ގަވާއިދު ނަންބަރު 2012-35 މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-108)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2018 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާއަށް (ކ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.
އާންމު އެލަވަންސް (G100) ބަހާލެވިފައިވާ ގޮތް 182.
(ކ) ޓެކްނިކަލް ކޯ އެލެވެންސް
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 189 ވަނަ މާއްދާ އަންނިވި ގޮތަށް އިސްލާހުކުރުން
ސާރވިސް އެލަވަންސް (G103) ގެ މިންވަރު 189.
(ހ) ކަސްޓަމްސް މުވައްޒަފުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް، ސަރވިސް އެލަވަންސްގެ ގޮތުގައި 200 (ދުއިސައްތަ) ރުފިޔާ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެލަވަންސްދޭނީ އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، ވިހެއުމާގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީގައި ހުންނަ ދުވަސްތައް ނުހިމަނައެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 190 ވަނަ މާއްދާ އަންނިވި ގޮތަށް އިސްލާހުކުރުން.
ޓެކްނިކަލް ކޯ އެލަވަންސް 190.
ކަސްޓަމްސްގެ ދާއިރާއާގުޅޭ ތައުލީމު ހާސިލުކޮށްފައިާވ މުވައްޒަފުންނަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްނިކަލް ކޯ އެލަވަންސް ދޭންވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށްވުރެ ދަށް ސަނަދެއް ނުވަތަ ކަސްޓަމްސްގެ ޓްރެއިނިންގއެއް ހާސިލުކޮށްފައިވާނަމަ މަހަކު 500 (ފަސް ސަތޭކަ) ރުފިޔާ.
(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ު ނވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިާވނަމަ މަހަކު 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާ.
(ނ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިާވނަމަ މަހަކު 1000 (އެއް ހާސް) ރުފިޔާ.
(ރ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަހަކު 1500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012)
ކިޔުންތެރިންގެ ހިޔާލު