ޓެކްސީ ގަވާއިދު ގަވާއިދު ނަންބަރު (2013-1475) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-104)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2018 ގައި)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-132 ގެ 43 ވަނަ މާއްދާގެ (ހ) އިން އުނިކުރެވިފައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ތިރީގައި ބަޔާންކޮށްފައިވާގޮތަށް އިސްލާހުކުރުން.
(ހ) ޓެކްސީގެ ހިދުމަތް ދިނުމުގައި އަގު ނަގަންވާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީގެ ހިދުމަތުގެ އަގު ކަނޑައަޅައި އާންމުކުރާ މިންގަނޑަށްވުރެ ބޮޑުނުވާގޮތަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 އުނިކުރުން.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2013-1475)
ކިޔުންތެރިންގެ ހިޔާލު