސަނަލް ކެއަރ ދެވޭކަން ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރ ކަށަވަރުކުރަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކީ، އެ ކުދިންގެ ތަަބިއީީ މާހައުލުން އަޅައިލުމާއި ރައްކައުތެރިކަން ލިބެންވާ ފަރާތްތަކާ ވަކިވެފައިވާ ކުދިންކަމަށްވާތީ، އެ ކުދިންނަށް އިތުބާރުކުރެވޭ އަދި ރައްކައުތެރިކަން އިހްސާސްވާ ފަދައިން އެ ކުދިންނާ ގުޅުން ގާއިމްކުރުމަކީ، ޕަރސަނަލް ކެއަރ ވާރކަރުގެ ޒިންމާއެކެވެ.
(ނ) ޕާރސަނަލް ކެއަރ ވާރކަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
- ކުއްޖާއާ ގުޅޭ ގޮތުން ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި ކުއްޖާއަށް އެހީތެރިވެދިނުން. މީގެ ތެރޭގައި، ކެއިންބުއިމާއި، ހެދުން ބަދަލުކުރުމާއި، ކުއްޖާ ފެންވެރުވުމާއި، ކުއްޖާ ނިންދެވުން ފަދަ ކަންކަން ހިމެނޭ.
- ކުއްޖާއަށް ބޭނުންވާ ސަމާލުކަން ދިނުމާއި، ކުއްޖާ ކުރާ ކަންކަމަށް ށާއުގުވެރިވެ، ކުއްޖާގެ އަމިއްލަ ގާބިލިއްޔަތު ކުރިއެރުވުމަށް އެ ކުއްޖަކަށް ހިތްވަރުދިނުން.
- ކުއްޖާއަށް ދެރަވުން އިހްސާސްވާނަމަ، ނުވަތަ ބަލިވެއްޖެނަމަ، އެ ކުއްޖަކާ އަޅައިލައި އެހީތެރިވެދިނުން. އަދި ކުއްޖާގެ އުންމީދުތަކަށާއި، ހުވަފެންތަކަށާއި، ކުއްޖާ ބިރުގަންނަ ކަންކަމަށް ޕޮޒިޓިވް ގޮތެއްގައި އިޖާބަދިނުން.
- ކުއްޖާގެ ކޭސް ވާރކަރާއި އެހެނިހެން ފަރާތްތަކާއެކު ކުއްޖާގެ ކެއަރ ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
- ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތުތަކާބެހޭ ގޮތުން ކުއްޖާގެ ކެއަރ ޕްލޭން ރިވިއު ބައްދަލުވުންތަކުގައި ދޭންޖެހޭ މައުލޫމާތު ދިނުން.
- ކުއްޖާ ކުރާ ކަންކަމުގައި ކުއްޖާއަށް ބޭނުންވާ ފީޑްބެކް ދިނުމާއި، ކުއްޖާއަށް ކުރިމަތިވާ މައްސަލަތައް އެ ކުއްޖާ އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން އަށަގަންނަވައި ހަރުދަނާކުރުމާއި، ކުއްޖާއަށް ބޭނުންވާ ނަސޭހަތާއި އިރުށާާދު ދިނުން.
- ކުއްޖާގެ އުފަންދުވަހާއި، މުހިންމު އެހެން ދުވަސްތައް ފާހަގަކުރުން.
- އެހެން ކުދިންނާއެކު ދުޅަހެޔޮ ގޮތެއްގައި ރަހްމަތްތެރިކަން އާލާކުރުމަށް ހިތްވަރުދިނުން.
- ކުއްޖާ ކިޔައިދޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަށް ކުއްޖާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އިހްތިރާމްކުރުމާއި، އެކަންކަން ކޮންމެހެން ހިއްސާ ކުރަންޖެހޭ ފަރާތްތަކާ އެކަނި ހިއްސާކުރުން.
- ކުއްޖާއާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާއެކު ބާއްވާ ބަދަލުވުމެއްގައި ބައިވެރިވުން.
- ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް ނިންމާ ހާލަތުގައި، ކުއްޖާއަށް ރީ-އިންޓެގްރޭޓް ވުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން.
31 ވަނަ މާއްދާ - ކުއްޖާއަށް ހަމަޖައްސައިދޭން ޖެހޭނެ ކަންކަން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.
(ހ) ކޮންމެ ކުއްޖަކަށްވެސް ވާސިލުވެވޭ ގޮތަށް އިލްމީ މައުލޫމާތާއި ވޯކޭށާނަލް މައުލޫމާތު ލިބެން ހުރުން؛
(ށ) ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ޓީ.ވީ. ބެލޭނެ އިންތިޒާމް؛
(ނ) ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭނެ އިންތިޒާމް؛ އަދި
(ރ) ސިޓީ ލިޔުމާއި ސިޓީ ލިބުމުގެ އިންތިޒާމް.
32 ވަނަ މާއްދާ - ކުއްޖާ ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް ބަދަލުކުރާނަމަ، ކުއްޖާ ތައްޔާރުކުރުން
އެ ކުއްޖަކު ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް އެ ކުއްޖާގެ ދިރިއުޅުން ބަދަލުކުރާނަމަ، ކުރިއާލައި އެކަމަށް ކުއްޖާ ތައްޔާރުކުރުމަކީ ޕްރައިމަރީ ކެއަރ ވާރކަރުގެ ޒިންމާއެކެވެ.
33 ވަނަ މާއްދާ - ކުއްޖާގެ އައިޑެންޓިޓީ ދެމެހެއްޓުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖެއްގެވެސް އަމިއްލަ ނަފުސުގެ އަގުވަޒަންކުރާ މިންވަރު އާލާކުރުމަށްޓަކައި، އެ ކުއްޖެއްގެ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި ކެއަރ ވާރކަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަންވާނެއެވެ.
(ށ) ކުއްޖާގެ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި، އަދި ކުއްޖާގެ އަމިއްލަވަންތަކަން ދިރުވައި އާލާކުރުމަށްޓަކައި، އަންނަނިވި ކަންކަން ކުރުމަކީ ކޮންމެ މަރުކަޒެއްގެވެސް ޒިންމާއެކެވެ.
- ކުއްޖާއަކީ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ހޯދައި، ރައްކައުތެރިކަމާއެކު އެ ލިޔުންތައް ބެލެހެއްޓުން؛
- މި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ކުއްޖާގެ އާއިލާއާ ކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުން؛
- ކޮންމެ ކުއްޖަކާ ވެސް، އެ ކުއްޖެއްގެ ނަމުން މުހާތަަބުކުރުން؛
- އެ ކުއްޖަކު ގެންގުޅޭ އަމިއްލަ ތަކެތި ރައްކައުކޮށް ފޮރުވުމަށް ވަކި ތަނެއް ހަމަޖައްސައި، އެ ކުއްޖަކަށް އެ ތަނެއް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން؛ އަދި
- އެ ކުއްޖަކު ބޭނުންވާ ގޮތަށް ހެދުން އެޅުމުގެ ފުރުސަތުދީގެން އެ ކުއްޖެއްގެ އަމިއްލަވަންތަކަން ކުރިއެރުވުމަށްޓަކައި އެ ކުދިންނަށް އިހްތިޔާރުދިނުން.
34 ވަނަ މާއްދާ - ކުއްޖާ ދުވަހުން ދުވަހަށް ކުރާނެ ކަންކަން ރޭވުން
(ހ) ކޮންމެ ކުއްޖެއްވެސް، ދުވަހުން ދުވަހަށް ކުރާނެ ކަންކަން ހުންނަންވާނީ ކުރިއާލައި ރޭވިފައެވެ. މިގޮތުން އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ކުއްޖަކު ހޭދަކުރާ ކޮންމެ ދުވަހެއްވެސް ބިނާވެފައި އޮންނަންވާނީ ހުނަރު ބިނާކުރުމާއި، ކުޅުމާއި، ކުއްޖާ ބޭނުންވާ ކަންކަން ބަޔާންކޮށް ހިޔާލު ފާޅުކުރުމާއި، އިޖުތިމާއީީ އެހީތެރިކަން ލިބުމުގެ މައްޗަށެވެ.
(ށ) ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖެއްގެ ދުވަސް ހޭދަކުރާނެ ގޮތް ށާެޑިއުލެއްގެ ސިފައިގައި ކުރިއާލައި އެނގިފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާ ދުވަހުން ދުވަހަށް ކުރާނެ ކަންކަން ރާވަންވާނީ، ކުއްޖާގެ އުމުރަށާއި ހެދިބޮޑުވުމަށާއި ގާބިލިއްޔަތަށް ރިއާޔަތްކޮށްގެންނެވެ.
(ރ) މި މާއްދާގެ (ނ) ގެ މަގްްސަދަށްޓަކައި ކުއްޖާގެ ހެދިބޮޑުވުމަށް ރިއާޔަތްކުރުމުގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ކުއްޖާގެ ފިޒިކަލް ޑިވެލޮޕްމަންޓު؛
- ކުއްޖާގެ ސޯށާލް ޑިވެލޮޕްމަންޓާއި އިމޯށާނަލް ޑިވެލޮޕްމަންޓް؛ އަދި
- ކުއްޖާގެ ކޮގްނިޓިވް ޑިވެލޮޕްމަންޓް.
35 ވަނަ މާއްދާ - އުމުރުން 13 އަހަރުން މަތީގެ ކުދިންނަށް މަރުކަޒުގައި އެހީތެރިވެދީގެން ޕޮކެޓްމަނީ ހޯދޭނެ އިންތިޒާމް ހަމަޖެއްސުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 13 (ތޭރަ) އަހަރުން މަތީގެ ކުދިންނަށް، އެ ކުދިން ދިރިއުޅޭ މަރުކަޒުތަކުގައި ހުންނަ އެ ކުދިންގެ އުމުރާ އެކަށީގެންވާ ކުދިކުދި މަސައްކަތް ކޮށްދީގެން ނުވަތަ އެފަދަ ކަންކަމުގައި އެހީތެރިވެދީގެން ޕޮކެޓްމަނީ ހޯދޭނެ ގޮތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އިންތިޒާމް ކުރަންވާނެއެވެ. މީގެ މަގްްސަދަކީ، ގޭތެރޭގެ ހުނަރުތައް ބިނާކުރުމާއެކު، ކުއްޖާ އަމިއްލަޔަށް ފައިސާ ހޯދާނެ ގޮތާއި، ލިބޭ ފައިސާ ގެންގުޅެ އެ ފައިސާ ހަރަދުކުރާނެ ގޮތް އެ ކުއްޖާއަށް ދަސްކޮށްދިނުމެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި، މަރުކަޒުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން، ޕްރައިމަރީ ކެއަރ ވާރކަރ ކުދިންނަށް އަންގައި، އެ ކުދިން ބޭނުންވާ ކަމެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން ކުދިންނަށް ކުރެވިދާނެ މަސައްކަތްތަކުގެ ތެރޭގައި، ސާފުކުރުމުގެ ހާއްސަ ޕްރޮޖެކްޓްތައް ރާވައި އެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމާއި، ކުލަލުމާއި، މަރުކަޒުގައި މަސައްކަތްކުރާ ފޮޅައި ސާފުކުރާ މީހުންނަށާއި ކައްކާ މީހުންނަށް އެހީތެރިވުމާއި، ގަސް ހައްދައި ބެލެހެއްޓުން ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރަންވާނީ، ކުއްޖާގެ ށާެޑިއުލްގައި އެކަމަށްޓަކައި ހާއްސަކޮށްފައިވާ ވަގުތުތަކުގައެވެ.
36 ވަނަ މާއްދާ - ކުއްޖާގެ ބައިވެރިވުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އަމިއްލަ ދިރިއުޅުމާބެހޭ ކަންކަމުގައި އެ ކުއްޖެއްގެ އުމުރަށާއި ހެދިބޮޑުވުމަށް ރިއާޔަތްކޮށް، އެ ކުއްޖަކު ބޭނުންވާ ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އޮތްކަން އިހްސާސް ކޮށްދޭން ވާނެއެވެ. އަދި ފަރުދެއްގެ ގޮތުގައި ކުއްޖާ ތަރައްގްީވުމަށްޓަކައި، ކުއްޖަކަށް އިހްތިޔާރު ކުރެވެން އޮތް ފުރުސަތުތަކާއި، އެ ފުރުސަތުތަކުގެ ތެރެއިން ކަންކަން އިހްތިޔާރު ކުރުމަށާއި، އިހްތިޔާރުކުރާ ކަމަކުން ނުކުންނަ ނަތީޖާ ދެނެގަނެ، އެ ކަންކަން ދަސްކުރުމުގެ ހުނަރުތައް ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް އާލާކުރުވަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާއާ ގުޅުންހުރި ކަންކަމުގައި ކުއްޖާގެ ބައިވެރިވުން ހޯދަންވާނެއެވެ. މިގޮތުން، ކޮންމެ ކުއްޖަކަށްވެސް އަންނަނިވި ކަންކަން ފަހިކޮށްދޭންވާނެއެވެ.
- ކުއްޖާގެ އުމުރަށް ބަލައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖާގެ އެޑްމިށާން ހަދާއިރު، ކުއްޖާއާބެހޭ މައުލޫމާތު ކުއްޖާ ބޭނުންވާނަމަ، އެ ކުއްޖާއަށް އެ މައުލޫމާތު ދިނުމުގެ މަގުފަހިކުރުން؛
- ކުއްޖާއަށް އަސަރުކުރާ މައްސަލަތައް ކުއްޖާއަށް ދޭހަވާނޭ ގޮތަކަށް އަދި ކުއްޖާ ދަންނަ ބަހަކުން ކުއްޖާއަށް ކިޔައިދިނުން؛
- ކުއްޖާގެ އާއިލާއާ ބައްދަލުކުރާނެ ތާވަލު އެކުލަވައިލުމުގައްޔާއި، ބައްދަލުވުން އިންތިޒާމްކުރުމުގައި ކުއްޖާގެ ބައިވެރިވުން ހޯދުން؛
- މަރުކަޒުގައި ކުދިން ތަބާވާންޖެހޭނެ އުސޫލުތައް ކަނޑައެޅުމުގައި ކުއްޖާ ދެކޭގޮތާއި ބައިވެރިވުން ހޯދުން؛
- ކަމާބެހޭ މުވައްޒަފުންގެ އެހީތެރިކަމާއެކު، ކޮންމެ ހަފުތާއެއްގެ މެނޫއާ ބެހޭގޮތުން މަށްވަރާކުރުމުގެ ފުރުސަތު ދިނުން؛
- ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިވުމާއި އެހީތެރިވުމުގެ ފުރުސަތު ދިނުން؛
- ކުއްޖާގެ ށާެޑިއުލް އެކުލަވައިލާއިރު ކުއްޖާގެ ބައިވެރިވުން ހޯދުން؛
- އެކަށީގެންވާ ބާވަތްތަކެއްގެ މައްޗަށް ހިމެނޭ ހެދުންތަކެއް ތެރެއިން ކުއްޖާއަށް ކަމުދާ ހެދުމެއް އިހްތިޔާރުކުރުމުގެ ފުރުސަތު ދިނުން؛
- އެޑިއުކޭށާނަލް ޓްރިޕާއި، ލެށާރ ޓްރިޕްތައް ރޭވުމުގައި ކުއްޖާގެ ބައިވެރިވުމާއި ހިޔާލު ހޯދުން؛
- ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިޖުތިމާއީީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން؛
- ކެއަރ ވާރކަރުންގެ މަސައްކަތް އެޕްރެއިޒްކުރުމުގައި ކުއްޖާގެ ބައިވެރިވުން ހޯދުން؛ އަދި
- މަރުކަޒަށް އަންނަ ކުދިންނަށް މަރުހަބާ ކިޔުމަށް ނުވަތަ ރީ-އިންޓެގްރޭޓް ކުރެވޭ ކުދިންނަށް އަލްވަދާއު ކިޔުމަށް ބާއްވާ ހަފްލާތައް އިންތިޒާމްކުރުމުގެ ފުރުސަތު ދިނުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއްގައި ކުއްޖެއްގެ ބައިވެރިވުން ހަނިކުރެވޭނީ، އެ ކުއްޖާގެ އުމުރުގެ ސަބަބުން ނުވަތަ އެ ކުއްޖާގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތެއްގެ ސަބަބުން، އެ ކަމެއްގައި އެ ކުއްޖަކު ބައިވެރިވެއްޖެނަމަ، އެ ކުއްޖާއަށް ނުވަތަ އެހެން ކުދިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ހާލަތުގައި، ކުއްޖާއަށް އެކަމުގެ ސަބަބު އޮޅުންފިލުވައިދިނުމާއެކު، ކުއްޖާގެ ކޭސް ފައިލުގައި އެ ކަމެއް ރިކޯޑުކޮށްގެންނެވެ.
37 ވަނަ މާއްދާ - ޔޫތު އެޑްވައިޒަރީ ގްރޫޕް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުން
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 13 (ތޭރަ) އަހަރަށްވުރެ މަތީގެ ކުދިންނަށް ޔޫތު އެޑްވައިޒަރީ ގްރޫޕެއް ހިންގުމުގެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.
38 ވަނަ މާއްދާ - ކުދިންގެ ބިހޭވިއަރ މެނޭޖްކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ބިހޭވިއަރ މެނޭޖްކުރުމަށްޓަކައި، މި މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުސޫލު، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ބިހޭވިއަރ މެނޭޖްކުރުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން، އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެއެވެ.
- އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެފަދަ އަނިޔާއެއް ދޭނެކަމުގެ ބިރު ދެއްކުން؛
- ކިޔަމަންތެރި ކުރުވުމުގެ ގޮތުން ނުވަތަ އަދަބެއް ދިނުމުގެ ގޮތުން އެއްވެސް ކުއްޖަކު އެއްވެސް ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުން؛
- އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ ކާނާ ނުދީ ހިފެހެއްޓުން؛
- އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓުން؛
- އަދަބެއްގެ ގޮތުގައި ކުއްޖާ ސްކޫލަށް ނުފޮނުވާ ބެހެއްޓުން؛
- އެހެން ކުދިންގެ ކުރިމަތީގައި ކުއްޖާގެ ގަދަރު ކުޑަކުރުން ނުވަތަ ކުއްޖާ ލަދުގެންނެވުން؛
- އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ، އާއިލާއާ ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުން؛ އަދި
- ކުދިން ކޮންޓްރޯލްކުރުމަށް އެހެން ކުދިން ބޭނުންކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާާއިއުކުރަންވާނެއެވެ.
39 ވަނަ މާއްދާ - އިންފަންޓް ކެއަރ ދިނުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 3 (ތިނެއް) އަހަރަށްވުރެ ހަގު ކުދިންނަށް އިންފަންޓް ކެއަރ ދިނުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) އިންފަންޓު ކެއަރ ދިނުމަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުމުރުގެ ކުދިން ބައިތިއްބާ މަރުކަޒެއްގައި، އެ ކުދިން ބައިތިއްބާނެ ވަކި ހާއްސަ ކޮޓަރިއެއް ހަމަޖެއްސުން؛
(ށ) ކުއްޖާއަށް ފީޑުކުރުމުގައި، ކުއްޖާ ކޮށިނާރާނޭކަން ކަށަވަރު ކުރުމަށް ޓަކައި، ކުއްޖާ އުރައިގެން ހުރެ ފީޑުކުރުން؛
(ނ) ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ކުއްޖާއާ ފިޒިކަލް ކޮންޓެކްޓް ހެދުމާއި ފޭސް-ޓު-ފޭސް ކޮންޓެކްޓް ހެދުން؛
(ރ) ކުއްޖާގެ ހާލަތު އަބަދުވެސް މޮނިޓަރުކުރަމުން ގެންދިއުން؛
(ބ) ކުއްޖާއާ މުއާމަލާތުކުރުމުގެ ގޮތުން ޓަޗް ސައުންޑާއި ލެންގުއޭޖް ބޭނުންކުރުން؛
(ޅ) ކުއްޖާ ގަވާއިދުން ފެންވަރުވައި ރީތިކުރުން؛
(ކ) ކުއްޖާ މޮނިޓަރނުކޮށް ގިނަ ވަގުތު އެކަނި ދޫކޮށްނުލުން؛ އަދި
(އ) ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމާއި، ކުއްޖާއަށް ބޭނުންވާ ވެކްސިން ދިނުމާއި، ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުން.
40 ވަނަ މާއްދާ - އިންފަންޓް ކެއަރ ދިނުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން
އިންފަންޓު ކެއަރ ދިނުމުގައި ކެއަރ ވާރކަރުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ހިމަނަންވާނެއެވެ.
41 ވަނަ މާއްދާ - ކޭސް ވާރކަރުންގެ ރޭށިއޯ ކަނޑައެޅުން
އިންފަންޓް ކެއަރ ދިނުމުގައި، ކޮންމެ ކޭސް ވާރކަރަކަށް އެންމެ ގިނަވެގެން އެއްފަހަރާ ހަވާލުކުރެވޭނެ ކުދިންގެ އަދަދު ނުވަތަ ރޭށިއޯ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
ހަތްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ދޭންޖެހޭ ހިދުމަތްތައް
42 ވަނަ މާއްދާ - ކުދިންނަށް ދޭންޖެހޭ ހިދުމަތްތައް
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް، އަންނަނިވި ހިދުމަތްތައް ދޭންވާނެއެވެ.
(ހ) މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާގެ އާއިލާއާ ގަވާއިދުން ގުޅުން ބޭއްވުން؛
(ށ) ކުއްޖާއާއި އާއިލާއާމެދު ގުޅުން ހީނަރުވެފައިވާ ނުވަތަ ގުޅުން ކެނޑިފައިވާ ހާލަތްތަކުގައި ގުޅުން ގާއިމްކުރުން؛
(ނ) އަންނަނިވި ގޮތުގެ މަތިން ކުއްޖާއަށް އުނގަންނައިދިނުމާއި ހުނަރު ދަސްކޮށްދިނުން؛
- ރަސްމީ ތައުލީމުގައި ބައިވެރިކުރުން؛
- މަރުކަޒުތަކުގެ ތެރޭގައި ކުދިން ބައިތިއްބައިގެން ޓިއުށާން ދިނުން؛
- ލައިފް ސްކިލްސް ދަސްކޮށްދިނުން؛ އަދި
- މަތީ ތައުލީމުގެ ފުރުސަތު ނުވަތަ ވަޒީފާ ހޯދުމަށް ކުއްޖާ ތައްޔާރުކުރުން.
(ރ) މުނިފޫހިފިލުވުމާއި ކުޅިވަރުކުޅޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛
(ބ) ސިއްހީ ފަރުވާ ފޯރުކޮށްދިނުން؛
(ޅ) ސައިކޮލޮޖިކަލް އެހީތެރިކަމާއި، ކައުންސިލިންގެ އެހީތެރިކަން ދިނުން؛
(ކ) ރަނގަޅު ކާނާއާއި ސާފު ބޯފެން ފޯރުވައިދިނުން؛
(އ) ސެނިޓޭށާން ފޯރުވައިދިނުމާއި، ހައިޖީން ބެލެހެއްޓުން؛ އަދި
(ވ) އިޖުތިމާއީީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން.
43 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކުއްޖަކަށް، އޭނާގެ އާއިލާއާއެކު މުއާމަލާތު ކުރުމަށް ފުރުސަތު ދީފައިވާ ގޮތުގެ ރެކޯޑު، އެ މަރުކަޒަކުން ބަލަހައްޓަމުން ގެންދާންވާނެއެވެ.
44 ވަނަ މާއްދާ - އާއިލާއާ ގުޅުން ގާއިމްކުރުން
މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާއާ އެ ކުއްޖާގެ އާއިލާއާ ދެމެދުގައި ގުޅުން ގާއިމްކުރުމުގައި ބަލަންވާނީ، އެންމެ ފުރަތަމަ ރިމޯޓުކޮށް (ފޯނު، ވީޑިއޯ މެސެޖު ނުވަތަ އެނޫންވެސް ރިމޯޓު ވަސީލަތެއް މެދުވެރިކޮށް) ކުއްޖާއާ އެ ކުއްޖާގެ އާއިލާ ތައާރުފުކުރުމަށެވެ. އެއަށްފަހު، ކުރު ބައްދަލުވުންތަކެއް މެދުވެރިކޮށެވެ. އަދި ސުޕަވައިޒްކުރެވޭ ދިގު ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ކުއްޖާ ތައްޔާރުވުމުން، އެފަދައިން ބާއްވާ ބައްދަލުވުންތަކެއް މެދުވެރިކޮށެވެ.
45 ވަނަ މާއްދާ - ރަސްމީ ތައުލީމުގައި ބައިވެރިކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާގެ އެޑްމިށާން ހަދާ ހިސާބުން، އެ ކުއްޖަކު އެ ވަގުތެއްގައި ހުރި ސްކޫލަށް ނުވައްދާ ނަމަ، އެ ކުއްޖެއްގެ އުމުރަށާއި، އެހިނދަށް ލިބިފައިވާ ތައުލީމުގެ މައްޗަށް ބަލައި، އެ ކުއްޖަކު ސްކޫލަށް ވެއްދުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ޒިންމާއެކެވެ.
(ށ) ކުއްޖާ ސްކޫލަށް ދިއުމުގައި ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސައިދޭންވާނީ މިނިސްޓްރީގެ ފަރާތުންނެވެ. މިގޮތުން ކުއްޖާއަށް ބޭނުންވާ ޔުނީފޯމާއި، އެހެނިހެން އަންނައުނާއި، ފޮތާއި، ފޮތް ދަބަހާއި، އެހެނިހެން ތަކެތި ކުއްޖާއަށް ދޭންވާނެއެވެ.
(ނ) ކުއްޖާގެ އަހްލާގާ ބެހޭ ގޮތުންނާއި ކުއްޖާގެ ޕަރފޯމަންސާބެހޭ ހުރިހާ ކަމެއްގައި ސްކޫލުން އަންގަންވާނީ ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރއަށެވެ. މިގޮތަށް ސްކޫލުން އަންގާ ހުރިހާ އެންގުމެއްވެސް ކުއްޖާގެ ކޭސް ފައިލުގައި ހިމަނައި ރިކޯޑުކުރަންވާނެއެވެ. އަދި ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރުގެ އަމިއްލަ އިސްނެގުމުގެ މަތިން ކުއްޖާގެ ސްކޫލުގެ ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ބައްދަލުކޮށްގެން ކުއްޖާއާބެހޭ މައުލޫމާތު ހޯދަންވާނެއެވެ.
(ރ) ކުއްޖާއާ ގުޅޭ ގޮތުން ބާއްވާ ފޮލޯއަޕް މީޓިންތަކާއި ރިވިއު މީޓިންގތަކުގައި ކުއްޖާގެ ޓީޗަރު ބައިވެރިކުރަންވާނެއެވެ.
(ބ) ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް، ޕްރައިމަރީ ކެއަރ ވާރކަރ، ކުއްޖާއަށް ހިތްވަރުދޭންވާނެއެވެ.
(ޅ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް ކިޔަވަން ތިބެވޭ ގޮތަށް، ރަނގަޅަށް އަލިކަން ލިބޭގޮތަށް ހަދައިފައި ހުންނަ އަދި ވެންޓިލެޓްކޮށްފައި ހުންނަ ސްޓަޑީ ރޫމެއް ހަމަޖައްސައިދޭންވާނެއެވެ.
(ކ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް ފޮތް ކިޔޭ ގޮތަށް ލައިބްރަރީ ރޫމެއް ގާއިމް ކުރަންވާނެއެވެ.
46 ވަނަ މާއްދާ - ޓިއުށާންދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް އުނގަންނައިދިނުމަށްޓަކައި ބޭނުންވާ އެހީތެރިކަން ދިނުމަށް ޓީޗަރުން ހަމަޖައްސަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ދޭ ޓިއުށާން ސަޕޯޓުގެ ދަށުން ކުދިންނަށް އުނގަންނައިދެވޭނެ މަންހަޖެއް، މިނިސްޓްރީ އޮފް އެޑިއުކޭށާނާ ގުޅިގެން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ނ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ދޭ ޓިއުށާން ސަޕޯޓުގެ ދަށުން އަންނަނިވި ކަންކަން ކޮށްދޭންވާނެއެވެ.
- ރަސްމީ ތައުލީމުގައި ބައިވެރިވެފައިވާ ކުދިންނަށް ހޯމްވާރކް ހެދުމަށް އެހީތެރިވުން. މިގޮތުން، ހަފުތާއަކު ދެފަހަރު، އެންމެ މަދުވެގެން 1 (އެކެއް) ގަޑިއިރުގެ އެހީތެރިކަން ކޮންމެ ކުއްޖަކަށް ލިބުން؛
- ކޮންމެވެސް ސަބަބަކާހުރެ ރަސްމީ ތައުލީމުގައި ބައިވެރިވެވިފައި ނުވާ ކުދިންނަށް ކޮންމެ ދުވަހަކު ކިޔަވައިދިނުން؛
- ދިރާސީ އަހަރުގެ މެދުތެރޭގައި އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ ގެނައުމުގެ ސަބަބުން، އެ އަހަރުގެ ބާކީ އޮތް ބަޔަށް ސްކޫލަށް ނުދެވޭ ކުދިންނަށް، ވިދިގެން އަންނަ ދިރާސީ އަހަރުގައި އެ ކުއްޖާ ބައިވެރިވާންޖެހޭ ގްރޭޑާ ހަމައަށް ދިއުމަށް ދޭންޖެހޭ ތައުލީމް ދިނުން؛ އަދި
- އެ ކުއްޖެއްގެ އުމުރަށް ބަލައި، އުނގެނުމުގެ ގާބިލުކަން ދަށް ކުދިންނަށް، އެ ކުދިންގެ ފެންވަރު މަތިކުރުމުގެގޮތުން އެކްސެލެރޭޓެޑް ލަރނިންގ ސެށާންތަކެއް ކޮންމެ ދުވަހަކު ބޭއްވުން.
47 ވަނަ މާއްދާ - ލައިފް ސްކިލްސް
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގައި ބައިތިއްބާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާއި ވިސްނުމުގެ ގާބިލުކަން ހަރުދަނާކުރުމަށްޓަކައި، އެ ކުދިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ދެފަހަރެއްގެ މަތިން ލައިފް ސްކިލްސް އުނގަންނައިދޭންވާނެއެވެ.
48 ވަނަ މާއްދާ - މަތީ ތައުލީމުގެ ފުރުސަތު ނުވަތަ ވަޒީފާގެ ފުރުސަތު ހޯދުމަށްޓަކައި ކުއްޖާ ތައްޔާރުކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖަކު އަމިއްލަޔަށް މަތީ ތައުލީމުގެ ފުރުސަތު ނުވަތަ ވަޒީފާގެ ފުރުސަތު ހޯދުމަށްޓަކައި، އެކަށީގެންވާ މިންވަރަކަށް ކުއްޖާ ތައްޔާރުކުރުމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން މަސައްކަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި އަންނަނިވި ކަންކަން، ކަމާބެހޭ ޕަބްލިކް ފަރާތްތަކާއި އަމިއްލަ ފަރާތްތަކާއެކު ވިލަރެސްކޮށްގެން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ހަމަޖައްސަންވާނެއެވެ.
- ޕްރޮފެށާނަލް އެޑިއުކޭށާން ކައުންސިލަރަކު މެދުވެރިކޮށްގެން، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ކުދިންނަށް އެޑިއުކޭށާން ކައުންސިލިންގ ދިނުން؛
- ވަޒީފާއާބެހޭ ޕްރޮފެށާނަލް ކައުންސިލަރަކު މެދުވެރިކޮށްގެން، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ކުދިންނަށް ޖޮބް ކައުންސިލިންގ ދިނުން؛
- ކުދިން ށާއުގުވެރިކަން ހުންނަ ދާއިރާތަކަށް ބަލައި، ވޮކޭށާނަލް ތަމްރީން އިންތިޒާމްކުރުން؛
- މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން އެޕްރެންޓިސްށިޕް ޕްރޮގްރާމްތަކާއި އިންޓަރންށިޕް ޕްލޭސްމަންޓު އިންތިޒާމްކުރުން.
(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ވަޒީފާ ދޭ ފަރާތްތައް ކުރިއާލައި ރަނގަޅަށް ބެލުމަށްފަހު، އެ ސަރވިސްއިން ކަނޑައަޅާ ކޯޑު އޮފް ކޮންޑަކްޓާއި ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީއަށް އަމަލުކުރުމަށް ލިޔުމުން އެއްބަސްވާ ފަރާތްތަކާއެކު އެކަންޏެވެ.
(ރ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރަންވާނީ، ކުއްޖާގެ ރައްކައުތެރިކަމާބެހޭ ގޮތުން ކުއްޖާއަށް ދޭންޖެހޭ އިރުށާާދުތައް ރަނގަޅަށް ކިޔައިދީ، ކުއްޖާ އެފަދަ މާހައުލެއްގައި ބައިވެރިވެ އުޅުމަށް ތައްޔާރުވުމުންނެވެ.
49 ވަނަ މާއްދާ - މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުން
ކުއްޖާގެ ޖިސްމާނީ، އިޖުތިމާއީީ، ނަފްސާނީ އަދި ކޮގްނިޓިވް ޑިވެލޮޕްމަންޓަށް ރިއާޔަތްކޮށް، މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ އިންތިޒާމް، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ ކޮންމެ މަރުކަޒެއްގައިވެސް ހަމަޖެހިފައި ހުންނަންވާނެއެވެ.
50 ވަނަ މާއްދާ - ސިއްހީ ފަރުވާ ދިނުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ސިއްހީ ފަރުވާ ދިނުމާބެހޭ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން އެފަދަ މަރުކަޒުތަކުގައި ހަމަޖައްސަންވާނެއެވެ.
(ހ) ކޮންމެ މަރުކަޒެއްގައިވެސް ކުދިންނަށް ކޮންމެ ވަގުތެއްގައިވެސް ވާސިލްވެވޭ ގޮތަށް، ފުރިހަމައަށް ފަސްޓް އެއިޑް ތަމްރީން ލިބިފައިވާ އަދި ކުދިންނަށް ބޭސްކުރުމާއި ބޭސް ދިނުމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ނަރުހަކު ހުންނަންވާނެއެވެ.
(ށ) ކުދިންގެ ސިއްހަތު ރައްކައުތެރިކުރުމަށް ކެއަރ ވޯކަރުން ޕްރޯއެކްޓިވް ނަޒަރިއްޔާއަކުން މަސައްކަތް ކުރަންވާނެއެވެ. މިގޮތުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގެންގުޅެންޖެހޭ އާދަތަކާއި، ކުދިން ދިރިއުޅޭ މާހައުލުގައި ސިއްހީގޮތުން ރައްކައުތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި، ނިދުމާއި، ކެއުމާއި، ޕަރސަނަލް ހައިޖީންއާބެހޭ މައުލޫމާތު ކުދިންނަށް ގަވާއިދުން ދޭންވާނެއެވެ. އަދި މަސްތުވާ ތަކެތީގެ ނުރައްކައުތެރިކަމާބެހޭ ގޮތުން ކުދިން ހޭލުންތެރި ކުރަން ވާނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުމުގެ ބޭނުމާއި ފައިދާތައް ކުދިންނަށް ކިޔައިދޭންވާނެއެވެ.
(ނ) ބަލިހާލަތެއް ދިމާވެފައިވާ ކުދިންނަށާއި، ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ ކުދިން، އެ ކުދިން ބަލިން ފަސޭހަވަންދެން، ވަކި ކޮޓަރިތަކެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
(ރ) ބަލިހާލަތެއް ދިމާވެފައިވާ ކުދިންނާއި، ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ ކުދިންނަށް ބޭނުންވާ ފަރުވާ، ހޮސްޕިޓަލުގައި ބާއްވައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ބ) ކުއްޖަކު ބަލިވެއްޖެނަމަ، ލަސްނުކޮށް އެ ކުއްޖަކަށް ފަރުވާ ދިނުމަށްޓަކައި ކުޑަކުދިންނާބެހޭ ހާއްސަ ޑޮކްޓަރަކަށް ނުވަތަ ޖެނެރަލް ޑޮކްޓަރަކަށް، ނަރުހެއްގެ ހާޒިރުގައި ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ޅ) މަސްތުވާތަކެތީގެ ދެވިހިފައިފައިވާ ކުދިންނަށް ބޭނުންވާ ޑީޓޮކްސިފިކޭށާނާއި، އެކަން ހުއްޓުވުމަށާއި، އެކަމުން ރިހެބިލިޓޭޓް ކުރުމަށް ބޭނުންވާ ފަރުވާ، ކަމާބެހޭ ފަންނީ ފަރާތްތަކާ ގުޅިގެން ދޭންވާނެއެވެ.
(ކ) ކުއްޖެއްގެ ބަލިހާލަތު ވަރަށް ގޯސްވެއްޖެނަމަ ނުވަތަ ކުއްޖަކު މަރުވެއްޖެނަމަ، އެ ކުއްޖެއްގެ އާއިލާއަށް ވަގުތުން އެކަމެއް އަންގައި، ކުއްޖާއާ ބައްދަލުކުރެވޭނެ ފުރުސަތު ނުވަތަ ކުއްޖާގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.
(އ) މަރުކަޒުތަކުގައި ބަހައްޓާ ބޭހާއި، ކެމިކަލްތަކާއި، އެކި ބާވަތުގެ ޓޮކްސިކަންޓް ހުންނަންވާނީ، ކުދިންނަށް ވާސިލުނުވެވޭނެ ގޮތަށް ތަޅުލައިފައެވެ.
(ވ) މަރުކަޒުތަކުގައި ލިބެން ހުންނަ ބޭސްތަކުގެ އިންވެންޓްރީއެއް ގަވާއިދުން ބަލަހައްޓައި، ބޭސް ހުސްވެއްޖެނަމަ، ބޭސް އައުކޮށް، އަބަދުވެސް ސްޓޮކް ބަލަހައްޓަމުން ގެންދަންވާނެއެވެ.
(މ) މަރުކަޒުތަކުގައި އަބަދުވެސް ކެއަރ ވާރކަރުންނަށާއި މުވައްޒަފުންނަށް ފަސޭހައިން ވާސިލުވެވޭ ގޮތަށް ފުރިހަމަ ފަސްޓް އެއިޑް ކިޓުތައް ހުންނަންވާނެއެވެ.
(ފ) މަރުކަޒުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް ފަސްޓް އެއިޑް ތަމްރީނު ދޭންވާނެއެވެ.
(ދ) މަރުކަޒުތަކުގައި ހުރިހާ މުވައްޒަފުންނަށްވެސް ފެންނަން ހުންނާނޭ ގޮތަށް ނަރުހުންނަށް ގުޅޭނެ ފޯނު ނަންބަރުތަކާއި، އިމަރޖެންސީ މެޑިކަލް ކޮންޓެކްޓް ލިސްޓާއި، ސިއްހީ ފަރުވާ ދިނުމަށް ރިފަރކުރާނެ ފަރާތްތަކާއި އެ ފަރާތްތަކާ ގުޅޭނެ ފޯނު ނަންބަރު ބަހައްޓައިފައި ހުންނަންވާނެއެވެ.
51 ވަނަ މާއްދާ - މަރުކަޒުތަކުގައި ބައިތިއްބާ ކުދިން މެޑިކަލް ރިސަރޗްގައި ބައިވެރިނުކުރުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިން، އެއްވެސް މިންވަރަކަށް އެއްވެސް މެޑިކަލް ރިސަރޗެއްގައި ބައިވެރިކޮށްގެން ނުވާނެއެވެ.
52 ވަނަ މާއްދާ - ސިއްހީ ފަރުވާއާބެހޭ މައުލޫމާތު ކޭސް ފައިލުގައި ރެކޯޑުކުރުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ދެވޭ ސިއްހީ ފަރުވާއާ ބެހޭ މައުލޫމާތު އެ ކުދިންގެ ކޭސް ފައިލްތަކުގައި ގަވާއިދުން ހިމަނައި ރިކޯޑުކުރަންވާނެއެވެ.
53 ވަނަ މާއްދާ - ސައިކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ އެހީތެރިކަން ފޯރުވައިދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ތިބޭ ކުދިން ބޭނުންވެއްޖެ ހިނދެއްގައި، އެ ކުދިންނަށް ވާސިލުވެވޭ ގޮތަށް ސައޮކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ މަގްްސަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުން އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން، އެ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ހަމަޖައްސައިދޭންވާނެއެވެ.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަދި މިނިސްޓްރީން ގަބޫލުކުރާ ސައިކޮލޮޖިސްޓަކަށް ވާސިލުވެވޭ އިންތިޒާމް؛
- މަރުކަޒުތަކުގައި ސައިކޮލޮޖިސްޓަށް ކުދިންނާ ބައްދަލުކުރެވޭނެ ކައުންސިލިންގ ރޫމެއް ބެހެއްޓުން؛
- ސައިކޮލޮޖިސްޓް ދޭންޖެހޭ ލަފާ ދިނުމަށްޓަކައި ކެއަރ ޕްލޭން ތައްޔާރުކުރުމުގައި އެ ފަރާތް ބައިވެރިކުރަންޖެހޭނަމަ، އެ ފަރާތުގެ ބައިވެރިވުން ހޯދުން؛ އަދި
- ކުއްޖާގެ ފޮލޯއަޕް ހަދާއިރު ނުވަތަ ރިވިއުކުރާއިރު، ސައިކޮލޮޖިސްޓުގެ ބައިވެރިވުން ބޭނުންވާނަމަ، އެ ފަރާތުގެ ބައިވެރިވުން ހޯދުން.
54 ވަނަ މާއްދާ - ރަނގަޅު ކާނާއާއި ސާފު ބޯފެން ދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ކުދިންނަށް ދޭންވާނީ ބެލެންސްޑް ޑަޔަޓެއްގެ މައްޗަށް ބިނާކޮށް، ފެންވަރު ރަނގަޅު ކާނާއާއި ސާފު ބޯފެނެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ތައްޔާރުކުރާ ކާނާއި، އެ މަރުކަޒުތަކުގައި ކުދިންނަށް ލިބެން ހުންނަ ބޯފެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިންނެވެ. އަދި މި މިންގަނޑު ކަނޑައެޅުމަށްފަހު، ކޮންމެ މަރުކަޒެއްގައި އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ބަހައްޓަންވާނެއެވެ.
(ނ) ކުއްޖާގެ އުމުރަށް ބަލައި، ކުއްޖާގެ އިސްކޮޅާއި ބަރުދަން ގަވާއިދުން ބަލައި ރިކޯޑުކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ކަނޑައަޅަންޖެހޭ މިންގަނޑު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ މަހަކު އެއްފަހަރު، ކުރިއާލައި އެންގުމެއްނެތި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ މުވައްޒަފުން މަރުކަޒުތަކަށް ގޮސް ބަލައި މޮނިޓަރކުރަންވާނެއެވެ.
55 ވަނަ މާއްދާ - ސެނިޓޭށާން ފޯރުކޮށްދިނުމާއި ހައިޖީން ބެލެހެއްޓުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެނިޓޭށާން ފޯރުވައިދީ، ކުދިންނާއި ތަނުގެ ހައިޖީން ބަލަހައްޓަންވާނެއެވެ.
(ހ) އެކަށީގެންވާ އަދަދަކަށް ފާހާނާ ހުރުން؛
(ށ) އަންހެން ކުދިންނަށާއި، ފިރިހެން ކުދިންނަށް ވަކިވަކި ފާހާނާ ހަމަޖެއްސުން. އަދި ކުދިން ބޭނުންކުރާ ފާހާނާ، އެއްވެސް ހާލެއްގައި މުވައްޒަފުން ބޭނުން ނުކުރުން.
(ނ) ކުދިން ދިރިއުޅޭ ކޮޓަރިންނާއި މަރުކަޒުތަކުގައި ހުންނަ އާންމު ތަންތަނުން ފަސޭހައިން ވާސިލުވެވޭ ގޮތަށް ފާހާނާ ހުރުން؛
(ރ) ކުދިންނަށް ލިބެންޖެހޭ ޕްރައިވަސީ ކަށަވަރުކުރެވޭނޭ ގޮތަކަށް ފާހާނާތާއް ތައްޔާރުކުރުން. އަދި އިމަރޖެންސީ ހާލަތުގައި، ފާހާނާއަށް ވަންނަން ޖެހިއްޖެނަމަ، ބޭރުން ދޮރު ހުޅުވައިގެން ކެއަރ ވާރކަރުންނަށް ވަދެވޭ ގޮތަށް ހުރުން؛
(ބ) ކުއްޖާއަށް ފެންވެރުމަށްޓަކައި އެހީތެރިކަން ބޭނުންވާ އުމުރުގެ ކުދިން ފެންވަރުވަން ނޫނީ، ފާހާނާގައި ކުއްޖާ ފިޔަވައި އިތުރު މީހަކު ނުހުރުން؛
(ޅ) ކުދިން ލައްވައި ފާހާނާ ސާފުނުކުރުވައި، ފާހާނާތައް ކޮންމެ ދުވަހަކު ދެފަހަރަށް ސާފުކުރުން؛
(ކ) ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖަކު ފެންވަރައި ގައިން ތާހިރުވުމަށްޓަކައި ބޭނުންވާނެ ފެން ސީދާ ލިބެން ހުރުން؛
(އ) ފާހާނާތަކާއި، އާންމު ތަންތަނުގައި ހޭންޑްވޮށްއާއި ޑިސްއިންފެކްޓަންޓް ބަހައްޓައިފައި ހުރުން؛
(ވ) ކުދިންނާ ކޮންޓެކްޓްވުމުގެ ކުރިން، މަރުކަޒުތަކުގައި ތިބޭ މުވައްޒަފުން އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން؛
(މ) ކުދިން ކުޅުމަށް ބޭނުންކުރާ އެއްޗެހި ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުން؛
(ފ) ސެނިޓަރީ ނެޕްކިން ބޭނުންވާ އަންހެން ކުދިންނަށް ބޭނުންވާ މިންވަރަށް ކުރިއާލައި އެ ތަކެތި ދިނުން؛
(ދ) ކޮންމެ ކުއްޖަކަށްވެސް ވަކިން ބޭނުންކުރެވޭ ގޮތަށް ތުވާއްޔާއި، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި، އަންނައުނު ހަމަޖައްސައިދިނުން؛
(ތ) ކުދިންގެ ހައިޖީން ކަށަވަރުކުރުމަށް، ކުދިންނަށް އެކަށީގެންވާ މައުލޫމާތު ގަވާއިދުން ދިނުން؛
(ލ) މަރުކަޒުގެ ކޮމްޕައުންޑް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމާއި، ފެން ޖަމާވާގޮތަށް ހުރުމުގެ ސަބަބުން މަދިރި އާލާވުން ހުއްޓުވުމަށްޓަކައި، އެފަދައިން ފެން ޖަމާނުވާނޭ ގޮތަށް ތަންތަން ބެލެހެއްޓުން؛
(ގ) ކުނި ނައްތައިލުމާއި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ނަރުދަމާގެ ކަންކަން ބެލެހެއްޓުން؛ އަދި
(ޏ) ކުދިން އާންމުކޮށް އުޅޭ ހިސާބުތަކުންނާއި ބަދިގެއާ ދުރުގައި، ކުނި އުކައިލަންދެން ރައްކައުކޮށްފައި ބެހެއްޓުން.
56 ވަނަ މާއްދާ - އިޖުތިމާއީީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެހެން ކުދިންނެކޭވެސް އެއްފަދައިން އިޖުތިމާއީީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަންނަނިވި ފުރުސަތުތައް ހޯދައިދިނުމަށް ވީވަރަކުން މަސައްކަތް ކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ޒިންމާއެކެވެ.
(ހ) ޖަމާއަތުގައި ނަމާދުކުރުން؛
(ށ) ހާއްސަ ދުވަސްތަކާ ގުޅިގެން ބާއްވާ އިޖުތިމާއީީ ހަރަކާތްތަކާއި، މުޖުތަމައުގައި ރާވައިއުޅޭ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުން؛
(ނ) ކޮމިއުނިޓީ ބޭސްޑް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން؛ އަދި
(ރ) ކުދިންގެ ހުނަރުތައް މުޖުތަމައަށް ދައްކައިލުމުގެ އިވެންޓުތައް.
57 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ ކުދިން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުން ދޭ ހިދުމަތްތަކާއި، ހިންގާ ޕްރޮގްރާމްތަކާއި، ބާއްވާ ހަރަކާތްތައް އެހެން ކުދިންނަށްވެސް ލިބިދޭ ފެންވަރުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިދެވޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.
- އެހެން ކުދިންނަށްވެސް ދޭ ހިދުމަތްތަކާއި، ހިންގާ ޕްރޮގްރާމްތަކާއި، ބާއްވާ ހަރަކާތްތަކަށް ޖިސްމާނީގޮތުން ވާސިލުވެވޭނެ އިންތިޒާމްތައް (މިސާލަކަށް: އިމާރާތަށް ވަދެ ނުކުމެ ހަދާ ތަންތަނުގައި ރޭމްޕް ބެހެއްޓުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އަތްގަނޑު ފާހާނާތަކުގައި ބެހެއްޓުމާއި، އިމަރޖެންސީ ހާލަތެއްގައި ބޭނުންކުރެވޭނެ ގޮތަށް އެ ކުދިން ނިދުމަށް ބޭނުންކުރާ އެނދުގައި އެލާމް ހަރުކުރުން)؛
- ކުދިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ނޯޓިސް ބޯޑާއި، އެނައުންސްމަންޓުތައް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭ ގޮތަށް ބައްޓަންކުރުން؛
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭގޮތަށް އެ ކުދިންގެ ދުވަހުގެ ށާެޑިއުލް އެކުލަވައިލުން؛
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭ ގޮތަށް ޕްރޮގްރާމްތަކާއި ހަރަކާތްތައް ބައްޓަންކުރުން؛
- ޕިއަރ ސަޕޯޓު ދިނުމަށްޓަކައި ބަޑީ ސިސްޓަމެއް ގާއިމްކުރުން؛
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާމެދު އެހެން ކުދިން ގެންގުޅެފާނެ ތަފާތުކުރުން ނައްތައިލުމަށްޓަކައި އެހެން ކުދިން ސެންސިޓައިޒްކުރުން؛ އަދި
- ކުދިންނާ ގުޅޭ ކަންކަމުގައި އެހެން ކުދިންގެ ބައިވެރިވުން ހޯދާގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައިވެރިވުން ހޯދުން.
58 ވަނަ މާއްދާ - ކޭސް މެނޭޖްމަންޓު ހެދުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖެއްގެ ވެސް ކޭސް މެނޭޖްމަންޓު ހަދަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކޭސް މެނޭޖްމަންޓު ހަދާނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގެ މަގްްސަދަށްޓަކައި، ކޭސް މެނޭޖްމަންޓު ހެދުމުގައި ހިމެނެނީ، ގަވާއިދުގައިވާ ގޮތުގެ މަތިން އަންނަނިވި ކަންކަން ކުރުމެވެ.
- ކޭސް މެނޭޖްމަންޓުގެ ދެވަނަ މަރުހަލާގެ ދަށުން ހަދަންޖެހޭ ކޮމްޕްރިހެންސިވް އެސެސްމަންޓު ހެދުން؛
- ކެއަރ ޕްލޭން ރޭވުން؛
- ކެއަރ ޕްލޭން ތަންފީޒުކުރުން؛
- ފޮލޯއަޕް ހެދުން؛
- ކުއްޖަކު ރީ-އިންޓެގްރޭޓް ކުރެވޭ ހާލަތުގައި، ކޭސް ކްލޯޒްކުރުން.
(ރ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، މި ގަވާއިދުގެ މަގްްސަދަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ގުޅިގެން ހަދަންޖެހޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކެއަރ ޕްލޭނެވެ. އަދި އެ ކުދިންގެ އާއިލާތަކާ ގުޅިގެން ކޭސް ޕްލޭން ހަދަންވާނެއެވެ.
59 ވަނަ މާއްދާ - ކެއަރ ޕްލޭނާއި، ކޭސް ޕްލޭން ރޭވުމާއި، އެ ޕްލޭން ތަންފީޒުކުރުން
(ހ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ މަގްްސަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކެއަރ ޕްލޭނުގެ ކަންކަން ކުރުމަށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އެފަދަ މަރުކަޒުތަކަށް އެކަށީގެންވާ އަދަދަކަށް ކޭސް ވާރކަރުން ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކަށް ކޭސް ވާރކަރުން ހަމަޖެއްސުމުން، ކުދިންނާ ގުޅިގެން ކެއަރ ޕްލޭން ހެދުމާއި އެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ، އެ މަރުކަޒުތަކުގައި ތިބޭ ކޭސް ވާރކަރުންނެވެ. އަދި ކުދިންގެ އާއިލާތަކާ ގުޅޭގޮތުން ކޭސް ޕްލޭނުގެ ކަންކަން ކުރަމުންދާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ކޭސް ވާރކަރުންނެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކަށް ކޭސް ވާރކަރުން ހަމަޖެއްސެންދެން، ކެއަރ ޕްލޭން ހެދުމާއި އެ ޕްލޭން ތަންފީޒުކުރާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްގެ ކޭސް ވާރކަރުންނެވެ.
60 ވަނަ މާއްދާ - ކެއަރ ޕްލޭން ރޭވުމާއި، ކެއަރ ޕްލޭން ހެދުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ގުޅޭ ގޮތުން ކެއަރ ޕްލޭން ރާވައި، އެ ޕްލޭން ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިންނެވެ.
61 ވަނަ މާއްދާ - ކެއަރ ޕްލޭނުގައި ހުންނަންވާނޭ ކަންކަން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ގުޅޭ ގޮތުން ހަދާ ކެއަރ ޕްލޭނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ކުއްޖާގެ ވެލްފެއަރ ދުވަހުން ދުވަހަށް އިތުރުކުރުމަށްޓަކައި ކުއްޖާއަށް އަޅައިލުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ގޮތް؛
(ށ) ބިހޭވިއަރ މެނޭޖްމަންޓުގެ ނަޒަރަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް؛
(ނ) ކުއްޖާގެ ސިއްހަތާ ބެހޭ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ރ) ކުއްޖާއަށް ބޭނުންވާ ނިއުޓްރިށާންގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ބ) ކުއްޖާގެ އެޑިއުކޭށާން ޕްލޭން (ރަސްމީ ތައުލީމާއި، ޓިއުށާން ދިނުމާއި، މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތު ހޯދުން ހިމެނޭނެހެން)؛
(ޅ) ކުއްޖާއަށް ބޭނުންވާ ސައިކޮލޮޖިކަލް އެހީތެރިކަމާއި، ނަފްސާނީ އެހީތެރިކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ކ) ކުއްޖާއަށް ބޭނުންވާ ހާއްސަ ކަންކަން ހުރިނަމަ، ނުވަތަ ސްޕެށާލް ނީޑްސްތަކެއް ހުރިނަމަ، އެ ކަންކަން ކޮށްދިނުމަށްޓަކައި އިންތިޒާމް ކޮށްފައިވާ ގޮތް؛
(އ) ކުއްޖާއާއި ކުއްޖާގެ އާއިލާއާ ގުޅުން ބަދަހިކުރުމަށް ހަމަޖެހިފައިވާ ގޮތް؛
(ވ) މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(މ) ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛ އަދި
(ފ) ކުއްޖާގެ ކަންކަން މޮނިޓަރކުރުމަށް ރާވައިފައިވާ ގޮތް.
އަށްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު
62 ވަނަ މާއްދާ - ހިއުމަން ރިސޯސް
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ ކޮންމެ މަރުކަޒެއްގައި، އަންނަނިވި ފެންވަރުގެ މައްޗަށް ހިމެނޭ ފަންނީ މުވައްޒަފުން ތިބެންވާނެއެވެ. މިގޮތުން ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންނާއި ނިއުޓްރިށާނިސްޓުން ފިޔަވައި، ދެން ތިބޭ ހުރިހާ މުވައްޒަފުން ވާންވާނީ ފުލް-ޓައިމް މުވައްޒަފުންނަށެވެ.
(ހ) މަރުކަޒަކާ އެންމެ އިސްކޮށް ހަވާލުގެން ހުންނާނެ ޗީފް އެގްޒެކެޓިވް އޮފިސަރު؛
(ށ) މާލީ ކަންކަން ބެލެހެއްޓުމަށް ފިނޭންސް/އެކައުންޓިންގ ސްޓާފުން؛
(ނ) އިދާރީ މުވައްޒަފުން (ހިއުމަން ރިސޯސަސް، ޕްރޮކިއުމަންޓު، ހައުސްކީޕިންގއާއި ސެކުއިރިޓީއާބެހޭ)؛
(ރ) ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އޮފިސަރު؛
(ބ) ސުޕަވައިޒަރުން؛
(ޅ) ކެއަރ ވާރކަރުން (ޕްރައިމަރީ ކެއަރ ވާރކަރުން ހިމެނޭ ގޮތުން)؛
(ކ) ކޭސް މެނޭޖްމަންޓު ހަދާނެ މުވައްޒަފުން (ކޭސް މެނޭޖްމަންޓު ސުޕަވައިޒަރުންނާއި ކޭސް ވާރކަރުން ހިމެނޭ ގޮތުން)؛
(އ) ހެލްތު އޮފިސަރު؛
(ވ) ނަރުހުން؛
(މ) ކައުންސެލަރެއް ނުވަތަ ސައިކޮލޮޖިސްޓެއް؛
(ފ) އެޑިއުކޭށާން އޮފިސަރު؛
(ދ) ޓީޗަރުން (ޓިއުށާން ދިނުމަށާއި، ލައިފްސްކިލްސްއާއި ދީނުގެ ކަންކަން އުނގަންނައިދިނުމަށްޓަކައި)
(ތ) ނިއުޓްރިށާނިސްޓް؛
(ލ) ބަދިގޭގައި މަސައްކަތްކުރާނެ މުވައްޒަފުންނާއި ކައްކާއިން؛
(ގ) ސާފުކުރާ މީހުންނާއި ލޯންޑްރީ މުވައްޒަފުން ހިމެނޭ ގޮތުން ހައުސްކީޕިންގ ސްޓާފުން؛ އަދި
(ޏ) ސެކިއުރިޓީ ބަލަހައްޓާނެ މުވައްޒަފުން (ގާޑުންނާއި ވޮޗަރުން ހިމެނޭ ގޮތުން).
63 ވަނަ މާއްދާ - މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާބެހޭ އުސޫލުތައް
(ހ) އަންނަނިވި ކަންކަން ހުންނަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށް އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ބަޔާންކުރުމާބެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
- މަރުކަޒުތަކުގައި ހުންނަންޖެހޭނެ ފެސިލިޓީތަކާއި، އެ ފެސިލިޓީތައް ހުންނަންޖެހޭ ގޮތުގެ ޑިޒައިން؛
- ކުދިންގެ ނިދުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭނެ ގޮތާއި ފެންވަރު؛
- ސޭފްޓީ މިންގަނޑާއި، އިމަރޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް؛
- ޗައިލްޑް ޓު ސްޓާފް ރޭށިއޯ؛
- މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ށާރުތުތައް؛
- މުވައްޒަފުންގެ އިންޑަކްށާން ހެދުމާއި ތަމްރީން ދިނުމުގެ އުސޫލުތައް؛
- މަސައްކަތާ ގުޅޭ ގޮތުންނާއި ފަންނީގޮތުން މުވައްޒަފުންނަށް ސުޕަވިޒުަން ދިނުމާބެހޭ އުސޫލުތައް؛
- ސްޓާފް މީޓިންގ ބޭއްވުމާބެހޭ އުސޫލުތައް؛
- މުވައްޒަފުންގެ އެޕްރައިޒަލް ހަދާނެ ގޮތުގެ އުސޫލުތައް؛ އަދި
- ފީޑުބެކް ހޯދުމާއި، ށާކުވާ ހުށަހެޅުމާއި، ށާކުވާ ބެލުމާބެހޭ އުސޫލުތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަނޑައަޅާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާާއިއުކުރަންވާނެއެވެ.
64 ވަނަ މާއްދާ - ފީޑްބެކް ހޯދުމާއި ށާކުވާ ހުށަހެޅުން
(ހ) މި ގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީޑުބެކް ހޯދުމާއި، ށާކުވާ ހުށަހެޅުމާއި، ށާކުވާ ބެލުމާބެހޭ ނިޒާމް ވާންވާނީ، ކުދިންނަށް ރައްކައުތެރި، ދެފުށްފެންނަ އަދި ކުދިންނަށް ވާސިލުވެވޭނެ ފަދަ ނިޒާމަކަށެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒެއްގައި ހިނގާ ހުރިހާ ކަމަކާ ގުޅޭ ގޮތުން ފީޑްބެކް ދިނުމަށާއި ށާކުވާ ހުށަހެޅުމަށް ކުދިންނަށް ފުރުސަތު ދޭންވާނެއެވެ. އަދި އެފަދަ ށާކުވާއެއް ހުށަހެޅުމުން، އެ ކަމެއް ބަލައި، އެ ކަމެއް ހައްލު ކުރަންވާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން މާއްދާތައް
65 ވަނަ މާއްދާ - ވަކި އުމުރުފުރާތަކަކަށް މަރުކަޒުތައް ހާއްސަކުރުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން ވަކި މަރުކަޒުތަކަކީ ވަކި އުމުރުފުރާތަކަކަށް ހާއްސަ މަރުކަޒުތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - ކުރިއާލައި އެންގުމެއްނެތިއާއި ކުރިއާލައި އެންގުމާއެކު މޮނިޓަރކުރުން
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގެ ފެންވަރު ބެލުމަށްޓަކައި، ކުރިއާލައި އެންގުމެއް ނެތި، ކޮންމެ މަހަކު އެއްފަހަރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށާން ސަރވިސްއިން ޒިޔާރަތްކޮށް މޮނިޓަރ ކުރަންވާނެއެވެ. އަދި ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު ކުރިއާލައި އެންގުމާއެކު، އެ ސަރވިސްއިން މޮނިޓަރިންގގެ މަގްްސަދަށްޓަކައި، އެ މަރުކަޒުތަކަށް ޒިޔާރަތް ކުރަންވާނެއެވެ.
67 ވަނަ މާއްދާ - ޖަދުވަލު
މި ގަވާއިދުގައިވާ ޖަދުވަލަކީ، މި ގަވާއިދުގެ ބައެއް ކަމުގައި ބެލޭނެއެވެ.
68 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.
69 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށާރުއީީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.
(ށ) "އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތަކަށާއި ކަންކަމަށެވެ.
(ނ) "އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އެ ކުދިން ބައިތިއްބާ ފެސިލިޓީތަކަށެވެ.
(ރ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.
(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
މައި ގާނޫނު
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)
ކިޔުންތެރިންގެ ހިޔާލު