-

ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބްރު 2018-70)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖުލައި 2018 ގައި)

 

ގަވާއިދު ނަންބަރު 2018-03 (ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި 7 (ހަތެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ޖާނަލް ނެރެވޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ އެ ދާއިރާގައި 7 (ހަތެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ގްރެފިކްސް ނުވަތަ ޕްރޮޑިއުސިންގގެ ދާއިރާގައި 7 (ހަތެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން. 

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނޫސްމަޖައްލާއާއި އަދި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު (2008-03)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނޫސްމަޖައްލާއާއި އަދި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2018-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު