ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާބެހޭ ގަވާއިދު 2016 (ގަވާއިދު ނަންބަރު 2016-21) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-139)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 ޑިސެމްބަރު 2018 ގައި)
1 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞް ލާޙުކުރުނ.ް
(ރ) މި މާއްދާގެ (ށ) އާއި (ނ) އެހެން އޮތްކަމުގައިވީނަމަވެސް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އޭޖެންސީތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ކުރުމަށް ލާޒިމުވާނީ، އަދި މި މާއްދާގެ (ނ) އެފަރާތްތަކުގެ މައްޗަށް ހިނގަން ފަށާނީ، 1 އެޕްރީލް 2019 އިން ފެށިގެންނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21)
ކިޔުންތެރިންގެ ހިޔާލު