-

އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 24/2020)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މިނިސްޓަރު ކަނޑައަޅާ އާންމުކުރާ ތާރީހަކާ ހަމައަށް، މި ގަވާއިދުގެ 13 ވަނަ މާއްދާ (ހ) ގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދައަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ހުށަހެޅުމަށް ށަރުތުކޮށް ހުއްދައެއް ދޫކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1017/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު