-

ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 70/2020)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މިއީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ ގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ ކަންކަން ކުރާނެ ގޮތުގެ އުސޫލާއި، ތަމްރީނު ދިނުމަށާއި، އާާއިލާއިން ކުރާ މަސައްކަތްތަކުގައި ކުޑަކުދިން ބައިވެރިކުރުމާބެހޭ އުސޫލާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީނުކުރާ މައިންބަފައިންނާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުޑަކުދިންނާބެހޭ ހިދުމަތްތައް ޕްރައިވެޓައިޒް ކުރާނަމަ އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) އާއި، 48 ވަނަ މާއްދާއާއި، 53 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއި، 129 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް ރިއާާޔަތްކޮށް، އެ ގާނޫނުގެ 26 ވަނަ މާއްދާގެ (ބ) އާއި، އެ ގާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި  ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ބ) އަށް ރިއާާޔަތްކޮށް، ތަމްރީނު ދިނުމަށާއި، އާާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމާބެހޭ އުސޫލުތަކާއި، އެފަދަ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރުން؛

(ށ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) އަށް ރިއާާޔަތްކޮށް، ކުއްޖެއްގެ އުފަންވުން ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުކުރާ މައިންބަފައިންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ އުސޫލު ކަނޑައެޅުން؛

(ނ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 48 ވަނަ މާއްދާއަށް ރިއާާޔަތްކޮށް، ކުޑަކުދިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ހިދުމަތެއް ޕްރައިވެޓައިޒް ކުރާނަމަ އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ކަނޑައެޅުން؛

(ރ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާއަށް ރިއާާޔަތްކޮށް، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކައި، އެކަންކަމަށް ހިތްވަރުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލު ކަނޑައެޅުން؛

(ބ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން؛

(ޅ) ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ ކަންކަން ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛ އަދި

(ކ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 129 ވަނަ މާއްދާއަށް ރިއާާޔަތްކޮށް، މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތަކަށް މަތިކޮށްފައިވާ ޒިންމާއަކާ ހިލާފުވުމުގެ ސަބަބުން އެ ފަރާތެއްގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް

 

3 ވަނަ މާއްދާ - ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި، އެ ކުދިންގެ އާާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު  އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން.

(ށ) އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުން.

(ނ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަންނަނިވި ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

  1. ފެމިލީ ކޮންފަރެންސިންގގެ ހިދުމަތް؛
  2. ކައުންސެލިންގއާއި ސަޕޯޓް ސަރވިސްގެ ހިދުމަތް؛
  3. ގާނޫނީ އެހީތެރިކަން؛ އަދި
  4. ރީހެބިލިޓޭށަންގެ ހިދުމަތް.

(ރ) މަސްތުވާ ތަކެތީގެ ށިކާރައަކަށް ވެފައިވާ ކުދިންނަށް ފަރުވާ ދިނުމާ ގުޅޭ ކަންކަން، ނޭށަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން.

(ބ) ގަވާއިދު ނަންބަރު 69/2020 (އޯލްޓަނޭޓިވް ކެއަރގެ ހިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިންނާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން އަމަލީގޮތުން ކުރުން.

(ޅ) ގަވާއިދު ނަންބަރު 30/2020 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

(ކ) ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް ބޭނުންވާ އެހީ ނުވަތަ ހިދުމަތްތައް ދިނުން.

(އ) އަންނަނިވި ކަންކަމާ ގުޅޭ ކަންކަން، ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދަފުތަރުކޮށް ބެލެހެއްޓުން.

  1. ހާާއްސަ ރައްކައުތެރިކަމަށް ބޭނުންވާ ކުދިންގެ މައުލޫމާތު؛
  2. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައުލޫމާތު؛
  3. ފޮސްޓަރ ކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރ ކެއަރގައި ތިބޭ ކުދިންގެ މައުލޫމާތު؛
  4. ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒުތަކުގެ މައުލޫމާތު؛
  5. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއާިއްޔާތަކުގެ މައުލޫމާތު؛ އަދި
  6. ކަމާބެހޭ ގަވާއިދެއްގައި ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު.

(ވ) ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރުން.

(މ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓް ކުރުމަށް ޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެއްކުރުމާއި އާންމު ކުރުން. މިގޮތުން، ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޮގްރަފިކް ސަރަހައްދުތަކާއި، އިޖުތިމާއާީ ހާލަތަށާއި އިގްްތިސާާދީ ހާލަތަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބުތައް އެއްކޮށް، އާންމު ކުރުން.

(ފ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތެއް ކަމަށް މި ގަވާއިދާއި ކަމާބެހޭ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

ތިންވަނަ ބާބު

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުން

 

4 ވަނަ މާއްދާ - ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭޖެންޓުން ހަމަޖެއްސުން

(ހ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހްތިސާާސް ހިނގާ ސަރަހައްދުތަކުގައި، އެއިން ކޮންމެ ކައުންސިލަކީ އެ ސަރަހައްދަށް އައްޔަނު ކުރާ އޭޖެންޓެއް ކަމުގައި މިނިސްޓަރު ކަނޑައަޅާ ހާލަތުގައި، އެއިން ކޮންމެ ކައުންސިލެއްގެ މައްޗަށް މި ގަވާއިދުގައިވާ މަސްއޫލިއްޔަތުތައް ހިނގާނެއެވެ.

(ށ) އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ކައުންސިލަކާ ހަވާލު ކުރަންވާނީ، އެ ކަމެއް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ދިނުމާއެކު، މިނިސްޓަރު ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ފެންވަރުގައި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިރުށާދާއި ބާރު ހިނގާނެއެވެ.

(ރ) މި މާއްދާގެ މަގްްސަދަށްޓަކައި، މިނިސްޓަރު އައްޔަނު ކުރާ އޭޖެންޓެއްގެ ގޮތުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ކަނޑައަޅަންވާނީ، އެއިން ކޮންމެ ކައުންސިލެއްގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް ފަހުގައެވެ. މިކަމަށްޓަކައި، ކޮންމެ ކައުންސިލެއްގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައި، އެ ފަރާތަށް އެކަށީގެންވާ ތަމްރީނު ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ މަގްްސަދަށްޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކޮށްފައިވާ ތަމްރީނު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ މަގްްސަދަށްޓަކައި، ކައުންސިލުތަކުގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މުވައްޒަފުންގެ ކިބައިގައި އެންމެ ދަށްވެގެން ހުންނަންޖެހޭނެ ފެންވަރާއި ށަރުޠު، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް، މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ކައުންސިލުތަކުގެ މަސްއޫލިއްޔަތު

ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭ ކަންކަން ކައުންސިލުތަކުގެ ފެންވަރުގައި ތަންފީޒު ކުރުމުގައި ކައުންސިލުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ ސިޔާސަތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކައުންސިލު ފެންވަރުގައި ތަންފީޒުކުރުން؛

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭ ގޮތުން އެ ކައުންސިލެއްގެ އިހްތިސާާސްގެ ތެރޭގައި ހިމެނޭ ދާއިރާއެއްގައި ނުވަތަ ސަރަހައްދެއްގައި އެކިއެކި މަށްރޫއުތައް ރާވައި ހިންގުމާއި، ކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކުރުން؛

(ނ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކުރުން؛

(ރ) އެ ކައުންސިލެއްގެ އިހްތިސާާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގެ ގޮތުން ރާވައި  ހިންގާ އެކިއެކި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ބަލައި ރިޕޯޓުކުރުން؛

(ބ) ކުޑަކުދިންނާމެދު މައިންބަފައިން އިހުމާލުވާ މައްސަލަތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރުން؛ އަދި

(ޅ) އެ ކައުންސިލެއްގެ އިހްތިސާާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި އެ ކައުންސިލަށް ނިސްބަތްވާ ރައްޔިތުންނާއި އަމިއްލަ ޖަމާއަތްތަކުގެ ބައިވެރިވުން ހޯދުން.

 

6 ވަނަ މާއްދާ - ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލުގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލުގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލުގެ ފެންވަރުގައި ހަވާލުކުރާ ނަމަ، އެކަން ކުރަންވާނީ މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ކައުންސިލުތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކާއި ކައުންސިލުތަކުން، އެއް ފަރާތް އަނެއް ފަރާތާ ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ ގޮތް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ތަމްރީނު ދިނުމަށާއި އާާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުން

 

7 ވަނަ މާއްދާ - ކުޑަކުދިން ލައްވާ މަސައްކަތް ނުކުރުވުން

ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސާިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާއާީ ތަރައްގްީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތްތަކުން ރައްކައުތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - އުމުރުން 16 އަހަރު ނުފުރޭ ކުދިން މަސައްކަތްކުރުން

(ހ) އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުވުމަށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) ގާނޫނު ހުއްދަކުރާ ހާލަތުގައި، އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު އާާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އާާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުން ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސާިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާއާީ ތަރައްގްީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތެއް ކަމުގައި ނުވާނެ ނަމައެވެ.

 

9 ވަނަ މާއްދާ - ކުޑަކުދިން ބައިވެރިކުރުވޭނެ މަސައްކަތްތައް

މި ގަވާއިދުގެ 8 ވަނަ މާއްދާގެ މަގްްސަދަށްޓަކައި، ކުޑަކުދިން ބައިވެރިކުރުވޭނީ، ކުއްޖާގެ ސާިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާއާީ ތަރައްގްީއަށް ގެއްލުމެއް ނުލިބޭނޭ އަދި ނުރައްކައުތެރި ނުވާނެ ފަދަ، ކުއްޖާގެ ތައުލީމަށް ހުރަސްނޭޅޭނެ ނުވަތަ ކުއްޖާއަށް ތައުލީމު ހާސިލުކުރުމުގެ މަންފާއިން އެ ކުއްޖަކު މަހުރޫމް ނުކުރުވާ ފަދަ ލުއި މަސައްކަތްތަކުގައި އެކަންޏެވެ.

 

10 ވަނަ މާއްދާ - ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް

(ހ) ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ އާާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، އަންނަނިވި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެކެވެ.

  1. ކުއްޖާގެ ސާިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާއާީ ތަރައްގްީއަށް ގެއްލުމެއް ނުވަތަ ނުރައްކައުތެރި މަސައްކަތްތައް؛
  2. ކޮންސްޓްރަކްށަންގެ މަސައްކަތްތައް؛
  3. ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
  4. ގަރާޖާއި، ވޯކްޝޮޕާއި، ކާޕެންޓްރީއާއި، ވެއަރހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް؛
  5. ތެލާއި ޕެޓްރޯލު ފޯރުވައިދިނުމުގެ އަމަލީ މަސައްކަތްތައް؛
  6. ސިމެންތިއާއި، ކައްކަން ބޭނުންކުރާ ގޭހާއި، އެނޫންވެސް ބާވަތެއްގެ ގޭހާއި ބިއްލޫރި އުފެއްދުމާއި، އަމަލީގޮތުން އެ ތަކެތި ފޯރުވައިދިނުމުގެ މަސައްކަތްތައް؛
  7. ރެސްޓޯރަންޓުތަކުގެ ނުވަތަ ކެފޭތަކުގެ ބަދިގޭގައި ކުރާ އަމަލީ މަސައްކަތްތައް؛
  8. އެއަރކޮންޑިށަން މަރާމާތުކުރުމާއި، ސަރވިސްކުރުމާއި، ހަރުކުރުމާއި، ބެހެއްޓުމާއި، ހިފައި ގެންގުޅުމުގެ މަސައްކަތްތައް؛
  9. ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
  10. މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތައް؛
  11. ކުނި މެނޭޖްކުރުމާއި، ކުނި ނައްތައިލުމުގެ އަމަލީ މަސައްކަތްތައް؛
  12. ސިނގިރޭޓް ފަދަ އެއްވެސް ބާވަތެއްގެ ޓޮބޭކޯގެ މާއްދާ ހިމެނޭ ތަކެތި ވިއްކުމުގެ އަމަލީ މަސައްކަތްތައް؛
  13. ދިވެހިރާއްޖޭގެ ހިންގާ ބަނދަރެއްގައި ކުރާ ހުރިހާ ބާވަތްތަކެއްގެ މަސައްކަތްތައް؛
  14. އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް؛
  15. ދަނޑުވެރިކަމުގެ މަސައްކަތުގައި ދަނޑުގޮވާން ކުރުމަށް ގިނަ ވަގުތު އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ފަދަ މަސައްކަތްތައް؛
  16. އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްގެ ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް؛ އަދި
  17. ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެކި ބާވަތުގެ އެކޮމޮޑޭށަން ބެލެހެއްޓުމާއި، ކޭޓަރ ކުރުމާއި، ފުޑް އެންޑް ބެވެރޭޖާ ގުޅޭ މަސައްކަތްތަކާއި، އެކްސްކާރށަންތަކާއި، ރިކްރިއޭށަނަލް ކަންކަމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ޓުއަރ އޮޕަރޭޓްކުރުމާއި، ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، ސުވެނިއަރ ވިއްކުމާބެހޭ މަސައްކަތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަކީ، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކޮންމެ ކުއްޖެއްގެ މައްޗަށް ހިނގާނެ ކަންކަމެވެ.

 

11 ވަނަ މާއްދާ - އުސޫލު އެކުލަވައިލުން

(ހ) މި ބާބުގެ މަގްްސަދަށްޓަކައި، ތަމްރީނު ދިނުމަށާއި އާާއިލާގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި، ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، އެންމެ   މަދުވެގެން ވެސް، އަންނަނިވި ކަންކަމާ ގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

  1. ވަޒީފާ ދޭ ފަރާތުން، ކުޑަކުދިން މަސައްކަތުގައި ބައިވެރިކުރުމާބެހޭ ސިޔާސަތުގައި ހިމަނަންޖެހޭ ކަންކަން؛
  2. ސްކޫލު ޓާމުގެ ދުވަސްވަރު ކުއްޖަކު މަސައްކަތުގައި އެންމެ ގިނަވެގެން ބައިވެރިކުރުވޭނީ ކިހާ ވަގުތަކަށް ކަން؛ އަދި
  3. ސްކޫލް ބަންދު ދުވަސްވަރު ކުއްޖަކު މަސައްކަތުގައި އެންމެ ގިނަވެގެން ބައިވެރިކުރުވޭނީ ކިހާ ވަގުތަކަށް ކަން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ށާއިއުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުޑަކުދިންގެ މަސައްކަތުގައި ބައިވެރިކުރާނަމަ، އެންގުން

ތަމްރީނު ދިނުމަށް މަސައްކަތެއް ކުރުވާނަމަ، ނުވަތަ އާާއިލާއިން ކުރާ މަސައްކަތެއްގައި ކުއްޖަކު ބައިވެރިކުރާނަމަ، ވަޒީފާ ދޭ ފަރާތުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

ފަސްވަނަ ބާބު

ކުޑަކުދިންނަށް ދޭ ހިދުމަތެއް ޕްރައިވަޓައިޒްކުރުން

 
13 ވަނަ މާއްދާ - ޕްރައިވަޓައިޒްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު

ކުޑަކުދިންނަށް ދޭ އެއްވެސް ހިދުމަތެއް ޕްރައިވެޓައިޒް ކުރާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

14 ވަނަ މާއްދާ - ޕްރައިވެޓައިޒް ކުރާ ހިދުމަތަކާ ގުޅޭ ގޮތުން އުސޫލު އެކުލަވައިލުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންނަށް ދޭ ހިދުމަތެއް ޕްރައިވެޓައިޒް ކުރުމަށް މިނިސްޓަރު ނިންމާ ހާލަތުގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ހިދުމަތެއް ދިނުމުގައި ހުންނަންޖެހޭ މިންގަނޑުތަކާބެހޭ ވަކި އުސޫލެއް އެކުލަވައިލުމަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޕްރައިވެޓައިޒް ކުރާ ހިދުމަތަކާ ގުޅިގެން ވަކި އުސޫލެއް އެކުލަވައިލަންވާނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި އެފަދަ ހިދުމަތެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެ މަތިންނެވެ.

 

15 ވަނަ މާއްދާ - ޕްރައިވެޓައިޒް ކުރާ ހިދުމަތެއް މޮނިޓަރކުރުން

މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޕްރައިވެޓައިޒް ކުރާ ހިދުމަތެއް މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތިން މޮނިޓަރކުރަމުން ގެންދިއުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

ހަވަނަ ބާބު

ފިޔަވަޅު އެޅުން

 

16 ވަނަ މާއްދާ - ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ޖިނާއީ އަމަލުތަކަށް ފިޔަވަޅު އެޅުން

(ހ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ޖިނާއީ އަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބޭތާ ގިނަވެގެން 24 (ސައުވީސް)  ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން   އެ މައްސަލައެއް ތަހުގްީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފޮނުވަންވާނެއެވެ.

(ށ) ކުއްޖެއްގެ އުފަންވުން، ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައިންބަފައިން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ކުއްޖެއްގެ މައިންބަފައިންގެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފޮނުވަންވާނެއެވެ.

 

17 ވަނަ މާއްދާ - ޖިނާއީ އަމަލަކަށް ނުވާ ގޮތަށް ކުޑަކުދިންނާމެދު އިހުމާލުވާ މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުން

ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތެއްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކާ ހިލާފުވާ ހާލަތުގައި، އެއީ ޖިނާއީ އަމަލަކަށް ނުވާނަމަ، އަންނަނިވި އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) ޗައިލްޑް އެންޑް ސަރވިސްގެ ފަރާތުން އެ ފަރާތަކަށް ނަސޭހަތްދިނުން؛

(ށ) ޗައިލްޑް އެންޑް ސަރވިސްއިން ކަނޑައަޅާ ޕޭރަންޓިންގ ޕްރޮގްރާމެއްގައި ބައިވެރިކުރުވައި، އެ ޕްރޮގްރާމް ފުރިހަމަކުރުވުން؛

(ނ) އެ ފަރާތަކުން ކޮށްފައިވާ އަމަލުގެ ރެކޯޑެއް ކުއްޖާގެ ކޭސް ފައިލުގައި ހިމެނުމާއި، ހަޒާާނަތުގެ މައްސަލައެއްގައި ކޯޓުން އަންގާ އެސެސްމަންޓު ހެދުމުގައްޔާއި، ފޮސްޓަރ ކެއަރގެ ދަށުން ކުދިން ބެލުމަށް އެ ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުގެ އެސެސްމަންޓު ހެދުމުގައި އެފަދަ ރިކޯޑެއް އޮތުމަކީ އެ ފަރާތަށް ފޮސްޓަރ ކެއަރގެ ދަށުން ކުދިން ހަވާލުކުރުމުގައި އެ ފަރާތަކާ ދެކޮޅަށް ބޭނުންކުރެވޭނޭ އެއްޗެއްކަން؛

(ރ) އެ ފަރާތަކުން މި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛ އަދި/ނުވަތަ

(ބ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލާ ގަވާއިދެއްގައި ބަޔާންކުރާ އެހެން ފިޔަވަޅެއް އެޅުން.

 

18 ވަނަ މާއްދާ - އެހެނިހެން ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުން

(ހ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކުން، ތިރީގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ދައުލަތުގެ އެއްވެސް އިދާރާއަކުން، ނުވަތަ ދައުލަތުގެ އިސް މަގާމެއްގައި ހުރި ފަރާތަކުން، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ބާވަތެއްގެ މީޑިއާއަކުން، ނުވަތަ ޖަމްއާިއްޔާއަކުން، ނުވަތަ ޖަމާއަތަކުން، ނުވަތަ ގާނޫނީ އެނޫން ށަހްސަކުން ނުވަތަ، ކުޑަކުދިންނަށް ހިދުމަތް ދިނުމުގެ ފަންނީ މަސައްކަތެއް ކުރާ ފަރާތަކުން، ނުވަތަ އާންމުން ކަންކަމާމެދު ދެކޭ ގޮތަށާއި ވިސްނާގޮތަށް ނުފޫޒުފޯރުވޭ ފަދަ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ނުވަތަ އެފަދަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތަކުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނޭފަދަ ކަންކަމަށް ހިތްވަރުދިނުން؛
  2. ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގައި މަނާކުރާ ފަދަ މައުލޫމާތެއް ހާމަކުރުން؛ އަދި
  3. މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކޮށްފައިވާ މަސައްކަތެއްގައި ކުއްޖަކު ބައިވެރިކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރާ ފަރާތަކަށް އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް އެ ފަރާތަކުން ކުރާ ކޮންމެ ފަހަރަކު، 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް އެ ފަރާތަކުން ކުރާ ކޮންމެ ފަހަރަކު، އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައި، އެކަން ތަކުރާރު ނުވާނޭކަން ކަށަވަރުކުރުމުގެ ގޮތުން އެ ފަރާތަކުން ކުރާނެ ކަންކަން ބަޔާންކުރުމަށް އަންގައި، އެ އެންގުން އާންމުކޮށް ށާއިއުކުރުން؛
  3. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރީ ގާނޫނީ ށަހްސަކުންނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ މީޑިއާއަކުން ނަމަ، އަދި އެ ކަމެއް ކުރީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ރެގިއުލޭޓަރީ އިދާރާއަކަށް މައްސަލަ ފޮނުވައި، އެކަން އާންމުކުރުން؛ އަދި/ނުވަތަ
  4. ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އެހެންވެސް ފިޔަވަޅެއް އެޅުން.

 

19 ވަނަ މާއްދާ - ގަވާއިދުތަކުގެ ދަށުން މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާއަކުން މަސްއޫލިއްޔަތު އަދާނުކުރުމުން ފިޔަވަޅު އެޅުން

(ހ) ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކޯޓުތައް ފިޔަވައި، އެއްވެސް އެހެން އިދާރާއަކުން ނުވަތަ މުއައްސަސާއަކުން އަދާކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކޮށްފައި ނުވާނަމަ، ނުވަތަ އެއްވެސް މައްސަލައެއްގައި އެ މުއައްސަސާއަކުން އަމަލުކޮށްފައިވާ ގޮތަކުން އެފަދަ މަސްއޫލިއްޔަތެއް ގަވާއިދުގައިވާ ގޮތުގެ މަތިން އަދާކޮށްފައި ނުވާކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރިނަމަ، އަންނަނިވި ކަންކަން ބަޔާންކުރުމާއެކު، އެ ފަރާތަކަށް ލިޔުމުން އެންގުމެއް ފޮނުވުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. އެ ފަރާތަކުން އަދާކޮށްފައިނުވާ ކަމެއް ނުކޮށް އޮތް ސަބަބު އޮޅުންފިލުވައިދިނުމަށް އެންގުން؛
  2. އެ ކަމެއް ކުރުމުގެ ޒިންމާއާ އެންމެ އިސްކޮށް ހަވާލުވެހުރި ފަރާތަށް ލިޔުމުން ނަސޭހަތްދީ، އެ ކަމެއް އެ ފަރާތެއްގެ ފައިލުގައި ރިކޯޑުކުރުމަށް އެންގުން؛
  3. އެ ފަރާތަކުން ކުރަންޖެހި ނުކޮށް އޮތް ކަމެއް ކޮށް ނިންމުމަށް މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އެ ކަމެއް ކުރުމަށް އެންގުން؛ އަދި
  4. އެ ފަރާތަކުން ކުރަންޖެހި ނުކޮށް އޮތް ކަމެއް ނުކުރެވޭ ގޮތް މެދުވެރިވީ އެ ފަރާތަކުން އަމަލުކުރަމުންދާ އިޖުރާއަތެއްގެ ސަބަބުންނަމަ، އެކަން އިސްލާހުކުރުމަށް އަންގައި، އެކަން އިސްލާހު ކުރުމަށް ޓަކައި އެޅި ފިޔަވަޅުތައް މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބަޔާންކޮށްދިނުމަށް އެންގުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގާ ކޮންމެ އެންގުމެއްވެސް، އެންގުމެއް ފޮނުވި ގޮތަށް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގާ ކޮންމެ އެންގުމެއްގެ ކޮޕީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފޮނުވަންވާނެއެވެ.

(ރ) މި ގަވާއިދުގެ (ހ) ގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓަކުން އަމަލުކުރަމުންދާ އިޖުރާއަތެއްގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް އަންނަ ކަމަށް ބެލެވޭ ސަބަބުތައް ހުރިނަމަ، އެ ކަމެއްގެ ށަކުވާ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް، މިނިސްޓަރަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ށަކުވާއެއްގެ ކޮޕީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - އުސޫލު އެކުލަވައިލުން

މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމާބެހޭ ތަފުސީލީ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

  
ހަތްވަނަ ބާބު

އެހެނިހެން

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މައްސަލަތަކާއި، ޗައިލްޑް ވިކްޓިމްއާ ގުޅުން ހުރި މައްސަލަތަކާއި، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާާސް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓުތަކަށާއި، ސުޕީރިއަރ ކޯޓުތަކަށާއި، މަތީ މަރުހަލާގެ ކޯޓުތަކަށެވެ.

(ށ) "އާާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއާީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.

(ނ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު