-

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-15) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-06)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ސީފެއަރާސް ސައިން އޮންކުރުން (ކ).

ރާއްޖެއަށް އަންނަ ފަސިންޖަރު ލައިނަރުތަކާއި، ޕްލެށަރ ޔޮޓުފަހަރު ރާއްޖޭގައި ބަނދަރުކުރާއިރު، އެ އުޅަނދެއްގައި ތިބެންވާނެކަމަށް މިނިމަމް ސޭފްމޭނިންގގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ތިބޭ މީހުން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-15)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު