-

ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1032) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2019-1062)

 

މިއީ، ގަވާއިދު ނަންބަރު 2019-1032 (ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 31 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކަށް ފަރުޒު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރެވޭނީ، ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ %80 (އަށްޑިހަ އިންސައްތަ) އަށް ވުރެ އިތުރުނުވާ މިންވަރެކެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަރޔަމަންޓް ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1032)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަރޔަމަންޓް ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1032)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު