-

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 1048/2019)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 އަންނަނިވިގޮތަށް އިސްލާހުކުރުން. 

 

ޖަދުވަލު 8: ކަސްޓަމްސް އޮފިސަރުންގެ މަގާމުގެ ށަރުޠުތައް

މަގާމާއި ށަރުތުތައް

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ

(ހ) ޖީ. ސީ. އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިހާާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛

(ށ) ކަސްޓަމްސް އޮފިސަރ ގްރޭޑް 1

  1. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސްގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛

(ނ) ކަސްޓަމްސް އޮފިސަރ ގްރޭޑް 2

  1. ޖީ. ސީ. އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިހާާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، މިށަރުޠަށް ރިޢާޔަތްކުރާނީ މިގަވާއިދުގެ
    99 ވަނަ މާއްދާގައިވާ ހާާލަތުގައި؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން
  4. 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާރކްސްގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  6. އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  7. އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރު އުޅެފައިވުން، އަދި ކަސްޓަމްސްގެ ހިިދުމަތުގައި 20 (ވިހި) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް75  (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

 (ރ) ކަސްޓަމްސް އޮފިސަރ ގްރޭޑް 3

  1. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ކަސްޓަމްސް އޮފިސަރ  ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް   75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރު އުޅެފައިވުން، އަދި ކަސްޓަމްސްގެ ހިިދުމަތުގައި 20 (ވިހި) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ބ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ، ލެވެލް 6 (ހައެއް) ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން، މިށަރުޠަށް ރިޢާޔަތްކުރާނީ މިގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާާލަތުގައި؛ ނުވަތަ
  2. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  6. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  7. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރު އުޅެފައިވުން އަދި ކަސްޓަމްސްގެ ހިިދުމަތުގައި 20 (ވިހި) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން. އަދި މިޖަދުވަލުގެ (ނ) ގެ 6 ވަނަ ނަންބަރު ނުވަތަ (ރ) ގެ 5 ވަނަ ނަންބަރުގެ ދަށުން މަގާމުގެ ކުރިއެރުން ލިބިފައިނުވުން.

(ޅ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2

  1. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސްގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ކ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3

  1. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

 (އ) ޗީފް ކަސްޓަމްސް އޮފިސަރ

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ، ލެވެލް 8 (އަށެއް) ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން، މިށަރުޠަށް ރިޢާޔަތްކުރާނީ މިގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާާލަތުގައި؛ ނުވަތަ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރު އުޅެތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

 (ވ) ސްޕްރިންޓެންޑެންޓް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން، މިށަރުޠަށް ރިޢާޔަތްކުރާނީ މިގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާާލަތުގައި؛ ނުވަތަ
  2. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ ލެވެލް 8 (އަށެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޗީފް ކަސްޓަމްސް އޮފިސަރ ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން.

 (މ) ސީނިއަރ ސްޕްރިންޓެންޑެންޓް

  1. ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ ލެވެލް 6 (ހައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ ލެވެލް 8 (އަށެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 2 (ދޭއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ފ)  ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 (ދިހައެއް) ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން، މިށަރުޠަށް ރިޢާޔަތްކުރާނީ މިގަވާއިދުގެ 99 ވަނަ މާއްދާގައިވާ ހާާލަތުގައި؛ ނުވަތަ
  2. ސީނިއަރ ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ ލެވެލް 6 (ހައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ސީނިއަރ ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ ލެވެލް 8 (އަށެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ސީނިއަރ ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 2 (ދޭއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  5. ސީނިއަރ ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ދ) ޗީފް ސްޕްރިންޓެންޑެންޓް

  1. ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ ލެވެލް 06 (ހައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ ލެވެލް 8 (އަށެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  3. ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 2 (ދޭއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ނުވަތަ ލެވެލް 10 (ދިހައެއް) ގެ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  4. ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

 (ތ) އެސިސްޓެންޓް ކޮމިށަނަރ އޮފް ކަސްޓަމްސް

  1. ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމެއްގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް)، ލެވެލް 6 (ހައެއް)، ލެވެލް 7 (ހަތެއް)، ނުވަތަ ލެވެލް 8 (އަށެއް) ގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ޗީފް ސްޕްރިންޓެންޑެންޓް ގެ މަގާމެއްގައި 3 (ތިނެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ނުވަތަ ލެވެލް 10 (ދިހައެއް) ގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

 ސަޕޯޓް ސަރވިސް މުވައްޒަފުންގެ މަގާމުގެ ށަރުޠުތައް

މަގާމާއި ށަރުތުތައް

(ލ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

(ގ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން.

(ޏ)  ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛

 (ސ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛

 (ޑ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 5

  1. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4 ގެ މަގާމުގައި 5 (ފަހެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް 75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން؛ ނުވަތަ
  2. ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4 ގެ މަގާމުގައި 4 (ހަތަރެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 5 ގެ މަގާމުގެ އެވްރެޖް ޕާރފޯމަންސް މާކްސް ގެ އިތުރަށް 10 (ދިހައެއް) އިންސައްތަ ލިބިފައިވުން؛

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު