-

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 7/2020) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 8/2020)

  

ގަވާއިދު ނަންބަރު 7/2020 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ އަރިމަތީ ސުރުހީ ބަދަލުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކޮށް، (ނ) އެއީ (ރ) ކަމުގައި ހަމަޖައްސައިގެން އަކުރުތައް ތަރުތީބުކުރުން.

 

ބާތިލު ވޯޓާއި، ސައްހަ ވޯޓާއި، ނުދޭ ވޯޓު 34.

(ނ) ކޮމިޓީއަކަށް އެ ރަށަކުން ނުވަތަ އެ ސިޓީއަކުން އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި، އިންތިހާބު ކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދިނުން 36.

ކޯޓު އަމުރަކަށް މެނުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 7/2020)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު