-

އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2019-1080)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

6 (ރ) މި ގަވާއިދަށް އަަމަލުކުރަން ފެށިއިރު "ގައިޑްލައިން ފޮރ ނޭށަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭށަން" ގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން 30 މާރިޗް 2019 ގެ ކުރިން ރަޖިސްޓަރީ ކޮށްދީފައި ނުވާ ފަރާތްތައް ރަޖިސްޓަރީކޮށްދެވޭނީ އެ ގައިޑްލައިނުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) މި ގަވާއިދަށް އަަމަލުކުރަން ފެށިއިރު "ގައިޑްލައިން ފޮރ ނޭށަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭށަން" ގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ ފަރާތްތަކުން، "ގައިޑްލައިން ފޮރ ނޭށަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭށަން" ރަޖިސްޓަރީކުރުމަށް ބޭނުންވެއްޖެނަމަ އެ ގައިޑްލައިނުގެ ދަށުން ރަޖިސްޓަރީވުމަށް ފުރުސަތު ދެވޭނެއެވެ

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން "ގައިޑްލައިން ފޮރ ނޭށަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭށަން" ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ސެޓުފިކެޓު ބާޠިލުކުރެވޭނެއެވެ. އަދި މި ސެޓުފިކެޓު ދޫކުރުމަށް އިތުރު ފީއެއް ނުނެގޭނެއެވެ.

(ކ) މި މާއްދާގެ (ބ) ގައިވާ ފަދައިން ރަޖިސްޓަރީކުރާ ފަރާތްތަކުގެ މައްޗަށް މި ގަވާއިދުގައިވާ މާއްދާތައް ހިނގާނެއެވެ. އަދި މި މާއްދާގެ (ރ) އާއި (ބ) ގައިވާ ފަދައިން ރަޖިސްޓަރީކުރާ ފަރާތްތަކަށް ދޫކުރާ ސެޓުފިކެޓު ބާޠިލުވުމުން ދެން ރަޖިސްޓަރީކުރާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

8 (ޑ) "ދިވެހިރާއްޖޭގައި ރަޖިސްޓަރީ ވެފައިވާ ގާނޫނީ ވަކީލެއް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގައި އެ އިރެއްގައި ގާނޫނީ ވަކީލުން ރަޖިސްޓަރީ ކުރުމުގެ ކަންކަން ބަލަހައްޓާ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ވަކީލަކަށެވެ.

(ޒ) "ދިވެހިރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ލޯ-ފަރމެއް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގައި ލޯ-ފަރމްތައް ރަޖިސްޓަރީ ކުރުމުގެ ކަންކަން ބަލަހައްޓާ އިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ލޯ-ފަރމްތަކަށެވެ.

(ޓ) "ދިވެހި ކުންފުންޏެއް" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ހުށަހަޅާ ކުންފުނިތަކުގައި %100 (ސަތޭކަ އިންސައްތަ) ހިއްސާދާރުން ދިވެހިން ކަމުގައި ވާ ނަމައެވެ.

(ޔ) "ބިދޭސީ ކުންފުންޏެއް" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ހުށަހަޅާ ކުންފުންޏެއްގެ %1 (އެކެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު އިންސައްތައެއްގެ ހިއްސާދާރުން ބިދޭސީން ކަމުގައި ވާ ނަމައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.

(ރ) މި ގަވާއިދުގެ ދަށުން، ބިދޭސީ ކޮންޓްރެކްޓަރުން ރަޖިސްޓަރީކޮށް، ބީލަމުގައި ކުރިމަތިލައި އަދި މަށްްރޫއު ހިންގޭނީ، މަށްްރޫއުގެ އަގު 5,000,000 (ފަހެއް މިލިޔަން) އެމެރިކާ ޑޮލަރަށް ވުރެ ބޮޑުނަމައެވެ. މަސައްކަތުގެ އަގު 5,000,000 (ފަހެއް މިލިޔަން) އެމެރިކާ ޑޮލަރަށް ވުރެ ކުޑަ ނަމަ، އެ މަށްްރޫއަެއް ހިންގޭނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޮއިންޓް ވެންޗަރގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުުކުރުން.

(1) ދިވެހި ކުންފުންޏަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލީ ލިޔެކިޔުން ހުށަހެޅުން؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުުކުރުން.

(2) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތަކީ، ވިޔަފާރި ރަޖިސްޓަރީކުރިތާ 3 (ތިނެއް) އަހަރުދުވަސް ނުވާ ކޮންޓްރެކްޓަރެއް ނަމަ، މާލީ ލިޔެކިޔުންތައް ހުށަހަޅާނީ އެ ފަރާތަކުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ތާރީހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުުކުރުން.

(3) ބިދޭސީ ކުންފުންޏަކުން ހުށަހަޅަންޖެހޭ 3 (ތިނެއް) އަހަރުދުވަހުގެ މާލީ ލިޔެކިޔުންތަކުގެ ތެރެއިން ކޮންމެ މާލީ ލިޔެކިޔުމެއްވެސް ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ހުށަހެޅިދާނެއެވެ.

  1. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީވެފައި ނުވާ ބިދޭސީ ފަރާތަކުން ތައްޔާރުކޮށްފައިވާ މާލީ ލިޔެކިއުން ހުށަހެޅުމުގައި، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ގަައުމެއްގެ އެމްބަސީން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ގާނޫނީ ވަކީލެއް ނުވަތަ ލޯ ފަރމަކުން އަސްލާ އެއްގޮތްކަން ބަޔާންކުރުމާއެކު، އެ ޑޮކިއުމަންޓް ތައްޔާރުކޮށްފައިވަނީ އެ ގަައުމެއްގައި އޮޑިޓް ރިޕޯޓު އެކުލަވައިލުމަށް ހުއްދަ އޮތް ފަރާތެއްކަން ޔަގީންކޮށްފައިވާކަން ބަޔާންކޮށް އެ ފަރާތުން ތައްގަނޑު ޖަހައިފައި، އިނގިރޭސިބަހުން އޮތް އޮޑިޓް ރިޕޯޓެއް ހުށަހެޅުން؛
  2. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް ހުށަހެޅުން.

 

7 ވަނަ މާއްދާ - މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށްާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު