-

ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-132)

 

މިއީ، ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް (އ) އިތުރުކުރުން. 

(އ) މި ގަވާއިދުގެ އެހެން މާއްދާތަކުގައި ފޯމު ހުށަހެޅުމަށް ބުނެފައިވާ ގޮތުގެ އިތުރުން،  ޕެންށަން އޮފީހުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ފޯމުތައް ހުށަހެޅިދާނެއެވެ. އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ށަރުޠުތަކާއި، ފޯމު ހުށަހެޅޭނެ ގޮތްތައް، ޕެންށަން އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު